ފަލަ ސުރުޚީ: ޖަރީމާތަކުގެ ހަޤީގަތް ނުހޯދުން

  • ޝަރީފް މިނިވަންނަމަ 12 މެންބަރުންގެ ގޮނޑި ގެއްލުނުކަމަށް ނިންމި ނިންމުން އަނބުރާ ގެންދަވާ
  • ޤާނޫން އަސާސީއާ ޚިލާފް ވަންޏާ ރައްޔިތުން ނުކުމެ ވެރިކަން ބަދަލު ކުރާނެ
  • ރައްޔިތުން ނުދޭ ބާރެއް ވެރިއަކަށް ބޭނުމެއް ނުކުރެވޭނެ
 
Writer Profile Picture
އަހުމަދު މުހުސިނު
ޝަރީފް މިނިވަންނަމަ 12 މެންބަރުންގެ ގޮނޑި ގެއްލުނުކަމަށް ނިންމި ނިންމުން އަނބުރާ ގެންދަވާ

އަމީތު: މިހާރު ސައްޙަ އިލެކްޝަންސް ކޮމިޝަނެއް ނެތް. އެކޮމިޝަންގެ ރައީސަކީ ޤާނޫން އަސާސީގައި ބުނާ ގޮތައް ސައްޙަ ޖަލްސާއަކުން ގެނައި މީހެއް ނޫން. 12 މެންބަރެއްގެ ގޮނޑިތައް ގެއްލުވާލީ އެކޮމިޝަނުން. ޝަރީފަކީ ޔާމިންގެ ހައި ސިޔާސީ ޕޯސްޓެއްގައި ހުރި މީހެއް. ޝަރީފް އެކަންކަން ހައްލުކޮށްދީ މެންބަރުންގެ ގޮނޑި ގެއްލުނު ކަމަށް ނިންމި ނިންމުން އަނބުރާ އިއާދަ ކުރައްވާ މިނިވަން ނަމަ 

23 އޭޕްރިލް 2018 | ހޯމަ 22:22
Writer Profile Picture
އަހުމަދު މުހުސިނު
ޤާނޫން އަސާސީއާ ޚިލާފް ވަންޏާ ރައްޔިތުން ނުކުމެ ވެރިކަން ބަދަލު ކުރާނެ

އަމީތު: ރައްޔިތުން ނުކުމެ އަރަބި ޤައުމުތަކުގައިވެސް ބަދަލުކުރީ އެގޮތުން. ބާރުގެ ބޭނުންކޮށްގެން ކުރަމުން އައި ވެރިކަންތައް ބަދަލުވީ އެހެންވެ.

23 އޭޕްރިލް 2018 | ހޯމަ 22:15
Writer Profile Picture
އަހުމަދު މުހުސިނު
ރައްޔިތުން ނުދޭ ބާރެއް ވެރިއަކަށް ބޭނުމެއް ނުކުރެވޭނެ

އަމީތު: ވެރިކަން ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން އަދި ވެރިކަން ދެމިއޮންނާނީވެސް ރައްޔިތުންގެ ކިބައިންކަން ޤާނޫން އަސާސީގައި އެބައޮވޭ. އޭގެ ބޭރުން ބާރެއް ބޭނުމެއް ނުކުރެވޭނެ. އެއާ ޚިލާފް ވަންޏާ ރައްޔިތުން ނުކުމެ އެވެރިއަކު ބަދަލު ކުރާނެ އެކަން ކުރެވޭނެ ގޮތް އެބައޮތް ޤާނޫން އަސާސީގައި ލިޔެފައި.

23 އޭޕްރިލް 2018 | ހޯމަ 22:13
Writer Profile Picture
އަހުމަދު މުހުސިނު
މިހާރު މިފެންނަނީ އަބަދުވެސް ވެރިމީހާ ނުކުމެ ފުލުހުންނާ ސިފައިންގާތު އާދޭސް ކުރާތަން

އަމީތު: މިހާރު މިފެންނަނީ އަބަދުވެސް ވެރިމީހާ ނުކުމެ ފުލުހުންނާ ސިފައިންގާތު އާދޭސް ކުރާތަން. ވެރިމީހާއަކީ އެހާލަތައް ވެއްޓެން ޖެހޭވަރުގެ މީހެއް ނޫން. އެހާލަތައް ޔާމިން ވެއްޓުނީ ޤާނޫން އަސާސީއާ ޚިލާފްވެ ކުރެއްވިފައިވާ ކަންކަމުގެ ސަބަބުން

