Raajje.mv

ފަލަ ސުރުޚީ

ދިވެހި ރާއްޖޭގެ ސިޔާސީ މަޝްރަހު

26 ޖޫން 2018
13464
އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް

އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް

26 ޖޫން 2018 | 17:03

ފުލުހުން ރައްޔިތުން އޮރިޔާން ކުރާނެބާ؟

އެމްޑީޕީން ހަރުކުރާ ޕޯސްޓަރުތައް ފުލުހުން ހަމައެއް ލަމައެއް ނެތި ނައްޓާ ކަމުގައި ވަނީ ނަމަ، ރައްޔިތުން އެމްޑީޕީއަށާއި ރައީސް ނަޝީދަށް ތާއީދު ކުރާ އެއްޗެހި ލައިގެން ރައްޔިތުން އެއްފަހާ މަގުމައްޗަށް ނިކުމެފިއްޔާމުން ފުލުހުން އެ މީހުންނާ މެދު ކަންތައް ކުރާނީ ކިހިނެއް؟ އެ މީހުންގެ ހެދުންތަކާއި ޓީޝާޓްތައް އިރާ އޮރިޔާން ކުރާނީ ބާ؟

26 ޖޫން 2018 | 16:59

ސިޔާސީ ޕާަޓީގެ މެމްބަރޝިޕް ފޯމް ވެރިފައި ކުރަނީ ފުލުހުން

އަޅުގަނޑުމެންގެ ކަންބޮޑުވުންތައް ކަމާބެހޭ ފަރާތް ތަކަަށް ހުށަހެޅިން. އެ މީހުން އެވާހަކަތަށް އަޑު އެހި. އެއީ ވެސް ވަރަށް ބޮޑު ކުރި އެރުމެއް. އެ މީހުން ކައިރީގައި އަޅުގަނޑު ބުނިން، އެމްޑީޕީގެ މެމްބަރަކަށް ވުމަށް ދިހަ ހާސް ފޯމް ހުށަހަޅާފިއްޔާމުން، ބަލައި ގަންނަނީ އެއްހާސް ފޯމް ކަމަށާއި އެހެން ނަމަވެސް، މިސާލަކަަށް ދަންނަވާނެ ނަމަ 3000 ފޯމް ޕީޕީއެމް ހުށަހަޅާފިއްޔާމުން 2999 ފޯމް ބަލައިގަންނަ ކަމަށް. އެއީ ކިހިނެއްވާ ކަމެއްތޯ އެހުމުން ކަމާބެހޭ ފަރާތުން ބުނީ، ކީއްހޭ ކުރާނީ ފުލުހުންނޭ މެމްބަޝިޕް ވެރިފައި ކުރަނީ. އަޅުގަނޑުމެންގެ އެވަރުގެ ގާބިލް ކަމެއް ނެތޭ.

26 ޖޫން 2018 | 16:50

ޔުނީފޯމް އެޅުމަކީ ވަރުގަދަ ވާން ޖެހޭނެ ކަމެއް ނޫން

ފުލުހުން ޔުނީފޯމް އެޅުމުން އޭގެ މާނައަކީ އޭނަ ވަރުގަނދަވީކީ ނޫން ކަމަށާއި އެއީ މީހާ ބޮޑާވާން ޖެހޭނެ ކަމެއް ވެސް ނޫން ކަަމަށް. އެހެން ނަމަވެސް ފުލުހުންނަށް އެކަން ނުވިސްނޭ ކަމަށް.

26 ޖޫން 2018 | 16:47

އަމިއްލަ ގޭގެ ފާރުގައި ވެސް ޕޯސްޓަރެއް ނުބެހެއްޓޭ

ކީއްވެގެންތޯ އަމިއްލަ ގޭގައި ޕޯސްޓަރު ނުބެހެއްްޓެނީ. އަޅުގަނޑުމެން ގާނޫނާ ޚިލާފު ވަނީކީ ނޫން. ޕޯސްޓަރު ތަކުގައި ފޮޓޯއެއްހާ ހިސާބުވެސް ނެތް. އޭގައި އޮތާ ހަމަ އެކަނި ޖަޒީރާ ރާއްޖެ. މި މީހުން މިކުރަނީ ބުއްދި ގަބޫލު ކުރާ ކަންތައްތަކެއް ވެސް ނޫން.

26 ޖޫން 2018 | 16:41

ތޭރަ އަހަރު މިވީ އެމްޑީޕީއަށް

ތޭރަ ވަނަ އަހަރަކީ ވަރަށް މުހިއްމު އަހަރެއް ކަމަށާއި އެއީ މިއަހަރު އެމްޑީޕީ "ޓީނޭޖް" ހަޔާތް ފަށައިފައިވާތީ ކަމަށެވެ. އަދި ފިރުކޭ ދުވަސް ވަރު ނިމިއްޖެކަމަށާއި މި އަހަރަކީ ބާރު ދުވެލީގައި ދުވެފައިދާ އަހަރު ކަމަށެވެ.

26 ޖޫން 2018 | 16:37

ފަލަ ސުރުޚީ

މިރޭގެ ފަލަ ސުރުޚީއާއެކު މިރޭ ބައްދަލު ކުރައްވަނީ ޝިފާޒް މުހައްމަދު