ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އިހަވަންދޫގައި ބާއްވާ ޖަލްސާ
ޖަލްސާގެ އިތުރުން، އެމްޑީޕީގެ އައު ހަރުގެ ވެސް ހުޅުވުމަށް ވަނީ ހަމަޖެހިފައި

އެމްޑީޕީން އަލަށް ހަދާފައިވާ ހަރުގެ
އަޅުގަނޑުމެންގެ ސްޕީޑަށް ބަދަލެއް ނާދޭ: އެމްޕީ އަބުޅޯ
އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި އަޅުގަނޑުމެން ބާރަށް ކުރިއަށްދާނަން. އަޅުގަނޑުމެންގެ ސްޕީޑަށް އެއްވެސް ބަދަލެއް ނާދޭ. އަޅުގަނޑުމެން ބާރު ސްޕީޑެއްގައި ކުރިއަށްގޮސް ޔާމީން ހުއްޓުވާނަށް. އަޅުގަނޑުމެންގެ ލީޑަރުން އަޅުގަނޑުމެންނަށް ބުނެދެނީ ރައީސް ޔާމީންގެ ސަރުކާރު ކުޑަކަކޫ ޖައްސާނެ ގޮތް. އަޅުގަނޑުމެން އެކަން އެގޮތަށް ކުރާނަން. މި ހަތަރު ލީޑަރު މި މަސައްކަތެއް ނުހުއްޓާނެ. އެކަން ކަށަވަރުކޮށް އަޅުގަނޑަށް ބުނަން އެނގޭ.
ޤައުމުގައި ހިންގާ އެންމެ ބޮޑު ކޮރަޕްޝަންގައި އިސްލާމިކް މިނިސްޓްރީ ބައިވެރިވާތީ ލަދުގަނޭ: އެމްޕީ އަބުޅޯ
އިސްލާމިކް މިނިސްޓަރު ލަދުގަންނަންޖެހޭނެ މިހާރު. އިސްލާމިކް މިނިސްޓަރު އިސްކޮށް ހުންނަވާ އެންމެ ބޮޑެތި ކޮރަޕްޝަންތަކުގައި އިސްލާމިކް މިނިސްޓްރީން ބައިވެރިވެފައިވޭ. އެކަމަށް އިސްލާމިކް މިނިސްޓަރު ޖަވާބުދާރީވުމަށް ޖެހިވަޑައިގަންނަވާނެ. އެދުވަސް ވަރަސް އަވަހަށް އަންނާނެ. ޒިޔާދު ބާޤިރު ޖަވާބުދާރީކުރުވާނަން އަޅުގަނޑުމެން.
ޖަލްސާގައި އަދިވެސް ގިނަ އަދަދެއްގެ އާންމު ރައްޔިތުން އަންނަނީ ބައިވެރިވަމުން
ދެރަވާކަށް ނުޖެހޭ، މާޔޫސް ވާކަށް ނުޖެހޭ: އަލީ ހުސެއިން
ރަސްކަލަކާއި، ރައީސަކާއި، ފަނިފަކުސާއަކާއި އެއްވެސް ތަފާތެއް ނެތް. ވަގުތު ޖެހުނީމައިޖެހޭނީ ވެއްޓެން. މި ސަރުކާރުގެ ވަގުތު ޖެހުމާއެކު ވެއްޓޭނެ. އަޅުގަނޑުމެން އެކަން ކުރާނަން. ނަންމާލުމުގެ ކުރިން އަދި އެއްކަމެއް ފާހަގަކޮށްލަން.