23 އޭޕްރިލް 2018 | ހޯމަ 22:09
Writer Profile Picture
އަހުމަދު މުހުސިނު
ފުލުހުންނަކަށް ނުޖެހޭނެ ޣައިރު ޤާނޫނީ ސަރުކާރެއް ހިމާޔަތް ކުރާކަށް

އަމީތު: މިހާރު މިއޮތީ ވާރުތަވެފައި އޮތް ވެރިކަމެއް ނޫން. ރަސްކަމެއް ނޫން. ރައްޔިތުން އިންތިޚާބުކުރީ. ރައްޔިތުން ބުނާ ކަންކަން ކުރަން އަންނަ މީހެއް ވެރިއަކީ. އެވެރިމީހާ ކަންކުރަންވީގޮތް ޤާނޫން އަސާސީގައި އެބައޮތް. އެނޫން ގޮތަކަށް ވެރިއަކަށް މަސައްކަތެއް ނުކުރެވޭނެ. އޭގައި އެބުނާ ކަންކަން ކުރަން ޖެހޭނެ. އެއާޚިލާފަށް ވެރިއަކަށް ހުރި މީހާއާ ދެކޮޅު މީހުންނަކީ މުޖުރިމުން ކަމަށް ހަދައި އެމީހުންނާ ދެކޮޅަށް ފުލުހުން ބޭނުން ކުރަނީ.

ޤާނޫން އަސާސީން ލިބިދޭ ހައްޤެއް މުޒާހަރާ ކުރުމާ އެއްވެ އުޅުމަކީ. އެހައްޤު ހައްޏެއް ނުކުރެވޭނެ. ފާތުމަތު އިބްރާހީމް ދީދީ އެއްވުމެއް ބާއްވަން ވީމާ ބޭއްވޭ. އެކަމަކު އިދިކޮޅު ބަޔަކު އެއްވުމެއް ބާއްވަންޏާ ހުއްޓުވަނީ. އަޅުގަނޑުމެން ނުހުންނާނެ މީހަކަށް ގެއްލުންދީ މުދަލަކަށް ގެއްލުންދީ ހަދާފައެއް. ކާނިވާ ސަރަހައްދުގައޭ އެއްވެވޭނީ ބުނެފައިވެސް އެފުރުސަތުވެސް ނުދޭ އެއުޅެނީ.

ފުލުހުންގެ ހުވަޔަކު ނުވަތަ ޤާނޫނަކު ނޯންނާނެ ރައީސަކަށް ހުންނަ މީހާގެ ވާހަކައެއް. ރައްޔިތުންގެ ވާހަކަ އޮންނާނީ ޤާނޫން އަސާސީއާ ޤާނޫންތަކަށް ތަބާވާން ޖެހޭނީ ރައީސުލް ޖުމްހޫރިޔާ ކުރާ އަމުރުތަކަށެކޭ ނުބުނެވޭނެ. މިކަހަލަ ވާހަކަ ނުވެސް ދެއްކޭނެ ރައީސަކަށް

ސިފައިންނަކަށްވެސް ޖެހޭނީ ދިވެހި ޤައުމު ހިމާޔަތް ކުރަން ޖެހޭނީ. އެއިރަކު އޮންނަ ވެރިކަމެއް ޣައިރުޤާނޫނީ ވެއްޖިއްޔާ އެވެރިކަން ހިމާޔަތް ކުރާކަށް ނުޖެހޭނެ.

23 އޭޕްރިލް 2018 | ހޯމަ 22:08
Writer Profile Picture
އަހުމަދު މުހުސިނު
ޖަލަށް ލުމަކުން މީހުންނަށް ލިބިދޭ އަސާސީ ހައްޤުތަކެއް ނިގުޅައެއް ނުގަނެވޭނެ

އަމީތު:ކޯޓުން ހުކުމް ކުރާއިރު ބުނޭތޯ އޭނާއަށް ފޮތެއް ނުދެވޭނެޔޭ. ހުކުމުގާ އޮވޭތޯ ފަންކާއެއް ގޮޅީގައި ހުރެގެން ނުވާނެޔޭ. ދޭން ޖެހޭނީ 12 ފެންފުޅިއޭ ބުނޭތޯ. މީހަކު ޖަލަށްލާ ހިސާބަކުން އެމީހެއްގެ ކިބަޔަކުން އިންސާނިއްޔަތު ކަމުގެ ހައްޤެއް ނުގުޅައެއް ނުގަނެވޭނެ. އެތަންތަނުގައި ތިބޭ މީހުންނަކަށް ކެރިވަޑައެއް ނުގަނޭ ބައްދަލު ކުރާކަށްވެސް. އެމީހުންނަށް ބޭނުންހާ ގޮތަކަށް ކަންކުރެވެނީ އެކަންކަން ނުބެލި އަދަބު ނުދޭތީ

23 އޭޕްރިލް 2018 | ހޯމަ 22:00
Writer Profile Picture
އަހުމަދު މުހުސިނު
ޖަލުގައި މަރުވި މީހުންގެ ހަޤީގަތެއް ނުހޯދޭ

އަމީތު: ދޫނިދޫގައި ބަންދުގައި ހުންނަންޏާ ފުލުހުން ބަލަން ޖެހޭނެ. މާފުށީގައި ނަމަ ކަރެކްޝަނުން ބަލަން ޖެހޭނެ. އެތަންތަނުގައި މަރުވި މީހުންގެ މައްސަލަތައް ބެލުނުތޯ. މީހުން އެބަހުރި ގޮޅިން ބަދަލުކުރަން އެދިފައި ހުއްޓާ މަރުވެފައި. އަބްދުއް ރަޝީދު މަރުވީ ފަރުވާ ނުދެވިގެން. ބެލުނުތޯ. ކޮބާތީ އެޗްއާރުސީއެމުން ނެރނު ރިޕޮޓެއް. އައިޖީއެމްއެޗުން ބުނިއެއްޗެއް ކޮބާތޯ ފުލުހުން ކޮބާތޯ. މިއިން ކޮންމެ މީހަކުވެސް މަރުވީމާ ދެން އަޅައެއް ނުލާ. މިކަންކަން ބަލަން ޖެހޭ. އިހުމާލުވީމާ ފިޔަވަޅު ނޭޅެންޏާ އެކަންކަން އިތުރަށް ކުރާކަށް ޖެހިލުމެއް ނުވާނެ. 

23 އޭޕްރިލް 2018 | ހޯމަ 21:56
Writer Profile Picture
އަހުމަދު މުހުސިނު
މުޅި ދައުލަތް މިއޮތީ ފެއިލް ވެފައި

އަމީތު: މުޅި ދައުލަތް މިއޮތީ ފެއިލް ވެފައި. ދައުލަތުގެ ތެރޭގައި ރަނގަޅު މައުލޫމާތެއް އިންސާފެއް ލިބޭނޭ ގޮތެއް ނެތް. އިންސާފް ލިބުނު ނަމަ ޔާމިން ރަޝީދު އެއްއަހަރު ފަހުން މަގުމައްޗަށް ނުކުތީމަ ފުލުހުން ކުރިމަތިލާން ޖެހުނީ. މަރުތަކެއްވެސް މަދެއް ނުވޭ. ފާއިތުވި ހަތަރު އަހރު ތެރޭގައި 29 މީހުން މަރާލައިފި. މިއިން އެއްވެސް މަރަކަށް އިންސާފެއް ލިބިފައެއް ނުވޭ. 1.3 ބިލިއަން ރުފިޔާ ފުލުހުންނަށް ދެވޭ އަހަރަކު. އަހަރު ނިމުނު 370 އަށްވުރެ ގިނަ މާރާމާރީގެ މައްސަލަ އަހަރަކު ހުށަހެޅޭ. މިވަރުގެ ތަމްރީން ދީގެން މުސާރަ ދީގެން ތިބޭއިރު ކޮންކަމެއްތޯ މިކުރަނީ . ސިޔާސީ މީހުންގެ ފަހަތުން އުޅެނީ 

23 އޭޕްރިލް 2018 | ހޯމަ 21:52
Writer Profile Picture
އަހުމަދު މުހުސިނު
ޖަރީމާތައް ނުހުއްޓުވިގެން މިއުޅެނީ އިސްމީހުންނަށް އެކަމަށް މަސައްކަތް ނުކުރެވޭތީ

އަމީތު: ޖަރީމާތައް ނުހުއްޓުވިގެން މިއުޅެނީ އިސްމީހުންނަށް އެކަމަށް މަސައްކަތް ނުކުރެވޭތީ. އަފްރާޝީމްގެ މަރާ ގުޅޭގޮތުން ރަނގަޅު ތަހުގީގެއް ނުކުރެވޭ. ދެން އައީ ރިލްވާންގެ މައްސަލަ . ޔާމިން ވިދާޅުވީ ދެން ތިކަން ބައްލަވާނެ ދެއްތޯއޭ. ރައްޔިތުންނަށްޓަކައި ހުވައެއް ކޮށްގެން ހުންނަ މީހަކު މިކަހަލަ ޖަވާބެއް ދިނީމާ ދެން އެބަ އެނގޭ ފުލުހުންގެ ކަންކަން ހުންނާނެ ގޮތް.

