Raajje.mv

ރައީސް ނަޝީދުގެ ޕްރައިމަރީ ކެމްޕެއިން ލޯންޗްކުރުން

މިއީ ކުރިއަށް އޮތް ރިޔާސީ އިންތީޚާބުގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަކަށް ވެވަޑައިގަތުމަށް ރައީސް ނަޝީދު ކުރައްވާ ކެމްޕެއިން ލޯންޗް ކުރުމަށް ބާއްވާ ޖަލްސާއެކެވެ.

11 މެއި 2018
14693
ރައީސް ނަޝީދުގެ ކެމްޕެއިން ލޯންޗް ކުރުމަށް ބާއްވާ ޖަލްސާގެ ތެރެއިން

ރައީސް ނަޝީދުގެ ކެމްޕެއިން ލޯންޗް ކުރުމަށް ބާއްވާ ޖަލްސާގެ ތެރެއިން

11 މެއި 2018 | 17:55

ޖަޒީރާ ޤައުމެއް ހިންގޭނީ ޖަޒީރާވަންތަ ރައީސަކަށް

ޝިފާ: 2018 ގައި ރައީސް ނަޝީދަށް ކުރިމަތިލެއްވޭނެކަމުގެ އުއްމީދު އާވެއްޖެ. ކޮން އިންތިކާބެއްގައިތޯ ރައީސް ނަޝީދަަށް ކުރިމަތިލިޔަ ނުދިނުމަށް ދެކޮޅު ހަދަމުންދިޔައީ.

1 ފެބްރުއަރީގައި ނެރުނު ހުކުމުގައި ބުނެފި ރައީސް ނަޝީދު މިނިވަން ވެއްޖެ ކަމަށް. އަޅުގަނޑު އުފަކުރަން އެހުރިހާ އަނިޔާތަކަށް ދޫނުދެއްވާ ކެތްެރިކަމާއެކު ކުރިއަށް ވަޑައިގަންނަވާތީ. އެއީ ވެރިންނަކީ. އަނިޔާވެރިކަމާ ވައްކަމުގެ ޖަރީމާތައް ނުހިންގަވާ ކުރިއަށް ވަޑައިގަތުން. މިހާރު މިއޮތީ އެފަދަ ވެރިކަމެއް. ރައީސް ނަޝީދު އެކަން ނިމުމަކަށް ގެންނާނެ.

މިހާރު މިއޮތީ މިނިވަން ޑިމޮކްރެޓިކް ވެރިކަމެއް ނޫން. މި ދަތި އުނދަގޫ ވަގުތުގައިވެސް ރައީސް ނަޝީދު އިޚްތިޔާރު ކުރީ މުއާމަލާތު ކުރުމުގެ ސިފަ. އެގޮތުން ހުރިހާ ޕާޓީތަކާ ވާހަކަ ދައްކަވައިގެން އެއްކޮށް އެދަނީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް. އެކަން ކުރެއްވީ ރައީސް ނަޝީދު.

އަނެއްކާވެސް މިއެދެނީ އިލެކްޝަންސް ކޮމިޝަން ބަދަލުކޮށް މިނިވަން ކޮމިޝަނެއް ގެނެސް މިނިވަން އިންތިޚާބެއް ބާއްވަން. އެކަން ކުރެވެން އޮތީ ރައްޔިތުން ރައީސް ނަޝީދަށް މި ޕްރައިމަރީގައި ވޯޓު އަޅަިގެން.

ރައީސް ނަޝިދަކީ ނޫސްވެރިއެއް. އެމަނިކުފާނުގެ ވެރިކަމުގައި ނޫސްވެރިކަމުގެ މިނިވަންކަން ހޯދައިދިން. ދެންވެސް އަލުން އެމިނިވަންކަން ހޯދައިދެވޭނީ ރައީސް ނަޝީދަށް.

ކުރިން އޮތީ އޭލެވެލްއަށް ކިޔައިވައިދޭ އެއް ސްކޫލް. އެކަމަކު އެމްޑީޕީން އެފަދަ ސްކޫލްތައް އިތުރުކޮށް ޔުނިވަރސިޓީ އުފައްދައި ކޮންމ ރަށެއްގައި 10 އާ ހަމައަށް ކިޔަވައިދޭން ފެއްޓެވި. ދިވެހިން ނޭނގޭ މީހަކު ފިނިކޮޓަރީގައި އިންނަވައިގެން ޖޒީރާ ޤައުމެއް ނުހިންގޭނެ. އެކަން ކުރެއްވޭނީ ޖަޒީރާ ރައީސް ރައީސް ނަޝީދަށް.

