Raajje.mv

ޖަޒީރާ ރައީސް ކެމްޕެއިން ޖަލްސާ: ގދ ތިނަދޫ

މިޖަލްސާ އޮތީ ތިނަދޫ އެމްޑީޕީ ހަރުގޭގައި

20 މެއި 2018
16436
އެމްޑީޕީ ހަރުގޭގައި ބާއްވާ ރައީސް ނަޝީދުގެ ކެމްޕެއިން ޖަލްސާގެ ތެރެއިން

އެމްޑީޕީ ހަރުގޭގައި ބާއްވާ ރައީސް ނަޝީދުގެ ކެމްޕެއިން ޖަލްސާގެ ތެރެއިން

19 މެއި 2018 | 18:19

ރައްޔިތުން ނިންމާ މީހެއްގެ ނަން އޮންނަން ޖެހޭތީ ރައީސް ނަޝީދުގެ ނަން އޮންނާނީ

ޝަރީފް: މިއީ ވަރަށް އުފާވެރި ރެއެއް.މިއަތޮޅަށް ކުރި ދަތުރުން އެކަން ވަރަށް ބޮޑަށް ސާފުވެއްޖެ. އަޅުގަނޑުމެންނަށް މިހާރު އަމާޒަށް ވާސިލް ވެވޭނެ ކަމުގެ ޔަޤީންކަން ލިބިއްޖެ. އެއީ ރައީސް ނަޝީދަށް ކުރާ ތާއީދު އެނގުނީމާ.

ރައީސް ނަޝީދުގެ ކަނޑިޑެސީ ކާމިޔާބު ކުރައްވާނެކަން އަޅުގަނޑަށް ޔަޤީން. އެއީ ރައްޔިތުން ނިންމާ ނިންމުމަކަށް ވާތީ. 60 ހާސް މީހުން ވޯޓުލީމާއެކަންބަލައިނުގަނެ ޤަބޫލު ނުކޮށެއް ނުހުރެވޭނެ

މި ކެމްޕެއިން ފެށީމާރައްޔިތުންނަށް އާރޯކަން ލިބިއްޖެ.ރައީސް ނަޝީދަކީ އޯގާތެރި ބޭފުޅެއް

އަޅުގަނޑުމެންގެ ޤުދުރަތީ ވަސީލަތަކީ ވަށައިގެންވާ ކަނޑުގެ ދިރުން. އެކަން ހިމާޔަތްކޮށްއެކަމުން ނަފާވެރިކަން ހޯއްދަވައިދެއްވަން ހުންނެވީތީ ރައީސް ނަޝީދަށް ތާއީދު ކުރަނީ.

ރައީސްގެ ނަން އޮންނާނީ ސުޕްރީމް ކޯޓުން އަދި އެހެންތާކުންވެސް އެހެން ނިންމައިގެނެއް ނޫން.ރައްޔިތުން ނިންމާ މީހެއްގެ ނަން އޮންނަން ޖެހޭތީ ރައީސް ނަޝީދުގެ ނަން އޮންނާނީ

މިޤައުމުގެ އިޤްތިސޯދު ފުން ވަޅުގަނޑަކަށް ވެއްޓުނަ ނުދިނުމުގެ ޒިންމާ އޮތީ އަޅުގަނޑުމެންގެ އަތްމަތީގައި. ރާއްޖެއަކީ އެކަމުން ސަލާމަތްވެފައިވާ ޤައުމކަށް ހެދިދާނެ. އެކަން ކުރާނެގޮތް ރައީސް ނަޝީދު ވަނީ ވިދާޅުވެފައި.

ތަރައްޤީގެ އަސްލަކީ ރައްޔިތުންގެ މޫނުމަތިން ފެންނަ އުފާވެރިކަން. މިއަދު މިފެންނަނީ މާޔޫސްކަން.

އަޅުގަނޑުމެންގެ ރާއޖެއަށް މިކުރިމަތިވަނީ ވަރަށް ޚުތޫރަތްތެރި ވަގުތެއް.ކުރިއަސް މިއޮތީ މި ރާއްޖެއަށް އަންނަ އެންމެ މުހިއްމު އިންތިޚާބު. އަޅުގަނޑުމެން ބޭނުންވާ މީހާ ނެގޭނީ އަޅުގަނޑުމެންގެ މަސައްކަތުން. އިރާދަކުރެއްވިއްޔާ 2018 ގައި ހުކުމް ކުރާނީ ރައީސް ނަޝީދު. އެމްޑީޕީއަކީ ކުރަން ބޭނުންވާ ކަމެއް ކުރާނެ ބައެއް. ރައީސް ނަޝީދަކީ އެފަދަ ބޭފުޅެއް. އެހެންވީމާ އެމަނިކުފާނު ރައީސަކަށް ހޮވަން ބޭނުންވަނީ.

