Raajje.mv

ފަލަ ސުރުޚީ: އިލެކްޝަންސް ކޮމިޝަނުން ޕާޓީތައް ރެގިއުލޭޓް ކުރުން

މިރޭގެ މެހޭމާނީ އެމްޑީޕީ ޗެއަރޕާސަންގެ ނައިބު މާލީ ޢަލީ ނިޔާޒް

15 އެޕްރީލު 2018
14168
ޢަލީ ނިޔާޒް

ޢަލީ ނިޔާޒް

15 އެޕްރީލު 2018 | 17:09

އިލެކްޝަންސް މެންބަރުން އަދި ގޮޅިތަކަށް ފެތޭނެ

ނިޔާޒް: އިލެކްޝަންސް ކޮމިޝަނަށް ޤާނޫނުގައި އޮތް އެއްޗެއް ނޭނގެނީކީ ނޫން. އެމީހުންނަށް އެނގޭނެ. މިނޫން ދުވަހެއް އައްޔާ އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނާމެދު ދައުވާ ކުރެވޭނެ. ހާލަތު ބަދަލުވާނެ. ގޮޅިތަކަށް ފެތޭނެ.

15 އެޕްރީލު 2018 | 17:06

ޖޫރިމަނާކުރުން ނޫން ކަމެއް ނެތް ކޮށްދީފައެއް. 

ނިޔާޒް: 2015 ވަނަ އަހަރުން ފެށިގެން މިހާތަނަށް މާލޭގައި ޖަލްސާއެއް ބާއްވާކަށް ފުރުސަތެއް ނުލިބޭ. ޖޫރިމަނާކުރުން ނޫން ކަމެއް ނެތް ކޮށްދީފައެއް. މުޒާހަރާ ކުރުމަކީވެސް ދައުލަތް ޖަވާބު ދާރީކުރަން ކުރަން ޖެހޭ ކަމެއް. އެކަން ކުރީތީވެސް އެބައޮތް ޖޫރިމަނާކޮށްފައި

15 އެޕްރީލު 2018 | 17:04

ޕާޓީތަކުގެއެތެރޭގެ ކަންކަމާ ބެހޭކަށް ނުޖެހޭ

ނިޔާޒް: ފުށުއަރާ ކަންތައްތަކަކީ އެފަދަ ކަންތައްތަކެއް ނޫން. މިސާލަކަށް ކައުންސިލް ބައްދަލުވުން ނުވަތަ ޕްރައިމަރީ ބޭއްވުމަކީ އެފަދަ ކަންކަން. އެކަންކަމުގެ ތެރެއަށް އިލެކްޝަނުން ނުޖެހޭ ވަންނާކަށް. އެއީ ޕާޓީތަކުގެ އަމިއްލަ ކަންކަން

އަޅުގަނޑުމެންގެ އެތެރޭގެ އިންތިޚާބު ތަކަކީ ވާދަވެރިކަމާ ފޯރީގައި ކުރިއަށްދާ އެއްޗެއް. މޮނިޓަރ ކުރުމުގެ ފުރުސަތު އިލެކްޝަނަށްވެސް އޮންނާނެ .

15 އެޕްރީލު 2018 | 16:57

ފުވާދަކީ ހުރިހާ ޕާޓީއަކުން ގެނައި މީހެއް

ނިޔާޒް: ފުރަތަމަވެސް މި ބުނަނީ ތިމަންނަ ކަނޑައަޅާ މީހެކޭ އިންތިޚާބުގައި ވާދަކުރާނީ. ތިމަންނާއޭ ޕްރައިމަރީ ބާއްވާނީ . ޝަރީފަށްވުރެ 4 މެންބަރުން މާ ގޯސް. އެބޭފުޅުން މަޖިލިސް 12 މެންބަރުން ގޮނޑި ގެއްލުވާލީ. އަދިވެސް އެއުޅެނީ އެއްޗެއް ނުބުނެ.

ފުވާދު ތައުފީގަކީ ހުރިހާ ޕާޓީތަކުން މެންބަރުން ކަނޑައަޅައިގެން އެމަޤާމަށް ޕާޓީތަކުން ގެނައި މީހެއް. އެގޮތަކަށް ނޫން ޝަރީފް އެހުރީކީ

15 އެޕްރީލު 2018 | 16:52

ކޮންކަމެއްތޯ ރެގިއުލޭޓް ނުކުރެވިގެން މިއުޅެނީ

ނިޔާޒް: ކޮންކަމެއްތޯ ރެގިއުލޭޓް ނުކުރެވިގެން މިއުޅެނީ. އަޅުގަނޑުމެން މިދަނީ އަހަރުން އަހަރަށް ހުށަހަޅަން ޖެހޭ ރިޕޯޓް ހުށަހަޅަމުން. އިންޓަނޭޝަނަލް އޮޑިޓަރެއް ލައްވާ އޮޑިޓް ކޮށްފައި މިހުށަހަޅަނީ. ރާއްޖޭގެ ކުންފުނިތަކުންވެސް ދުވަހުން ކުރާ ކަންކަން ނުޖެހޭ ޓްރޭޑަށް އަންގާކަށް

