Raajje.mv

ފަލަސުރުޚީ: ދައުލަތް ހިންގުން ހުއްޓުން

ރާއްޖެޓީވީގެ ފަލަސުރުޚީގެ މިރޭގެ މެހްމާނަކީ، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރެވެ.

28 އެޕްރީލު 2018
15002
ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު

ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު

28 އެޕްރީލު 2018 | 17:14

އަތޮޅުތައް ތަރއްގި ވާ މަންޒަރު ބަލަން ޔާމީން ބޭނުމެއް ނުވޭ

އަތޮޅުތައް ތަރއްގި ވާ މަންޒަރު ބަލަން ޔާމީން ބޭނުމެއް ނުވޭ، އަޅުގަނޑުމެންނަށް މިޒާތަށް ވެރިކަން ކުރާ މީހުންނަށް ފުރުސަތެއް ނުދެވޭނެ، ރައްޔިތުން އެ ފުރުސަތު ދީގެނެއް ނުވާނެ، އެމްޔޫއޯއިން އއ. ރަސްދޫގައި ބޭއްވީ ވަރަށް ކާމިޔާބު ބޮޑު ޖަލްސާއެއް، އެ އަތޮޅުގެ ގިނަ ރަށްތަކަކުން ވަރަށް ބޮޑު ތަރުހީބެއް ލިބުނު، ރައީސް ޔާމީން ޖެހޭނީ ސުލްހައަށް ލޯބިކުރުން، ދެ ކޮރެއާގ ލީޑަރުންނަށް އެއްތަނަކަށް އައިސް ސަލާން ގަލާންކޮށްގެން، ރައީސް ޔާމީނަށް ކީއްވެތޯ ރައީސް ނަޝީދާއި ސަލާމް ނުކުރެވޭނީ، މިނަގެ ޖައްބާރުކަން މި ދައްކަނީ އަންހެނުން ކެމްޕެއިންއަށް ނެރެގެން ފިލާ މި އޮންނަނީ، ސިޔާސަތު ކިޔާނީ، ދޯންޏަށް އަރާ އޮވެ، މި މާލެ ތޮއްޖެހިފައި އޮތްތަން ނުފެންނަ މީހެއް ކިހިނެއްތޯ އިނގޭނީ މާލެ ތޮއްޖެހިފައި އޮތްކަން، ގެދޮރުވެރިކަން ވިސްނުމުގައި ނެތްމީހަކަށް ފްލެޓްއެއްވެސް ނުދެވޭނެ-

28 އެޕްރީލު 2018 | 16:54

މެޖޯރިޓީ ގެއްލުނީމައި މަޖިލިސް ގޯސް

ކުރިން މަޖިލީސް ބޭނުންކޮށްގެން ބާރުގައި ތިއްބެވީ، މިއަދު މަޖިލީހުގެ ސުޕަރ މެޖޯރިޓީ ގެއްލުމުން، މަޖިލިސް ހައިޖެކްކޮށްފައި އެ އޮތީ، ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި މެންބަރުން ރައީސް ޔާމީން ދޫކުރައްވާ ދިޔައީ. މަޖިލީގެ އެ މެންބަރުން ވިދާޅުވި ރައިސް ޔާމީނަށް 35 އިންސައްތަވެސް ވޯޓް ނުލިބޭނޭ، ރައީސް މައުމޫނު ޖަލުގައި ބާއްވައި މުޅި ދުނިޔެއާއި، ތަހުޒީބު މުޖުތަސމައު ގަބޫލު ނުކުރާ ވެރިކަމެއް ދަމަހައްޓަން ސިފައިން މިއަދު ތިބެން ޖެހޭ ސަބަބެއް ނޭނގޭ،