19 މެއި 2018 | 18:02

ބޭނުންވަނީ އިންސާނިއްޔަތުކަން ހުރި މީހަކު ވެރިކަން ކުރުން

އަސްލަމް: އަޅުގަނޑުމެން މިތިބީ ވަރަށް ބޮޑު އުއްމީދެއްގަި. އެންމެންވެސް ކުރާ ސުވާލަކީ ރައޫސް ނަޝީދަށް ކުރިމަތިލެވޭނެހޭ. އަޅުގަނޑުމެން މިތިބީ އެއްުއްމީދުގައި. އުއްމީދަކާއެކުގައި މަސައްކަތް ކުރީމާއަބަދުވެސް މުއުމިނުންނަށް އެކަން ﷲ ކޮށްދެއްވާ.

ޤާނޫނީ ހުރަހެއް ނެތް.ސުޕްރީމް ކޯތުން ބުނެފި އދ އިން ބުނެފި

ރައީސް ޔާމީންގެ އެންމެބޮޑު ބޭނުމަކީ އަޅުގަނޑުމެންގެ އުއްމީދު ގެއްލުވާލުން. އަޅުގަނޑުމެން ބޭނުންވާ މީހަކަށް ކުރިމަތި ނުލެވޭނެކަމަށްއަޅުަގަނޑުމެން ޤަބޫލު ކުރުވުން. މީގެ ކުރިން މިއަށްވުރެ މާބޮޑު ކަންތައްތަކެއްދިމާވެފައިވަނިކޮށް ކާމިޔާބުކޮށްފިން.

އަޅުގަނޑުމެން ރައްޔިތުންނާ ބައްދަލުކުރަމުން މިދަނީ އެއުއްމީދު އޮތީމާ.

އެމްޑީީޕީން ކަންކުރާ އުސޫލެއް އޮވޭ. އަޅުގަނޑުމެން ވޯޓަކުން ނިންމަން ޖެހޭ ރައީސް އަކަށް ލާނެ މީހަކު. ރައީސް ނަޝީދު އެކަނި ޕްރައިމަރީގައި ކުރިމަތި ލެއްވީ.

ވޯޓުލާނީ ޕާޓީގެ ދަފްތަރުގައި ތިބި 56000 މީހުން. އަޅުގަނޑުމެން މިއެދެނީ އެއްމެން ވޯޓުލުން. މަދު ބަޔަކު ވޯޓު ދިނަސް އިންތިޚާބު ކާމިޔާބު ވެދާނެ. އެކަމަކު މަދުބަޔަކުލައިފިއްޔާ މިކަމެއް ނުވާނެ. އަޅުގަނޑުމެން އެންމެން ނުކުމެ ވޯޓުލުމުން އެބުނެވެނީ އަޅުގަނޑުމެން ބޭނުންވަނީ މީނައޭ.

ޕޯސްޓަރު ހިއްޕީމާ، ދޮރުން ދޮރަށް ހިނގީމާ، ބޮނޑިބަތް ކެއްކީމާ ވޯޓުގައި ފޯރި ހިފާނީ

އަޅުގަނޑަށްއެނގޭ ދިވެހިންތިބީ ވަރަށްބޮޑު ގޮތެއްގައި ކަމަކަށް ބޭނުންވެގެން. އެންމެނަށްވެސް އެނގޭ ރާއްޖޭގެ މިއަދުގެ ހާލަތު.އެކަން ބަދަލު ކުރެވޭނީ އަޅުގަނޑުމެން ބޭނުންވާ މީހާ ހޮަވައިގެން އެކަން ކުރެވޭނީވޯޓު ައިގެން

ބޭނުންވާ މީހާ ނުލެވުނީމާ އަޅުގަނޑުމެން ބޭނުންވާ އެކަކަކުވެސްލިޔަކަ ޔާމީނެއްނުދޭނެ.

2013 ގައި ގޮތަކަށް ޔާމީން އިންތިޚާބު ކާމިޔާބު ކުރީމާ އެކަން ބަލައިގަތިން. މަޖިލީހުގެ ބޮޑު އަޣަްލަބިއްޔަތެއް ޔާމީން ހޯދީ.އެކަމަކު ކޯލިޝަން ރޫޅުނީ މަޖިލިސް ގެއްލުނީ ބަޔާންތައް ލީކުވަނީ. އެއްބަފާ ބޭބެ ގެއްުލުނީ. އެހެންވީމާ ވަރަށްގިނަ ކަންކަން ވެފައި މިވަނީ.

