Raajje.mv

ފަަލަސުރުހީ

ފަލަސުރުހީ

14 އެޕްރީލު 2018
14060
އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް

14 އެޕްރީލު 2018 | 17:08

ބައެއްގެ އަޅުވެތިކަމުގައި ތިބުން

ބައެއްގެ އަޅުވެތިކަމުގައި ރައްޔިތުންނަށް ގައްދާރު ނުވެ އިސްތިއުފާ ދިނުމަކީވެސް އޮންނަ ކަމެއް. މި ޤައުމު އަބަދު ވައްކަމުގެ ޖާޑިގަނޑުގެ ތެރޭގައި ނޯންނާނެ. އެގޮތަށް މަޤާމުން އިސްތިއުފާ ދެއްވާ ފަރާތްތައް ރައްޔިތުން ބަލައިވެސް ގަންނާނެ.

14 އެޕްރީލު 2018 | 16:57

ރައީސް ޔާމީން

ރައީސް ޔާމީން އެ ހުންނެވީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފޫގަޅާފައި. ބޯމަތީގައި މިލިއަން ބިލިއަނުން ކޮރަޕްޝަން އެބައޮތް އެމަނިކުފާނުގެ މައްޗަށް. ކުރީގެ ފެނަކަ އެމްޑީ ޝަރީފު ގެންގޮސް އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަޤާމަށް އައްޔަނުކުރުމުން ދެން ކަންތައް ވާނެ ގޮތް ވިސްނާ. ކިހާ މިނިވަން ވާނެތޯ އިންތިހާބު؟

14 އެޕްރީލު 2018 | 16:55

ހިއުމަން ރައިޓްސް ކޮމިޝަން

ގާނޫނީ ވަކީލުންވެސް ނޫސްވެރިންގެ ބައްދަލުވުން ބާއްވާ ގޮތަށް ހިއުމަން ރައިޓްސް ކޮމިޝަނުންވެސް ނޫސްވެރިންގެ ބައްދަލުވުން ބާއްވަން ޖެހޭ. އެ މުއައްސަސާގެ މަސައްކަތް ހިނގާ ގޮތް ރައްޔިތުންނަށް ހާމަ ކޮށްދޭން ޖެހޭނެ. އެބޭފުޅުންނަކީ ހުއްދަ އަަކާއި ނުލާ ޖަލުތަކަށް ޒިޔާރަތް ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތައް.

14 އެޕްރީލު 2018 | 16:51

މިނިވަން މުއައްސަސާތައް

ރައްޔިތުން މަޖިލީހުގެ ރައީސް ކުރާހާ ކަމަކީ އެތަނުގައި ތިބޭ މެމްބަރުންނަށް ހުރަސް އެޅުން. މިނިވަން މުއައްސަސާތައް ރައީސް ޔާމީންއަށް އަޅުވެތިވެފައިވާ މަންޒަރު ފެނިގެންދަނީ

14 އެޕްރީލު 2018 | 16:49

ފަލަސުރުހީ

މިރޭގެ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަންނަވަނީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް