ފަލަ ސުރުޚީ: މިހާރު ކުރެވޭ ބޮޑެތި ޝަރީޢަތްތައް

  • އަޅުގަނޑުމެންގެ އުއްމީދު އެބައޮތް 12 މެންބަރުންނާމެދު
  • ސަރުކާރަށް އެނގޭ ސަރުކާރުގެ ހާލަތު
  • ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާ އެމަނިކުފާނަކީ ޕޮޕިއުލަރ ބޭފުޅެއް ނޫން ކަން. 
 
Writer Profile Picture
އަހުމަދު މުހުސިނު
އަޅުގަނޑުމެންގެ އުއްމީދު އެބައޮތް 12 މެންބަރުންނާމެދު

ޝިދާތާ: އަޅުގަނޑުމެންގެ އުއްމީދު އެބައޮތް 12 މެންބަރުންނާމެދު. އެމައްސަލައިގާ ސުޕްރީމް ކޯޓުން ތަފާތު ނިންމުންތައް ނިްމާފައިވާއިރު ނެތް މެންބަރުންގެ ގޮނޑި ގެއްލުނު ކަމަކަށް ސުޕްރީމް ކޯޓުން ނިންމާފައެއް. އެހެންވެ ސުޕްރީމް ކޯޓުން ވަކިގޮތަކަށް އަދިވެސް ނުނިންމާ އެއޮތީ. މަޖިިލިސް މިނިވަންވީމާ އެމެންބަރުން އަދި މަޖިލީހަށް ނުކުންނާނެ.

7 މެއި 2018 | ހޯމަ 22:02
Writer Profile Picture
އަހުމަދު މުހުސިނު
ސަރުކާރަށް އެނގޭ ސަރުކާރުގެ ހާލަތު

ޝިދާތާ: ސަރުކާރަށް އެނގޭ ސަރުކާރުގެ ހާލަތު. މަޖިލީހާއި ތަންތަން މިނިވްނަވީމާ ސަރުކާރަށް ޖެހޭނެ ހާލަތު އެނގޭ. ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒް ނުކުރީވެސް އެހެންވެގެން. އެކަމަކު އެއީ ކުރެވޭނެ ކަމެއް ނޫން

7 މެއި 2018 | ހޯމަ 21:59
Writer Profile Picture
އަހުމަދު މުހުސިނު
ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާ އެމަނިކުފާނަކީ ޕޮޕިއުލަރ ބޭފުޅެއް ނޫން ކަން. 

ޝިދާތާ: ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާ އެމަނިކުފާނަކީ ޕޮޕިއުލަރ ބޭފުޅެއް ނޫން ކަން. އެހެންވީމާ އަޅުގަނޑުމެންނަށް އެނގޭ އިންތިޚާބު ކާމިޔާބު ކުރެވޭނެކަން. އެމަނިކުފާނު ގާތުގައި ތިބި މީހުންވެސް ބޭނުންވޭ ތާއަބަދު އެހެން އަޅުވެތިކަމުގައި ނުތިބެ މިކަން ނިމެން. 

7 މެއި 2018 | ހޯމަ 21:57
Writer Profile Picture
އަހުމަދު މުހުސިނު
ދައުލަތް ހުއްޓުމަކަށް އައިސްގެން ކަމެއް ކުރާނަމަ ފުރަތަމަ ސުވާލު ކުރަންވީ ރައީސް ޔާމީނާ.

ޝިދާތާ: މަޖިލިސް ވަނީ ހިސޯރުކޮށްފައި. ގޮނޑިތަކެއް ވަނީ ގެއްލުވާލާފައި. ޖުޑިޝަރީއަށް ބަލާއިރު ފަނޑިޔާރުން ބަދަލު ކުރޭ. ދައުލަތް ހުއްޓުމަކަށް އައިސްގެން ކަމެއް ކުރާނަމަ ފުރަތަމަ ސުވާލު ކުރަންވީ ރައީސް ޔާމީނާ.

