Raajje.mv

ފަލަ ސުރުޚީ: ރިޔާސީ އިންތިޚާބަށް އެކުލަވާލި ކޮމެޓީ

މިރޭގެ މެހެމާނަކީ އަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ ޗެއަރ އަލީ ނަޒީރު

30 އެޕްރީލު 2018
14491
ނަޒީރު ފަލަ ސުރުޚީ ޕްރޮގްރާމަގައި

ނަޒީރު ފަލަ ސުރުޚީ ޕްރޮގްރާމަގައި

30 އެޕްރީލު 2018 | 17:10

ދައްކާ ކޮންމެ މީހަކު ޖަލަކަށް ނުލެވޭނެ ޔާމީނަކަށް

ނަޒީރު: މިރާއްޖެއަށް އައިސް އޮތް އެންމެ ބޮޑު ބަދަލަކީ ރައްޔިތުން ހޭލުންތެރިވުން. ރީތި ވެރިކަން ކޮށްދޭނެ އެތައް ބަޔަކު ދެއްކިދާނެ. ދައްކާ ކޮންމެ މީހަކު ޖަލަކަށް ނުލެވޭނެ ޔާމީނަކަށް. މިހާރުވެސް ދައުވާތައް ހުރި މީހުން ޖަލަށް ނުލެވިގެން އެއުޅެނީވެސް އެހެން ވެގެން

30 އެޕްރީލު 2018 | 17:07

ބާރަ މެންބަރުންނާމެދު ސާފު ހުކުމެއް ނެރެން ޖެހޭ

ނަޒީރު: މިހާރު ޤަބޫލެއް ނުކުރަން ކުރާ ހުރިހާ ހުކުމަކަށް ޔާމީން ތަބާވާނެ ކަމަކަށް. އެކަމަކު ހުރިހާކަމެއް އެހެނެއް ދުލެއް ނުކޮށްލެވޭ. އެހެންވީމާ 12 މެންބަރުންނާމެދު ސާފު ހުކުމެއް ނެރޭށޭ މި ބުނަނީ

30 އެޕްރީލު 2018 | 17:04

ފަނޑިޔާރުގެއަށް އިތުބާރު ނުކުރަނީ ސަބަބެއް އޮތީމަ

ނިޒާރު: ފަނޑިޔާރުގެއަށް އިތުބާރު ނުކުރަނީ ސަބަބެއް އޮތީމަ. އެސަބަބުތައް ނައްތާލެވޭނެ. އިތުބާރު ނުލިބޭ ސަބަބު އެބައެނގޭ. އެ ސަބަބު ނައްތާލާނަން

30 އެޕްރީލު 2018 | 17:03

އިންސާފް ހޯދާނަން . އެކަމަކު ބަދަލެއް ނުހިފާނަން

ނަޒީރު:މާޒީއަށް އިންސާފް ލިބުން އެއީ ހިނގަން ޖެހޭ ކަމެއް. ޖަޜީމާތަކުގެ މުގުލުގައި ހުރި މީހަކާމެދު ފިޔަވަޅު އަޅަން ޖެހޭނެ. ފިޔަވަޅު އަޅައި އެކަން ތަކުރާރުވިޔަ ނުދިނުމަށް ޤާނޫނުތަކަށް ގެންނަން ޖެހޭ ބަދަލު ގެންނާނެ. އެކަން ޕާޓީތަކުން އެކަން ކުރާނެ. އެކަމަކު ބަދަލު ހިފުމުގެ ރޫހުގައި ކަމެއް ނުކުރާނަން.

30 އެޕްރީލު 2018 | 17:00

ގުޅިފައިވާ ޕާޓީތަކުގެ ގުޅުމަށް ބުރޫ އަރާވަރަކަށް އެވާދަވެރިކަމެއް ފުޅާވެގެނެއް ނުދާނެ.

ނަޒީރު: އަޅުގަނޑުމެން އިންކާރެއް ނުކުރަން އަޅުގަނޑުމެންނަކީ ތަފާތު ޕާޓީތަކެއްކަން. ވާދަވެރިވާން ޖެހޭ ހިސާބުތަކުގައި ވާދަވެރިވާނެ. ގުޅިފައިވާ ޕާޓީތަކުގެ ގުޅުމަށް ބުރޫ އަރާވަރަކަށް އެވާދަވެރިކަމެއް ފުޅާވެގެނެއް ނުދާނެ. މިރާއްޖެ އަމާން ހިސާބަކަށް ގެންދެވި ދުސްތޫރީ ނިޒާމް ހަމައަކަށް އެޅި ރަނަގޅު ކުރެވެންދެން މިކަން ކުރާނަން

30 އެޕްރީލު 2018 | 16:56

އިންތިޚާބުގެ ކުރިން ރައްޔިތުންނަށް ބޭނުންވާ މެސެޖް ދޭނަން. 

ނަޒީރު: ޔާމިން އަށް ހުރިހާ ކަމެއް ކުރުމުގެ ބާރު އޮންނަނަމަ ވައްކަމުގެ ވާހަކަ ދެއްކިޔަކަ ނުދޭނަން. އިންތިޚާބުގެ ކުރިން ރައްޔިތުންނަށް ބޭނުންވާ މެސެޖް ދޭނަން.

