ކާކުތޯ އަނިޔާވެރިކަމަށް އެދޭނީ، ކާކުތޯ ޑިމޮކްރެޓިކް ވެއްޓެއް މިތަނުގައި އޮތުމަށް ނޭދޭނީ، އަޅުގަނޑުމެންގެ އެންމެ ބޮޑު ހަރަކާތަކީ ދޮރުންދޮރަށް ހިނގުން، އެމްޑިޕީން ރާއްޖޭގެ ކޮންމެ ގެއަކަށް ވަންނާނެ. ކޮންމެ ރައްޔިތެއްގެ ކަންބޮޑުވުން އެމްޑިޕީން އަހާނެ، މި ޕާޓީއަށް 13 އަހަރު ފުރޭނެ އެ އުފާވެރި ދުވަހުގެ ހަރަކާތްތައް އަޅުގަނޑުމެންގެ އެ ހަރަކާތްތައް ވަރަށް ކުލަގަދަކޮށް ފާހަގަކުރާނެ ކޮންގްރެސް މަނުންނާއި އެއްކޮށް
ރައީސް ނަޝީދާއި އެކު އަޅުގަނޑުމެންގެ ކެމްޕެއިން އެވަނީ ފަށާފައި، 2012 އިން ފެށިގެން އަޅުގަނޑުމެން މި ތިބީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި، އީސީން އިންތިޚާބުތަކުގައި ކަންކުރާގޮތަށް އަޅުގަނޑުމެން ތިބެންވާނީ ވަރަށް ބޮޑަށް ފާރަލައިގެން. އިންތިޚާބަށް މިހާރުއްސުރެ އެކަންކަމަށް އަޅުގަނދުމެން މި ދަނީ ތައްޔާރުވަމުން، ވޯޓާސް ލިސްޓް އާއްމުކޮށް 10 ދުވަހަށް ޝަކުވާ ހުށައަޅަން ހުޅުވާލި އިރު ބައްލަވާ އެތަށް ހާސް ބަޔަކުގެ ޝަކުވާ އެވަނީ ހުށައަޅާފައި، ވޯޓްމަރުކަޒުގައި އޮންނަނީ އިއުލާނު ކުރާ ވޯޓް ކަރުދާހެއް ނޫން. އެތަނަށް ވޯޓްލާންދާއިރުގައި ނަމްބަރު ނޫނީ އެހެން ހުރިހާ އެއްޗެއް ދިމާވޭ، އައިޑީކާޑު ޔުނިތާއި އމެދު ރައްޔިތުން ސުވާލު އުފައްދާ، އަޅުގަނޑުމެން މި ބުނަނީ ވޯޓާސް ލިސްޓްގައި އައިޑީކާޑް އާއްމުކޮށް ފެންނަށް އޮންނަންވާނެ
ޕިޕީއެމް ފޭރިގަނެ، ރަމްޒީ މަގާމެއްގައި ހުރި ބޭފުޅަކުގެ އަތްމައްޗަށް އެޕާޓީގެ ބާރުތައް އެވަނީ ނަގާފައި، ކޮމިއުނިސްޓް ހުދުމުޚްތާރު އުސޫލަށް ޕާޓީގެ އުސޫލްތައް އެވަނީ ބައްޓަން ކޮށްފައި، އާއްމު މެންބަރުންނާއި ހިސާބަށް ކަންކަން ގެންދަން ނުކެރޭ، މެންބަރުންނަކާއި އެއްވެސް ގުޅުމެއް ނޯވެ.
މި ކޮންގްރެސް އަކީ ވަރަށް އޯޕަން ކޮށް ބާއްވާ ކޮންގްރެސް އެއް، ކަމާއި ގުޅޭ މުއައްސަސާތަކަސްވެސް ދައުނަތުދީ އަދި ބޭރުގެ ފަރާތްތަކާއި މީޑިއާތަކަށް ދައިވަތު ދީގެން އަދި 1100 އެއްހާ ކޮންގްރެސްމަނުން މި ކޮންގްރެސްގައި ބައިވެރިވެވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ ޕާޓީގެ ކޮންމެ ބޭފުޅަކީ، ވޮލެންޓިއަރެއް. ތޮއްޑޫ އުކުޅަސް އަދި ރަސްދޫއިންވެސް ހީވެސް ނުކުރާހާ ތަރުހީބު ދަނީ ލިބެމުން. އަދި އެބޭފުޅުންނަށް ހީވަނީ އީދެއް އައިސްގެން އުޅޭހެން
އިލެކްޝަންސް ކޮމިޝަނުން ޕާޓީތަކުގެ އަސާސީ ގަވައިދުގައި އެކި އެކި ހިމެނުމަށް އެބަ ބާރު އަޅާ، އެކަން އަޅުގަނޑުމެން ކުރަނީ ކޮންގްރެސް އަކުން. އެ ވިދާލުވާ ކަންބޮޑުވުން ހުއްޓަސް އަޅުގަނޑުމެން ޕާޓ މެންބަރުންނަށް އެނގޭނީ އަސާސީ ގަވާއިދަށް ގެންނާނެ އިސްލާހު. ސިޔާސީ ޕާޓީތައް ހިންގުމަށް އެދަނީ ދަތިކުރަމުން، ދަރުބާރުގެއިން އެއްވެސް ހޯލެއް ނުލިބޭ، އެކަމަކު ސަރުކާރު ހިންގާ ބޭފުޅުން ގެ މައި ޖަގަހައަކީ އެއީ، ޕާޓީވެސް ހިންގަނީ އެތާ. ވެރިކަމުގައި ހުރި ކަންބޮޑުވުންތަކުން ގައުމު ސަލާމަތްކުރުމަށް ޕާޓީތަކުން މަސައްކަތް ކުރަނީ. ރާއްޖޭގެ ރައްޔިތުން އެދެނީ މި ވެރިކަމުން ސަލާމަތްވާން