Raajje.mv

ފަލަސުރުޚީ: ރައީސް ނަޝީދުގެ މައްސަލައިގައި އދގެ ނިންމުން

މިރޭގެ ޕްރޮގްރާމްގެ މެހުމާނަކީ ޢަބްދުﷲ ޝާހިދު، މުޙައްމަދު ޝިފާޒް އަދި އަހުމަދު އަބްދުﷲ އަފީފް

17 އެޕްރީލު 2018
14693
ޕެނަލް ދީސްކަޝަންގެ ބައިވެރިން

ޕެނަލް ދީސްކަޝަންގެ ބައިވެރިން

17 އެޕްރީލު 2018 | 17:28

ހުރިހާ ފަރާތްތަކުން ކުރަން ޖެހޭ ކަންކަން އަވަހަށް ކުރައްވާ

ޝިފާޒް: މިއީ މުޅި ދައުލަތާ ގުޅުންހުރި ކަމެއް. އެދޭނީ ވީހާވެސް އަވަހަކަށް ހުރިހާ ފަރާތްތަކުން ކުރަން ޖެހޭ ކަންކަން ކުރައްވާށޭ

17 އެޕްރީލު 2018 | 17:27

ފަށާފައިވާ މަސައްކަތް ނިމެން ކައިރިވެއްޖެ ކަމުގެ އަލާމާތެއް

ޝާހިދު: މިއީ މުޅި ރާއްޖެއަށް ލިބުނު ކާމިޔާބީއެއް. އިސްލާހީ މަސައްކަތުގައި އުޅޭ ހުރިހާ ފަރާތްތަކަށް ލިބުނު ކާމިޔާބީއެއް. އިރާދަ ކުރެއްވިއްޔާ ފަށާފައިވާ މަސައްކަތް ނިމެން ކައިރިވެއްޖެ ކަމުގެ އަލާމާތެއް

17 އެޕްރީލު 2018 | 17:25

ކަމެއް ބޭނުންވާ ގޮތައް ނުވީމައެއް ނޫން ޤަބޫލް ނުކުރާނީކީ

އަހުމަދު: ސަރުކާރުގައި ތިއްބެވި ޤާނޫނީ ބޭފުޅުންނަށްވެސް އެނގިވަޑައި ގަންނަވާނެ ކަންކަން. ކަމެއް ބޭނުންވާ ގޮތައް ނުވީމައެއް ނޫން ޤަބޫލް ނުކުރާނީކީ

17 އެޕްރީލު 2018 | 17:22

ރައްޔިތުން ތިބީ ރައީސް ނަޝީދާއެކު

ޝިފާޒް: 2013 ގެ ރިޔާސީ އިންތިޚާބާ ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިފައިވަނީ ރައީސް ނަޝީދަށް ރައްޔިތުން ކުރާ ތާޢީދާ. ދެންވެސް ރައްޔިތުން ތިބީ ރައީސް ނަޝީދަށް ވާދަ ނުކުރެވޭ ގޮތައް ތާއީދު ކުރާގޮތަކަށް ނޫން މިހާރުވެސް ރައްޔިތުން ތިބީކީ

17 އެޕްރީލު 2018 | 17:19

ދެންވެސް ރަނގަޅުވާނީ ޤާނޫނީ ހުކޫމާތުގެ ތެރެއަށް ވަދެގެން

ޝާހިދު:މުޢަހަދާ ތަކުގައި ބައިވެރިވެފައިވަނީ އެކަންކަން ނުކޮށް ނުތިބެވޭނެ ގޮތައް. އދ އިންސާނީ ހައްގުތަކާ ބެހޭ ކޮމެތީގެ ގޮނޑިއަށް ވާދަ ކުރާއިރު މިވަނީ ރާއްޖެއަކީ ހިތުހުރި ގޮތަކަށް ކަންކުރާ ްައުމެއްގެ ގޮތުގައި ދައްކާފައި. ކާރިޖީ ސިޔާސަތަކީ ވަކި ޤައުމުތަކަކުން ބުނާގޮތައް ހަދާ ގޮނޑިކޮއްކޮއަކަށް. މީކީ ކުރާވަރުގެ ކަމެއް ނޫން. މިއީ ދައުލަތެއް ވަންތަކަން ފުނޑުފުނޑު ކޮށްލީ.

