Raajje.mv

ފަލަ ސުރުޚީ: ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންގެ ގޮނޑީގެ މައްސަލަ

މިރޭގެ މެހެމާނަކީ ދިއްދޫ ދާއިރާގެ މެމްބަރ ޢަބްދުއް ލަތީފް

03 އެޕްރީލު 2018
14311
ޢަބްދުއް ލަތީފް

ޢަބްދުއް ލަތީފް

03 އެޕްރީލު 2018 | 17:16

ޔާމީންގެ ޖަރީމާ ފޮރުވުން ނޫންކަމެއް މަޖިލީހަކުން ނުކުރާނެ

ލަތީފް:މިހާރު އޮތް މަޖިލިސް ތެރެއިން ދިވެހިންނަށް ލާބަޔާ ފައިދާ ހުރި ކަމެއް ކުރެވިދާނެ ކަމަށް ރައްޔިތުން އުއްމީދުކޮށްގެން ނުވާނެ. ރައީސް ޔާމީން ހިންގާފައިހުރި ޖަރީމާތައް ފޮރުވުމުގެ ކަންކަން ކުރާނީ. އެކޮޅުގައިތިބި މަޖިލީހުގެ މެންބަރުންނަށް އޮތީ ދެގޮތް. އެއީ އެކޮޅުގައި ތިބުން ނޫނީ ދޫނިދޫ ގޮޅިއަށް ދިއުން. ޤާނޫނީ ފޮނި މީރުކަމެއް އެއްވެސް ޒުވާނަކަށް ނުލިބޭނެ

03 އެޕްރީލު 2018 | 17:13

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބަލަްނފެށީ އަމިއްލައަށް މުއްސަނދިވާން

ލަތީފް: ފޮނިކަނޑާފައި އައިސް އެއްވެސް ކަމެއް ނުކުރެވުނު. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަސައްކަތް ކުރަން ފެށީ މުއްސަނދިވާން. ކޮންމެ ކަމަކުން ބައިއެޅޭގޮތް ހަދަން ފެށީ. ބޭސް މަލަންކޮޅުންވެސް ބައިނަގަން ފެށީ

03 އެޕްރީލު 2018 | 17:08

ޔާމީނަކަށް ދެން ރަނގަޅު ކަމެއް ނުކުރެވޭނެ

ލަތީފް: ރައީސް ޔާމީނަކަށް ދެން ރަނގަޅަށް ކަމެއް ނުކުރެވޭނެ. 2013 ގައި އެކަން ކުރަން ހަވާލު ކުރީ. އެތައް ވައުދެއް ވެގެން އައީ. އެކަމަކު އެއިން އެއްވެސް ކަމެއް ނުވި. ކޮބާތޯ މަސްވެރިންނަށް ދިން 10 ހާސް ރުފިޔާ. ކޮބާތޯ ނެގި ތެޔޮ. ވައުދުތައް 95 ޕަސެންޓް ފުރިހަމަވެއްޖެޔޭ. ފުދުނީ 5 ޕަސެންޓް. އެއީ ވެރިކަމަށް އާދެވުން.

03 އެޕްރީލު 2018 | 17:05

ރައީސް ޔާމީނަށް ލިބޭނީ އަނދަގޮނޑި

ލަތީފް: ގޮނޑިއެއް ނުގެއްލޭ. ބައި އިލެކްޝަނެއް ބާއްވާކަށް ނުޖެހޭ. ގޮނޑި ގެއްލުނުކަމަށް ނިންމިއަސް އިލންތިޚާބެއް ބާއްވާކަށް ނުކެރޭނެ. މިހާރު ރައީސްގެ ސިފަ ގެއްލިއްޖެ. މިހާރު އެބޮޑާކަމެއް ނުދެއްކެއެއް ނޫންތޯ.ނުކުރޭ ނޫންތޯ ނުކުންނާކަށް. ދެން އެއްވެސް ގޮނޑިއެއް ނުލިބޭނެ. ލިބުނިއްޔާ ލިބޭނީ މިޤައުމުްނ އަނދަގޮނޑި

