ޝޭޚް ކަމާލް އިންޓަރނޭޝަނަލް ކުލަބުކަޕްގެ ސެމީ ފަނައިލް މެޗު

ޝޭޚް ކަމާލް އިންޓަރނޭޝަނަލް ކުލަބުކަޕްގެ ސެމީ ފަނައިލް މެޗު
ޓީސީ މޯޅުވެގެން މެޗު ނިމިއްޖެ
90+4 މެޗު ނިމިއްޖެ،ނޭޕާލްގެ މަނަންގް މާޝިއާންޑީއާ ބަލިކޮށް ޝެއިހް ކަމާލް ކްލަބް ކަޕުގެ ފައިނަލަށް ޓސީ މިވަނީ ދަތުރުކޮށްފަ
ޓީސީ އާ މަނަންގް ބައްދަލުކުރާ މެޗު
45+1 ނޭޕާލުން ވަރަށް ކައިރި ކައިއީގައި މިވަނީ ނުރައްކާތެރި 3 ހަމަލާއެއް ފޮނުވާލާފައި، އެގޮތުން ލިބުނު ހިލޭ ޖެހުމަކުން ނުރައްކާތެރި ބޯޅައެއް ފޮނުވާލި ނަމަވެސް ކީޕަރު ކިރަން ވަނީ ވަރަށް ހުށިޔާރު ކަމާއެކު ދިފާޢުކޮސްފައި، މި މެޗުގައި ކިރަންގެ ފަރާތުން ރަނގަޅު ސޭވްތަކެއް ވަނީ ފެނިގެން ގޮސްފައި
45' ދެ ވަނަ ހާފްގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރު ވަގުތުގެ 4 މިނެޓު އެސިސްޓަންޓް ރެފްރީ މި ވަނީ ދައްކާފައި
ޓީސީ އާ މަނަންގް ބައްދަލުކުރާ މެޗު
85' ބަކީ ފަސް މިނެޓު، ޓީސީން ވަނީ މީގެ މިނެޓެއް ކުރިން ލީޑް ނަގާފައި، މި ވަގުތު މަނަންގްގެ ކުޅުންތެރިން ކުރި ފައުލަކާއި ގުޅިގެން ޓސީއަށް މިވަނީ މަނަންގެ ހާފްގެ ތެރެއިން ހިލޭ ޖެހުމެއް ލިބިފައި، ފޮނުވާލަން ގޮސް ހުރީ ޔާންބެ
ޓީސީ އިން ލަނޑެއް ޖަހައިފި
82' ޓީސީން ލަނޑެއް ކާމިޔާބު ކޮށްފި، މި ލަނޑު ކާމިޔާބު ކޮށްދިނީ އަލީ ނާފިއު
ޓީސީ އާ މަނަންގް ބައްދަލުކުރާ މެޗު
76' ޓީސީގެ ހަސަން ވަނީ ރީދޫ ކާޑެއްވެސް ދައްކާފައި، ކާޑު ދެއްކީ މަނަންގްގެ ބިކްރަމް އަށް ކުރި ފައުލާ ގުޅިގެން،
ޓީސީ އާ މަނަންގް ބައްދަލުކުރާ މެޗު
73' ނާފިއު ވަރަށް ރީތިކޮސް މަނަންގް ކުޅުންތެރިއެއްގެ ގައިން ނައްޓާލާފައި އިއްބެއަށް ދިން ބޯޅަ ޖައްސާ ލެވުނީ މާ ބާރަށް، ކީޕަރު ނުކުމެ ބޯޅަ ދިފާޢު ކޮށްފި
ޓީސީ އާ މަނަންގް ބައްދަލުކުރާ މެޗު
71' ޓީސީ ނާއިޒް މަނަންގް ގޯލަށް ފޮނުވާލި ބޯޅަ ދިަޔައީ މާމަތިން ބޭރަށް
70' މަނަންގް ރޯހިތް ދިން ޕާހެއް އަޮލަވަލޭ ވަނީ ޓީސީގެ ގޯލާ ދިމާލަށް ވަރަށް ފޮނުވާލާފައި، އެކަމަކު ބޯޅަ ދިޔައީ މާދުރުން ބޭރަށް
ޓީސީ އާ މަނަންގް ބައްދަލުކުރާ މެޗު
