ފަލަ ސުރުޚީ
ދިވެހި ރާއްޖޭގެ ސިޔާސީ މަޝްރަހު

ޖޭޕީގެ ކުރީގެ ނައިބު ރައީސް އަބްދުﷲ ކަމާލުއްދިން
ދެން އަންނަ ސަރުކާރު ވަރަށް ވަރުގަނދަ ވާންޖެހޭ
ދެން އިންތިޚާބް ކުރެވޭ ސަރުކާރު ވާނޖެހޭނީ ރިކޮންސިލިއޭޝަން މެނޭޖް ކުރެވޭ ވަރުގެ ސަރުކާރަކަށް
ޖުމްހޫރީ ޕާޓީ ގާސިމާ ނުލާ ނުހިގާނެ
ޖުމްހޫރީ ޕާޓީގެ ދިރުމަކީ ގާސިމް. ގާސިމް އެ ޕާޓީ ހިންގަވަނީ ސަރުކާރު އެއްވެސް އެއްޗެއް ނުދެއްވާއިރު ވެސް. އަމިއްލަ ޖީބުން. ކާކަށްތޯ އެހެން ހިންގެވޭނީ.
ކުރީގެ ކޯލިޝަން ރޫޅުނު ކަންތައް މިފަހަރު ކޯލިޝަންހަ ދިމާވެދާނެތޯ؟
މި ފަހަރު އެބައޮތް ފޯކަސް. ކުރީ ބުރުގަ ކޯލިޝަންތައް ރޫޅިފައިވަނީ އެކި މީހުން އެކި ކަންތައް ކުރަން އަމާޒު ހިފީމަ. އެހެން ނަަމވެސް މި ފަހަރު އެހެން ވާނެ ހެނެއް ހިއެއް ނުވޭ. އެންމެންގެ އަމާޒުވެސް ވަރަށް ސާފު.
ރައްޔިތުންގެ ހިތުގަ ނުޖައްސާ
ރައްޔިތުން މިހާރު ބޭނުން ވަނީ އެއް ކެންޑިޑޭޓެއް ކަމަށާއި އެކަން ރައްޔިތުންނަށް ފޯރު ކޮށްދޭން ޖެހޭނެ. ރައްޔިތުން ބޭނުން ވަނީ އެއް ކެންޑިޑޭޓް. އެކެންޑިޑޭޓު ނިސްބަތް ވާ ޕާޓީއެއް ރައްޔިތުންނެއް ނުބަލާ.
ގާސިމް އަކާ ވާހަކަ ނުދެކެވޭ
ކޮންގްރެސް ނިމުނު ފަހުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމްއަކާ އަދި ވާހަކަ ނުދެކެވޭ
އަޅުގަނޑަށް އެމްޑީޕީން އެހީވި ހަދާން އެބަހުރި
އަޅުގަނޑަށް ރައްޔިތުންގެ މަޖްލިސް ގޮޑިއަށް ހޮވުމުގައި އެންމެ ބޮޑު ދައުރެއް އަދާ ކުރީ އެމްޑީޕީން. މިހާރު އެމްޑީޕީއާ ޚިޔާލް ތަފާތު ވުންތަކެއް ހުއްޓަސް އަބަދު ވެސް ހަދާންވޭ އެމްޑީޕީން ކޮށްދިން ކަންތަކުގެ މަތިން. އަޅުގަނޑު އެމްޑީޕީއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން އެ ބޭފުޅުން ކޮށްދިން ކަންތަކަށް. އަޅުގަނޑަށް އަދި ދުވަހަކުވެސް އެމްޑީޕީއަކަށް ޝުކުރު އަދައެއް ނުކުރެވޭ، އެ ފުރުސަތު ރާއްޖެ ޓީވީން ދެއްވީތީ ވެސް ވަރަށް ބޮޑަށް ޝުކުރު ވެރިވަން.
ފަލަސުރުޚީ
މިރޭގެ ފަލަ ސުރުޚީއާއެކު ބައްދަލު ކުރަނީ އަބްދުﷲ ކަމާލުއްދީން