03 އެޕްރީލު 2018 | 17:02

ޤާނޫނާ ޚިލާފަކަށް ކަމެއް ނުކުރާނަން

ލަތީފް:އަޅުގަނޑުމެން ބޭނުމެއް ނޫން ޤާނޫނާ ޚިލާފަށް ކަމެއް ކުރާކަށް. އެހެންވެ ސުޕްރީމް ކޯޓަށް މިހުށަހަޅަނީ.ސުޕްރީމް ކޯޓުން ސާފުކޮށް ބުނަން ޖެހޭނެ ގޮނޑިގެއްލިއްޖެޔޭ. އަޅުގަނޑުމެންނަނށް އެނގޭ މިހެން ވާނެކަން. އަޅުގަނޑުމެން ރައީސް ޔާމީން ގާތު ޤައުމު ފާލުން ނެއްޓޭ ވާހަކަ. އެކަން ރަނގަޅު ނުކުރީމަ ނުކުތީ. އެހެންވީމާ ގޮނޑި ގެއްލުނަސްް ފަހަތަކަށް ނުޖެހޭނަން. އެހެޔޮ ދޫނިދޫގައި ބޭއްވިއަސް.

މިއީ ސަރުކާރެއްހިންގަނީކީ ނޫން. މިއީ ދެމަފިރިން ހިންގާ ކަންތައްގަނޑެއް. ހިތްހަމަ ނުޖެހޭ މީހާ ހައްޔަރު ކުރަނީ.

03 އެޕްރީލު 2018 | 16:55

ސަރުކާރެއް ހިނގާހެން ހިނގާ ސަރުކާރެއް ނޫން މިއީ

ލަތީފް:ރައްޔިތުންގެ ވޯޓަކުން ކައުންސިލްތައް ހޮވީ. އެކައުންސިލްތަކުން މަސައްކަތް ކުރާނީ ރަށުގެ އެންމެ ފައިދާއަށް. އެހެންވީމާ އެކައުންސިލްތަކުން ބުނާނެ ރައްޔިތުން އެދޭގޮތް. އެކަމަކު އެމީހުންނަށް ހައްލެއް ހޯދައިދޭން ޖެހޭނެ. ރަނގަޅުކުރަން އެދުނަސް އެކަމެއް ނުކުރޭ. ތަރައްޤީގެ ކަނަކްނަ ކުރަނީ އެކިދުވަހު އެކިގޮތައް. ޕްލޭނެއް ނޯވެ. މިހާރު ދިއްދޫގައިވެސް އެކަހަލަ ކަމެއް ހިނގައިގެން އެއުޅެނީ. ދިއްދޫއަކީ ގިނަ އެއްޗެހި ދުއްވާ ޤައުމެއް. އެހެންވެ ރައްޔިތުން އެދިގެން ކައުންސިލުން އެދުނީ . ރައްޔިތުން އެދޭ ގޮތައް ކަންކުރާނެ ކަމަށް ބުނެފަ އެކަން އެހެން ނުކުރީ. އެކަމާ ދެކޮޅަށް ޒުވާނުން ނިކުތީ. ނުކުީމަ މިލަނީ ޖަލަށް. ސަރުކާރެއް ހިނގާހެނެއްނޫން މިސަރުކާރު މިހިނގަނީ. ހިތުހުރިގޮތަކަށް ކަންކުރަނީ. ރައްޔިތުންނަށް މިކަމުން ގެއްލުން ލިބެނީ. މިކަމުގެ ފައިދާ ބަޔަކު އެބަ ނަގާ.