އަދިވެސް އެބައޮތް ރަނގަޅު ކުރެވެން. ޤާނޫނަށް ބޯލަނބަންވީ. މުއައްސަސާތަކުން އަތްޕުޅު ނަންގަވަންވީ. ކުރެއްވިފައިހުރި ކަންކަމުން ސަލާމަތް ނުވެވޭނެ ކަމަށް ހީކޮށް ކަންކަން ރަނގަޅު ކުރުމުން ދެންވެސް ރަނގަޅު ގޮތެއް އޮތީ

17 އެޕްރީލު 2018 | 17:12

މި ނިންމުން ތަކަކީ ވަރަށް ކައިރި ކުރިމަގެއްގައި ތަންފީޒް ކުރާނެ ނިންމުމެއް.

އަހްމަދު ޢަބްދުﷲ އަފީފް:ރާއްޖޭގެ ޤާނޫނީ ނިޒާމް އޮތްގޮތް އެނގެނީ ރައީސް ނަޝީދުގެ މައްސަލައަކުން އެކަންޏެއް ނޫން. އދ އާއި އެހެނިހެން ބޭފުޅުން އައިސް މިޤައުމުގައި ކަންކަން ހިނގާ ގޮތުގެ ރިޕޯޓްތައް އެބަހުރި. އެބޭފުޅުން ވިދާޅުވަނީ މި ޤައުމަކީ ޤާނޫނީ ހުކޫމަތެއް ނުހިނގާ ތަނެއްކަން. ރައީސް ނަޝީދުގެ މައްސަލައަކީ ޔުނިވަރސިޓީތަކުގައި ކިޔަވައިދޭން ރަނގަޅު މައްސަލައެއް.

އދ ގެ އެތައް ބޮޑީއަކުން ބުނެފި އެވާހަކަތައް. މި ނިންމުން ތަކަކީ ވަރަށް ކައިރި ކުރިމަގެއްގައި ތަންފީޒް ކުރާނެ ނިންމުމެއް. އެއީ ސުވާލެއް ނޫން.

17 އެޕްރީލު 2018 | 17:04

އިންތިޚާބެއް ބޭއްވޭނީ ރައީސް ނަޝީދުގެ ނަންފުޅާއެކު

ޝިފާޒް: ސަރުކާރުން އެބަބުނޭ ސުޕްރީމް ކޯޓުންނޭ ނިންމާނީ. އެކޯޓުން އެބައޮތް 1 ފެބްރުއަރީގައި ނިންމާފައި. ރައީސް ނަޝީދު މިނިވަން ކުރި ވާހަކަ. އެހެނެއް ނުތިބެވޭނެ . މިތަނުގައި އިންތިކާބެއް ބާއްވަންޏާ ރައީސް ނަޝީދުގެ ނަންފުޅު އެއިންތިޚާބުގެ ވޯޓު ކަރުދާސްކޮޅުގައި އޮވެގެން ބޭއްވޭނީ. އަޅުގަނޑުމެން މިބުނަނީ މިކަން ހުއްޓުވަން ނޫޅޭށޭ. ރައީސް ނަޝީދުވެސް އެވިދާޅުވަނީ ދެންވެސް ވާހަކަ ދައްކަމާ ހިންގަވާށޭ. އެކަން ނުކޮށެއް ނުވާނެ.

ބައެއް ފަހަރަށް ހިތަށް އަރާ ރައީސް ޔާމީން ގާތުގައި އުޅުއްވާ ބޭފުޅުން ހިތް ރުއްސަން އުޅުއްވާތަން. އެކަން އެހެން މީހުންނަށް އެނގެންވާނެ. މިހާރުވެސް އެބައެނގޭ ހޮންކޮންގ އާއި ބަރުމާއިންވެސް ސިޔާސީ ހިމާޔަތް ހޯއްދަވަން ރައީސް ޔާމީން އުޅުއްވާކަން. މިކަންކަން އެބޭފުޅުންނަށްވެސް އެނގިވަޑައިގަންނވާނެ.