66' މަނަންގްގެ ކުޅުންތެރިން އުފައްދަން މަސައްކަތް ކުރި ޙަމަލާއެއް ޓީސީގެ އައްޒާމްގެ ފައިގައި ޖެހިފައި ބޭރުވުމުން މަނަންގަށް ވަނީ ކޯނަރެއް ލިބިފައި
ޓީސީ އާ މަނަންގް ބައްދަލުކުރާ މެޗު
62' މެޗު މިހާރު ބޮޑަށް ކޮންޓްރޯލް ކޮށްގެން ހަމަލާތައް އުފައްދަން މަސައްކަތް ކުރަމުންދަނީ މަނަންގް
ޓީސީ އާ މަނަންގް ބައްދަލުކުރާ މެޗު
60' ޓީސީގެ ފަރާތުން މިހާރު ފެންނަނީ ވަރަށް އާދައިގެ ކުޅުމެއް، މަނަންގެ ކުޅުން ވަރުގަދަ ކޮށް ޓީސީގެ ގޯލަށް ގާތްގާތުގައި ދަނީ ނުރައްކާކުރަމުން
59' ޓީސީން މިވަނީ ކުޅުންތެރިއަކު ބަދަލުކޮށްފައި، ކޯނީލިއަސް ސްޓްވާޓްގެ ބަދަލުގައި ކުޅެން ނުކުތީ ސަމްވީލް ޤާސިމް ބޮންޑާ
57' އަނެއްކާވެސް މަނަންގްގެ ޙަމާލއެއް، ވަރަށް ގާތްގާތުގައި މަނަންގުން މިވަނީ ދެތިން ހަމަލާއެއް ޓީސީގެ ގޯލަށް އަމާޒުކޮށް ފޮނުވާލަފައި
56' އަނެއްކާވެސް މަނަންގްގެ ހަމާލާއެއް، ޕެނަލްޓީ އޭރިޔާގެ އަރިމަތީގައި ހުރެފައި އަނިލް ފޮނުވާލި ބޯޅައަކު މާ ބާރެއް، ބޯޅަ ލިބުނީ ސީދާ ކީޕަރު ކިރަންގެ އަތަށް
ޓީސީ އާ މަނަންގް ބައްދަލުކުރާ މެޗު
55' މަނަންގްގެ ވަރަށް ނުރައްކާތެރި ޙަމަލާއެއް، ސުޖާސް މަތީކަނަށް ފޮނުވާލި ބޯޅަ ޓީސީ ކީޕަރު ކިރަން ވަނީ އެހާ ހުޝިޔާރު ކަމާއިއެކު ދިފާއުކޮށްފައި
51' މަނަންގްގެ ކުޅުންތެރިން ފެންނަނީ ވަރަށް ބޮަޑަށް ފަހަތަށް ޖެހިގެން ޑިފެންސިވް ގޭމެއް ކުޅޭތަން، ކުރިއަށް އަރަނީ ލިބޭ ކައުންޓަރ އެޓޭކްތަކުގައި.
50' ޓީސީގެ އިއްެބެ އަށް އަނިޔާވެގެން ފަރުވާ ދިނުމަށް ދަނޑު ބާލައިފި
ޓީސީ އާ މަނަންގް ބައްދަލުކުރާ މެޗު
47' ޓީސީ އަށް އަނެއްކާވެސް ރަނގަޅު ފުރުސަތެއް، ގޯލް ކީޕަރު އަތުގައި ޖެހިފައި ނުކތް ބޯޅަ ލިބުނީ ކޯނީލިއަސް ސްޓްވާޓް ނަމަވެސް އޭނާއަށް އެބޯޅަ ގޯލަށް ފޮނުނުލެވިގެން އުޅެނިކޮށް މަނަންގްގެ ކުޅުންތެރިން ވަނި ބޯޅަ ދިފާއު ކޮށްފަ
ޓީސީ އާ މަނަންގް ބައްދަލުކުރާ މެޗު
46 ދެވަނަ ހާފުގެ ކުޅުން ފަށައިފި
ޓީސީ އާ މަނަންގް ބައްދަލުކުރާ މެޗު
46' އަނެއްކާވެސް ޓީސީ ނުރައްކާތެރި ހަމަލާއެއް، އައްޒާމް ފޮނުވާލި ބޯޅަ، ގޯލާ އަމާޒުނުވެ، ދަނޑިކައިރިން ދިޔައީ ބޭރަށް، މިހާރު ވަނީ ފުރަތަމަ ހާފް ކުޅުންވެސް ނިމިފަ