ޤާނޫނު އަސާސީގެ އިމުގެ ތެރެއިން 24 ގަޑިއިރުގެ ތެރެއިން 24 ގަޑއިރުގެ ތެރެއިން ބަދަލުކުރަން ރައްޔިތުން ބޭނުންވެއްޖެކަމަށްާނަމަ އެކަން ކުރެވޭގޮތަށް އޮތީ. އަޅުގަނޑުމެން ޤާނޫނުގައި ބުނެފައިވާގޮތުގެ މަތީން މި ވެރިކަން ބަދަލުކުރާނަން. ބަދަލުކުރުމަށްފަހު ރައްޔިތުންނަށް ރައްޔިތުން ބޭނުންވާ ހެޔޮ ވެރިކަން ޤާއިމްކޮށްދޭނަން.
ތިޔަ ކުރައްވާ ކަންތައް ރައްޔިތުންނަށް އނެގޭ، ނުލިބޭނެ ވޯޓެއް: މުހައްމަދު އަބްދުﷲ
ތިޔަ ކުރައްވާ ކަންކަން ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގޭ. ކޮންމެ އެއްޗެއްގެ އަގު ދަށްކުރިނަމަވެސް ރައްޔިތުންގެ ވޯޓެއް ދެނެއް ނުލިބޭނެ. އެއް ދުވަހު އިކޮނޮމިކް މިނިސްޓަރު ސައިދު، ކާޑުގެ ބާވަތްތަކުގެ އަގު ބޮޑުކޮށްލީ. މިހާރު ރައީސް ޔާމީންގެ ހެޔޮފުޅުކަމުން އެ އަގު ތިރިކުރެއްވީ. ދެން ބުނީ ފެނެކައިން ކަރަންޓުގެ އަގު ބޮޑުކުރީ، ރައީސް ޔާމީނެއް ނޫން، ފެނަކައިން އިނގޭތޯ. ދެން ރައީސް ޔާމީންގެ ހެޔޮފުޅުކަމުން ކަރަންޓުގެ އަގު ހެޔޮކުރީ. ބުނަންތޯ ރައްޔިތުންނަށް އެނގޭ މި ކުރައްވާ ކަންތައްތައް. ރައްޔިތުންގެ ވޯޓެއް ކިތައްމެ މަސައްކަތެއް ކުރިނަމަވެސް ނުލިބޭނެ.
އަދާވަތްތެރިވެގެން، އަނިޔާވެރިވެގެން ގޮސް ރައީސް ޔާމީން ނުކުރައްވާކަމެއް ނެތް: މުހައްމަދު އަބްދުﷲ
އަދާވަތްތެރިވެގެންގޮސް، އަދި އަނިޔާވެރިވެގެން ގޮސް ޔާންޓޭ ނުކުރައްވާ ކަމެއް ނެތް. ވައްކަން ކުރައްވަމުންގޮސް މޭޖު މަތީގައި އޮތް ބަރުވެސް ގެންދާ ހިސާބުގައި ޔާންޓޭ ހުންނެވީ. ކޮންމެ ކަމެއްވެސް ޔާންޓޭ ކުރައްވަނީ ވައްކަން ކުރައްވައިގެން.
ޤާނޫނީ އިމުގެ ތެރެއިން ޔާންޓޭގެ ވެރިކަމަށް ނިމުމަކަށް ގެނައުމަށް އަޅުގަނޑުމެން މަސައްކަތް ކުރިން. އަޅުގަނޑުމެން އެ މަސައްކަތް ފެށި ހިސާބުން ޔާންޓޭ ކަންކަން ކުރެއްވި ގޮްތ ފެނިވަޑައިގަންނަވާނެ.
ބާކީ ތިބި ތިން މެމްބަރުންނަށްވާނެ ގޮތް ވެސް އަދި ފެނިގެންދާނެ. އަޅުގަނޑު ބުނާނީ ހަމަ ޖަލަށޭ ދާންޖެހޭނީ. ޖަލު ނޫންތަނެއް އެ ތިން ފަނޑިޔާރުންނަށް އޮތް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. މުޅި ޤައުމު ޖަލަށް ލައިގެން ވެރިކަން ދެމެހެއްޓުމަށް ރައީސް ޔާމީން މަސައްކަތް ކުރައްވަނީ. ނަމަވެސް އެކަމެއް އެމަނިކުފާނަކަށް ނުކުރެއްވޭނެ. ކޮންމެ ކަމެއް ކޮސޤގެންވެސް ދެން ވެރިކަމެއް ނުހިފޭއްޓޭނެ.