03 އެޕްރީލު 2018 | 16:48

މިސަރުކާރަކީ ޤާނޫން އަސާސީއަށް ހުރުމަތްތެރިކޮށް ހިތާ ސަރުކާރެއް ނޫން

ލަތީފް: މިސަރުކާރުން ޤާނޫން އަސާސީއަކަށް ޤާނޫން ތަކަކަށް ނުބަލާނެ. ސަރުކާރު ބޭނުންވާ ކަމެއް ހިތުހުރި ގޮތަކަށް ކުރަނީ. އެކަމަކު އެބަހުރި ރާއްޖެ ބައިވެރިވެފައިވާ ބައިނަލް އަޤްވާމީ މުއާހަދާތަކެއް ސޮއިކޮށްފައިހުރި. އޭގެން އެއްބައެއް އައިޕީޔޫއަކީ. އެމީހުން ބަލާނެ. އެމީހުންނަށް އެނގޭ ވާނުވާ. އެކަމަކު މިސަރުކާރަކީ އެއިން އެއްވެސް ކަމަކަށް ބޯ ނުލަނބާ ބޯހަރު ސަރުކާރެއް. އެކަމކު އަބަދަކު މިހެންނެއް ނޯންނާނެ.

03 އެޕްރީލު 2018 | 16:45

ސަރުކާރު ބޭނުންވާ ގޮތައް ކަންކަން ވާން ޖެހެނީ

ލަތީފް: ސަރުކާރުން ބޭނުންވާ ގޮތައް ކޯޓުތަކުން ހުކުމް ނެރެންވީ. މަޖިލީހުންވެސް ކަންކުރަންވީ ސަރުކާރު ބޭނުންވާ ގޮތައް. ކައުންސިލްތަކުންވެސް ކަންކުރަންވީ ސަރުކާރު ބޭނުންވާ ގޮތައް. އެނޫްނ ގޮތަކަށް ކަންކުރާ މީހުން ނުވަތަ އެއްޗެއް ބުނާ މީހަކު ކުޑަގޮޅިއަށް ލާންވީ. ދަރުބާރު ފެކްޝަނުން ހިތުހުރި އެއްޗެއް ކިޔާ ހިތުހުރިކަމެއް ކުރަންވީ. އިދިކޮޅު ބަޔަކު ކަމެއް ކޮށްފިއްޔާ ގޯސްވީ ޖަލަށް ލާންވީ.

އެކަމަކު އަބަދަކު މިގޮތަކަށް ނޯންނާނެ. މިހާރު އޮތީ މިކަން ނިމުން ވަރަށް ކައިރީގައި. އިރާދަ ކުރެއްވިއްޔާ އެކަން ނިންމާނަން. މިއަނިޔާވެރިކަމުން ސަލާމަތްވާނެ ދާދި އަވަހަށް

03 އެޕްރީލު 2018 | 16:41

12 މެނމްބަރުންނަކީ މެމްބަރުން ނޫން ކަމަކަށް އަދި ނުނިންމާ

ލަތީފް: މިހާތަނަށް ސުޕްރީމް ކޮޓުގެ އެއްވެސް އަމުރަކުންވިއަސް ސަރކިއުލާއަކުންވ އަދި އަމުރަކުންވިއަސް 12 މެމްބަރުންނަކީ މެމްބަރުން ނޫން ކަމަކަށް ނުނިންމާ. އެކަމަކު މުލައްދަނޑީގައި ބާރު ހުރީމާ ސަރުކާރުން ހިތުހުރިކަމެއް ކުރަނީ. މިހާރު ޤާނޫން އަސާސީއާ ޚިލާފަށް އެދަނީ ޤާނޫންތައް ހަދަމުން. އެކަމަކު އެއީކީ ސައްޙަ އެއްޗެއް ނޫން. އެއަކަށް ނުޖެހޭނެ ޢަމަލް ކުރާކަށް.

12 މެމްބަރުން ފަހަތަކަށް ނުޖެހޭނެ. ކިތައްމެ ބޮޑު ހުށަހެޅުމެއް ހުށަހެޅިއަސް ނުދާނަން. އަދި ގޮނޑިތައް ގެއްލުވާލިއަސް މި 12 ދާއިރާއިން އެންމެ ދާއިރާއެއްވެސް ކާމިޔާބު ކުރާކަށް ނުކެރޭނެ