Raajje.mv

އެމްޑީޕީން ބ. ތުޅާދޫގައި ބާއްވާ ޖަލްސާ

އެމްޑީޕީން ބ. ތުލާދޫގައި ބާއްވާ ޖަލްސާ

18 މެއި 2018
14851
އެމްޑީޕީއަށް ސަޕޯޓުކުރާ ތުޅަދޫ ރައްޔިތުން އެމްޑީޕީ ކެމްޕޭން ޓީމަށް މަރުހަބާ ކިޔަން އައިސް ބަނދަރު މަތީގައި

އެމްޑީޕީއަށް ސަޕޯޓުކުރާ ތުޅަދޫ ރައްޔިތުން އެމްޑީޕީ ކެމްޕޭން ޓީމަށް މަރުހަބާ ކިޔަން އައިސް ބަނދަރު މަތީގައި

18 މެއި 2018 | 18:18

ޖަލްސާ ނިމުން

ޖަލްސާ ނިމިއްޖެ

18 މެއި 2018 | 18:17

އެމްޑީޕީ ޔޫތް މެމްބަރ ހުޒާމާ މޫސާ ދެއްކެވި ވާހަކަ

ރައީސް ނަޝީދު ޤުރުބާން ވެވަޑައިގަންނަވަނީ ރައްޔިތުންނަށްޓަކައި. ގެއްލިފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހޯދަން ރައްޔިތުން ބޭނުންވޭ. ބޭސް ލިބުމުގެ ދަތިކަން ވަނީ ކުރިމަތިވެފައި. ދަތުރުފަތުރުގެ ނިޒާމުން ރާއްޖޭ ވަނީ ގުޅާލެވިފައި، މި ރާއްޖޭގެ ވެރިކަމުގެ ތާރީހުގައި ރައްޔިތުމީހާ އަށް އެއްޗެއް ދިއްކޮށްލުމަށް ވިސްނެވީ ހަމައެކަނި ރައީސް ނަޝީދު.

18 މެއި 2018 | 18:10

އަތޮޅު ކައުންސިލްގެ ނާއިބު ރައީސް

އަތޮޅު ކައުންސިލްގެ ނާއިބު ރައީސް، އަހުމަދު އަފްރާހު: އެމްޑީޕީ ވެރިކަމުގައި ޒުވާނުންނަށް ވަޒީފާ ހޯދަން ވަރަށް ފަސޭހަ ވި. ބ. އަތޮޅުގެ ގިނަ ޒުވާނުންނަށް ވަޒީފާގެ ފުުރުސަތު ދަނީ ހަނިވަމުން.

18 މެއި 2018 | 17:59

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވާހަކަފުޅު

އަޅުގަނޑަށް ރިޔާސީ އިންތިހާބު ކުރިމަތި ލެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައި. އަޅުގަނޑުމެން އެދެނީ ތިބޭފުޅުންގެ ކިބައިގެން ގޮތެއް ނިންމަން. ރައީސް ޔާމީން ބޭނުންފުޅުވެ ނުލައްވާ އަޅުގަނޑާއި ވާދަކުރެއްވުމަށް. ރައީސް ޔާމީން ކުރީގައި ވިދާޅުވި ވާހަކަފުޅުތަކަށް އަބަދުވެސް ބަދަލު ގެންނަވާ. ކުރިއަށް މި އޮތް ރިޔާސީ އިންތިހާބަކީ ދިވެހިރާއްޖޭގެ ރައްޔިތުން ދިވެހިރާއްޖެއާ ގުޅޭގޮތުން މުހިންމު އެއް ނިންމުން ނިންމާނެ އިންތިހާބު. ވަޒީފާގެ ފުރުސަތުތައް މިހާރު ރާއްޖޭގައި ނެތް. މަތީ ތައުލީމު އަގު ބޮޑު. އަޅުގަނޑުމެންގެ ރާއްޖެ މިދަނީ ކަނު ބަނދެވިތިބެ އަނދަވަޅަކަށް. އަޅުގަނޑުމެންނަށް ދިމާވެފައި މި ވަނީ އިޖްތިމާއި މައްސަލަތައް، މާލޭގެ މަގު މައްޗަށް 28 އަށްވުރެ ގިނަ މީހުން ވަނީ މަރާ އެއްލާލާފައި. އެކަންތައްތައް ތަހުޤީޤެއް ނުކުރެވޭ. އަޅުގަނޑުމެންނަށް ދިމާވެފައިވާ ކަންތައްތައް ގިނަ. ރާއްޖޭއިން ލޯނު ނަގަމުންދަނީ ޗައިނާ އެގްޒީމް ބޭންކުން. ލޯނު ނެގުމުގެ ކުރިން ޗައިނާއިން މި ވަނީ މަސައްަކަތުގެ އަގު އެތައް ގުނައަކަށް އުފުލާފައި. އެ ފައިސާ އަނބުރާ ދެއްކޭނެ އެއްވެސް ގޮތެއް ނޯންނާނެ.