ޓީސީ އާ މަނަންގް ބައްދަލުކުރާ މެޗު
44' މަނަންގެ ކުޅުންތެރިން ވަނި ޓީސީގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކޮށްފައި، ގޯލު ކުރިމައްޗަށް ނަގައދިން ބޯޅަ ޓީސީ ޑިފެންދަރުން ވަނީ ދިފާއު ކޮށް، އިތުރު ވަގުތު އެއް މިނެުޓުގެ ބަދަލު ރެފްރީ ވަނީ ދައްކާފައި
ޓީސީ އާ މަނަންގް ބައްދަލުކުރާ މެޗު
40" ފުރަތަމަ ހާފުގެ ބާކީ އޮތީ ފަސް މިނެޓުގެ ކުޅުން އެއްވެސް ޓިމަަކަށް ލަނޑެއް ކާމިޔާބެއް ނުކުރެވޭ، އައްޒާމް ކުރި ފައުލަކާއި ގުޅިގެން ޓީސީ ހާފްތެރެިން މަނަންގްއަށް ވަނީ ހިލޭ ޖެހުމެއް ލިބިފައި، އަދި އޭގެ ފަހުން ގޯލު ކުރިމައްޗަށް ވެސް ވަނީ ހުރަހެއް ނަގައިދީފައި، އެ ފަހަރު ވެސް ބޯޅަ ދިފާއުކޮސްފައިވަނީ ގޯލް ކީޕަރު ކިރަން
ޓީސީ އާ މަނަންގް ބައްދަލުކުރާ މެޗު
37" މެޗު ކޮންޓްރޯލްކޮށް ބޯޅަ ހިފަހައްޓަމުން އަންނަނީ ޓީސީ، ނެޕާލުން ޓީސީ އޭރިޔާ ތެރެއަށް ވަންނަން ކުރި މަސައްކަތްވަނީ ނާކާމިޔާބުވެފައި، ނޭޕާލަށް ލިބުނުން ކޯނަރަކުން ޓީސީގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ވަނީ ފޮނުވާލާފަ، ނަމަވެސް އެބޯޅަވަނީ ގޯލާ އަމާޒުނުވެ ދަނޑި ކައިރިން ބޭރުވެފައި
ޓީސީ އާ މަނަންގް ބައްދަލުކުރާ މެޗު
34" މެޗު ބޮޑަށް ކޮންޓްރޯލް ކުރަމުން އަންނަނީ ޓީސީން، ނުރައްކާތެރި ހަމަލާއެއް މިހާތަނަށް އުފެއްދިފައި ނުވިޔަސް ޓީސީން އަންނަނީ ދޭތެރެއަކުން މަނަންގް ޑިފެންސް ލައިންނަށް ބާރު ބޮޑު ކުރަމުން
ޓީސީ އާ މަނަންގް ބައްދަލުކުރާ މެޗު
30" މިނެޓުގެ ކުޅުން ނިމުނުއިރު، އެއްވެސް ޓީމަކަށް ލަނޑެއްކާމިޔާބެއް ނުކުރެވޭ، ޓީސީން ވަނީ ދެންމެވެސް ޙަމަލާއެއް އެއް އުފައްދަން މަސައްކަތްކޮށް، އައްޒާމް ނަގައިދިން ހުރަސް މަނަންގްގެ ކީޕަރު ވަނީ ހިފާފަ
ޝޭޚް ކަމާލް އިންޓަރނޭޝަނަލް ކުލަބުކަޕްގެ ސެމީ ފަނައިލް މެޗު
ނޭޕާލްގެ ފަރާތުން ވަރަށް ގާތްގާތުގައި ދެ ހަމަލާއެއް ޓީސީގެ ގޯލަށް އަމާޒުކޮސް ފޮނުވާލައިފި
ޓީސީއަށް ހިލޭ ޖެހުމެއް
25" ޓީސީއަށް ލިބުނު ހިލޭޖެހުން ފޮނުވާލީ ހަސަން، އެހެން ނަމަވެސް މާ ރަނގަޅަކަށް ގޯލަށް އަމާޒު ކޮށްލެވޭ ގޮތެއް ނުވި
ޓީސީ އަށް ރަނުގެ ފުރުސަތެއް