ރައީސް ނަޝީދު 2018 ގައި ކުރިމަތިލެވޭނެ.އެއިންތިޚާބު ކާމިޔާބުވެސް ކުރާނެ

އަޅުގަނޑު ރައީސް ނަޝީދަަށް ތާއީދު ކުރަނީ އަނިޔާވެރި ވެރިއެއްގެ ކިބަައިން ސަލާމަތްވާން.އަޅުގަނޑު ބޭނުމެއް ނޫންް އެކްސްޕެރިމެންޓެއް ހަދާކަށް. އަޅުގަނޑުމެންނަށްފެނިފައި އެބަހުރި އޭގެ ވެރިއެއް. ޒުވާބުވެސްދެވިފައި އެބަހުރި ،ޚިޔާލު ތަފާތުވެފައިވެސް އެބަހުރި އެކަމަކު އެއްކޮށް މަސައްކަތް ކުރެވޭ. އެމީހަކު ޓެރަރިސްޓަކަށް ހަދާފައި ޖަލަކަށް ނުލެވޭ.

ރައީސް ޔާމީން އެއްވެސް ވަރެއްގެ އިންސާނިއްޔަތުކަމެއް ނެތީމާ މުސްކުޅިވެ ބަލިވި ދުވަހު 80އަހަރަށްވުރެ މަތީގެ ބޭބެ ޖަލަށްލާފައި އެވަނީ.

އަޅުގަނޑުމެން ބޭނުންވަނީ އިންސަނިއްތުކަމެއްހުރި މީހަކު. އެފަދަ ވެރިއެއް ރައީސް ނަޝީދަކި. ފަހަށް ޖެހެންޖެހުނީމާފަހަށް ޖެހި ދޫދޭންވީމާ ދޫދީ އެންމެންގެ ގާތައްއަިސް މަސައްކަތް ކޮށް އެކުގައި އުޅޭވެރިއެއް ރައީސް ނަޝީދަކީ.

ކުރިމަތިވެސް ލެއްވޭނެ އިންތިޚާބު ކާމިޔާބުވެސް ކުރައްވާނެ

19 މެއި 2018 | 17:42

އިރާދަކުރެއްވިއްޔާއަނެއްކާވެސް ހެޔޮވެރިކަމެއް ޤާއިމް ކުރާނަން

ރައީސް ނަޝީދު: 1 ފެބްރުއަރީގައި ސުޕްރީްމ ކޯޓުން ވަނީ ނިންމަވާފައި އަޅުގަނޑަށް ޝަރީއަތް ހިންގާފައިވަނީ ރަންގަޅަށް ނޫންކަމަށް. އދ އިން ވަނީ އެހެން ކަނޑައަޅާފައި. މަދަނީ ޖަމްއިއްޔާތަކުން ވަނީ ބުނެފައ. އެފަރާތްތަކުން ބުނެފައިވަނީ ޕާޓީތަކުން ކަނޑައަޅާ ކެނޑިޑޭޓަކަށް ވާދަކުރެވެން ޖެހޭނެ ކަމަށް.

ރައްޔިތުން ނިންމަން ޖެހޭ އެމީހުން ވެރިއަކަށް ލާނެ ކެނޑިޑޭޓެއް. މިޕާީގެ ބޮޑު އަޣްލަބިއްޔަތަކުން އަޅުގަނޑުމެން މީހަކު ކަނޑައެޅީމާ މިކަން ވާނެ. ކެމްޕެއިން ވަރުގަދަކޮށްދޮރުން ދޮރަށް ހިނގާ، ތިޔަބޭފުޅުން ވިދާޅުވާން ބޭނުންވާ ބަސްވިދާޅުވީމާ ޖެހޭނީ އެކަން އެގޮތައް ޤަބޫލް ކުރަން.

އަޅުގަނޑު މިހުރީ ވަރަށް ބޮޑު އުއްމީދެއްގައި 2008 ގައިވެސް 2913 ގައިވެސް އަޅުގަނޑުގެ ނަން އޮތީ ފަހުވަގުތު. މިފަހަރު އެއަށްވުރެ އަވަހަށް އެކަންހަމަޖެހޭނެ

ރައީސް ޔާމީނަކަށް ފަސޭހައެއް ނުވާނެ. އަޅުގަނޑަށްވުރެ ރައީސް ޔާމީނަށްމިކަން މާ މުހިއްމު. ރައީސް ޔާމީން ދެވަނަ ވިސްނެވުމަކަށްދާން އެބަޖެހޭ.

