ފަލަ ސުރުޚީ: ސަރުކާރު ޤާނޫނީ އިމުން ބޭރުވުން
މިރޭގެ މެހެމާނަކީ ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދު

ދިޔާނާ ސައީދު
ޤައުމު މިއޮތީ ވަރަށް ދެރަވަރުގައި
ދިޔާނާ: ޔާމީން ވެރިކަމަށް ވަޑައިގަތީންސުރެ މިފެންނަނީ ބޭރު ދުނިޔޭގެ ޤައުމުތަކާ ގުޅުން ކެނޑިގެން. މިހާރު މިއޮތީ ވަރަސް ދެރަވަރުގެ ހާލަތެއްގައި ވަރަށް ބޮޑަށް ބަދުނާމްވެ ވަރަށް ހުތުރުވެފައި
ފުލުހުންނަކަށް ވަކީލުން ސަސްޕެންޑެއް ނުކުރެވޭނެ
ދިޔާނާ: ފުލުހުންނަކަށް ވަކީލުން ސަސްޕެންޑެއް ނުކުރެވޭނެ. އެއީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަންކަމެއް ނޫން. މިއަދު ފުލުހުން މާދަމާ ހޯމް މިނިސްޓްރީން، އަނެއްކާ އަނެއް ބަޔަކު. އެގޮތައް ވަކީލުން ސަސްޕެންޑެއް ނުކުރެވޭނެ.
ޕީޖީން ދައުވާ ކުރަން ޖެހޭ
ދިޔާނާ: ސުޕްރީމް ކޮޓުގެ އަމުރު ތަންފީޒް ނުކުރި ފަރާތްތަކާމެދު ޕީޖީން ދައުވާ ކުރަން ޖެހޭނެ.
ރައީސް ޔާމީން މަޤާމުން ދުރުކުރަން ޖެހޭ
ދިޔާނާ: މިހާރު މިއީ ލޯ ލެސް ސްޓޭޓެއް. މިހިސާބަށް ގެނައި މީހުން ޤާނޫނުގެ ކުރިމައްޗަށް ގެންނަން ޖެހޭ. އެކަން ކުރަން ޢަބްދުﷲ ޔާމީން ރައީސް ޔާމީން މަޤާމުން ދުރުކޮށް މިކަމުގެ ތަހުގީގް ކުރަން ޖެހޭ.
ދުނިޔޭގެ ކޯޓަށް މިސަރުކާރު ގެންދެވިދާނެ
ދިޔާނާ: ދުނިޔޭގެ ކޯޓަށް މިހާރު މިސަރުކާރު ގެންދެވިދާނެ. އެއީ ބަޔަކާމެދު ތަފާތުކުރުންތައް ބާއްވައިގެން ވަކިބަޔަކު ހެރެސް ކުރަމުންދާތާ މިހާރު ކިތައްމެ ދުވަހެއް. އެކަމަށް ބަލާއިރު ދުނިޔޭގެ ކޯޓަށް މިސަރުކާރު ގެންދެވޭނެ.
ސަރުކާރު ޤާނޫނީ އިމުގެ ތެރެއަށް ވަނުން ނޫން ގޮތެއް ނޫން
ދިޔާނާ: މިކަން ނިމޭނީ ޤާނޫނީ އިމުގެ ތެރެއަށް ވަދެގެން. ޣައިިރު ޤާނޫނީ ކަންކަން ކުރި ފަރާތްތައް ޤާނޫނުގެ ކުރިމައްޗަށް ގެނެވެން ޖެހޭނެ. އެނޫން ގޮތަކަށް މިހާރު މިއޮތް ކަންކަމުންސަލާމތެއް ނުވެވޭނެ
އެސްއޯއީ އިއުލާން ކުރެވޭނީ އެންމެ ކުޑަމިންވަރަކަށް
ދިޔާނާ: ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ހައްޤުތައް ހިފެހެއްޓޭނީ އެންމެ ކުޑަ މިންވަރަކަށް. އަނެއްކާ ސުޕްރީމް ކޯޓުގެ ހައްޤުތައް ހިފަހައްޓާފައި ކިހިނެއްތޯ އެކޯޓު ލައްވާ ކަންތައްތަކެއް ކުރުވޭނީ.
ވަކީލުންނާމެދުވެސް ހަމަހަމަކަމެއް ނެތް
ދިޔާނާ: އާޒިމާ ވިދާޅުވީ ސުޕްރީމް ކޯޓުން އަމުރެއް ކުރިއަސް ތަބައެއް ނުވާނަމޭ. އެހެން ވަކީލަކު އެހެން ވިދާޅުވިނަމަ ހުއްދަ ބާތިލް ކުރަންވީ. ވަރަށް ނާއިންސާފުން ކަންކަން މިދަނީ
މެންބަރުން ޕާޓީ ބަދަލުކޮށްފާނެ ކަމުގެ ވާހަކަ ޚާއްޞަ މަޖިލީހުގައިވެސް ދެކެވުނު
ދިޔާނާ: މެންބަރުން ކޮޅު ބަދަލު ކޮށްފާނެ ކަމުގެ ވާހަކަ ދެކެވުނު ޤާނޫން އަސާސީ ޚާއްޞަ މަޖިލީހުގައި. އޭރު ނިންމީ އެފަދައިން އަމަލް ކުރާ މެންބަރަކާ ސިޔާސީ ކަމަކާއޭ ކުރިމަތިލާނީ. އެއީ ދެން ރައްޔިތުންގެ ގާތައް ދާއިރުއޭ އެމީހަކު އެކަމާ ފޭސް ކުރާނީ
އެގޮތައް މެންބަރުންގެ ގޮނޑިއެއް ގެއްލުވައެއް ނުލެވޭނެ
ދިޔާނާ: ވެރިކަން ކުރާ ޕާޓީން މެންބަރުންތަކެއް ގެއްލުމަކީ މެންބަރުން ގޮނޑި ގެއްލުވާލަން ޖެހޭ ސަބަބެއް ނޫން. އެހެން ޕާޓީތަކުންވެސް އެބަހުރި ވެރިކަން ކުރާ ޕާޓީއަށް ގެންގޮސްފައި. މިއީ އެހެންބައެއްގެ މުދާ ފޭރިގަތުން ކަހަލަ ކަމެއް
ހުކުމަކުން ޤައުމީ ސަލާމަތައް ނުރައްކަލެއް ނުވާނެ.
