Raajje.mv

ގުޅިފައިވާ ޕާޓީތަކުން އއ ރަސްދޫގައި ބާއްވާ ޖަލްސާ

މިޖަލްސާ ބާއްވަނީ ރަސްދޫ ބަނދަރު ސަރަހައްދުގައި

27 އެޕްރީލު 2018
13721
ރަސްދޫގައި މިރޭ ބާއްވާ ޖަލްސާގެ ތެރެއިން

ރަސްދޫގައި މިރޭ ބާއްވާ ޖަލްސާގެ ތެރެއިން

27 އެޕްރީލު 2018 | 17:45

މިހާރު މިވެރިކަން މިހިފަހައްޓަނީ ހާލތުއް ޟަރޫރާއާއި ސިޔާމްގެ ފިސްތޯލައާއި ނަވާޒްގެ ފުށްދަޅު. 

ފައްޔާޒް:ވޭތުވެދިޔަ 5 އަހަރު ތެރޭގައި ވާސިލްވާން ބޭނުން މަންޒިލަށް ވާސިލްވެވޭ ކަން މިހާ ސާފުކޮށް ނުފެނޭ. މިޖަލްސާގެ މަންޒަރު ފެނުނީމާ ހަމަޔާ އިންސާފަށް މަސައްކަތް ކުރާ މީހުން އެބަފެނޭ.

މިއަނިޔާވެރިކަމުގެ ކިއްލާ މިދަނީ ފުނޑެމުން. މިހާރު މިވެރިކަން މިހިފަހައްޓަނީ ހާލތުއް ޟަރޫރާއާއި ސިޔާމްގެ ފިސްތޯލައާއި ނަވާޒްގެ ފުށްދަޅު.

ޤާނޫން އަސާސީ ފުރިހަމަވެ ނިމިގެން އައިމާ މިހާރު ތިބި މީހުން މާޔޫސްވެ އެކަން އަތުލަން މަސައްކަތްކުރި. އެކަން ކާމިޔާބުކޮށްފައި. ޤާނޫން އަސާސީ ނެތިކޮށްފި. އަދްލު އިންސާފް ނަގާލައިފި. ލާމަރުކަޒީ ނިޒާމް ފުނޑާލައިފި. ޔާމިން ވެގެން މިދިޔައީ ބަލި ހޯދަން ހަށިގަނޑަށް ދޫކޮށްލާފަދަ އެއްޗަކަށް. އެފަދަ އަނިޔާވެރިން މިއަދު އެގިއްޖެ. މިއީކީ ހަމައެކަނި ޔާމީންގެ ކަމެއް ނޫން. އެކަން ކުރާ މީހުން ފާޅުކަން ބޮޑު ގޮތެއްގައި ފެނިގެން މިދަނީ. މިކެންސަރު ނައްތާލެވޭނީ މާޒީއަށް އިންސާފް ލިބިގެން.

ވޯޓު އޮތަސް ނެތަސް ޝަރީފް ހުއްޓަސް ނެތަސް ޔާމީން ދުރުކުރާނަން. އެކަމަށް ޝައްކު ނުކުރައްވާ މިކަން ކުރާނަން.

އަޅުގަނޑުމެންގެ ވެރިކަމެއްގައި ގެސްޓް ހައުސްގެ ވިޔަފާރިއާ މަސްވެރިންގެ ޓެކްސްގެ ނިޒާމް ރަނގަޅު ކުރާނަން

27 އެޕްރީލު 2018 | 17:35

އިސްލާމް ދީނަކީ ވަކިބައެއްގެ ޓެގެއް ނޫން. 

އަބްދުﷲ ކަމާލުއްދީން:މިފަށަނީ އާފެށުމަކުން. ލައްކަ ދުވަސްވެއްޖެ މާލޭގައި ފުރުސަތު ނުދީގެން މިފަދަ ޖަލްސާއެއް ނުބޭއްވޭތާ. މިއީ ލިބުނު ވަރަށް ބޮޑު ބާރެއް.

ސަރުކާރުން ކުރަމުން އަންނަ ނުރަންގަޅު ކަންކަން އަދި ނުބެނެނީ އެމީހުން ބާރުގައި އޮތީތީ. އެކަން ކުރާ ސަރުކާރުގެ އިސްވެރިންގެ އެކަންކަން އަދި ބަލާނަން.

