Raajje.mv

ރާއްޖޭގެ ސިޔާސީ މަސްރަހު

ސިއްރު ހެކި

12 ޖޫން 2018
13300
ގާނޫނީ ވަކީލް

ގާނޫނީ ވަކީލް

12 ޖޫން 2018 | 17:10

އިންޓެލިޖެންސް ރިޕޯޓް ވަރަށް ރަނގަޅަށް އެގޭ

އިންޓެލިޖެންސް ރިޕޯޓްގައި ގިނަފަހަރު އޮންނާނީ ފުލުހުންނަށް ހީވާ ހީވުމެއް، ލަފާ ކުރެވޭ ލަފާކުރުމެއް. އޭގައި ބުނެފައިވާ ހީވުންތައް ފުލުހުް ޖެހޭނީ އެ ރިޕޯޓް އަސްލު ޖެހޭނީ ތަހްގީގުކޮށް ހެކި ހޯދަން. އެ ރިޕޯޓް އަކީ އެއްވެސް ވަރެއްގެ ބުރަދަނެއް ހުރި އެއްޗެއް ނޫން. އެހެން ނަމަވެސް ހިތާމައަކީ މިހާރު މީހުންގެ މައްޗަށް މުއްދަތު ޖަހައި، ހައްޔަރުކޮށް ހަދަނީ މި ރިޕޯޓް ތަކުގެ މައްޗަށް.

12 ޖޫން 2018 | 17:03

ހެކި ބަސް ނުނަގުމަށް އިސްލާމީ ޝަރީއަތުން އެއްވެސް ބާރެއް ނުދޭ ގާޒީއަކަށް

އިސްލާމީ ޝަރީއަތުގައި ތުހުމަތު ކުރެވޭ މީހާގެ މަސްލަހަތަށް އިސްކަން ދޭން ޖެހޭނެ. އޭނަގެ ފަރާތުން ހުށަހަޅާ ހެކިންގެ ހެކިބަސް ނެގުމުގެ ފުރުސަތު ގާޒީއަކަށް ގެއްލުވައެއް ނުލެވޭނެ. ދިފާއީ ހެކި ބަސް ދޭން ބޭނުންވާ މީހެއްގެ ހެކިބަސް ނެގުން ގާޒީއަށް މަޖުބޫރު ވާނެ.

12 ޖޫން 2018 | 16:59

އަދުލު އިންސާފު ނުލިބޭ

ސިއްރުން ހެކި ނެގުމަކީ އަދުލު އިންސާފު ލިބުމަށް އެޅެމުންދާ ހުރަހެއް

12 ޖޫން 2018 | 16:55

ބޮޑެތި ގައުމުތަކުންވެސް ވަރަށް މަދުން ނޫނީ ސިއްރު ހެކި ނުނަގާ

އެ ގައުމުތަކުގާ ނަގަނީ ނަގަން ޖެހިގެން. ކޮންމެހެން ޖެހިގެން. ދުނިޔެއަށް ނަން މަޝްހޫރު ބައިންލް އަގްވާމީ ގޭންގްތަކާއި ދެކޮޅަށް ހެކި ދޭއިރު. އެހެން ނަމަވެސް އަޅުގަނޑުމެންނަށް މި ފެންނަނީ ރާއްޖޭގެ ކްރިމިންލް ކޯޓުގެ ދެބައި ކުޅަ އެއްބައި ޝަރީއަތްތަކުގައި ސިއްރު ހެކި ނަގާތަން.

12 ޖޫން 2018 | 16:51

ސިއްރުން ހެކި ދެނީ ދޮގު ހެކި ދިނުމުގެ ބޭނުމުގަ

ފުލުހުން ވަރަށް ބޮޑު ދައުރު އޮވޭ މިކަމުގަ. މިސާލަކަށް މާރާމާރީއަކު ނުވަތަ ޑްރަގް މައްސަލައެއް ފެން މަތިވާއިރަށް އެ އޮންނަ ވަރަށް ވުރެން މާ މާބޮޑު ކަމަށް ހަދަނީ. ދެން ކުރާ ކަމަކީ އާންމުންގެ ލޮލުގައި އަދުން އެޅުވުމަށް ޑްރާމާ ކުޅެ، ތުހުމަތު ކުރެވޭ މީހުންގެ ފޮޓޯތައް ނޫހުގަ ޖަހާ އެމީހުންގެ އަބުރު ކަތިލާ ކަންތައް ކުރޭ. ދެން ކޯޓަށް މައްސަލަ ހުށަހަޅާއިރު އެއްވެސް ކަހަލަ ހެއްކެތް ނުހުރޭ. ދެން މި ކުރާ ކަމަކީ ދޮގު ހެކި އުފެއްދުމަށް ސިއްރު ހެކި ނަގަނީ.

12 ޖޫން 2018 | 16:46

ފަލަސުރުޚީގެ މެހްމާން

މިރޭގެ ފަލަ ސުރުޚީ ޕްރޮގްރަމުގައި ބައިވެރިވަނީ ލޯޔަރ އަބްދުﷲ ހަސީން