ހަލާލް ފައިސާއިން ދިރިއުޅުން ބިނާ ކުރައްވަން ދަސްކޮށްދެއްވައި ބާރު އެޅުއްވީ ރައީސް ނަޝީދު. ދެންވެސް އެކަން ކުރެއްވޭނީ ރައީސް ނަޝީދަށް.

އެހެންވީމާ ވީހާވެސް ގިނަ ވޯޓު އަޅަންވީ. އޭރުން އިންތިޚާބުގެ ކުރިން ރިޔާސީ އިންތިޚާބުގެ ނަތީޖާ އެނގިގެން ދާނެ.

11 މެއި 2018 | 17:39

ޒުވާނުންނަށް ގެއްލިފައިވާ އުއްމީދު ގެނެސްދެވޭނީ ރައީސް ނަޝީދަށް

ހަބީބު: ތޮއްޖެހި މާލޭގައި ހިނގާ ކަންކަމުން މިވަނީ ހައްދުން ނެއްޓިފައި. މަސްތުވާތަކެތީގެ ވަބައިގާ ޖެހިފައިވާ ޒުވާނުންހާމަކަމާއެކު މަގުމަތީގައި. އަޅުގަނޑުމެން ބޭނުންވަނީ ޒުވާނުން ރަށުގައި ރީތިގޮތުގައި ޖަޒީރާވަންތަކަމާއެކު މަސައްކަތްކޮށްގެން އުފަލުގައި އުޅެން. އެކަން ކޮށްދެއްވާނީ ރައީސް ނަޝީދު

މިސީޓީއަކީ އެންމެ ގިނަ އެކްސިޑެންޓްވާ އެއް ސިޓީ. އެކަމަކު މިތަނުގެ ހޮސްޕިޓަލް ވެފައިވަނީ ޓްރާންސިތް ހޮސްޕިޓަލަކަށް. ތަންކޮޅެއް ކަނޑައިގެން ދިޔަޔަސް މިހޮސްޕިޓަލުން ހަމައެކަނި މާލެއަށް ބަދަލުކޮށްދިނުން އޮންނަނީ.

އަލަތު ކައިވެންޏާއެކު ފްލެޓެއް ލިބޭނެޔޭ ބުނީމާ ވަރަށް އުފާވީ. އެހެންވެ މީހަކާ އިންދެ ކުއްޖަކު ލިބި އެކުއްޖާއަށް އެއްއަހަރުވީއިރުވެސް ފްލެޓްެއް ނުލިބުނު. އެކަން ފުރިހަމަކޮށްދެއްވާނީ ރައީސް ނަޝީދު

އުއްމީދު ގެއްލުނީ ވަންނާނެތަނެއް ނެތުމަކުން ނޫން. ވިޔަފާރިއެއް ކުރެވޭނެ މާހައުލެއް ޤާއިމެއް ނުކުރެވޭ. މިސަރުކާރުގެ ޖަރީމާތަކުގެ ސަބަބުން ވަނީ އުއްމީދު ގެއްލިފައި. އެ އުއްމީދު ގެނެސްދެއްވޭނީ ރައީސް ނަޝީދަށް

11 މެއި 2018 | 17:30

ޒުވާނުންގެ އުއްމީދު ގުޅިފައިވަނީ ރައީސް ނަޝީދާ

ރީމާ: ދިވެހި ޒުވާނުންގެ އުއްމީދާ ގުޅިފައިވަނީ ރަައީސް ނަޝީދާ. އެތައް ފަހަރަކު ޖަލަށްލީމަވެސް ދޫކޮށް ނުލައްވާ އެތައް ޤުރުބާނީއެއް ދަނީ ވަމުން. ޒުވާނުންނަށް ވޯޓުލެވޭގޮތް ހެދުމަށް އެންމެބުރަ މަސައްކަތެއް ކުރެއްވީ އެމަަނިކުފާނު. އެމަނިކުފާނު އަބަދުވެސް އެމަސައްކަތް ކުރައްވަނީ ޖެހިލުމެއް ނުވެ.