އިންތިހާބަަށް ދިޔުމުގެ ކުރިން އަބްދުﷲ ޔާމީން ހުއްޓުވާނަން: އަލީ ޒާހިރު
މި ދައްކަނީ ތޯތޯ ވާހަކައެއް ނޫން. ކުރޮއަށް އޮތް އިންތިހާބަށް އަޅުގަނޑުމެންދާނީ އަބްދުﷲ ޔާމީން ހުއްޓުވާަފއި. އަޅުގަނޑު ތިޔަ ހުރިހާ ރައްޔިތުންނަށް މި ޔަޤީކަންދެނީ އަޅުގަނޑުމެންގެ މަސައްކަތް ހުއްޓުވާނީ އަބްދުﷲ ޔާމީން ހުއްޓުވައިފައިކަން. އިންތިހާބަކަދާނީ ޔާމީން ހުއްޓުވާފައި.
ރައީސް އަބްދުﷲ ޔާމީން ހިންގަވަނީ އިސްލާމް ދިނާއި ދެކޮޅު ޖަރީމާއެއް: އަބްދުﷲ ޝާހިދު
ހއ. އަތޮޅު އެންމެ ބޮޑު އާބާދީއަކީ ހއ. ދިއްދޫ. ދިއްދޫ ދާއިރާގެ މެމްބަރު ކަނޑާލާފައި، ދިއްދޫ ކައުނސިލް ކަނޑާލާފައި. ތިން ވަަނައަށް އެންމެ ބޮޑު އާބާދީއެއް އޮތީ ހއ. އިހަވަންދޫގައި. ނަމަވެސް މިރަށުގެ ހާލަތުވެސް އެތީ އެގޮތަށް. ހިތްވަރުގަދަ މެމްބަރުން އެ ހުންނެވީ ކަނޑާލާފައި، ކައުންސިލް އެ ވަނީ ކަނޑާލާފައި. ރައްޔިތުންގެ ބާރެއް އޮވެއްޖެނަމަ އެ އެއްޗެއް ކަނޑާލާ. މިގޮތަށް މާ ގިނަ ދުވަހަކު ނުހިފޭއްޓޭނެ.
ޓެރަރިޒަމްގެ ތުހުމަތުކުރާ އެއްވެސް ބޭފުޅަކާއި ދެކޮޅަށް އެއްވެސް ހެއްކެއް ނެތް: ނާދިރާ
ރައީސް މައުމޫންގެ މައްޗަށް ކުރާ ތުހުމަތުތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް މައުމޫން ފެކްޝަންގެ ނައިބް ރައީސާ އާމިނަތު ނާދިރާ ވިދާޅުވީ ކޮންމެ ބޭފުޅެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރާއިރު އެއްވެސް ހެއްކެއް އެބޭފުޅުންނާއި ދެކޮޅަށް ނެތް ކަމަށެވެ. އަދި ރައީސް މައުމޫންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ސާބިތުނުކުރެވޭކަމަށް ނާދިރާ ވިދާޅުވި އެވެ.