30 އެޕްރީލު 2018 | 16:55

ބައި އިލެކްޝަންތަކުގައި ބައިވެރިވުމާގުޅޭގޮތުން މަޝްވަރާ ކުރަމުން ދަނީ

ނަޒީރު: ބައި އިލެކްޝަންތަކުގައި ބައިވެރިވުމާގުޅޭގޮތުން މަޝްވަރާ ކުރަމުން ދަނީ. އެންމެ މުހިއްމު ކަމަކަށް މިބަލަނީ 1 ފެބްރުއަރީގެ އަމުރު. އެކިއިރު ނެރެފައިވާ އަމުރުތަކަކުވެސް ނެތް ގޮނޑި ގެއްލުނު ކަމަކަށް. އެކަމަކު ސާފުކޮށް ބުނޭ 1 ފެބްރުއަރީގެ އަމުރުގައި. އެހެންވީމާ ގޮނޑިއެއް ނުގެއްލޭ

30 އެޕްރީލު 2018 | 16:52

މެޖޯރިޓީ އިދިކޮޅަށް ލިބުމާއެކު މަޖިލިސް ތަޅުއެޅުވީ

ނަޒީރު: މެޖޯރިޓީ އިދިކޮޅަށް ލިބުމާއެކު މަޖިލިސް ތަޅުއެޅުވީ. އެއީ ބާރުތައް ބޭނުން ކުރެވޭނެ ގޮތެއް ނޫން.

30 އެޕްރީލު 2018 | 16:48

ވައްކަން ކުރަމުން ދީނުގެ ވާހަކައެއް ނުދެއްކޭނެ. 

ނަޒީރު: ދީނުގެ ވާހަކައިގެ ގޮތުގައި ވައްކަން ކުރުން ރަނގަޅު ކަމަކށް ނުދެއްކޭނެ. ދީނުގައި އެންމެ ބޮޑަށް މަނާ ކަންތައް ވައްކަން ކުރުމާ އެހެން މީހުންގެ ހައްޤުތަކަށް އަރައިގަތުން. އެކަންކަން ކުރަމުން ދީނުގެ ވާހަކައެއް ނުދެއްކޭނެ.

30 އެޕްރީލު 2018 | 16:45

އިންތިޚާބުގެ ކުރިން ސަރުކާރުގެ ބޭފުޅުން ދީނުގެ ވާހަކަ ހުއްޓާލާނެ

ނަޒީރު: އަދާލަތުން އިސްލާމްދީނުގެ ވާހަކަ ދައްކާނީ ދީނުގެ އިލްމުވެރިން. އިޤްތިސާދީ ވާހަކަ ދައްކާނީ އެކަމުގެ މާހިރުން. އިސްލާމްދީނުގެ މޮނޮޕޮލީއަކީ އެއްވެސް ޕާޓީއަކަށް ނެގޭނެ އެއްޗެއް ނޫން. އެހެން ބަޔަކު ވެރިކަމަށް އައްޔާ އިސްލާމްދީނެއް ނޯންނާނެޔޭ އެހެނެއް ނުކިޔޭނެ. ޔާމީން ވެރިކަމުގައި ނެތަސް އިސްލާމްދީން ހިމާޔަތްވެ އޮންނާނެ. ޔާމީންގެ ރާވައިގެން ކުރާ މަސައްކަތެއް އަދާލަތު ޕާޓީ ދުއްވާލުން.

2018 ގެ ކުރިން އެބަފެނޭ ދީނުގެ ވާހަކަ ދައްތައް ރައީސް ޔާމީން އާއި ސަރުކާރުގެ ބޭފުޅުން ދީނުގެ ވާހަކަ ހުއްޓާލާނެ. އެކާޑު އެބައޮތް އަދި އެކާޑު ކުޅޭނެ.

30 އެޕްރީލު 2018 | 16:39

ވަގުތު އޮއްވާ ރައްޔިތުންނަށް ވޯޓުދޭން ފަސޭހަ ކެނޑިޑޭޓެއް ދައްކާނެ. 

ނަޒީރު: މިހާރު އެކުލަވާލާފައިވާ ޕާޓީތަކުގެ ކޮމެޓީގެ މައިގަނޑު މަސައްކަތަކީ ރިޔާސީ އިންތިޚާބަށް ތައްޔާރުވުން. އެކޮމެޓީން މީޑިޔާއަށް މައުލޫމާތު ހާމަކުރާނެ. މަސައްކަތް ކުރިއަށް އެބަދޭ. ވަގުތު އޮއްވާ ރައްޔިތުންނަށް ވޯޓުދޭން ފަސޭހަ ކެނޑިޑޭޓެއް ދައްކާނެ.

ރަސްދޫއިންނާއި އެހެނިހެން ދަތުރުތަކުންވެސް ހާމަވެއްޖެ އަބްދުﷲ ޔާމީނަށް ކާމިޔާބު ކުރެވޭނެ އެއްވެސް ހަމައެއް ނެތްކަން.

އަދާލަތުން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނަން ރައްޔިތުންނަށް ފަސޭހަ ކެނޑިޑޭޓަކަށް ހަދަން. އަދާލަތުން ބަލާނީ ވަކި ޕާޓީއެއްގެ މީހަކަށް ނޫން ހަމަ ފަސޭހަ ކެނޑިޑޭޓަކަށް ވުން