Raajje.mv

ފަލަ ސުރުޚީ: ލީކުވެފައިވާ ބަޔާންތައް

މިރޭގެ މެހެމާނަކީ ޤާނޫނީ ވަކީލް ޢަބްދުﷲ ހަސީން

02 މެއި 2018
13847
ޤާނޫނީ ވަކީލް ހަސީން

ޤާނޫނީ ވަކީލް ހަސީން

02 މެއި 2018 | 17:15

ޖިނާއީ އަދްލުގެ ނިޒާމް މުޅި މަރުހަލާއެއް މިވަނީ ފެއިލް ވެފައި

ހަސީން: ޖިނާއީ އަދްލުގެ ނިޒާމް މުޅި މަރުހަލާއެއް މިވަނީ ފެއިލް ވެފައި. މިކަން އިސްލާހް ކުރުމަށް ވަރަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ޖެހޭ.

02 މެއި 2018 | 17:10

ފެބްރުއަރީގައި އަމުރުނެރުނު މީހުންނާމެދު މިވީގޮތުން މައްސަލަ ސާބިތު ވުމަކީ ނުވުމަށްވުރެ ގާތްކަމެއް

ހަސީން:އަމުރުތައް ނެރުން އެއީ ޓެރަރިޒަމަށްވި ކަމަށް ބުނެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހައްޔަރުކޮށް އެމީހުންނާމެދު ޝަރީއަތް ހިންގަން ތިބި މީހުން ބަޔާންތައް ދިނީމާ ދެން އެމައްސަލަތައް ސާބިތު ނުވުމަށްވުރެ ގާތީ ސާބިތުވުން.

02 މެއި 2018 | 17:01

އެމީހުންނާމެދު ފިޔަވަޅު އަޅަން މަޖްބޫރުވާނެ. 

ހަސީން: ވަކިބަޔަކު ބުނެގެން ހުކުމްކުރި މީހުންނާމެދު ފިޔަވަޅު ނާޅާހާ ހިނދަކު ރާއްޖޭގެ ޖުޑިޝަރީ ހިނގަނީ ޤާނޫން އަސާސީއާ އެއްގޮތައް އަދި އިސްލާމީ ޝަރީއަތާ އެއްގޮތައް ކަމަށް ބަލައެއް ނުގަނެވޭނެ. އެމީހުންނާމެދު ފިޔަވަޅު އަޅަން މަޖްބޫރުވާނެ.

02 މެއި 2018 | 16:57

ދެން ކިހިނެއް މިހާރު ކުރާ ޝަރީއަތްތައް ކުރިއަށް ގެންދަނީ ނުފޫޒެއް ނެތިކަމަށް ޤަބޫލް ކުރާނީ

ހަސީން: ހާލަތުއް ޟަރޫރާގެ ދަށުން ކިމެއް ނުވޭތޯ. ސުމޯޓޯގެ ދަށުން ކުރިން ކޮށްފައިހުރި ހުކުމްތައް މުރާޖައާ ކުރާކަށް ނުޖެހޭތޯ. އިންސާފް ގެއްލުނު މީހުންނަށް އިންސާފް ލިބެން ޖެހޭނެ. ދެން ކިހިނެއްތޯ ދެން ކުރިއަށް ކުރާ ހުކުމްތަކާމެދު އިތުބާރު ކުރާނީ. މިއަދު އެބުނަނީ އޭރު ނުފޫޒް ފޯރައިގެންނޭ. ދެން ކިހިނެއް މިހާރު ކުރާ ޝަރީއަތްތައް ކުރިއަށް ގެންދަނީ ނުފޫޒެއް ނެތިކަމަށް ޤަބޫލް ކުރާނީ. ޝައްކު ކުރުމުގެ ޖާގަ އެބައޮތް

02 މެއި 2018 | 16:55

ރައީސް ޔާމީން ޝަރުއީ ދާއިރާއަށް ނުފޫޒެއް ނުފޯރުވަމޭ ވިދާޅުވިއަސް އެއީ ދޮގެއްކަން އެނގިގެން އެދިޔައީ

