Raajje.mv

ފަލަސުރުޚީ އޭޖި އޮފީހުގެ ދައުރު

އޭޖީ އޮފީހުގެ ކުރީގެ ވަކީލު މަރިޔަމް ޝުނާނާ

05 އެޕްރީލު 2018
15737
އޭޖީ އޮފީހުގެ ކުރީގެ ވަކީލު މަރިޔަމް ޝުނާނާ

އޭޖީ އޮފީހުގެ ކުރީގެ ވަކީލު މަރިޔަމް ޝުނާނާ

05 އެޕްރީލު 2018 | 17:14

ހައްގުތައް ގެއްލޭއިރު، އޭޖި ހިމޭނުން ހުންނަނީ ކީއްވެބާ

ރައްޔިތުންގެ ހައްގުތައް ގެއްލޭއިރު، އޭޖި ހިމޭނުން ހުންނަނީ ކީއްވެބާއޭ ހިތަށް އަރާ، ބަންޑާރަ ނައިބަކީ ހިއުމަން ރައިޓްސްގެ ދާއިރާއިން ވަރަށް ތަޖުރިބާ ހުރި ބޭފުޅެއް، އެ ރޮނގުން ވަރަށް ރަނގަޅު ޑިސިޝަންސް ނަންގަވާފައި އެބަހުރި، އެންޓ-ޑިފެކްޝަން ގެ ގާނޫނާއި، ކުއްލި ހާލަތުގައި އަމަލު ކުރެއްވި ގޮތް އަޅުގަނޑަކަސް އެއްގޮތަކަށްވެސް ނޭނގޭ

05 އެޕްރީލު 2018 | 17:10

ހާލަތަކާއި ބައްދަލު ވާ މިންވަރަށް ނޫނީ ބާރުގެ ބޭނުން ނުކުރެވޭނެ

ހިފަހައްޓާ ބަހައްޓާފައި މީހެއްގެ ގަޔަށް ޕެޕާސްޕްރޭ ޖަހާކަށް ނޯންނާނެ، އެ ހާލަތަކާއި ބައްދަލު ވާ މިންވަރަށް ނޫނީ ބާރުގެ ބޭނުން ނުކުރެވޭނެ، ގައުމު މި އޮތީ ވަރަށް ބޮޑަށް ބެހިފައި، ގާނޫނު އަސާސީއާއި ޚިލާފުވާ ބަޔަކާއި އަޅުގަނޑާއި ދެކޮޅު، ވަކި ކުލައެއް ވެގެނެއް ނޫން އަޅުގަނޑު ސަރުކާރާއި ދެކޮޅަށް ބަސްބުނީ، ބޭނުންވާ ޚިޔާލެއް ފާޅުކުރުމަކީ މައްސަލައެއް ނޫން،

05 އެޕްރީލު 2018 | 17:02

އަމިއްލަ ޚިޔާލު ފާޅު ކުރެވެން ޖެހޭ

އަޅުގަނޑު ދެކޭ ގޮތުގައި އިންސްޓިޓިއުޝަން އެއްގައި މަސައްކަތް ކުރާ މީހަކުނަމަގާނޫނު އަސާސީއާއި ދެކޮޅަށް މަސައްކަތް ކުރާނެކަމަކަސް ނުދެކެން، އަސްލު އަޅުގަނޑު ބަންޑާރަ ނައިބުގެ އޮފީހުގައި މަސަައްކަތް ކުރާތާ 10 އަހަރުވީ، ބައެއް ބޭފުޅުން ވިދާޅުވި އިސްތިއުފާ ދޭށޭ، އެކަމަކު އަޅުގަނޑު ނުޖެހޭ އިސްތިއުފާ ދޭކަށް، ޚިޔާލު ތަފާތުވި ދެއްކޭނޭ ވާހަކަ އާއި ނުދެއްކޭނެ ވާހަކަ ހުންނާނޭ ކިޔާފައި، އެކަމަކު އަޅުގަނޑަށްވެސް އަމިއްލަ ޚިޔާލު ފާޅު ކުރެވެން ޖެހޭ

05 އެޕްރީލު 2018 | 16:49

އަނިޔާ ލިބެމުން ދިއުމުން ކެތް ކުރަން ދަތިވި

އަޅުގަނޑު ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލަކަށް ހުރުމުން ރައްޔިތުންނަށް ލިބެމުން އޭރު ދިޔައަނިޔާއަށް ކެތްކުރަްނ އުނދަގޫވެގެން އަޅުގަނޑު ޓްވީޓެއް ކުރީ، ކުރިންވެސް ބަންޑާރަ ނައިބާ ވަރަށް ސާފު އިބާރާތުން ދަންނަވާފައި ހުންނާނެ، އިންޓާނަލީ ދިޔައީ ރާއްޖޭގައި ކަންކަން ހިނގަމުންދާ ގޮތާއި ގުޅޭގޮތުން. އެ ޓްވީޓް ކުރުމުން އަޅުގަނޑު ކުރިން ފޭސްބުކްގައި ލިޔަމުން ދިޔައީ، އޭރު ރަށްޓެހިން ބުނަމުން ދިޔަ އެފަދަ އެއްޗެހި ލިޔަމުން ނުދާށޭ، އަދި ބައެއް ފަހަރު ޑިލީޓްވެސް ކުރިން-ޝުނާނާ

05 އެޕްރީލު 2018 | 16:44

އޭޖި އޮފީހުގެ ދައުރު

ކުއްލި ނުރައްކަލުގެ ހާލަތުގައި ނުހިފެހެއްޓޭނެ ކަންކަން ގާނޫނު އަސާސީގައި ކަނޑައެޅިގެން ބަޔާންކޮށްފައި އޮތް އިރު، އެންމެ ބޮޑު ކޮންސާނަކީ އެ ގަރާރުން އެތަށް ގެއްލުންތަކެއް ރައްޔިތުންނަށް ލިބިގެން ދިއުން، ފްރީޑަމް އޮފް ސްޕީޗް އޮތީ ސަސްޕެންޑް ކުރެވުނު-ޝުނާނާ