ދިޔާނާ: ސުޕްރީމް ކޯޓުގެ ހުކުމުގެއްގެ ސަބަބުން ޤައުމީ ސަލާމަތައް ނުރައްކަލެއް ނުވާނެ. އެއަމުރަކީ ބަލައިގަނެވޭ އެއްޗަކަށް ނުވުމުން ޤާނޫން އަސާސީއާ ޚިލާފެއް ނުވެވޭނެ. ރައީސުލް ޖުމްހޫރިއްޔާއަށް ކަންބޮޑުވާވަރުގެ ކަމެއް ދިމާވުމަކީ ހުކުމެއް ގޯސްވާން ޖެހޭ ސަބަބެއް ނޫން.
ދުނިޔޭގެ އެހެންތަންތަނުގައިވެސް އެބަހުރި ރައީސަކަށް ހުންނަ މީހަކަށް ބަލައި ނުގަނެވޭ ހުކުމް ކޮށްފައި މިގޮތަކަށް ނުކުރޭ ކަންކަމެއް
ފެބްރުއަރީ އަމުރުގެ ފަހުން ހިނގި ކަންކަން ހަނދާން ނައްތައެއް ނުލެވޭނެ
ދިޔާނާ: ދުސްތޫރީގޮތުން ސައްޙަ ނޫން އެސްއޯއީ އެއް އިއުލާން ކުރީ. އެކަމުގެ ސަބަބުން ޤާނޫނީ ކަންކަމެއް ނުކުރެވޭ. އެކަން ހަނދާން ނައްތައެއް ނުލެވޭނެ.
ފެބްރުއަރީ 1 ގެ އަމުރުގެ ބައިތައް އުންޏެއް ނުކުރެވޭނެ
ދިޔާނާ: ހުކުމަށްފަހު ދެފަނޑިޔާރުން ހައްޔަރުކޮށް އަނެއް ތިންފަނޑިޔާރުން ލައްވާ އެހުކުމުގެ ބައިތަކެއް ނުހިފެހެއްޓޭނެ. އަނެއް ކަމަކީ އެއަމުރު ނެރުމާ އެއަމުރު ނެރުނު ފަނޑިޔާރުން ހައްޔަރު ކުރުމާ ދެމެދު އެހެން ކަމެއް ހިނގާފައެއް ނުވޭ. އެހެންވީމާ އެފަދަ ހާލަތެއް ނާދޭ
ސުޕްރީމް ކޯޓު އޮތީ ބިރުވެރިކަމެއްގައި
ދިޔާނާ: 5 ފަނޑިޔާރުންގެ ތެރެއިން 2 ފަނޑިޔާރަކަށް ތުހުމަތެއް ކުރެވުނީ. އަދި އެތުހުމަތު ސާބިތުވިއަސް އެހުކުމްގެ ސައްޙަ ކަމެއް ނުގެއްލޭނެ. އެއީ ސޮއިކުރެއްވި 3 ފަނޑިޔާރުން އެބަތިއްބެވި. އެހެންވީމާ އެހުކުމް ސައްޙަ ވާނެ.
އަނެއް ކަމަކަށް ފުރާޅު ނަގައިގެން ދަމާ ކޫއްތާފައި ގެންގޮސް އެފަނޑިޔާރުން މިހާރު ބައިތިއްބާފައި ތިބި ގޮތުން ސުޕްރީމް ކޯޓު އެއޮތީ ވަރަސް ބިރުވެރިކަމެއްގައި. މިހާރު އެކޯޓު އެއޮތީ މަޖްބޫރީ ހާލަތެއްގައި މިނިވަންކަމާއެކު ކަމެއް ކުރުމަށް އެކޯޓަށް ބޭނުންވާ އުންސުރުތަކެއް މިހާރަކު ނެތް.
އޮޅުވާލައިގެން ހުކުމެއް ނުނެރެވޭނެ
ދިޔާނާ:ސުޕްރީމް ކޯޓުގެ ހުކުމް ނެރުނީ އޮޅުވާލައިގެންނޭ ބުނަނީ ކަނޑައެޅިގެން ދޮގެއް. އެކަން އެހެނެއް ނުކުރެވޭނެ. އެހެން ބުނާނަމަ ދައުލަތުން އެބުނެވެނީ ތިން ފަނޑިޔާރުން ފަނޑިޔާރު ކަމަށް ތަސައްރަފް ނުފުދެނިއްޔޭ. އެއީ ދެއްކޭނެ ވާހަކައެއް ނޫން.