21 ޓީސީ ރަނުގެ ފުރުސަތެއް ލިބިއްޖެ. ބެންޖޯ އޭރިއާގެ އަރިމަތި ގޯލުކުރި މައްޗަށް ހުރަސް ކޮށްލަދިން ބޯޅަ ނާފިއު ފޮނުވާލީ ދަނޑިމަތިން، ޓީސީން ވަނީ ވަރަށް ކައިރި ކައިރީގައި ނުރައްކާތެރި ޙަމަލާތަކެއް ފޮނުވާލަފައި
ޝޭޚް ކަމާލް އިންޓަރނޭޝަނަލް ކުލަބުކަޕްގެ ސެމީ ފަނައިލް މެޗު
ބަންގްލަދޭޝްގައި ކުރިއަށްދާ ޝެއިހް ކަމާލް ކްލަބް ކަޕުގެ ސެމީ ފައިނަލް މެޗުގައި ޓީސީ ސްޕޯޓްސް ކުލަބުން މިއަދު ނުކުންނާނީ ނޭޕާލްގެ މަނަންގް މާޝިއާންޑީއާ ދެކޮޅަށެވެ. މީގެ 35 އަހަރު ކުރިން އުފެދުނު މި ކްލަބަކީ ނޭޕާލްގައި މިހާރު ވިދަމުން އަންނަ ކްލަބެކެވެ. އެ ކްލަބުން ވަނީ ފާއިތުވެ ދިޔަ ތިން އަހަރު ބޮޑެތި ކުރިއެރުންތައް ހޯދާފައެވެ.
އަނެއްކޮޅުން ފުރަތަމަ ޑިވިޝަނުގައި 2015 ވަނަ އަހަރު ވާދަކުރަން ފެށި ޓީސީ އަކީ މިދިޔަ ދެ އަހަރު ވެސް އެއް ފެންވަރެއްގައި ރަނގަޅު ކުޅުމެއް ދެއްކި ޓީމެކެވެ. މި ސީޒަނަށް ވެސް އެ ޓީމުން ވަނީ ޓީމު ވަރުގަދަ ކޮށްފަ އެވެ. އެގޮތުން ބިދޭސީ ތިން ކުޅުންތެރިޔަކު އެ ޓީމާ ވަނީ ގުޅިފަ އެވެ.
މި މުބާރާތުގެ ފައިނަލަށް ޓީސީ ދަތުރުކޮށްފައިވަނީ ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެއްވެސް މެޗަކުން ބަލިނުވެ ހަތް ޕޮއިންޓާއެކު ޓީސީ ސެމީން ޖާގަ ހޯދާފައިވާ އިރު، ޓީސީ ވަނީ ގްރޫޕް ސްޓޭޖުގައި ބަންގްލަދޭޝްގެ ލީގު ޗެމްޕިއަން އަބާނީ އެފްސީ އަދި ކިރިގިސްތާންގެ ލީގު ޗެމްޕިއަން އަލްގާ އެފްސީ ގްރޫޕް ސްޓޭޖުގައި ބަލިކޮށްފައެވެ. މީގެއިތުރުން ކޮރެއާގެ ކްލަބާއި ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.
ޓީސީ ސްޕޯޓްސް ފުރަތަމަ 11
ކުމާރް ލިމްބޫ ކިރަން (ގކ)
އީސާ އޭ. އެން. އަލްސައީދް
ޢަބްދުﷲ ހަނީފް
އަޙުމަދު ފައްރާހް
އިބްރާހިމް ހަސަން
އިންޝާދް މުޙައްމަދު
ނާއިޒް ހަސަން
މުޙައްމަދު އައްޒާމް
މަހުދީ ހުސައިން އިބްރާހިމް
ކޯނީލިއަސް ސްޓްވާޓް
އަލީ ނާފިއު (ކ)
އެމްއެމްސީ ފުރަތަމަ 11
ތާޕާ މަގަރް ދިނޭޝް
މަހަރްޖަން ބިރާޖް
ޝްރޭސްތާ ކަމަލް
ސިސޯކޯ
ތަމަންގް ދެވެންދްރަ
ގުރުންގް އަނިލް
ލާމާ ބިކްރަމް
ޝްރޭސްތާ ސޫޖަލް
ޗާންދް ރޯހިތު
އޮލަވާލޭ
ސެމްސޮން