މި ހުޅުވި ޖަގަހައަކީ މި ސަރުކާރު ބަދަލުކުރުމުގެ މަސައްކަތްކުރާނެ ޖަގަހަ: އަހުމަދު އަބްދުﷲ
އިހަވަންދޫގައި ހުޅުވި އައު ޖަގަހަ ވެގެންދާނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ވައްޓާލުމުގެ މަސައްކަތް ކުރާނެ ޖަގަހަ ކަމަށާއި، މި ޖަގައިން ކުރާ މަސައްކަތާއެކު މި ސަރުކާރު ބަދަލުކުރައްވާނެކަމަށް އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބް އަހުމަދު އަބްދުﷲ ވިދާޅުވި އެވެ. މި ސަރުކާރު ބަދަލުކުރުމަށްފަހު ނޫނީ މަސައްކަތް ހުއްޓާ ނުލައްވާނެކަމަށާއި، ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ޤާއިމްކޮށްދެއްވާނެކަމަށް އަހުމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއަދު ކެފޭއަކަށް އެރި ނަމަވެސް އިވެނީ ސަރުކަރުގެ ވައްކަމުގެ ވާހަކަދައްކާ އަޑުކަމަށެވެ. އަދި ސަރުކާރުން ކުރާ ކަންތައް މިއަދު އެންމެންނަށްވެސް ވަރަސް ސާފުކަމަށް އަހުމަދު ވިދާޅުވި އެވެ. އަދި މި ސަރުކާރުން ކުރަމުންގެންދާ ވައްކަންތައްވެސް ހުއްޓުވާނެކަމަށް އަހުމަދު ވިދާޅުވި އެވެ.
ސަރުކާރު ބަދަލުކުރާނެ ގޮތާއި ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން އަހުމަދު އަބްދުﷲ ވިދާޅުވީ ވެރިަކން ބަދަލުކުރާނީ ޤާނޫނު އަސާސީގައި ބުނެފައިވާގޮތުގެ މަތިން ކަމަށެވެ. އަދި ޤާނޫނު އަސާސީގައި ވެރިކަން ބަދަލުކުރެވޭނެ ގޮތް ބަޔާންކޮށްފައިވާކަމަށާއި، އެ މަގުން ގޮސް، އަނިޔާވެރި ވެރިކަމަށް ނިމުން ގެންނާނެ ކަމަށް އަހުމަދު އަބްދުﷲ ވިދާޅުވި އެވެ.
މިހާރުން މިހާރަށްވެސް ކައުންސިލް އިދާރާއަށް ވަންނަން ބޭނުން: ކައުންސިލްގެ ރައީސް
މިހާރުން މިހާރަށްވެސް ކައުންސިލްގެ އިދާރާއަށް ވަދެވަޑައިގެން މަސައްކަތް ފައްޓަވަން ބޭނުންކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ. ނަމަވެސް ކައުންސިލްގެ އިދާރާއަށް ވަމުމާއެކު ފުލުހުން ވަދެ، ހައްޔަރުކުރާނެކަމަށާއި، އެޔަށްފަހު ބޮޑު ދައުވާއެއް ކުރުމަކީ އެކަށީގެންވާކަމެއް ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ. އެހެންކަމުން ރައްޔިތުންނަށް ހިދުމަތް ކުރުމަށް މިވަގުތު އެހެން ގޮތްގޮތުން މަސައްކަތް ކުރައްވަމުންގެންދަވާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ. އޭނާ ވަނީ ރައީސް އަބްދުﷲ ޔާމީން މިހާތަނަށް އިހަވަންދުއަށް ވަޑައިގެންފައިނުވާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަދި ވިދާޅުވީ ދެން ރައީސް އަބްދުﷲ ޔާމީން އިހަވަންދުއަށް ވަޑައިނުގެންނެވުން އެދޭކަމަށެވެ.