7 މެއި 2018 | ހޯމަ 21:55
Writer Profile Picture
އަހުމަދު މުހުސިނު
ރައީސް ޔާމީންގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ސުޕްރީމް ކޯޓު ހަމަޔަކަށް އެޅުވުމަކީ

ޝިދާތާ:ރައީސް ޔާމީންގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ސުޕްރީމް ކޯޓު ހަމަޔަކަށް އެޅުވުމަކީ. މިހާރު ކަންކަން ހިނގާފައިވާ ގޮތުން އަދުލު އިންސާފް ޤާއިމް ކުރެވިފައެއް ނުވޭ. މާދަމާ އުއްތަމަ ފަނޑިޔާރަށް ހުކުމް ކުރުމަކީ އާދައިގެ ކަމެއް ނޫން. ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން އުއްތަމަ ފަނޑިޔާރު ގެންގޮސް ހުކުމް ކުރީމާ މިއޮތީ ތަފާތު މަރުހަލާއަކަށް އައިސްފައި

7 މެއި 2018 | ހޯމަ 21:53
Writer Profile Picture
އަހުމަދު މުހުސިނު
އޮންނަ އުސޫލަކުން ކަންކަމެއް ނުކުރޭ

ޝިދާތާ: އޮންނަ އުސޫލަކުން ކަންކަމެއް ނުކުރޭ. ޖަލުގައި ތިބޭ މީހުންނަށް އާއިލީ ބައްދަލުވުން ހުއްޓާލި. ޖަލުގައި ތިއްބަސް ދޭން ޖެހޭ އަސާސީ ހައްޤުތަކެއް ނުދޭ. ބޭސްފަރުވާއެއް ރަނގަޅަކަށް ފޯރުކޮށެއް ނުދޭ. ސުވާލު އުފައްދަނީ ޝަރީއަތްތައްދާ ސްޕީޑާމެދުއެއް ނޫން. މުޅި ނިޒާމް ފެއިލްވެފައިވާ ވާހަކަ މިދައްކަނީ 

7 މެއި 2018 | ހޯމަ 21:49
Writer Profile Picture
އަހުމަދު މުހުސިނު
ރައީސް ޔާމީން މަސައްކަތް ކުރައްވަނީ ހަމައެކަނި މަޤާމް ދިފާއު ކުރުމުގެ މަސައްކަތް

ޝިދާތާ: ޖޭމްސް ޑޯރިސްއަކީ ރާއްޖޭގެ މައުލޫމާތު ބޭރުގެ އެކިއެކި ފަރާތްތަކަށް ފޯރުކޮށްދެއްވާ ބޭފުޅެއް. ސަރުކާރަށް ހުށަހަޅައިގެން ވަރަށް ކަންކަން އިސްލާހް ކުރަން މަސައްކަތް ކުރައްވާ ބޭފުޅެއް. އެކަމަކު މިސަރުކާރަކީ ވާހަކަ ދައްކައިގެން ކަންކަން އިސްލާހް ކުރަން ބޭނުންވާ ސަރުކާރެއް ނޫން. ރައީސް ޔާމީން މަސައްކަތް ކުރައްވަނީ ހަމައެކަނި މަޤާމް ދިފާއު ކުރުމުގެ މަސައްކަތް

7 މެއި 2018 | ހޯމަ 21:46
Writer Profile Picture
އަހުމަދު މުހުސިނު
މިފެންނަނީ އެއްވެސް ބޭފުޅަކު ފަހަތައް ނުޖެހޭތަން

ޝިދާތާ:އެންމެން ޖަލަށް ލައިގެން ކާމިޔާބު ނުވާނެކަން ރައީސް ޔާމީން ޤަބޫލް ކުރަން ޖެހޭ. މިކަމަކީ ސިޔާސީ ހުރިހާ ބޭފުޅުން ޖަލަށްލުމަށް ފަށާފައިވާ ކަމެއް. އެކަމަކު މިފެންނަނީ އެއްވެސް ބޭފުޅަކު ފަހަތައް ނުޖެހޭތަން.

7 މެއި 2018 | ހޯމަ 21:42