ނަޒީރު: ދީނަށް ފުރައްސާރަ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. އެކަން ސަރުކާރުން ހުއްޓުވަން ޖެހޭނެ. ދީނަށް ފުރައްސާރަ ކުރުން ހުއްޓުވުމަށްޓަކައި އަޅަން ޖެހޭނެ ފިޔަވަޅުތައް އޮންނަން ޖެހޭނެ. އެކަމަކު ޤާނޫނެއްގެ ބާރު ދައްކައިގެން އެކަމެއް ނުކުރެވޭނެ. އެކަން އެގޮތައް ކުރި ޤައުމުތަކުގައި ދެރަގޮތްތައް އެބަހުރި. އަދާލަތު ޕާޓީން ބޭނުންވާ ގޮތަކީ ތަރުބިއްޔަތުގެ ދަށުން ދީނަށް ލޯބި ޖެއްސުން. އިސްލާމްދީނޭ ކިޔާފައި އަނިޔާ ދެއްކީމާ ލޯތްބެއް ނުޖެހޭނެ. ހުރިހާ އެންމެންވެސް ދައްކަންވީ ރަނގަޅު މިސާލު. އެހެން ނޫނީ އެކަމެއް ނުވާނެ. ދީން ހިމާޔަތް ކުރުމުގެ ބަދަލުގައި ކޮމެތީތަކުންވެސް މަޑުން އޮވެފައި ހަމަ ސިޔާސީ ގޮތުން ކަންކަން ނިންމަަނީ. އަނެއްކާވެސް ފަހަށް ޖެހެނީ. ސަރުކާރުން އިސްލާމް ދީނާ ދެކޮޅު ހިނގީމާ އެވާހަކަވެސް ދެކެވެން ވާނެ. ވަކި ސަރުކާރެއްގައެއް ނޫން އެވާހަކަ ދެކެވެން ޖެހޭނީ
ނަޒީރު: އާ ގާނޫން އަސާސީން ދައުލަތް ހިންގުމަށް އިންގިލާބީ ބަދަލެއް ގެނެވުނު. އެބަދަލު ނުގެނެވުނީ ޝަރުއީ ދާއިރާއަށް. އެކަން ކުރުމަށް މިހާރު އޮތް ހުރަހަކީ ޢަބްދުﷲ ޔާމީން. އެހެންވެ އެވެރިކަން ބަދަލު ކުރަން ޖެހޭ. 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން އެކުރީ އެކަންކަން ހިނގާކަމާ ރަނގަޅު ކުރަން ޖެހޭ ކަން ހާމަކޮށްދިން ހުކުމެއް. އެކަމަކު ޔާމީނާ ހެދި އެކަން އިސްލާހް ނުކުރެވުނީ
ނަޒީރު ވިދާޅުވީ ޖަލަށް ލުމަކީ އޭނާގެ އަސާސީ ހައްޤުތަކަކީ ހިފެހެއްޓޭނެ ހައްޤު ތަކެއް ނޫން. އެއީ ލިބެން ޖެހޭނެ ހައްގެއްކަން ޤާނޫން އަސާސީގައި އެބައޮތް. އާއިލާތަކުން އެބަހުރި ފެން ފޯރުކޮށްދޭން ބޭނުންވާ. އެހެންވީމާ އެއީކީ ދައުލަތުން ހިނގާނެ ހަރަދެއް ނޫން. އެހައްޤު ނުދޭން ހަރަދު ދަނީ
ނަޒީރު: ކަރެކްޝަނުން އިދިކޮޅު ފަރާތްތަކާ ބައްދަލު ނުކުރުމަކީ މިއަދު އެކަން ހަޤީގަތެއްކަން ހާމަވި ކަމެއް. ޖަލުގައި އަނިޔާ ކުރާ ވާހަކަ މީހުން ދައްކާ. ޖަލުގޮޅީގައި އެކަންޏެއް ނޫން. ފުލުހުންގެ ތަހުގީގުގައިވެސް ބަންދުކޮށްފައި ބަހައްޓާފައި ހުރުމުގައިވެސް، ދައުވާ ކުރުމުގައިވެސް ހޯމް މިނިސްތްރީން ޢަމަލް ކުރާ ގޮތުގައިވެސް އަނިޔާ އެބަލިބޭ.
ނަޒީރު: ޒަމާނުންސުރެ ރާއްޖޭގެ ތާރީޚުގައި ޖަލުތަކުގައި އަނިޔާކުރުން އޮތް. އެކަމަކު އެކަންކަން ބަދަލުކޮށް އިންގިލާބެއް ގެނެވުނު. އަނިޔާ ކުރުމުގެ ސަޤާފަތް އާ ޤާނޫން އަސާސީއާއެކު ގެނެވުނު. އެކަމަކު އަބްދުﷲ ޔާމީންގެ ވެރިކަމުގައި މިވަނީ އަނިޔާކުރުމުގެ ސަގާފަތް އިއާދަވެފައި. އަނިޔާއެއް ނުހައްގުން ޖަލަށް ލުން. ޖަލަށް ލާން ޖެހިގެން ޖަލަށް ލާންޖެހޭ މީހާއަށްވެސް ލިބެންޖެހޭ އަސާސީ ހައްގުތައް ލިބެން ޖެހޭނެ. އެއީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް. ފާރިސް މައުމޫން ޖަލުގައި ހުއްޓާ ނެރެ ތަޅާ އަނިޔާކުރީ. މިހާރު އެއަނިޔާ ކުރުމުގެ ސަގާފަތް މިވަނީ އަނބުރާ އިއާދަވެފައި. އެކަމަކު މިކަން ހުއްޓުވާނަން ދާދި އަވަހަށް. ތާއަބަދު އެކަން ކުރަމުންނެއް ވެރިކަމަކު ބަގުޑި ބައްދައިގެން ނުހުރެވޭނެ
ނަޒީރު: މިހާރު ރާއްޖެއަށް ދިމާވެފައިވާ އެނމެ ބޮޑު މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގައި ތަޅުއަޅުވާފައި އޮތުމާއި ޖުޑިޝަރީ ހިސޯރުކޮށްފައި އޮތުން. އެޗްއާރސީއެމުން އެބުނަނީ ރަނގަޅު ވާހަކައެއް. އިންސާނީ ހައްޤުތައް ގެއްލިފައިވާ ވާހަކަ ދައްކާ ކޮންމެ ފަހަރަކު އެވާހަކަތައް ހިއްސާ ކުރަން ޖެހޭ. އުފާ ކުރަން އެޗްއާރްސީއެމަށް އެވަރުވެސް ބުނަން ކެރުނީމާ