އެންމެން ބޭނުންވަނީ މިނިވަންކަން. ދުލުގެ މިނިވަންކަން. އެމިނިވަންކަން ދިނީ ރައީސް ނަޝީދުގެ ވެރިކަމުގައި. މިއަދު އެކަން ނިމިއްޖެ. އާއިލާތައް ރޮއްވާލަމުން އެދަނީ އަނިޔާ ކޮށް ޖަލަަށް ލަމުން.

ކުރިއެކޭ އެއްގޮތައް ދިވެހިރައްޔިތުންގެ ހައްދުތައް ހަޤީގަތަކަށް ހަދައިދެވޭނީ ރައީސް ނަޝީދަށް. ޒުވާނުންނާ ގުޅިފައިވާ އެތައްކަމެއް ގުޅިފައިވަނީ އެމަނިކުފާނާ.

ޒުވާނުން ބޭނުންވަނީ ވަޒީފާގެ ފުރުސަތު. އެކަމކު މިހާރު ފުރަތަމަވެސް ބަލަނީ ކުލައެއް. ޑިގްރީ ނެގިއަސް އެކަން އޮންނަނީ އެހެން. އެކަން ބަދަލު ކުރާނަން.

މިހާރު ދުލުގެ މިނިވަންކަމެއް ސިޔާސީ މިނިވަންކަމެއް ނެތް.

11 މެއި 2018 | 17:23

އެއްބައިވަންތަ ކަމުގެ ސަރުކާރެއް 6 އަހަރަށް އުފައްދާ ޤައުމު ހަމަމަގަށް އަޅުވާނަން

ރައީސް ނަޝީދު:އާބާދީގެ ސަބަބުން މާލެ ތޮއްޖެހުން ކުޑަކޮށް ރަށްރަށުގައި ިޤްތިސޯދީ ގޮތުން މާލެއަށްވުރެ ލުއިފަސޭހަ އިޤްތިސޯދީ ކަންކަން ކުރެވޭނެ މަގު ފަހިކޮށްދޭނަން. ރައްޔިތުންގެ ހާލު އަހުވާލު ބަލައި އަޅާލާނެ. އެއްވެސް ފުރައެއްގެ އެއްވެސް މީހަކު ބާކީ ނުވާނެހެން ބެލެހެއްޓޭ ހިޔާވަހިކަން ޤާއިމްކުރަން ޖެހޭ. މިއީ ރާއްޖެކަން ދަނެ އެއްވެސް ރަށެއް އެއްވެސް މީހަކު ތަފާތު ނުކޮށް ލޯތްބާއި ކުލުނާއެކު އުފާވެރި މުޖުތަމައުއެއް އުފައްދާނަން.

މުޅި ދިވެހިންގެ އިޤްތިސޯދަކީ ވަށައިގެންވާ މާހައުލުން ލިބިދޭ ފައިދާއިން އުފެއްދޭ އިޤްތިސޯދެއް. މިއީ ތިމާވެށި ހިމާޔަތް ކުރެވިފައިވާ ރާއްޖެއަކަށް ހެދުން.

ގުދުރަތީ ނިޒާމުން ލިބިދޭ އިޤްތިސޯދުން ރައްޔިތުންގެ ޖީބަަށް އެނގުންވާވަރަށް ތަކެތީގެ އަގު ހެޔޮކޮށްދޭނަން. ކަރަންޓާ ފެނުގެ އަގު ތިރިކުރާނަން. ކޮންމެ ދިވެހިރައްޔިތަކު ކުރާ މަސައަކަތައް އެކަށޭނަ އުޖޫރައެއް ދޭނަން. މަހުގެ ހަމަ އަގު ހޯދައިދީ ސީދާ ރާއްޖޭގެ ދޯނިތަކުގައި ބޭރަށް މަސްވިއްކޭނެ.

ގެސްޓް ހައުސްގެ އިތުރުން ޖަޒީރާ ހޮޓަލާއި ޖަޒީރާ ފަތުރުވެރިކަމެއް އުފެއްދޭނެ. ރަށުގެ ވެބްސައިޓް ބެލެހެއްޓި ހާލަތު އެނގި ކައުންސިލަތަކުގެ އޮފީސްތަކުން ރަށް ހިންގާނެ. ޖަޒީރާ ސްކޫލް ތަކާއި ހިލޭ ބޭސްފަރުވާ ކުރެވޭނެ. ހާއްސައެހީއަށް ބޭނުންވާ މީހުން ބެލެހެއްޓުން ކައުންސިލްތަކުގެ ދަށަށް ގެނެވޭނެ.

ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އުފައްދާ ޤައުމަށް ބޭނުންވާ ބަދަލުތައް ގެނެވޭނެ. އެސަރުކާރުގެ މުއްދަތަކީ ހަ އަހަރު. އަދުލު އިންސާފް ޤާއިމްކޯސް ފުލުހުންނާ ސިފއިންގެ މުއައްސަސާ ރަނގަޅު ކުރާނަން. ބަަރުލަމާނީ ނިޒާމްއަކަށް ތާއީދު ކުރަން ގޮވާލަން. 2018 ގެ ރިޔާސީ އިންތިޚާބު ބާއްވާ ހުވާ ކުރާނީ މި ޤާނޫން އަސާސީގެ ދަށުން. އަދި މިހާރު އޮތް މަޖިލިސް އިތުރު އެއް ދައުރަށް އިތުރުކޮށް ރަނަގޅު ހަރުދަނާ ޖުޑިޝަރީއެއް ޤާއިމްކޮށް ފުލުހުންނާ ސިފައިންގެ މުއައްސަސާ ހަރުދަނާކޮށް ދެން ބަރުލަމާނީ ނިޒާމެއް ގެންނަން ތާއީދު ކުރުމަށް އަޅުގަނޑު އެދޭނަން.

ރާއްޖެ އިންތިހާއަށް ދަރަނިވެރިވެއްޖެ. ޒަމާނުންސުރެ އިންޓަރެސްޓް ކުޑަކޮށް ތަރައްޤީއަަށް ލޯނު ނަގަމުން. އެކަމަކު އެހަމަ ދޫކޮށްލައިފި. މިއަދު ލޯނު ނަގަނީ ޗައިނާ އެގްޒިމް ބޭންކުން. އެލޯނު ދެނީ ޗައިނާ ކުންފުނިތަކަށް އެމަސައްކަތް ހަވާލުކޮށް އެކުންފުނިތަކަށް. އެލޯނު ދެނީ ބޮޑު އިންޓަރެސްޓާއެކު. އެފައިސާ ނުދެއްކުނީމާ ޖެހެނީ ހިއްސާ ދޭން. އެކަމުން ޗައިނާގެ ބާރު މިތަނަށް ފޯރުވާ. އަޅުގަނޑުމގެ ނަން ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސްކޮޅުގައި ބާއްވާނީތޯ ނިންމާނީ ތިޔަ ރައްޔިތުން. އަޅުގަނޑުމެންދާނީ އާ ހިތްވަރަކާއެކު އާ ބާރަކާއެކު ކުރިއަށް

11 މެއި 2018 | 17:05

ރައްޔިތުން ބޭނުންވަނީ ރައީސް ނަޝީދު

އަސްލަމް:މިފެށޭ މަސައްކަތަކީ ދަރިންނާ ދަރިންގެ ދަރިންނަށްޓަކައި އާއުއްމީދުތަކެއް ހޯދުމަށް ފަށާ މަސައްކަތެއް. މިއީ މުޖުތަމައުގެ ރައްކާތެރިކުރުމަށާއި ޤައުމުގެ މަސްލަހަތު ދަމަހައްޓާ ދިވެހިންގެ ދީން ހިމާޔަތް ކުރުމަށް ފަށާ މަސައްކަތެއް. ރައީސް ނަޝީދު ހުންނެވީ އެކަން ކުރައްވަން ތައްޔާރަށް.

އަޅުގަނޑު ވަރަށް ބޮޑަށް ޔަޤީން ކުރަން ކެމްޕެއިން މެނޭޖަރެއްގެ ހައިސިއްޔަތުން އަޅުގަނޑަށް އެހީތެރިކަން ދެއްވާނެ ކަމަށް. އަޅުގަނޑު މިހާރުވެސް މަސައްކަތް ކުރަމުން މިދަނީ ރައީސް ނަޝީދުގެ ލަފާގެ މަތިން.

ރައީސް ނަޝީދާ ދެކޮޅަށް މަސައްކަތް ކުރާމީހުން އުފައްދާ ސުވާލަކީ ކުރިމަތިނުލެވޭ މީހަކު ކުރިމަތިލަނީ ކީއްވެހޭ. ޖަވާބަކީ ގިނަރައްޔިތުން ހިތާރުހުމުން ބޭނުންވަނީ ރާއްޖޭގެ ވެރިއަކަށް ރައީސް ނަޝީދު ގެންނަވަން. އެތައް ބަޔަކު އެދޭ ރައީސް ނަޝީދު ކުރިމަތިލައްވަން.

ރައީސް ނަޝީދާ ދެކޮޅަށް އެތައްކަމެއްކޮށް އެމަނިކުފާނާ ދެކޮޅަށް ނާއިންސާފް ޝަރީއަތެއްކޮށް ހުކުމެއް ކުރީމާ ސުޕްރީމް ކޯޓުން އެކަން ބާތިލް ކުރީމާ ބަލައި ނުގަތީ. އެކަމަށް ބަލައިގެން ފަހަތަށް ޖެހިގެން ތިބެވޭކަށް ނެތް.

ރައީސް ނަޝީދުގެ ނަންފުޅު 2018 ގެ ވޯޓު ކަރުދާސްކޮޅުގައި އޮންނާނެ. ޔާމީންގެ އަނިޔާވެރި ވެރިކަން ނިމުމަކަށް ގެންނާނެ.

ޖަޒީރާ މިޤައުމުގެ ރައްޔިތުންގެ އުއްމީދުތައް ހަޤީގަތަކަށް ހައްދަވައިދެއްވާނެ ވެރިއަކީ ރައީސް ނަޝީދު.

ދީނީއަދި އިޖުމތިމާއީ ކަންކަން ކުރިއަރުވާ ދަމަހައްޓާނަން. މިނިވަން ނޫސްވެރިކަމެއް ގެނެސް ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ހޯދައިދޭނަން. ކަނޑުފަޅުގެ ނަފާވެރިކަން ހޯދައިދޭނަން. ދަތުރުފަތުރަކުން ގުޅާލާނަން. މިފަދަ ޖަޒީރާ ރަށްތަަކުގެ ރައްޔިތުންގެ އެތައް އުއްމީދެއް ހަޤީގަތަކަށް ހަދައިދެއްވާނީ ރައީސް ނަޝީދު. އެހެންވީމާ ރައީސް ނަޝީދަށް ޕްރައިމަރީގައި ހުރިހާ ބޭފުޅުން ވޯޓު ދެއްވާ. ކަރުދާސްކޮޅުގައި ނަން އޮޮންނާނެ ޔާމީން ބަލިކުރައްވާނެ

11 މެއި 2018 | 16:52

މިރާއްޖޭގެ ރައްޔިތުން ޤަބޫލް ކުރޭ ޖަޒީރާ މިޤައުމަށް ތަރައްޤީ ގެނެވޭނީ ހަމައެކަނި މަނިކުފާނަށްކަން

ސޯބެ:މިރާއްޖޭގެ ރައްޔިތުން ޤަބޫލް ކުރޭ ޖަޒީރާ މިޤައުމަށް ތަރައްޤީ ގެނެވޭނީ ހަމައެކަނި މަނިކުފާނަށްކަން. މަނިކުފާނު އެބާރު ރައްޔިތުންނަށް ހޯއްދަވައިދެއްވި އެތައް ކަމެއް ކުރައްވަން ފެއްޓެވި. އެކަންކަން މަނިކުފާނުގެ ވެރިކަން ވައޓާލުމުން އެވަނީ ހުއްޓިފައި.

11 މެއި 2018 | 16:50

އަޅުގަނޑުމެން މިދާއިރާއިން މިތިބީ ވަރަށް ބޮޑު ކާމިޔާބެއް ހޯދައިދޭން ތައްޔާރަށް.

ސޯދިޤް: އަޅުގަނޑުމެން މިދާއިރާއިން މިތިބީ ވަރަށް ބޮޑު ކާމިޔާބެއް ހޯދައިދޭން ތައްޔާރަށް. މަނިކުފާނު (ރައީސް ނަޝީދު) ކޮށްދެއްވި ކަންކަމާއި މިހާރުވެސް ކުރައްވަމުންދާ މަސައްކަތްތަކުގެ ސަބަބުން މަނިކުފާނަށް އެތާއީދު ލިބޭނެ