Raajje.mv

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހު

ކައުންސިލަރުންނަށް އިންޒާރު ދިނުން

11 ޖޫން 2018
14811
މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް

މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް

11 ޖޫން 2018 | 17:08

ރަގަނޅު ކައުންސިލަރުން ކުރިމަތި ނުލާނެ ގޮތަށް ގާނޫނު ވަނީ ބަދަލު ކޮށްފައި

އެމްޑީޕީ ސަރުކާރުގައި ކައުންސިލަރުން ބާރު ވެރި ކުރުވާ، ރައްޔިތުން ބޭނުންވާ ގޮތަށް ރަށްތައް ބިނާކުރުމަށް ކައުންސިލަރުންފުރުސަތުދީ، މިސްކިތްތަށް އެތަނުގެ ދަށަށްލާ، ކުނިތައް މެނޭޖްކުރަން އެތަނުގެ ބެލެހެއްޓުމުގެ ދަށައްލާ، ކައުންސިލަރުން ބޭނުންވާ ގޮތަށް ކަންކަން ކުރުމުގެ ބާރު ވަނީ ދީފައި ވީއިރު، މިސަރުކާރުން ދަނީ އެ ބާރު ވެރިކަން ނިއުގުޅާގަނެފަ. ނުވީތާކަށް އެމީހުންގެ މުސާރަވެސް ވަނީ ކުޑަކޮށްފަ.

11 ޖޫން 2018 | 17:02

އެލްޖީއޭ އަކީ ހޯމް މިނިސްޓްރީގެ ތަހުގީގުގެ ދެވަނަ އިދާރާ

އަބަދުވެސް މި ފެންނަނީ ކައުންސިލްތަކަށް ފިޔަވަޅު އަޅާ އަބަދުވެސް އެ މީހުންގެ ބާރު ވެރިކަން ކުޑަ ކުރުމުގެ މަސައްކަތް ކުރެވޭތޯ ބަލާތަން. އިރުއިރު ކޮޅާ ތަހުގީގުކޮށް އެކި ފަރާތް ތަކަށް އިންޒާރު ދިނުން. ހީވާކަހަލަ އެއީ ހޯމް މިނިސްޓަރީގެ ތަހުގީގުގެ ދެވަނަ އިދާރާހެން.

11 ޖޫން 2018 | 16:58

އެލްޖީއޭގެ ބޯޑު ގެއަށް ފޮނުވާލާނަން

އެލްޖީއޭ އިން އެމްޑީޕީ ކައުންސިލަރުންނަށް އަޅާ ފިޔަވަޅުތަކަށް އެ ކައުންސިލަރުން ފަހަށް ނުޖެހޭނެ. އެ މެންމަބރުން މާފަށް އެދެން ޖެހޭ ވަރުގެ ކަމެއް ނުކުރޭ. ވެރިކަން ބަަދަލު ކުރުމަށްފަހު އެލްޖީއޭގެ މެމްބަރުން ސަސްޕެންޑު ކޮށްލުމަށްފަހު ގެއަށް ފޮނުވާލާނަން.

11 ޖޫން 2018 | 16:54

ސަރުކާރުގެ ކުންފުނިތައް ވަނީ އަޅުވެތިފައި

ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން ސަރުކާރުން ހަވާލު ކުރާ މަސައްކަތުގެ އިތުރުން އެބަ ޖެހޭ "ސިޔާސީ ޕާޓީއިން" އަންގާ ގޮތަށް ކަންތައް ކުރަން

11 ޖޫން 2018 | 16:53

އެލްޖީއޭގެ އަގު ވަނީ ވަރަށް ބޮޑަށް ވެއްޓިފައި

އެލްޖީއޭގެ އަގު ވަނީ ވަރަށް ބޮޑަށް ވެއްޓިފައި، އެތަން ހިންގަނީ ހޯމް މިނިސްޓްރީގެ ގޮތްޕެއް ގޮތުގައި. އެލްޖީއޭގައި މޮނިޓަރިންގް ސިސްޓަމްއެއް ވެސް ނެތް

11 ޖޫން 2018 | 16:50

ފަލަސުރުޚީ

މިރޭގެ ފަލަ ސުރުޚީ ޕްރޮގްރަމުގައި ބައިވެރިވަނީ މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް