Raajje.mv

ފަލަ ސުރުޚީ

މިރޭގެ މައުުޝޫއަކީ ރާއްޖޭގެ ސިޔާސީ މަސްރަހުއެވެ. މިރޭގެ މެހްމާނަކީ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު އީސަ

21 މެއި 2018
13474
ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އީސަ

ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އީސަ

21 މެއި 2018 | 17:11

ރައީސް ނަޝީދަށް ކުރާ ތަރުހީބު ވަނީ ވަރަށް މަތީގައި

އަޅުގަނޑުމެން ރައީސް ނަޝީދަށް ކެމްޕޭން ކުރަމުން މިދިޔަ ކުޑަ ދުވަސް ކޮޅުގައި ފެނިގެން ދިޔައީ އާންމުންގެ ފަރާތުން ހީވެސް ނުކުރާހާ ބޮޑު ތަރުހީބެއް

21 މެއި 2018 | 17:07

އިލެކްޝަން ކޮމިޝަނުން ބެލެނެވެރިއްގެ ހައިސިއްޔަތުން ކަމެއް ނުކޮށްދޭ

އީސަ: އިލެކްޝަން ކޮމިޝަނުން ބެލެނެވެރިއްގެ ހައިސިއްޔަތުން އެއްވެސް ކަމެއް މިއަދާ ހަމައަށް ނުކޮށްދޭތާގައި ދަނީ މަލްޓި ސިޔާސީ ޕާޓީތަކުގެ މައްޗަށް އެކުލެވިގެންވާ ޑިމޮކްރެސީ ނައްތާލުމަށް މަސައްކަތް ކުރަމުން

21 މެއި 2018 | 17:00

ޔާމީން ކަނޑައަޅާ ކެންޑިޑޭޓްގެ ފަހަތަކަށް ނާރާނަން

އީސަ: އެމްޑީޕީ އަކީ ރާއްޖޭގައިވާ އެންމެ ބޮޑު ސިޔާސީ ޕާޓީ. މި ޕާޓީގެ ކެންޑިޑޭޓް ކަނޑައަޅާނީ ޔާމީން އަބްދުލް ގައްޔޫމް ތޯ؟ ޔާމީން ކަނޑައަޅާ ކެންޑިޑޭޓެއްގެ ފަހަތަކަށް އަޅުގަނޑުމެނެއް ނާރާނަން.

21 މެއި 2018 | 16:55

ސިޔާސީ މީހުނާއި ޕާޓީތައް ފަހަތަކަށް ނުޖެއްސޭނެ

އީސަ: ސިޔާދު ގާސިމް ހައްޔަރު ކޮށްގެން ގާސިމް އިބްރާހިމް ފަހަތަކަށް ނުޖެއްސޭނެ

އީސަ: ޝެއިޚް އިމްރާން ހައްޔަރު ކޮށްގެން އަދާލަތު ޕާޓީއެއް ފަހަތަކަށް ނުޖެއްސޭނެ

އީސަ: އަންނި ހައްޔަރު ކޮށްގެން އެމްޑީޕީ ފަހަތަކަށް ނުޖެއްސޭނެ

21 މެއި 2018 | 16:50

އިލެކްޝަން ކޮމިޝަންގެ ރައީސްގެ ނަގޫ ވަނީ މި ގައުމުގެ ރައީސް އަތުގައި އޮޅާލާފަ

އީސަ: އިލެކްޝަން ކޮމިޝަންގެ ރައީސްގެ ނަގޫ ވަނީ މި ގައުމުގެ ރައީސް އަތުގައި އޮޅާލާފަ އަދި އިލެކްޝަން ކޮމިޝަންގެ ގިނަ މެމްބަރުން ވެސް ވަނީ މިހާލުގައި

21 މެއި 2018 | 16:48

ކަލޭމެންގެ ވޯޓާއި ނުލާ ހޮވިއްޖިއްޔާ އެހީ ނުވާނެ ކަމަށް އެބޭފުޅާ ބުނި

އީސަ: ކެރިކުނޅަދޫ ދާއިރާގެ ވޯޓާ ލައިގެންވިޔަސް ނުލައިވިޔަސް އިންތިޚާބް ކާމިޔާބު ކުރާނެކަމަށް އެ ބޭފުޅާ ބުނި

އީސަ: ކެރިކުނޅަދޫ ވޯޓާއި ނުލާ ހޮވިއްޖެ ނަމަ އެއްވެސް އެހީއެއް ނުވާނެ ކަށް ބުނި އަދި ކަންތައްތައް ކޮށްދޭނީ ވޯޓާއެކު ހޮވިއްޖިއްޔާ ކަމަށް ވެސް އެ ބޭފުޅާ ބުނި