ފަލަސުރުހީ: ސިޔާސީ ޕާޓީތަކާއެކު އިލެކްޝަންސް ކޮމިޝަނުން ކުރިއަށްގެންދިއުމަށް ބޭނުންވި މަޝްވަރާތައް

  • ޖަލުގައި އެކި ގޮތްގޮތަށް އަންނަނީ އަނިޔާދެމުން: އަލީ ޒާހިރު
  • މި ދަރަނިތައް ދަރިންގެ ދަރިންނާއި ހަމައަށް ދާނެ: އަލީ ޒާހިރު
  • ކޮންމެ ވާހަކައެއް ދައްކާއިރުވެސް ދައްކަވަނީ ރައީސް ނަޝީދުގެ ވާހަކަ: އަލީ ޒާހިރު
 
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ޖަލުގައި އެކި ގޮތްގޮތަށް އަންނަނީ އަނިޔާދެމުން: އަލީ ޒާހިރު

ޖަލުތަކުގައި އެތަށް ބަޔަކަށް އަންނަނީ އަނިޔާތައް ދެމުން. އެތަށް ބަޔަކު ޖަލަށްލާފައިވާއިރު، އެ މީހުންނަށް ލިބެންޖެހޭ ބޭސްފަރުވާއެއް ނުލިބޭ. ޝެއިހު އިމްރާނަށް ލިބެންޖެހޭ ބޭސްފަރުވަވެސް އެންމެ އެކަށީގެންވާގޮތަކަށް ނުލިބޭ. ސިޔާސީ އެންމެން ހައްޔަރުކޮށް، އަނިޔާދެމުންގެންދަނީ ރައީސް ޔާމީނާއި ހިޔާލު ތަފާތުވުމުން. 

10 އޭޕްރިލް 2018 | އަންގާރަ 22:16
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
މި ދަރަނިތައް ދަރިންގެ ދަރިންނާއި ހަމައަށް ދާނެ: އަލީ ޒާހިރު

މި ސަރުކާރުން ތަރައްޤީގެ ނަމުގައި ކުރިއަށްގެންދަ ޕްރޮޖެކްޓުތަކުންނާއި، އަދި އެކަންކަން ކުރުމަށް ނަގާ ބޮޑެތި ލޯނުތަކުގެ ސަބަބުން ދަރިންގެ ދަރީންގެ ބޮލުގައި ބޮޑެތި ދަރަނިތައް އެޅިގެންދާނެ. ތަރައްޤީގެ ޕްރޮޖެކްޓުތައް ހިންގަން ވާނީ ހުރިހާ ރައްޔިތުންގެ ޝާމިލްވުމާއެކުގައި.

 

10 އޭޕްރިލް 2018 | އަންގާރަ 21:56
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ކޮންމެ ވާހަކައެއް ދައްކާއިރުވެސް ދައްކަވަނީ ރައީސް ނަޝީދުގެ ވާހަކަ: އަލީ ޒާހިރު

މި ސަރުކާރުން ސިޔާސީ ގޮތުން ދައްކާނެ އެއްވެސް ވާހަކައެއް އޮތްތަނެއް ނުފެނޭ. ކޮންމެ ބަހަކާއި އެކުގައި ވިދާޅުވަނީ ރައީސް ނަޝީދު ރައީސް ނަޝީދު. ނަމަވެސް ރައީސް ނަޝީދުގެ ވެރިކަން ބަދަލުވިތާ އެތަށް އަހަރުތަކެއްވެއްޖެ. ނަމަވެސް އެ ބޭފުޅުންނަށް ރައީސް ނަޝީދު ނުންއެއްޗެއް ވިދާޅުވާކަން ނޭނގޭ. 

10 އޭޕްރިލް 2018 | އަންގާރަ 21:50
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ފަތުވާ ކޮމެޓީއަކީ ޕީޕީއެމްގެ ސިޔާސީ ގޮތްޕެއްގެ ގޮތުގައިވެސް ފެނޭ: އަލީ ޒާހިރު

ފަތުވާ ކޮމެޓީއަކީ މިނިވަންކަމާއެކު ދީނީ ކަންކަމުގައި މަސައްކަތްކުރާ ކޮމެޓީއެއްގެ ގޮތުގައި ނުފެނޭ. ދުވަސްކޮޅަކުން ޕީޕީއެމްގެ ދިދަ ހިފައިގެންވެސް އެ ކޮމެޓީގެ ބޭފުޅުން ކެމްޕޭން ކުރައްވާތަން ފެނިގެން ހިނގައިދާނެ. މިހާރުވެސް އެ ކުރައްވަނީ ހަމަ ކެމްޕޭންކަންކަން އެހެން ނޫންތޯ. 

10 އޭޕްރިލް 2018 | އަންގާރަ 21:46
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ފަލަސުރުހީގައި އަލީ ޒާހިރު ބައިވެރިވެވަޑައިގެން

 

10 އޭޕްރިލް 2018 | އަންގާރަ 21:41
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ހައްޤުގެ މަގަށް މަސައްކަތްކުރާ މީހާއަށް ހުރަސްތައް ކުރިމަތިވާނެ: ޒާހިރު

ހައްޤުގެ މަގުގައި މަސައްކަތްކުރާ މީހާއަށް އަބަދުވެސް ހުރަސްތައް ކުރިމަތިވާނެ. އަޅުގަނޑުމެން މިކުރާ މަސައްކަތް މި ކުރަނީ އެކަން އެނގިގެން. އަޅުގަނޑުމެން ހައްޔަރުކޮށްފާނެތީ އެއްވެސް ބިރެއް ނުގަނޭ. މި ފެންނަނީ އަނިޔާވެރި ވެރިކަމެއްގައި ކަންކަން ފެނިގެންދާނެގޮތުގެ މަންޒަރު. ބާތިލްގެ މައްޗަށް ހައްޤު އަބަދުވެސް ކުރި ހޯދާނެ. 

10 އޭޕްރިލް 2018 | އަންގާރަ 21:37
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
މަޝްވަރާތަކުގައި ބައިވެރިނުވާނެކަން ޕާޓީތަކުން ވަނީ ހާމަކޮށްފައި

އިދިކޮޅު ޕާޓީތަކުގެ ފަރާތުން ވާހަކަ ދެއްކެވި ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ސަމީރު މިއަދު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަކީ ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމްގެ މަސްލަހަތު އެކަނި ހިމާޔަތް ކުރާ މުއައްސަސާއެއް ކަމަށެވެ. އެ ކޮމިޝަނަށް ދާދި ފަހުން، މެމްބަރަކު އައްޔަން ކޮށްފައި ވަނީ ވެސް ގާނޫނުއަސާސީއާ ޚިލާފަށް، ރައްޔިތުންގެ މަޖިލީސް ހުއްޓުވާލައި، ގަދަބާރުން ކަމަށް އޭނާ ވިދާޅުވި އެވެ.

10 އޭޕްރިލް 2018 | އަންގާރަ 21:32