Raajje.mv

ފަލަސުރުޚީ

މިރޭގެ ޕްރޮގްރާމުގެ މައުޝޫއަކީ: އިހަވަންދޫ ކައުންސިލްގެ މެންބަރުން ސަސްޕެންޑް ކުރުން

05 ޖޫން 2018
13255
އިހަވަންދޫ ކައުންސިލްގެ ރައީސާއި ނައިބް ރައީސް

އިހަވަންދޫ ކައުންސިލްގެ ރައީސާއި ނައިބް ރައީސް

05 ޖޫން 2018 | 17:45

އިންސާފު ހޯދަން ރައްޔިތުން ނުކުމެވަޑައިގަންނަވާ

ރައްޔިތުން ތަކަކަށް ވަރަށް ބޮޑަށް ގެއްލުންވމުންދަނީ ކައުންސިލަރުން ތަކެއް ބިކަކޮށްލުމުން. ރައްޔިތުން ނުކުމެވަޑާއިގަންނަވާ، ބާރު އޮތީ ރައްޔިތުންގެ އަތްމަތީގައި: ރައީސް

05 ޖޫން 2018 | 17:04

ސަރުކާރަށް މިއަށްވުރެ ބޮޑަށް އެއްބާތުން ދިން ސަރުކާރެއް ނޯންނާނެ

ގާނޫނު ތަކުގައި ކައުންސިލުން އަދި ސަރުކާރުން ކުރަންޖެހޭ ކަންތައްތައް ވަނީ ލިޔެވިފައި.ދިވެހި ސަރުކާރަށް މިއަށްވުރެ ބޮޑަށް އެއްބާރުލުން ދިން ކައުންސިލެއް އޮންނާނެ އެކޭ ހިތެއް ނުބުނޭ: ނައިބް ރައީސް

05 ޖޫން 2018 | 17:01

އެލްޖީއޭއިން އެއްވެސް ސުވާލެއް ނުކުރޭ

އެލްޖީއޭއީން ސަސްޕެންޝަނާއި ގުޅޭ ގޮތުން އަދި އަދަށް ދާންދެން އެއްވެސް ސުވާލެއް ނުކުރޭ، ކޮން ގޮތަކަށް ކިހިނެތް ހިނގި ކަމެއް ތޯވެސް ނުބަލާ: ރައީސް

05 ޖޫން 2018 | 16:57

ރައީސް ޔާމީނާއި ދެކޮޅަށް އިހަވަންދޫއިން ގިނަ އަދަދެއްގެ ވޯޓު ލިބޭނެ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނާއި ދެކޮޅަށް އިހަވަންދޫއިން %81 ވޯޓު މީހުން ވޯޓު ދޭނެ: ނައިބް ރައީސް

05 ޖޫން 2018 | 16:53

މުއައްސަސާތަކުން ކައުންސިލަށް އެއްބާރުލުން ނުދިނުން

ރައީސް ޔާމީން ޕީޕީއެމް ލީޑް ކުރައްވަން ފެށި ހިސާބުން މުއައްސަސަތައް ހިންގަން ތިއްބެވި ބޭފުޅުން ކައުންސިލާއި މަޝްވަރާ ކުރެއްވުމެއް ނެތި ކައުންސިލާއި ދެކޮޅަށް މަސައްކަތް ކުރަން ވަނީ ފަށާފައި: ނައިބް ރައީސް

05 ޖޫން 2018 | 16:50

ވަކި ފަރާތަކަށް ބިން ދޫކުރުމަށް އިންކާރު ކުރުން

ސަސްޕެންޑްކުރި އަނެއް ސަބަބަކީ ވަކި ފަރާތަކަށް ބަނދަރުމަތިން ބިމެއް ދިނުމަށްޓަކައި ރަސްމީ އިދާރާއެއްގައި މަސައްކަތް ކުރާ މުވައްޒަފަކަށް ބިން ދޫކުރުމަށް އެދުމުން އެކަމަށް އިންކާރު ކުރުން: ކައުންސިލް ރައީސް

05 ޖޫން 2018 | 16:44

ސަސްޕެންޑްކުރީ ރައްޔިތުންނާއި އެކު ނުކުތުމުން

މަސްވެރިންނަށް ދިމާވާ ދަތިތަކާއި ގޯތި ދޫރުކުރުމުގައި ހުރި މައްސަލަ ތަކަށް ހައްލެއް ހޯދުމަށް ރައްޔިތުންނާއި އެކު މަސައްކަތް ކުރުމުން ސަސްޕެންޑް ކުރީ: ކައުންސިލް ރައީސް

05 ޖޫން 2018 | 16:40

ފަލަސުރުޚީ

މިރޭގެ ފަލަ ސުރުޚީ ޕްރޮގްރަމުގައި ބައިވެރިވަނީ އިހަވަންދޫ ކައުންސިލްގެ ރައީސާއި ނައިބް ރައީސް