ތަކެތީގެ އަގުދަނީ ބޮޑުވަމުން، ތެލުގެ އަގު ދަނީ ބޮޑުވަމުން، މިހެންގޮސް ހުރިހާއެއްޗެއްދަނީ ބޮޑުވަމުންް.މުސާރައެއް ބޮޑެއް ނުވޭ.މަހުގެ އަގު އެމްޑީޕީ ސަރުކާރު ވައްތަލިއިރު 29ރުފިޔާއަށް ހުރިއިރު މިހާރު 10 ރުފިޔާއަށް ނުޖެހޭ.މަސްވެރިން ބާނާ މަހުގެ އަގު ދަނީ ދަށްވަމުން.

އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައި އެއަގު ޖައްސާނަން. ރައީސް ވިދާޅުވި 10 ހާސް ރުފިޔާއެއް ނުދެވުނު

ދެފަހަރަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން ފަތުރުވެރިކަން ހީނަރުވެ މިދަނީ އިޤްތިސޯދު ދަަށްވަމުން

އިޖްތިމާއީ ކަންކަން މިދަނީ ދަށްވަމުން މި ހަތަރު އަހަރުގެ ތެރޭގައި 29 މީހަކު މަރާލާ އެއްލާލައިފި. އިންސާފެއް ނުލިބުނު

ވައްކަމާއި ކޮރަޕްޝަން ދަނީ ބޮޑުވަމުން ދައުލަތުގެ މުއްސަސާތަކުންވެސް ދަނީ އެފަދަ ކަންކަން ކުރަމުން.

އެމްއެމްއޭއާއި ބޭންކް އޮފް މޯލްޑިވްސް ބޭނުންކޮށްގެން ކަޅު ފައިސާ ދޮވެ މާލީ ނިޒާމުގެ އަގު ގެއްލިއްޖެ. ރޭޓިންގ އެޖެންސީތަކުން ދެނީ ފޭލް ގްރޭޑެއް. އިންވެސްޓަރުންނެއް ނާދޭ.

ރާއްޖޭގެ ވެރިކަން މިވަނީ ޚަރާބު ކޮށްލާފައި. ކުރިއެރުން ހޯދެނީ ވެރިކަން އޮމާންވެ ޑިމޮކްރަސީގެ އުސޫލްތައް ގެންގުޅެވިގެން.

އެމްޑީޕީ ސަރުކާރުން އިޖްތިމާއީ ރައްކާތެރިކަމެއް ހޯދައިދނީ. އޯގާތެރި ސަރުކާރެއް އަޅުގަނޑުމެން ގެނައި.

އަޅުގަނޑުމެން ގެނައި ޓެކްސްގެ ނިޒާމުން ރާއްޖެއަށް ލިބޭ ފައިސާ އިތުރުވާނެ. އެކަމަކު ޖީއެސްޓީ ނެގުމުގެ ތަހުލީލްތަކުގެ އިންސާފް ވަނީ ނަގާލާފައި

ރިޔާސީ ނިޒާމެއް ދިވެހިން ބަލައިގަތީ އަނިޔާވެރި ސިޔާސީ ނިޒާމެއް ހިންގާކަށް ނޫން. އެކަކު އަނެކަކަށް ގެއްލުންދީ ދަތިއަޅުވާލާ ވައްޓާލާކަށް ނޫން.ބާރުތައް މިވަނީ ރައީސް ޔާމީންގެ މުށުތެރެއަށްލާފައި

އަމުރެއް ކުރީތީ ފުރާޅުން ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކުރީ. މެޖޯރިޓީ ގެއްލުނީމާ މަޖިލިސް ހިސޯރުކޮށްފި. ކައުންސިލްތައްހުއްޓުވައިފި

އަޅުގަނޑުމެން މިއުޅެނީ ބޮޑު ނިންމުމެއް އިރާދަކުރެއްވިއްޔާއަނެއްކާވެސް ހެޔޮވެރިކަމެއް ޤާއިމް ކުރާނަން

ޗައިނާ މީހުން ލައްވާ ކަންކަކުރަނީ އެއް ބްރިޖް އަޅަޅަނީ 2ބްރިޖް އަޅާވަރަށް. އެމީހުން ލޯނު ނަގަނީ ރާއްޖޭގެ ރަޖިސްޓްރީ ބާއްވާފައި. އެލޯނު ނުދެއްކުނީމާ ދެން ޖެހެނީ ހިއްސާދޭން. ހިއްސާ ދިނީމާ އެވެވެނީ އިސްތިއުމާރު.މިހެން ވެފައިތިބި ކިތައްމެ ޤައުމެއް އެބަހުރި.

ތިޔަބޭފުޅުން ތިޔަކުރައްވާ މަސައްކަަތް ދިވެހިރައްޔިތުން ދުވަހަކުވެސް ހަނދާން ނައްތާ ނުލެވޭނެ މަސައްކަތެއް