ސިޔާސީ މީހުންނާ ދެކޮޅަށް ބޮޑެތި އިންޓަލިޖެންސް މައުލޫމާތު ހުރޭ. ކޮބާތޯ މި ޖަރީމާތަކާ ގުޅިގެން ހޯދި އިންޓަލިޖެންސެއް ކޮބައިތޯ. ފޮރެންސިކް ތަހުލީލްތައް ކޮބައިތޯ. ސިޔާސީ މީހަކު ބޭރަށް ދާން އުޅޭކަމަށް ހީވިއަސް އިންޓަލިޖެންސް ރިޕޯޓަކާއެކު ގާޒީއެއްކައިރިއަށް ގެންގޮސް އެކަން އެބަހުއްޓުވާ. ކޯޓުތަކުންވެސް އެކަމަކަށް ނުބަލާ. މިހާރު ގަޑިއެއްހާއިރުގެ ތެރޭގައި ކޯޓު އަމުރު އެބަ ނެރެދޭ.

23 އޭޕްރިލް 2018 | ހޯމަ 21:47
Writer Profile Picture
އަހުމަދު މުހުސިނު
ފުލުހުން މަސައްކަތް ކުރަނީ ސިޔާސީ މީހުންގެ އޯޑަރަށް

އަމީތު:ސިއްރުން ފޮރުވައިގެން މިކަން ކުރާ ސަބަބު ދަންނަވަން ދަތި. އެހެންނަމަވެސް މިއަދުގެ ފުލުހުންގެ މުއައްސަސާއިން މަސައްކަތް ކުރަނީ ސިޔާސީ ޖަގަހައެއްގެ ގޮތުގައި. މިއަދު ސިޔާސީ މީހުންގެ މައްސަލަތައް އެތާ އެހުރީ ފުނިޖެހިފައި. އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވޭ ޔާމިން ރަޝީދުގެ އާއިލާއަށް އެކަމާ ގުޅޭ ވާހަކަތައް ކިޔައިދިނުމަކީ ގޯހެއް ކަމަކަށް. އެމީހުންނަށް ނޫންތޯ ކިޔައިދޭން ޖެހޭނީ.

އިންސާފް ނުލިބުނީމާ އެއް އަހަރު ވަންދެން ތިބެފައި އާއިލާއިން މަގުމައްޗަށް ނުކުމެ ހިނގާލީމާ އެކަންވެސް ހުއްޓުވީ.

ފުލުހުން ބުނި ސީސީޓީވީ ފުޓޭޖްތައް އެބަހުއްޓޭ. ދެން ޔާމިންގެ ބައްޕައަށް އެއްޗެހި ނުދެއްކުމަކީ މައްސަލައެއް. ކޮބާތޯ އެކަމުން ފުލުހުންނަށް އޮތް ގެއްލުމެއް. މިއަދު ފުލުހުން މަސައްކަތް ކުރަނީ ސިޔާސީ މީހުންގެ އޯޑަރަށް. ފުލުހުންގެ ހުރިހާ ރިސޯސެއް ބޭނުން ކުރަނީ ސިޔާސީ މީހުންނާ ދެކޮޅަށް.

ފުލުހުން މަސައްކަތް ކުރަނީ ޕީޕީއެމްގެ އަދުރޭ ކިޔާ މީހެއްގެ އޯޑަރަށް. އޭނާގެ ފޯން ކޯލަކަށް ތިބެނީ 

23 އޭޕްރިލް 2018 | ހޯމަ 21:42
Writer Profile Picture
އަހުމަދު މުހުސިނު
ޝަރީއަތްތައް ސިއްރުކޮށްގެން އިންސާފެއް ނުހޯދޭނެ

އަމީތު: ޝަރީއަތްތައް ސިއްރުކޮށްގެން އިންސާފެއް ނުހޯދޭނެ. އިސްލާމް ދީނުގައިވެސް އޮންނަނީ ހާމަކަަން ބޮޑު ގޮތެއްގައި ޝަރީއަތް ކުރިއަށް ގެންދިއުން. ކީއްވެތޯ ޝަރީއަތް ސިއްރު ކުރަންވީ. އެހެން މީހުންނަށްވެސް އެނގެން ޖެހޭ އިންސާފް ލިބޭކަން

23 އޭޕްރިލް 2018 | ހޯމަ 21:37