އެމްޑީޕީ ހަރުގޭގައި ދެންވެސް ބަލާނީ ރާއްޖެޓީވީ: ކައުންސިލްގެ ރައީސް
ޖަލްސާގައި ވާހަކަދައްކަވަމުން ކައުންސިލްގެ ރައީސް ވިދާޅުވީ ބަނދަރުމަތީގައި ހުރި އެމްޑީޕީގެ ޖަގަހަ ރޫޅާލި މައިގަނޑު ސަބަބަކީ ރާއްޖެޓީވީ އެ ޖަގައިގައި ބަލަމުންގެންދިއުން ކަމަށެވެ. ނަމަވެސް ރާއްޖެޓީވީ ބެލުން ހުއްޓާނުލާނެކަމަށާއި، އައު ޖަގައިގައި ރާއްޖެޓީވީ ނޫން އެހެން ޗެނަލްއެއް ނުބަލާނެކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
އެމްޑީޕީގެ އައު ޖަގަހަ ހުޅުވައިފި، ހުޅުވައިދެއްވީ އިބޫ
އިހަވަންދޫގެ ބަނދަރުމަތީގައި ހަދާފައިވާ އައު ހަރުގެ އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް ހުޅުއްވައިދެއްވައިފި އެވެ. އަދި އެޔަށްފަހު ހަރުގޭގައި އެމްޑީޕީގެ ދިދަ ނެންގެވީ އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބް މާލީ އަހުމަދު އަބްދުﷲ އެވެ. އެޔަށްފަހު ހަރުގޭގައި ރާއްޖެޓީވީ ބެލުމަށް، ހާއްސަ ބެނާއެއް ވަނީ ކައްސަވާލައްވާފަ އެވެ.
ގުރުއާނުގެ ބަރަކާތުން ޖަލްސާ ފެށިއްޖެ
ގުރުއާނުގެ ބަރަކާތުން ޖަލްސާ ފެށިއްޖެ އެވެ. ޖަލްސާ ފަށާފައިވާއިރު، ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ޖަލްސާގައި ބައިވެރިވެރިވަމުންނެވެ. އަދި ކައިރި ބައެއް ރަށްރަށުގެ ކައުންސިލްގެ ބައެއް މެމްބަރުންވެސް އަންނަނީ ޖަލްސާގައި ބައިވެރިވަމުންނެވެ. ޖަލްސާ ކުރިއަށްގެންދަނީ ބަނދަރު މައްޗަށްވާގޮތަށް ހުންނަ އެމްޑީޕީގެ އައު ހަރުގެ (އެމްޑީޕިގެ ހަަތަރުވަނަ ހަރުގެ) ކުރިމަތީގަ އެވެ.
ޖަލްސާގެ އެޖްނޑާ
އެންމެ ފުރަތަމަ ވާހަކެއްކެވުމަށް ހަމަޖެިފައިވަނީ އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު އެވެ. އެޔަށްފަހު އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު އިހަވަންދޫ އައު ޖަގަހަ ހުޅުއްވައިދެއްވުމަށް ހަމަޖެހިފައިވާއިރު އެވެ. ޖަގަހަ ހުޅުވުމަށްފަހު ވާހަކަދެއްކެވުމަށް ހަމަޖެހިފައިވަނީ ޗެއާރޕާސަންގެ ނައިބް މާލީ، އަހުމަދު އަބްދުﷲ އެވެ. އަހުމަދު އަބްދުﷲ އަކީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު އެވެ. އެޔަށްފަހު އެމްޑީޕީ އިހަވަންދޫ ދާއިރާގެ ނައިބް ރައީސް ވާހަކަދެއްކެވުމަށް ހަމަޖެހިފައިވާއިރު، ދެން ވާހަކަދެއްކެވުމަށް ހަމަޖެހިފައިވަނީ ޕީޕީއެމްގެ ނައިބް ރައީސާ އައިމިނަތު ނާދިރާ އެވެ.
ޖަލްސާ ފެށުމަށްފަހު އެންމެ ފުރަތަ އައިޓަމްއަކަށް އޮތީ، އެމްޑީޕީގެ އައު ހަރުގެ ހުޅުވުން
އެމްޑީޕީގެ އައު ހަރުގެ ހުޅުވައިދެއްވުމަށް ހަމަޖެހިފައިވަނީ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް އެވެ. އެޔަށްފަހު ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވާހަކަދެއްކެވުމަށް ވަނީ ހަމަޖެހިފަ އެވެ.