މިސަރުކާރު ފެއިލްވެފައިވާތީ ސަރުކާރު ބދަލު ކުރުމުގެ މަސައްކަތްވެސް މިދަނީ ކުރަމުން. މިހާރަށްވުރެ ބޮޑަށް ޤައުމު ބައިބައިކޮށްފައެއް ނެތް. އިސްލާމް ދީނަކީ ވަކިބައެއްގެ ޓެގެއް ނޫން. އެހެން ވިޔަކަ ނުދޭނަން

27 އެޕްރީލު 2018 | 17:24

ގުޅިގެން ޔާމީން އެއްގުއްޓުން ބަލިކުރެވޭވަރުގެ ކެނޑިޑޭޓެއް ހޯދާނަން.

މުހައްމަދު ޢަބްދުﷲ: މިވެރިކަމުގެ ތެރޭގައި އޮތީ ވައްކަން. ކޮރަޕްޝަން. މީގެ ގުނަ ކަންކަން ދަނީ ފެންނަމުން. ދުނިޔޭގައި ވައްކަމާއި ކޮރަޕްޝަން ނުދެކޭ ވަރަށް މި ޤައުމުން ފެނިއްޖެ. ވެރިމީހާގެ ނުފޫޒް މުއައްސަސާތަކަށް ފޯރުވީމާ ފެންނާނެ ހުރިހާ ކަމެއް ދަނީ ފެންނަމުން.

އިންތިޚާބަކަށް ދަންޏާ ޝަރީފް ހުރެގެން އިންސާފްވެރި އިންތިޚާބެއް ނުބޭއްވޭނެ. ޝަރީފް ވިދާޅުވި އެމަޤާމްގައި އޭނާހުރުން އެއީ ޔާމިން ހުރުމޭ.

ރައީސް ޔާމީން ހިމާޔަތަކު ނޫން ފުލުހުން ތިބެން ޖެހޭނީ. ކޯޓުތަކުގެ އަމުރުތައް ތަންފީޒް ކުރަން ޖެހޭނެ. ގުޅިގެން ޔާމީން އެއްގުއްޓުން ބަލިކުރެވޭވަރުގެ ކެނޑިޑޭޓެއް ހޯދާނަން. ޔާމީނު ބަހައްޓައިގެން އިންތިޚާބެއް ނުބާއްވާނަން. އިންސާފް އަދި ބައްދަލު ކުރާނަން

27 އެޕްރީލު 2018 | 17:14

ބޮޑެތި ރިސޯޓްތަކާ އެއްވަރަށް ގެސްޓްހައުސްގެ ޓެކްސް ނެގީ

އާދަމް މުހައްމަދު: މިޤައުމަށް ދިމާވެފައިވާ ނުރައްކާތެރި ވަގުތުގައި ބައެއް މީހުން ބުނޭ ތިހެން ތިބެންށޭ ޖެހޭނީ. އިންތިޚާބެއް ނުވެސް ބާއްވާނެޔޭ. އިރާދަކުރެއްވިއްޔާ މިވެރިކަން ނިންމާނަން. ގުޅިފައިވާ ޕާޓީތަކުގެ ލީޑަރުން ތިއްބެވީ ޔާމީންހެން ކުޑަކަކޫ މައްޗަށް ތިރިވެފައެއް ނޫން. ތަފާތު އުކުޅު ތަކާއެކު މިވެރިކަން ބަދަލު ކުރާނަން. ރައީސް ޔާމީން އުޅޭ ގޮތައް ބަލާނެ ކަމެއް ނެތް. އެބާއްވަނީ ވަދާއީ ޝޯތައް.

މިއަތޮޅުގެ ރައްޔިތުން ތިއްބާ ފަޅުތަކާ ހާތައް ވިއްކާލީ. ބޮޑެތި ރިސޯޓްތަކާ އެއްވަރަށް ގެސްޓްހައުސްގެ ޓެކްސް ނެގީ. މީނާ ވެރިކަމުގައި ބެހެއްޓިއްޔާ އަބަދުވެސް އޮންނާނީ ހާލަތުއް ޟަރޫރާ. އަޅުގަނޑުމެން ޔާމިން ހުއްޓުވާނަން. މިއީ އަނިޔާވެރިކަމާ ދެކޮޅަށް ހިންގާ ހަރަކާތްތަކެއް. ދީން ހިމާޔަތް ކުރަން މީހުން ހައްޔަރުކޮށް އަނިޔާދެނީ.

27 އެޕްރީލު 2018 | 17:05

މިވެރިނޫނެކޭ ބުނަންޖެހޭނެ މިއަހަރު ތެރޭގައިކަމަށް

ހުސައިން މުހައްމަދު: މިއީ މުޅި މިއަތޮޅުން އިސްލާހީ މަސައްކަތުގެ ތެރެއިން 2018 ގެ އިއްތިހާދުގެ ކެނޑިޑޭޓަށް ކާމިޔާބު ހޯދޭނެ ކަން މިދައްކައިދެނީ. އެކަމުގެ ފެށުން މިއީ.

އަޅުގަނޑު މިކަމަށް ނުކުތީ ވައްކަމާއި އަނިޔާއަށް ނޫނެކޭ ބުނަންވެގެން. މިކަމަށް ނޫނެކޭ ބުނަންޖެހޭނެ މިއަހަރު ތެރޭގައި. ވައްކަމުގަވެސް ހައްދެއް އޮންނާނެ. މިއަހަރު ތެރޭގައި ކޮރަޕްޝަނަށް ނޫނެކޭ ބުނަން ޖެހޭނެ.

27 އެޕްރީލު 2018 | 16:52

ރައީސް ޔާމީނަކީ ކޮންބޭފުޅެއްތޯ ވިސްނާލަން ޖެހޭ

އިބޫ:މަންޒަރު ވަރަށް ސާފު. މިކުރާ މަސައްކަތުގައި އިތުރު ހިތްވަރެއް މިހާރު ލިބިއްޖެ. އެކަމަށް މިޖަލްސާ ބޭއްވުމުގައި ހަރަކާތެރިވި ފަރާތްތަކަށް ޝުކުރު ދަންނަވަން.

އަޅުގަނޑަށް ފެނުނު އަނެއް މަންޒަރަކީ އަޅުގަނޑުމެން ތައާރަފްކުރި ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަތަން. އަދި ގެސްޓް ހައުސްގެ ސިޔާސަތު ފައްކާވަމުން އަންނަތަން.

މިރޭ މިޖަލްސާ ބާއްވާއިރު ހަނދާން ކުރަން ޖެހޭ ގިނަކަންކަން އެބަހުރި. ޕާޓީތަކުގެ ލީޑަރުން ވަނީ މިއަނިޔާވެރި ސަރުކާރުގެ ކަސްތޮޅު އެޅިފައި. އެތައް ބަޔަކު ވަނީ ކުޑަގޮޅީގައި. އެކަމަކު މިރޭ މިފެންނަ މަންޒަރުން އުއްމީދެއް ނުގެއްލޭ. މިރޭ އިތުރު ހިތްވަރު ލިބިއްޖެ.

މަސައްކަތައިގެން ކުރިއަށްދާއިރު ކުރިއަށްހުރި ކަންކަމަށް ވިސްނާލަން ޖެހޭ. ހަނދާންނައްތާލަން ނުވާވަރުގެ ކަމެއް އެބައާދޭ. ކުރިއަށް އޮތް 5 އަހަރަށް މިޤައުމު ހިންގާނެ މީހަކު ހޮވަން އެބަޖެހޭ. ޤާނޫން އަސާސީގައި ބުނާ މިނިވަން އިންސާފެއް ބޭއްވިދާނެތޯ ސުވާލު އުފެދޭ. އެމިނިވަންކަމަށްހުރި އެންމެބޮޑު ގޮންޖެހުމަކީ ޔާމީން. އެކަމަށް ޔާމީން ވެރިކަމުން ދުރުކުރަން ޖެހޭ. ރައްޔިތުން ކަމަކަށް އެދުނީމާ އެކަން ކުރެވޭނެ.

