Raajje.mv

ފަލަ ސުރުޚީ

ދިވެހި ރާއްޖޭގެ ސިޔާސީ މަޝްރަހު

20 ޖޫން 2018
13005
އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް

20 ޖޫން 2018 | 17:10

ކައުންސިލަރުންނަކީ ސިޔާސީ ބައެއް

ކައުންސިލަރުންނަކީ ސިޔާސީ ގޮތުން އައްޔަން ކުރެވޭ ބައެއް ކަމަށާއި އެހެން ނަމަވެސް ސަރުކާރަކަށް އެކަމެއް ނޭނގޭ. ކައުންސިލަރުން ހަމަ ސިޔާސީ މަސައްކަތް ކޮށްލާއިރަށް ސަސްޕެންޑް ކޮށްލަނީ. އޭގެ މަގްސަދަކީ އެހެން ކައުން ސިލަރުންނަށް ބިރު ދެއްކުމަށް. އެ ކަމެއް އަސްލު ނުކުރެވޭނެ

20 ޖޫން 2018 | 17:05

މިނިސްޓްރީން އަދި ދައުލަތުގެ މީޑިއާ އަމަލު ކުރާގޮތް ގާނޫނާ ޚިލާފު

މިނިސްޓްރީގެ ވެބްސައިޓްގައި ޔާމީންއަށް ތާއީދު ކުރުމަށް ކެމްޕެއިން ކުރުމަކީ ގާނޫނާ ޚިލާފު ކަމެއް ކަމަށާއި ޕީއެސްއެމް (ދައުލަތުގެ މީޑިއާ) އިން ހަމަހަމަ ކޮށް ސިޔާސީ ޕާޓީތައް ކެމްޕޭން ކުރުމަށް ފުރުސަތު ދޭން ޖެހޭނެ ކަމަށް ވިޔަސް، އެ ފުރުސަތު ނުދެއްވާ

20 ޖޫން 2018 | 17:01

ވަޒީފާ ދެނީ ސަރުކާރުންނެއް ނޫން

ސަރުކާރުގެ އިދާރާތަކުންދޭ ވަޒީފާ އަކީ ރައީސް ޔާމީން ދެއްވާ އެއްޗެއް ނޫން. އެއީ ދައުލަތުގެ ވަޒީފާ، ދައުލަތުން ދޭ ފައިސާ، އެހެންނަމަވެސް އެކަން ޕީޕީއެމް މެމްބަރުންނަށް އޮންނަނީ އޮޅިފައި

20 ޖޫން 2018 | 16:50

ކޯލް ސެންޓަރުން ރޮޒައިނާއަށް ގުޅި

ގުޅާފައި އެމީހުން އެހީ "ސަރުކާރަށް" ތާއީދު ކުރަން ހެއްޔޭ؟ ވޯޓު ލާނަން ހެއްޔޭ؟ ގޭގެ މީހުން ސަރުކާޜާ ދޭތެރޭ ދެކެނީ ކިހިނެތްތޯއޭ؟...... މިހެން އެމީހުން އެހީ އަޅުގަނޑަކީ (ރޮޒައިނާއަކީ) ކާކުކަން އެނގި ހުރެ. ވާހަކަ ދެއްކަން ފެށީރު ގުޅިފައި އެ ހުރީ އެމްޑީޕީގެ މެމްބަރެއް ކަމަށްވާ ރޮޒައިނާއަށް ކަމަށް ބުނިން... ހެއްވާ ކަމަކީ އެ މީހުން އެ ކަން އެގި ހުރެ ސުވާލުތައް ކުރީރު ދޭ ޖަވާބަކުން ސުވާލް އުފެއްދުމުގެ ބަދަލުގައި އެ މީހުން ދިޔައީ ސުވާލު ލިސްޓެއް ކިޔަމުން. އެ މީހުން ކުރާ އެއްސުވާލު އަނެއް ސުވާލާ އެއްވެސް ވަރަކަށް ނުގުޅޭ.

20 ޖޫން 2018 | 16:45

އަނިޔާވެރި ކަމާއި ދިމާލަށް މިދަނީ

އަނެއްކާވެސް މި ފެންނަނީ އަނިޔާވެރިކަން. ފިކުރު ބަދަލުވާއިރަށް ވަޒީފާއިން ވަކި ކުރާތަން މި ފެނިގެން ދަނީ. އަދި މެޑަމްގެ އޮފީހަށް ގޮސްގެން ވަޒީފާ އަބުރާ ދޭތޯ އާދޭސް ކުރުވަން މި މީހުން އުޅެނީ. އެކަމަކު އެހެނެއް ނުވާނެ

20 ޖޫން 2018 | 16:42

ފަލަ ސުރުޚީ

މިރޭގެ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަންނަވަނީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް