Raajje.mv

ފަލަހަ ސުރުހީ ލައިވް

މިރޭގެ ފަލަސުރުހީ ޕްރޮގުރާމްގައި ބައިވެރިވެވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު

05 މެއި 2018
13529
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު

05 މެއި 2018 | 17:17

އަޅުގަނޑުމެން ޕާޓީން ވަކިވި ގޮތް އެންމެ ބޮޑަށް އެނގޭނެ ބޭފުޅަކީ އިލެކްޝަނުގެ ރައީސް

އަމީތު: އަޅުގަނޑު ޕީޕީއެމް އިން ވަކިކުރީ ކޮންއިރަކުން އެންމެ ބޮޑަށް އެނގޭނެ ބޭފުޅަކީ މިހާރު އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ މަގާމުގައި އިންނެވި ޝަރީފު. ޝަރީފަކީ ޕީޕީއެމް އަޅުގަނޑުމެން ވަކި ކުރި ކޮމެޓީގައި އިންނެވި ބޭފުޅެއް. ޝަރީފަކަށް ނުކުރޭނެ އަޅުގަނޑުމެން ޕާޓީން ވަކިކުރި ގޮތާ ގުޅޭ ގޮތުން ދޮގެއް ހަދާކަށް. އަޅުގަނޑުމެން މި ބޭފުޅުން ގޮވައިގެން ކޯޓުތަކަށް އަދި ދާނަން.

05 މެއި 2018 | 17:13

ސިޔާސީ މީހުންނާމެދު ދައުވާ ކުރެވިގެން ދަނީ އިންސާފަކުން ނޫން

އަމީތު: ޕީޕީއެމްގެ ރައީސްގެ އަތުން ޕާޓީ އަތުލި ގޮތާއި ހަވީރު ނޫހުގެ މައްސަލައިގައި ހުކުމް ނެރުނު ގޮތް ލީކްވި ބަޔާންތަކުން އެބަ އިނގޭ. ގާނޫނު އަސާސީއާ ހިލާފަށް ފަނޑިޔާރުން އަމަލު ކުރެއްވި ކަމަށް އަމިއްލަ އިއުތިރާފުވެފައިވާ ބަޔާންތައް ލީކްވިއިރު ހިތާމައަކީ އެ ފަނޑިޔާރުން މަގާމުން އިސްތިއުފާ ނުދެއްވާކަން. މިހާރު އެ ބޭފުޅުން މަގާމުން އިސްތިއުފާ ދޭން ޖެހޭނެ ކަމަށް ގަބޫލު ކުރަން.

އަމީތު: ސިޔާސީ ބޭފުޅުންގެ މައްސަލަތައް ކޯޓުގައި ހިނގަމުންދާ ގޮތުން އެއީ އިންސާފު ކަމަށް ގަބޫލެއް ނުކުރެވޭ. ސިޔާސީ މީހުންގެ މައްސަލަތައް އަވަސް އަވަހަށް ހިންގާއިރު އާންމު މީހުންނާއި ސިޔާސީ މީހުންނާމެދު އަމަލުކުރާ ގޮތް ތަފާތު.

05 މެއި 2018 | 17:04

މިނިވަން މުވައްސަސާތަކުގައި އެބަ ތިބި ޕީޕީއެމަށް ފޯމް ފުރައިދީފައި ތިބި މީހުން

އަމީތު: އެންޓިކޮރަޕްޝަން ކޮމިޝަނަށް ބާރު ލިބިފައިވޭ ކޮރަޕްޝަނުގެ އަމަލެއް ހިންގަން އުޅޭ ކަމުގެ ޝައްކެތް ކުރެވުނު ނަމަވެސް އެ މައްސަލައެއް ތަހްގީގު ކުރަން. ދައުލަތާ ދެކޮޅަށް ސުޕްރީމް ކޯޓުން ހުކުމެއް ނެރުއްވަން އުޅޭ ކަމުގެ މައުލޫމާތު ކުރިން ސަރުކާރާ ހިއްސާ ނުކުރީ ކީއްވެތޯ ސުވާލު އުފެދޭ

އަމީތު: މިނިވަން މުވައްސަސާތަކުގެ ރައީސުންގެ ގޮތުގައި އެބަ ތިބި ޕީޕީއެމްގެ 100 ފޯމް ފުރައިގެން މެޑަމް ފާތުންނާ ހަވާލު ކުރި މީހުން. މިނިވަން މުވައްސަސާތަކަށް އެއްވެސް ރައްޔިތެއްގެ އިތުބާރެއް ނެތް.