އިންތިޚާބުގައި ކުރިމަތިލާނެ ކަމަށް ޔާމިން ވަނީ ވިދާޅުވެފައި. ފުންކޮށް ވިސްނާލަން ޖެހޭ. އެއީ ކޮންބޭފުޅެއްކަން. ހަމަގައިމުވެސް އެއީ މިވަގުތު ރައީސް. އެކަމަކު 2013 ގައިވެސް މިހާރުވެސް ވޯޓަކުން ނުހޮވޭނެ. އޭރު ލިބުނީ 25 ޕަސެންޓް. ހަމަގައިމުވެސް މިދާއިރާއަކުން 5 ޕަސެންޓްވެސް ނުލިބޭނެ.

އިންތިޚާބަކަށްދާއިރު ވިސްނާލަން ޖެހޭ ކުރަނީ ކޮންކަމެއްތޯ. ހަމަގައިމުވެސް އެންމެބޮޑު ވައްކަން މިސަރުކާރުގައި. އެންމެބޮޑު ޚިޔާނާތް ވީ މިސަރުކާރުގައި އަމިއްލަ ގެއަށް ނުހަލާލު ފައިސާ ވަން ވާހަކަ ވިދާޅުވެއްޖެ. ދރަނި ބޮޑުވެއްޖެ.

ކުރިން 290 މަޤާމް އޮތީ 95 މިލިއަން ހަރަދު ކުރަނީ. މިހާރު ސަރުކާރުގައި ސިޔާސީ 700 މަޤާމު. ރައްޔިތުންގެ ފައިސާ ޚަރަދު ކުރަނީ އަމިއްލަ ފައިދާއށް. އަނިޔާ ނުލިބޭ ރަށެއް ނެތް. ކިތައް ޒުވާނުންތޯ މިސަރުކާރުގައި މަރާލީ. އެމީހުންގެ ޝަރީއަތްތައް ކިހިނެއްތޯ ވީ. ޝަރުއީ ދާއިރާގެ އިތުބާރު މިވަނީ ދުވަހަކު ނުގެއްލޭވަރަށް ގެއްލިފައި. ކޯޓުން ކޮންމެ ހުކުމެއް އަޔަސް ތަބާވާނެ ކަމަށް ވިދާޅުވި. އެންމެ ހުކުމެއް އައުމުން އެކަމެއް ނުކުރި.

މަޖިލީހުގައި 60 ހާސް ރައްޔިތުންގެ ހައްޤަށް ވަނީ ހުރަސްއަޅާފައި. 14 އށްވުރެ ގިނަ މެންބަރުންނަށް މިވަނީ ޣައިރު ޤާނޫނީ ދައުވާ ކޮށްފައި. ހާލަތުއް ޟަރޫރާގެ ދަށުން މެންބަރުން އިންތިޚާބު ކުރެވޭކަށް ނެތް.

އެއްވެސް ޤައުމެއްގެ ވެރިއަކަށް ވަގަކު ނުހުންނާނެ. ކުރިއަށް އޮތް އިންތިޚާބުގައި ގުޅިފައިވާ ޕާޓީތަކުން ކަނޑައަޅާ ސިންގަލް ކެނޑިޑޭޓެއް ހުންނާނެ. އިންތިޚާބުގެ ކުރިން މިމަސައްކަތް ކުރަނީ ރައީސް ޔާމީން މަޤާމުން ވަކިކުރަން

27 އެޕްރީލު 2018 | 16:33

ޖަލްސާ ފަށައިފި

ޝަފީގް: އެރެއަށްވުރެ މިރޭ މާބަރު. މި ލިބުނީ އަރިއަތޮޅު ތިބިގޮތް ސަރުކާރަށް ދައްކާލަން ވަރުގަދަ ފުރުސަތެއް. އެކަން މިކުރަނީ. ޔާމީނަކަށް މިއަތޮޅު ދެން ގުނބޯ ނުހެއްދޭނެ.

މިފެންނަނީ ލޯކަލް ޓޫރިޒަމްގެ ތަރައްޤީ އަޅުގަނޑުމެން ހޯދާތަން. މިކަމެއް ޔާމީނަކަށް ނުކޮށް ދެވުނު. ޔާމީންގެ އިޤްތިސޯދީ ވައުދުތައް ފުދުނުކަމަށް ފެނުނީ ކާބޯތަކެތި އަގު ބޮޑުވުން. ދެން އިޤްތިސޯދީ މާހިރުގެ އޮޑިއަކު އެކަކުވެސް ނުތިބޭނެ