ފަލަ ސުރުޚީ: ސުޕްރީމް ކޯޓުގެ ނިންމުންތައް
މިރޭގެ މެހެމާނަކީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ

އިމްތިޔާޒް ފަހުމީ
ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒް ނުކޮށެއް ނުހުރެވޭނެ.
އިންތި: ރައީސް ޔާމީން އެހުންނެވީ ޤާނޫން އަސާސީ ފުނޑާލެވޭނެ އެންމެ މައްޗަށް ފުނޑާލާފައި. ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒް ނުކޮށެއް ނުހުރެވޭނެ. އަދި އެތަންފީޒް ކުރާ ދުވަސް އަންނާނެ. ވަކިވަރެއް ވަންދެން ހުރެވޭނީ. އެވަގުތަކީ ރައީސް ޔާމިން ހައްޔަރުކުރާ ވަގުތައްވެސްވުން ބޭނުމީ.
ސިޔާސީ ހުކުމްތައް ދުނިޔެއަކުން ޤަބޫލެއް ނުކުރޭ
އިންތި: ޓެރަރިސްޓެއް ކަމަށް ދުނިޔެއިން ޤަބޫލް ނުކުރަނީ އެހެންވެ. ޤާސިމަށްވެސް ހުކުމް އެކުރީ ޕިކްނިކް ރެއެއްގައި ހުކުމްކުރީ. ކޮންމެވެސް ފަރާތަކުން ނުފޫޒް އައިމަ ނޫންތޯ. ނާޒިމް ފްރޭމް ކުރިކަން ފުލުހުން އެއިއުތިރާފް އެވަނީ. އެހެންމީހެއްގެ ޑީއެންއޭ. އަދީބު އެވިދާޅުވަނީ ނާޒިމަކާ ގުޅުންހުރި އެއްޗެއް ނޫނޭ. ވަގުތުން ދޫކޮށްލަން ޖެހޭނެ ނޫންތޯ. އިމްރާން ދެއްކި ވާހަކައަކާ ގުޅިގެން. އިންސާފްގެ ކުނޑިފުކެއްވެސް ނެތީ ނޫންތޯ
ފެބްރުއަރީ 1 ގެ ހުކުމަށް މި ތާއީދު ކުރަނީ އޭގައި އަސާސްތަކެއް ހުރީތީ
އިންތި: 1 ފެބްރުއަރީގެ ހުކުމަށް މި ތާއީދު ކުރަނީ އޭގައި އަސާސްތަކެއް ހުރީތީ. އެއީ ސިޔާސީ މީހުންނަށް އިއްވާފައިވާ ހުކުމްތައް ހުރިގޮތުން. މިސާލަކަށް ރައީސް ނަޝީދަށް ފަޓާސް ބަރިއެއްހެން ޝަރީއަތް ކުރީ. ބޭނުންވާ ސާއަތާ ދިމާކުރަން. ޝަރީއަތުގައިތިބި ފަނޑިޔާރުންނަށް ޕްރޮމޯޝަން. ވަކީލަކަށްވެސް ފުރުސަތެއް ނުދޭ. ހެކިހުށަހަޅަންވެސް ފުރުސަތެއް ނުދޭ. އެހެންވެ މުޅި ދުނިޔެއިން މިކަން ޤަބޫލް ނުކުރަނީ
ހެކި ގެއްލުވާލިއްޔާ ފުލުހުންނާމެދުއެއް ނޫންތޯ ދައުވާ ކުރާނީ
އިންތި: އެއްވެސް ހެއްކެތް ނެތި މީހުން ހައްޔަރުކޮށްގެން އެގެންގުޅެނީ. ބަންދުކޮށްފައިތިބި ބަޔަކު ހެކިފޮރުވަން އުޅުނުކަމަށް ބުނެ ދައުވާ ކުރަނީ. ފުލުހުން ބުނީ ހެކި އެބަހުއްޓޭ. ދެން އެހެކި ގެއްލުވާލިއްޔާ ފުލުހުންނާމެދުއެއް ނޫންތޯ ދައުވާ ކުރާނީ. ދެން ހަމަ ހިތަށް އެރިއެއްޗެއް އެކިޔަނީ. އެއްވެސް ހަމައެއް ލަމައެއް ނެތް.
މުޅިންވެސް ޓެރަރިޒަމްގެ ދައުވާ ކުރަނީ ސިޔާސީ މީހުންނަށް
އިންތި: ޓެރަރިޒަމްގެ ދައުވާ ކޮށްފައިވާ މީހުންނަށް ބަލާލާއިރު މުޅިންވެސް ސިޔާސީ މީހުން. އަޅުގަނޑުގެ ޕާސްޕޯޓް ހިފަހައްޓާފައި މިވަނީ ޕްރެސް ކޮންފަރެންސެއް ދިނީތީ. ހަމަ އަޅުގަނޑުމެން ފިލައިގެންދާން އުޅޭ ކަމަށް. އިންޓަލިޖެންސެއް ރިޕޯޓެއް އޮތްކަމަށް ބުނެގެން. ފަނޑިޔާރެއްގެ ކުރިމައްޗަށް އިންޓަލިޖެންސް ރިޕޯޓެއް ހުށަހެޅުނީމާ ފަނޑިޔާރު ހޯދަން ޖެހޭނެ ހެކިތައް ހުރިތާ އަމުރެއް ނެރުމުގެ ކުރިން.
ކޮންމެ ކަމަކަށްވެސް ޓެރަރިޒަމް.
އިންތި:އޭރުވެސް ބުނިން ޓެރަރިޒަމް ޤާނޫން ހެދިއިރުގައި. ތިޔައީ ސިޔާސީ މީހުންނަށް އަދަބުދޭން ހަދާ އެއްޗެކޭ. އެގޮތައް މިފެންނަނީ. ސުޕްރީމް ކޯޓުން އަމުރެއް ކުރީމަވެސް ޓެރަރިޒަމް. ޕޮލިސް ކޮމިޝަނަރ ހުކުމެއް ތަންފީޒް ކުރަން އުޅުނީމަވެސް ޓެރަރިޒަމް. ކޮންމެ ކަމަކަށްވެސް ޓެރަރިޒަމް.
މިއީ ޖަންގަލީގެ އުސޫލު
އިންތި: މިހާރު މިފެންނަނީ ހިތްޕުޅާ ހަމަ ނުވާ މީހަކާމެދު ޤާނޫން ހިނގައި ހިތްޕުޅާ ހަމަވާ މީހަކަށް ޤާނޫން ނުހިނގާތަން. ގަދަމީހާ ގަދަވާ ގޮތައް މިއޮންނަނީ. މިއީ ޖަންގަލީގެ އުސޫލު
މިހާރު ސުޕްރީމް ކޯޓުން ކަންކުރާ ގޮތާމެދު ވިސްނާ މީހަކުވެސް ހަލާކުވާނެ
އިންތި: ސުޕްރީމް ކޯޓުން ނެގި ޓިނު ނެގީތޯ. ސުޕްރީމް ކޯޓުން 1 ފެބްރުއަރީގައި އެކަމެއް 2 ފަނޑިޔާރުންނަކަށް ނުނިންމޭނެ. 3 ފަނޑިޔާރުންވެސް ބައިވެރިވެގެން އެކަން ނިންމޭނީ. ދެން ދެމީހަކު ހައްޔަރުކޮށްގެން މިހާރު އެކަން ކުރާ ގޮތާމެދު ވިސްނާ މީހަކުވެސް ހަލާކުވާނެ