Raajje.mv

ވަގުތުން: ފަލަ ސުރުޚީ

މިރޭގެ ފަލަ ސުރުޚީގައި ބައިވެރިވެވަޑައިގަންނަވަނީ، އެމްޑީޕީގެ އިގްތިސާދީ ކޮމިޓީގެ ނައިބު މުގައްރިރު އިބްރާހިމް އަމީރު

28 ޖޫން 2018
13209
އެމްޑީޕީގެ އިގްތިސާދީ ކޮމިޓީގެ ނައިބު މުގައްރިރު އިބްރާހިމް އަމީރު

އެމްޑީޕީގެ އިގްތިސާދީ ކޮމިޓީގެ ނައިބު މުގައްރިރު އިބްރާހިމް އަމީރު

28 ޖޫން 2018 | 17:11

ކޮރަޕްޝަނާއި ހެދި ކުރި ވިޔަފާރިތައް ދަނީ ނެތިގެން

މިއަދު ސްރީލަަންކާއަށް އެގައުމުގެ ބާރެއް ނުހިނގާ، ވޯޓެއް ދޭން ވިޔަސް ޗައިނާއިން ބޭނުންވާ ގޮތަށް. ދިވެހި ކުރި ވިޔަފާރިތައް ދުވަހުން ދުވަހަށް ދަނީ ދަށަށް. ބަނގުރޫތް ވުމާއި ދިމާލަށް. ވެރިކަން ބަދަލުވެއްޖެ ނަމަ ހެއު ވެރިކަމުގެ ނިޒާމެއް އަޅުގަނޑުމެންނަށް ލިބޭނެ. އެމްޑީޕީ ބައިވެރިވާ ގޮތަށް އޭރު 2008 ވަނަ އަހަރު ބޭއްވި އިންތިޚާބާއި އެކު ބޭރުން ރާއްޖެއާއި މެދު ދެކުނު ގޮތް ވަރަށް ބޮޑަށް ބަދަލުވި ތަސައްވުރު ދިޔައީ ރަނގަޅުވެގެން

28 ޖޫން 2018 | 17:01

ލަންކާއަށް ޗައިނާއިން ހެދި ގޮތް ރާއްޖެއަށްވެސް ވެދާނެ

ޗައިނާގެ މަކަރުވެރި ރޭވުމުގެ ސަބަބުން މިއަދު ލަންކާ އޮތީ ޗައިނާއަށް ދަރާފައި. މިއަދު އެގައުމަށް ވަންނަ 100 ޑޮލަރަކުން 95 ޑޮލަރު ދޭން ޖެހިފައި އޮތީ ޗައިނާއަށް. މި ގައުމަށް އިގްތިސާދީ ގޮތުން ލިބުނު އެއްވެސް ކުރިއެރުމެއް ހަގީގަތުގައި ނެތް، ލަންކާއަށް ވީ ފަދަ ގޮތެއް ރާއްޖެއަށް ވާން މި ދަނީ

28 ޖޫން 2018 | 16:53

އިގްތިސާދީ މާހިރަށް އިގްތިސާދު މެނޭޖެއް ނުކުރެވޭ

ސަރުކާރުން ޗައިނާގެ ކުންފުނިތަކަށް ޕްރޮޖެކްޓްތައް ދެމުން ދަނީ، އިގްތިސާދަށް ވާގޮތެއް ބެލުމެއް ނެތް. އެކަން ކުރަނީ ކްރެޑިޓް ސްކީމެއްގެ ދަށުން. އެ ފައިސާ ނުދެއްކިއްޖެ ނަމަ ރާއްޖެ ދަރާނެ، ބޮޑެތި ކުންފުނިތައް ބަނގުރޫޓް ވާނެ.ރަށެއްގައި އަޅާ އެއާޕޯޓަކުން ރައްޔިތުންނަށް ކުރާނެ ފައިދާއެއް ނެތް. ބަދަލުގައި ތިމާވެށި ދަނީ ހަލާކުވެގެން

28 ޖޫން 2018 | 16:48

ރައްޔިތުންގެ އާއްމު ހާލަތު ދަނީ ދައްވަމުން

ދިވެހިންގެ ހާލަތު ދުވަހުން ދުވަހަށް ދަނީ ދައްވަމުން، ގައުމު އޮޮތީ ދަރާފައި، އެކަމަކު އެވިދާޅުވާ ގޮތަށް ރަށްރަށުގައި އެކި ކަހަލަ ޕްރޮޖެކްޓް އެބަ ހިންގަވާ އެކަމަކު އާއްމު ރައްޔިތު މީހާ ދަނީ ނިކަމެތިވަމުން، ވަޒީފާއެއް ނުއުފެދޭ، ސިޔާސީ މަގާމުތަކަށް މީހުން ދަނީ އިތުރުވަމުނ، 2008 އަދި 2009 ގައި ގެސްޓް ހައުސް ސިޔާސަތުން ކުދި ވިޔަފާރިތަކާއި ރަށްފުށުގެ އިގްތިސާދު ދިޔައީ ފުޅާވެގެނ އެކަމަކު އެއިންވެސް ގްރީން ޓެސްސްފަދަ ޓެކްސްތައް ނަގައިގެން އެ ވިޔަފާރިތައް އެ ދަނީ ހަލާކު ކުރަމުން

28 ޖޫން 2018 | 16:41

މި ވެރިކަން ވެފައިވަނީ ރައްޔިތުންނަށް ބޮޑު ބުރައަކަށް

ރައީސް ޔާމީންގެ މި ފަސްއަހަރުގެ ވެރިކަން ފެނުގެން މި ދިޔައީ ރައްޔިތުންގެ ބޮލުގައި ބޮޑު ދަރަންޏެއް އެޅި ރައްޔިތުންނަށް މި ވެރިކަން ބޮޑު ބުރައަކަށް ވެގެން ދިޔަ ތަން. މިބުނާ 700 މިލިއަން ޑޮލަރަކީ ބޭނުން ކުރެވޭނެ އެއްޗެއް ނޫން، އެއީ ބޭންކުތަކުން ބޭނުން ނުކޮށް ބަހައްޓާފައި ހުރި ފައިސާ ނުވަތަ ރިޒާވް. އެއީ އެބޭންކުތަކުނ އިސްވެސްޓް ނުކުރާތީ