ހަސީން:އިންސާފް ލިބެން ޖެހޭ. ރައީސް ޔާމީން ވިދާޅުވޭ ދައުލަތުގެ އެންމެ އިސްވެރިޔާއޭ. ރައީސް އިސްނަންގަވައިގެން މަޝްވަރާކޮށްގެން ގޯސްކޮށް ކޮށްފައިހުރި ހުކުމްތަކާއި ކަންކަން ރަނގަޅު ކުރަން ޖެހޭނެ. ހުކުމް ކުރާ ފަރާތުން އަމިއްލައަށް މިހެން ބުނީމާ ދެން އެހެން މީހުން ކީއްތޯ ކުރާނީ. ރައީސް ޔާމީން ޝަރުއީ ދާއިރާއަށް ނުފޫޒެއް ނުފޯރުވަމޭ ވިދާޅުވިއަސް އެއީ ދޮގެއްކަން އެނގިގެން އެދިޔައީ

02 މެއި 2018 | 16:52

ކޯޓުގެ ހުރުމަތެއް އޮވެގެން ނޫންތޯ ހުރުމަތެއް ކެނޑޭނީ

ހަސީން: ކޯޓުގެ ހުރުމަތެއް އޮވެގެން ނޫންތޯ ހުރުމަތެއް ކެނޑޭނީ. އެބަޔާންތައް ތެދަސް އަދި ދޮގަސް އެއޮތީ ހުރުމަތް ކެނޑިފައި

02 މެއި 2018 | 16:49

ސިއްރު ހެކި ހުށަހަޅައިގެން ކޮންމެ މީހަކާމެދު ކޮންމެ ރާއްޖޭގައި މައްސަލައެއްވެސް ސާބިތު ކުރެވިދާނެ. 

ހަސީން: ރާއްޖޭގައި ސިއްރު ހެކި ހުށަހަޅާގޮތް އެނގޭ. ސިއްރު ހެކި ހުށަހަޅައިގެން ކޮންމެ މީހަކާމެދު ކޮންމެ ރާއްޖޭގައި މައްސަލައެއްވެސް ސާބިތު ކުރެވިދާނެ.

މިއަދު މިއެނގުނީ ސިއްރު ހެކި ލީކުވާކަން. މީގެ ކުރިންވެސް ލީކުވޭ. ޑރ އަފްރާޝީމް އަލީއާ ގުޅޭ ބަޔާންތައް ލީކުވި. އަޅުގަނޑު އެކަން ހުށަހެޅިން. އަޅައެއް ނުލާ. އެކަމުގެ ސަބަބުން އެމައްސަލައަށް ވަރަށް ބޮޑަށް ގެއްލުންވި.

02 މެއި 2018 | 16:46

މިހާރު އެންމެ އާދައިގެ މީހާއަށްވެސް މިއެނގުނީ ޝަރުއީ ދާއިރާގެ ދޯހަޅި ކަން.

ހަސީން: މިހާރު މިއެނގެނީ އަޅުގަނޑުމެން ދައްކަނީ ފްލޯކް ވާހަކަތަކެއް ނޫންކަން. އަޅުގަނޑު އެބަހުރި ކިތައްމެފަހަރަކު ސަސްޕެންޑް ކޮށްފައި. މިހާރު އެންމެ އާދައިގެ މީހާއަށްވެސް މިއެނގުނީ ޝަރުއީ ދާއިރާގެ ދޯހަޅި ކަން.

02 މެއި 2018 | 16:40

އެއްވެސް ހާލެއްގައި ވަކިގޮތަކަށް އަމުރު ކުރާކަށް ގުޅާފައި ނޭންގޭނެ.

ހަސީން: ސުޕްރީމް ކޮޓަކީ މަތީ ކޯޓު. އެކަމަކު ދަށު ކޯޓުތަކުގެ ފަނޑިޔާރުން ކަންކުރަންވީ ގޮތެއް ނޭންގޭނެ. ކޮންމެ ފަނޑިޔާރަކަށްވެސް މިނިވަންކަމާއެކު ހުކުމް ކުރުމުގެ މިނިވަންކަން ލިބިދޭ. އެކަމަކު ކަމެއް ނިންމީމާ އެހުކުމް ބަދަލު ކުރުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިދޭ. އެއްވެސް ހާލެއްގައި ވަކިގޮތަކަށް އަމުރު ކުރާކަށް ގުޅާފައި ނޭންގޭނެ.

އެކަމަކު އެވާހަކަތައް ދައްކަން. 2009 ގައިވެސް ސުޕްރީމް ކޯޓަށް ފޮނުވިން އެފދަ ވާހަކަތައް އަންގާ ސިޓީއެއް.