18 މެއި 2018 | 17:46

އަޅުގަނޑުމެންނަށް ޖޯކު ޖެހި މީހުންނަށް އަނިޔާ ލިބެމުން މިހާރު އެދަނީ

އަޅުގަނޑުމެންނަށް ޖޯކު ޖެހި މީހުންނަށް އަނިޔާ ލިބެމުން މިހާރު އެދަނީ: އަލީ ނިޒާރު

18 މެއި 2018 | 17:44

ނިޒާރުގެ ވާހަކަފުޅު

އެމްޑީޕީ ފުރަތަމަ ރަޖިސްޓްރީ ކުރެވުނީ ލަންކާގައި، ސަންގު މަޖައްލާ ބަންދު ކުރެވުނު އިރު ރައީސް ނަޝީދުވެސް ބަންދު ކުރެވުނު. މި ހުރިހާ ކަމެއްގައި ފަހަތަށް ނުޖެހި މަސައްކަތްޕުޅު ކުރެއްވި ހަމައެކަނި ބޭފުޅަކީ ރައީސް ނަޝީދު. ދިމާވި ހުރިހާ ދުއްތުރާތަކާ ކުރިމަތިއްލައްވާ އަދިވެސް އެއްގޮތެއްގައި ހުންނެވީ ރައީސް ނަޝީދު. ރައީސް ނަޝީދު ރައްޔިތުން މީހާއާ ބައްދަލުކުރައްވަނީ ރައީސް ޔާމީން ބައްދަލު ކުރައްވާ ގޮތަކަށް ނޫން. އެމަނިކުފާނު ރައްޔިތުން މީހާ ކުރާ މަސައްކަތެއްގެ ތެރެއަށް ވަދެގެން އެ މީހުންނާ . ބައްދަލު ކުރައްވަނީ. މި ރާއްޖޭއަކުން ނުފެންނާނެ ރައީސް ނަޝީދުހާ އޯގާތެރި ވެރިއެއް. މި ޖާޒީރާ ރަށްތަކަކީ ދުނިޔޭގެ އުފެދުމަށް ބަލާއިރުވެސް ރީތި ރަށްތަކެއް. ވިސްނަން ޖެހޭނީ ރަށްތަކުގައި ދިރިއުޅޭ މީހުންގެ ބޭނުންތައް ފުއްދާނެ ގޮތަކަށް ކަންކަން ރާވާ ހިންގާނެ ވެރިއެއް. އެ ވެރިޔަކީ ރައީސް ނަޝީދު. އަޅުގަނޑުމެންނަށް ރަށްރަށުގައި ދިރިއުޅޭ އާބާދީތައް ދޫކޮށެއް ނުލެވޭނެ. މި ރަށްރަށުގައި ފެނާ ނަރުދަމާ ނެތުމުން އެއީ ބޭއިންސާފެއް. އަޅުގަނޑުމެންނަށް ލިބޭ މިންވަރު ލިބެންޖެހޭނެ. ރަށުގައި ދިރިއުޅޭ ރައްޔިތުންގެ ހާލަތު ގޯސްކޮށް އޮއްވާ ޓެކްސް ނެގިގެން ނުވާނެ. އަނބިކަމަނާ ނެރެގެން ރައީސް ޔާމީން ކުރައްވާ ކެމްޕޭނަކަށް ވޯޓު ދޭނެ ރައްޔިތެއް ނުހުންނާނެ. ރައީސް ޔާމީން ގެންގުޅުއްވާ އުސޫލުތަކަކީ ފެއިލްވެފައި ނިކަމެތިވެފައިވާ އުސޫލުތައް.