އަމީތު: ފުލުހުންނަށް ދީފައިވާ ބަޔާންތައް ލީކްވުމަކީ ރަނގަޅަށް ހިނގި ކަމެއް

އަމީތު: ފުލުހުންގެ މުވައްސަސާ ސިޔާސީ ޖަގަހަ އަކަށް ވަނީ ބަދަލުވެފައި. ފުލުހުން ކުރާ އަމުރަށް އިތުބާރު ނުކުރެވޭ ވަރަށް ފުލުހުން އަމަލުތައް ވަނީ ގޮސްފައި. ލީކްވި ބަޔާންތަކުން އެނގޭ އެކެއް ފެބްރުއަރީ ގައި ނެރުނު އަމުރު ތަންފީޒު ނުކުރަން މަސައްކަތް ކުރީ ކޮން ފުލުހުންނެތްކަން. ފުލުހުންގެ ތަހްގީގުގައި ސިޔާސީ ކުލަ ޖެހިފައިވާ މިންވަރު ލީކްވި ލިޔުންތަކުން އެނގޭ. ފުރިހަމަ ތަހްގީގެއް ހިންގާ ނަމަ ރައީސް ޔާމިންއާ ސުވާލު ކުރެވެން ޖެހޭނެ.

އަމީތު: ލީކްވި ބަޔާންތަކުން އެނގެނީ ބައެއް މީހުން ބަޔާން ދީފައިވަނީ ވަކި މީހެއް ދެކެ ބިރުންކަން.

05 މެއި 2018 | 16:48

ހުރިހާ ވެސް މައްސަލައަކީ ފުލުހުންގެ އަމަލުތައް

އަމީތު: ލީކްވި ބަޔާންތަކުން ސާފުވާ އެއްކަމަކީ ރާއްޖޭގައި ޖެހިގެން އުޅޭ މައްސަލަތަކުގެ އަސްލަކަށްވަނީ ފުލުހުން ކަން. މުޅި ނިޒާމްގެ ގަނޑުބަނޑުކޮށްފައިވަނީ ފުލުހުންގެ މުވައްސަސާގައި ތިބި ބައެއް ފުލުހުން. ވަރަށް ގިނަ މުވައްސަސާތަކުގައި މައްސަލަތައް ވެސް އެބަ ހުރި. އެކަމު ފުލުހުންގެ މުވައްސަސާ ވެފައިވަނީ ބޮޑު މުސީބާތަކަށް.

އަމީތު: އެކެއް ފެބްރުއަރީގައި ނެރުނު އަމުރު ތަންފީޒު ކުރުމަށް މަސައްކަތް ކުރި ކަމަށްބުނެ ހަމަ އެކަނި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފު ހައްޔަރުކުރުމުން ސުވާލު އުފެދޭ.

05 މެއި 2018 | 16:40

ފަލަ ސުރުޚީ: ލީކުވެފައިވާ ބަޔާންތައް

އަމީތު: ފުވައްމުލަކު ސިޓީގައި ޕީޕީއެމް އިން ބޭއްވި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ ފަރާތުން ފެނުން ސިފަތަކުން ހައިރާނެއް ނުވޭ. އެއަށް ވުރެ މާ ހުތުރު ސިފަތައް ފެނޭ.

އަމީތު: ޕީޕީއެމް އިން ބޭއްވި ޖަލްސާގައި ފުވައްމުލަކުން ގިނަ ބަޔަކު ބައިވެރިއެއްނުވޭ. ރައީސް ޔާމިންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ރައީސް ޔާމިނަށް ޝުކުރު އަދާކޮށް ދެއްކެވި ވާހަކައިން އެދެމަފިރިކަނބަލުންގެ ކަންކަން ގޮސްފައިވާ ހިސާބު އެބަ އިނގޭ. މުޅި ޖަލްސާއިންވެސް ފެނުނީ ވަރަށް ހުތުރު ކަންތައްތަކެއް