17 އެޕްރީލު 2018 | 16:58

މިފެންނަނީ ސަރުކާރުން ބޭނުން ނުވާ ބަހެއް ބުނާ ކޮންމެ ބައެއް ބޮލާލާ ޖަހާތަން

ޝާހިދު: މިހާރު މިފެންނަނީ ސަރުކާރުން ބޭނުން ނުވާ ބަހެއް ބުނާ ކޮންމެ ބައެއް ބޮލާލާ ޖަހާތަން. އެއީ ސުޕްރީމް ކޯޓުން ވިއަސް އދ އިން ވިޔަސް. ސުޕްރީމް ކޯޓުން ނެރުނު އަމުރުގައިވެސް އޮތީ މިވާހަކަތައް. އެކަމަކު ސުޕްރީމް ކޯޓުން އެއަމުރު ނެރުނީމާވެސް އެކަން ނުކޮށް ފަނޑިޔާރުން ހައްޔަރުކުރީ. މިފެންނަނީ ބޭނުން ނުވާ ކަންކަން ނުކުރަން އުޅޭތަން. އެކަމަކު މިއީކީ ވާނެ ކަމެއް ނޫން. ރައީސް ނަޝީދުވެސް އެނިންމުމާ ގުޅިގެން ޓްވީތް ކުރެއްވީ އެއާއެއްގޮތައް ވާހަކަ ދައްކަން ގޮވާލައްވާފައި. ރައީސުލް ޖުމްހޫރިއްޔާކަމުގައި ޔާމީން ހުންނަވާނަމަ ޖެހޭ މިއަށް ބޯލަންބާ ވާހަކަ ދައްކަން

17 އެޕްރީލު 2018 | 16:54

ނިންމުމަށް އެއްބަސް ނުވާނަމަ ވަރަށް ގޯސްވާނެ

އަހްމަދު ޢަބްދުﷲ އަފީފް: ޤާނޫން އަސާސީގައި އަސާސީ ހައްޤުތަކުގައި ބުނެފައި އެހުރީ އައިސީސީޕީ އާރުގައިވެސް އޮތް ވާހަކަތައް. އެނިނމުމަށް ތަބާ ނުވާނަމޭ ބުނުމަކީ ޤާނޫން އަސާސީއަށް ތަބާނުވުން. އެހެނެއް ނުބުނެވޭނެ. އެމުއާހަދާގައި ރައްޔިތުންގެ ފަރާތުން ސޮއިކޮށްފައިވަނީ ޤާނޫން އަސާސީގެ ތެރެއިން. އެހެންވީމާ އެކަން ނުކުރެވޭނެއެކޭ ނުބުނެވޭނެ.

ރައްޔިތުން ބޭނުންވާ މީހަކު ޚިޔާރު ކުރުމަކީ ޤާނޫން އަސާސީން ލިބިދޭ ހައްގެއް ކޮންމެ މީހަކަށްވެސް. އެގޮތުން ގެންނަން ބޭނުންވާ މީހެއް ރައީސް ނަޝީދަކީ.

މީހުން ސުވާލު ކޮށްފާނެ ދެން ވާނީ ކިހިނެއްހޭ. ތަންފީޒް ނުކޮށްފިއްޔާ ވަރަށް ދެރަ ގޮތެއް ވެދާނެ. އދ ގައި އިންސާނީ ހައްޤުތަކާ ބެހޭ ކޮމެޓީއަކީ ޚައިރާކީއަށް ބަލާއިރު ވަރަށް މުހިއްމު ކޮމެޓީއެއް. މިއަށް ދެކޮޅު ހަދައިފިއްޔާ ނިންމާ ނިންމުންތައް ވަރަށް ގޯސްވާނެ

17 އެޕްރީލު 2018 | 16:49

ކަރުދާސް ކޮޅުގައި ރައީސް ނަޝީދުގެ ނަން އޮންނާނެ

ޝިފާޒް: މުޅި ދުނިޔެއަށް ހާމަވޭ ރައީސް ނަޝީދާ މެދު ކުރެވުނު ޝަރީއަތް ކުރެވުނު ގޮތް. މުޅި ދުނިޔެއިން އެބުނީ އެމަނިކުފާނާމެދު ހިންގުނީ ހިންގަން ޖެހޭ ޝަރީއަތެއް ނޫންކަމާ އެކަން ކުރެވުނީ ރަނގަޅު ނޫންކަމަށް. އެހާ އަވަހަށް ސަރުކާރުގެ ރިެއކްޝަން އައުމުން އެނގިގެން ދިޔައީ ކުރިއަށް އޮތް އިންތިޚާބުގެ ވޯޓު ކަރުދާސްކޮޅުގައި ރައީސް ނަޝީދުގެ ނަން އޮންނާނެކަން

17 އެޕްރީލު 2018 | 16:47

މުޅި ދުނިޔެއިން އެބުނީ ރައީސް ނަޝީދުގެ ނަންފުޅު އޮންނާނެކަން

ޝާހިދު: އދ އިން މުޅި ދައުލަތައް އެއެންގީ ރައީސް ނަޝީދުގެ ނަންފުޅު ވޯޓު ކަރުދާސްކޮޅުގައި އޮންނާނެކަން.