18 މެއި 2018 | 17:32

ރައީސް ނަޝީދަށް ޕްރައިމެރީގައި ވޯޓު ދޭން ނިންމީ ކުރިން ކުރެއްވި ކަންތައްތަކަށް އެކަނި ބައްލަވާފައެއް ނޫން: ހިސާން

އަޅުގަނޑުމެން ޕްރައިމަރީގައި ރައީސް ނަޝީދަށް ވޯޓުލާން ނިންމައިގެން މި ތިބީ ހަމައެކަނި އެމަނިކުފާނު ކުރިން ކުރެއްވި ކަންތައްތަކަށް ބަލާފައެއް ނޫން. އަޅުގަނޑުމެން ބޭނުމެއް ނޫން ތޮއްޖެހިފައި އޮންނަ ޖަޒީރާއެއް. އަޅުގަނޑުމެން ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނަން.

18 މެއި 2018 | 17:28

ރައީސް ޔާމީން އަމަލުފުޅު ކުރައްވަނީ އެމަނިކުފާނު ބޭނުންވެލައްވާ ގޮތަކަށް: ހިސާން

ރައީސް ޔާމީން ވަނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް މުޅި ޤައުމު ހަލަބޮލި ކޮށްފައި. ކުރިން އެހާ ރުހުނު ސުޕްރީމް ކޯޓު ފެބްރުއަރީ އެއްވަނަ ދުވަހު އަމުރު ނެރުމުން އެއީ ނުރުހޭ ތަނަކަށް ވެގެންދިޔަ.ރައީސް ޔާމީން އަމަލުފުޅު ކުރައްވަނީ ހަމައެކަނި އެމަނިކުފާނު ބޭނުންފުޅު ވެލައްވާ ގޮތަކަށް. ޤާނޫނުގެ ތެރެއިނެއް ނޫން އެމަނިކުފާނު އަމަލުފުޅު ކުރައްވަނީ.

18 މެއި 2018 | 17:24

ޖަލްސާގައި ހިސާންގެ ވާހަކަފުޅު

ހިސާން: އެމްޑީޕީގެ ބިނާވެގެން އައި އިންސާފާ ހަމައިގެ މައްޗަށް. އިންސާފެއް ނޯންނާތީ މި ޕާޓީ ވުޖޫދަށް އައި. އަޅުގަނޑުމެން މިހާރުވެސް ވަކާލަތު ކުރަމުން މި ދަނީ އިންސާފު ހޯދަން. ރައީސް ނަޝީދުގެ ޝަރީއަތަކީ އިންސާފެއް ހަމައެއް ނެތި ކުރެވިގެންދިޔަ ޝަރީއަތެއް. ސަރުކާރުން ބުނަނީ ރައީސް ނަޝީދަކަށް ކުރިމަތި ނުލެވޭނެ ކަމަށް. ޤާނޫނު އަސާސީގައި އެއްވެސް ހައްޤެއް ނެތީތޯ؟ .

18 މެއި 2018 | 17:15

މި ޖަލްސާގައި އެމްޑީޕީގެ އިސްވެރިން ދަނީ ބައިވެރިވެވަޑައިގަންނަވަމުން

18 މެއި 2018 | 17:14

ކެމްޕޭންގެ މަޤްސަދު

އެމްޑީޕީން ބ. އަތޮޅަށް ކުރަމުންދާ މި ކެމްޕޭނަކީ ރައީސް މުހައްމަދު ނަޝީދަށް ޕްރައިމެރީގައި ވޯޓް ހޯދުމުގެ ގޮތުން "ޖަޒީރާ ރައީސް" ގެ ނަމުގައި ކުރިއަށްދާ ކެމްޕޭނެއް.ް

18 މެއި 2018 | 17:12

ޖަލްސާ ފެށުން

ޖަލްސާ ފަށައިފި

18 މެއި 2018 | 16:55

އެމްޑީޕީން ބ. ތުޅާދޫގައި ބާއްވާ ޖަލްސާ

އެމްޑީޕީން ބ،. ތުޅާދޫ ސްޕޯޓްސް ކްލަބް ހޯލުގައި ބޭއްވުމަށް ނިންމާފައިވާ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ 22:00 ގައި. މި ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސްކައިޕް މެދުވެރިކޮށް ޖަލްސާގައި ބައިވެރިވާ ރައްޔިތުންނާ މުހާތަބު ކުރުމަށް ވަނީ ހަމަޖެހިފައި.