15 އެޕްރީލު 2018 | 16:50

އެމްޑީޕީގެ ބެލެނިވެރިންނަކީ އެމްޑީޕީގެ ޢާއްމު މެންބަރުން 

ނިޔާޒް:އެމްޑީޕީގެ ބެލެނިވެރިއަކީ އިލެކްޝަނެއް ނޫން. އެމްޑީޕީގެ ބެލެނިވެރިންނަކީ އެމްޑީޕީގެ ޢާއްމު މެންބަރުން

15 އެޕްރީލު 2018 | 16:49

އެއުޅެނީ އިދިކޮޅު ޕާޓީތަކުންވެސް ނުކުންނަން ވާނީ ރައީސް ޔާމީން ކަނޑައަޅާ ބަޔަކަށް ހެދުމަށް

ނިޔާޒް:ރައީސް ޔާމީނަށް ޕީޕީއެްމ ލިބުނުގޮތް އެންމެ ރަނގަޅަށް އެނގޭނީ މިވަގުތު އިލެކްޝަންސް ކޮމިޝަންގެ ރައީސަށް. އެބޭފުޅުންގެ އަސާސީ ޤަވާއިދާވެސް ޚިލާފް. އެހެންވީމާ ޝަރީފްގެ އަމިއްލަ ތަޖްރިބާގައި އެއުޅުއްވަނީ ޕީޕީއެމް ރަނގަޅުކުރަން އެމްޑީޕީއާ ކުޅެން. ދެން އެބައޮތް ޕާޓީތަކުގެ ޤައުމީ މަޖިލީހުގެ ބައްދަލުވުންތައްވެސް ބަލަން. މިހާރުވެސް އެމްޑީޕީގެ ްައުމީ މަޖިލިސް ބާއްވަނީ ލައިވްކޮށްގެން. މިހާރު އެއުޅެނީ އިދިކޮޅު ޕާޓީތަކުންވެސް ނުކުންނަން ވާނީ ރައީސް ޔާމީން ކަނޑައަޅާ ބަޔަކަށް ހެދުމަށް.

15 އެޕްރީލު 2018 | 16:45

ހަމަ އަޅުވަފާނެ ކޮންމެފަދަ ގޮތަކަށްވެސް

ނިޔާޒް: ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމާ ބެހޭ މާއްދާއަކީ ސުވާލު ނުއުފެދޭ ގޮތަށް އޮންނަ މާއްދާއެއް. ފައިސާ ދޫކުރުމަށް އޮންނަނީ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި ނިންމަން ވާނެއޭ. ފުރަތަމަ 3 މަސް ދުވަހެއް ނާންނާނެ މާޗްގެ ފަސްވީމައެއް. މީ ދެން ވަރަށް ބޮޑު މައްސަލައެއް. ބޮޑެތި ގުނަން ޖެހޭ ބަޔަކު މިގޮތައް ގުނަން އުޅުނީމާ އިތުބާރު ނުކުރެވެނީ. ހަމަ އަޅުވަފާނެ ކޮންމެފަދަ ގޮތަކަށްވެސް

15 އެޕްރީލު 2018 | 16:42

މިއޮތް ހާލަތައް ވައްޓާލީ އިލެކްޝަންސް ކޮމިޝަނުން

ނިޔާޒް: މިއަދު މިއޮތް ހާލަތައް ވައްޓާލީ އިލެކްޝަންސް ކޮމިޝަން. އެއީ މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ގެއްލުވާލުން. އަދި އެއަށްފަހު ދެން ކުރަން ޖެހޭ ކަންކަން ނުކުރީތީ. ގޮނޑި ގެއްލުނިއްޔާ އިންތިޚާބު ބާއްވަން ޖެހޭނެ. އެކަން ނުކޮށް ޤައުމު މިހާލަތައް ވައްޓާލީ އެ 5 މެންބަރުން.

15 އެޕްރީލު 2018 | 16:40

އެމްޑީޕީއަކީ އިލެކްޝަންސް ކޮމިޝަން އުފެއްދުމުގެ ކުރިންވެސް އޮތް ޕާޓީއެއް

ނިޔާޒް: އެމްޑީޕީއަކީ މިހާރުގެ އިލެކްޝަންސް ކޮމިޝަން އުފެދުމުގެ ކުރިންވެސް އިސްލާހީ މަސައްކަތް ކުރުމަށް އުފައްދާފައިވާ ޕާޓީއެއް. މިހާރު އަޅުގަނޑުމެންނަށް ގޮތްގޮތް ހަދަން ތިޔަ އުޅޭ ސަބަބު ވަރަށް ރަނގަޅަށް އެނގޭ. އެކަމެއް ވިޔަކަ ނުދޭނަން. އިންތިޚާބުގެ ކުރިން އީސީ މިނިވަން ކުރާނަން.