28 އެޕްރީލު 2018 | 16:50

ނިހާންމެން އެފަދަ ވާހަކަތައް ދައްކަވަނީ ޖާހިލުކަން ބޮޑުކަމުން

ދެ ދައުރަށްވުރެވެސް އިތުރަސް ރައީސް ޔާމީން ވެރިކަމުގައި ބަހައްޓާނެކަމަށް ނިހާނުމެން ވިދާޅުވަނީ، އެބޭފުޅުންގެ ޖާހިލުކަން ބޮޑުކަމުން. އެމްޑީޕީގެ ވެރިކަން ވައްޓާލަން ބޭނުންކުރަމުން ދިޔައީވެސް މި ގާނޫނު އަސާސީ، މިއަދު ހަމަ އެ ގާނޫނު އަސާސީގެ ދަށުން އިދިކޮޅުންވެސް މަސައްކަތް ކުރަނީ، މިއަދު ބާރުގައި އޮތީމައި އެކަން ގަބޫލުކުރަން ދަތިވަނީ، މިރާއްޖޭގެ ސިޔާސީ މަޝްރަހު އެބޭފުޅުން ބޭނުން ގޮތަކަށް ކުރިއަށް ގެންދަވަނީ، ސިޔާީ ހުރިހާ ފަރާތްތައް ޖަލަށް ލައިގެން، ތާ އަބަދު ރައީސް ޔާމީން ވެރިކަމުގައި ހުންނަން ވެއްޖެއްޔާ މިރާއްޖޭގައި މީޑިއާއެެއްވެސް ޖުޑީޝަރީއެއްވެސް އަދި އެއްވެސް ރައްޔިތަކުވެސް ޖަލަށް ނުލެވި ނުހުންނާނެ- ނިޒާރު

28 އެޕްރީލު 2018 | 16:44

މި ގައުމުގެ އެއްވެސް ރައްޔިތަކަށް އެއްވެސް ރަށްކަލެއް ނެތް

ރައީސް ޔާމީނާއި ވާދަކުރުމުގެ އެއްވެސް ފުރުސަތެއް މިގައުމުގެ އެއްވެސް ރައްޔިތަކަށްނެތް، މިގައުމުގައި ބަރުދަނެއް އޮއްތަރެއް ހުރި ބޭފުޅަކު ވިއްޔާ ޖަލުގައި .އެމްޑީޕީއަށް އެއްވެސް ޖަލްސާއެއް ނުބޭއްވި މި ދަނީ ސިޔާސީ ހަރަކާތް ހިންގޭނެ ޖާގަ ނުދޭ، މިހާލަރު އޮއްވައި ރައީސް ނަޝީދަށްވެސް ފުރުސަތެއް ނެތް، އެ ފުރުސަތެއް ނުދޭނެ، އަޅުގަނޑުމެންނަށް އެދަނީ އެކި އެކި ޖެއްސުން ކުރަމުން، މިހާލަތުގައި މިރާއްޖޭގައި އެއްވެސް ރައްޔިތަކަސް ނެތް، މި ހާލަތު ބަދަލު ވުމަކީ އަޅުގަނޑުމެން އެދޭ އެދުން އެ ދުވަހަކުން ރައީސް ނަޝީދަށްވެސް ބައިވެރިވެވޭނެ އިންތިޚާބެއް އޮންނާނެ-ނިޒާރު

28 އެޕްރީލު 2018 | 16:39

ރައީސް ޔާމީނަކީ މުޅި ސައުތު އޭޝިއާއަށް ބިރެއް

މުޅި ދުނިޔޭގެ އެއްބާރު ލުމާއި އެކު ގެނެވުނު ޑިމޮކްރެސީއަކާއި ގާނޫނު އަސާސީއެއް މީ، މިއަށް މިއަދު އަމަލުނުކޮށް ބޭރުގެ ގައުމުތަކަށްވެސް ރައީސް ޔާމީން އެ ގެންދަވަނީ ގޮންޖައްސަވަމުން، މިހާރު މި އޮތް ހާލަތަށް ބަލާއިރު ރާއްޖެއަކީ ނުރައްކާތެރި ގައުމެއް-ނިޒާރު