Raajje.mv

ފަލަ ސުރުޚީ

މިރޭގެ މެހެމާނަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެންބަރު ޢަބްދުﷲ ޝާހިދު

31 މާރިޗު 2018
14078
ހެންވޭރު އުތުރު ދާއިރާގެ މެންބަރު ޢަބްދުﷲ ޝާހިދު

ހެންވޭރު އުތުރު ދާއިރާގެ މެންބަރު ޢަބްދުﷲ ޝާހިދު

31 މާރިޗު 2018 | 16:54

ޖަލަށް ގެންދިއުމަކީ ސިޔާސީ ބޭފުޅުންނަން ލިބޭ ޝަރަފެއް: ޝާހިދު

ސިޔާސީ މައިދާނަުގައި ހަރަކާތްތެރިވާ ބޭފުޅުން ޖަލަށް ލުމަކީ އެބޭފުޅުންނަން ލިބިވަޑައިގަންނަވާ ޝަރަފެއް ކަމަށާއި، އަޅުގަނޑު ޖަލަށް ގެންދިޔައިރު ހީވަނީ ހަރުގެ ކުރިމަތީގައި ހުރެވުނުހެން، ގޮވަމުން ދަނީ ރައީސް ޔާމީންގެ އިސްތިއުފާއަށް، ޖަލުގައި ވެސް ކުރަނީ ހެސްކިޔާފަ މުޒާހަރާ

31 މާރިޗު 2018 | 16:49

ޑިމޮކްރަސީގައި މައިނޯރަޓީގެ އަޑުއަހަންޖެހޭނެ: ޝާހިދު

ޑިމޮކްރަސީގައި މައިނޯރަޓީޕާޓީގެ އަޑުއަހަންޖެހޭނެ، ހުރިހާ ސިޔާސީ ޕާޓީތަކުގެ ލީޑަރުން ވަނީ ޖަލުގައި، ރައީސް ނަޝީދު ހުންނެވީ ޖަލުގައި، އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން ހުންނެވީ ޖަލުގައި، ގާސިމް އިބްރާހިމް ހުންނެވީ ޖަލުގައި، އެންމެ ދެރަމިނިން އެބޭފުޅުންގެ ޕާޓީގެ ރައީސް މައުމޫން ވެސް ހުންނެވީ ޖަލުގައި

31 މާރިޗު 2018 | 16:45

އިބޫ ދޫކޮށްލިކަމަށް ބުނެ ސަރުކާރުން އައިޕީޔޫއަށް އޮޅުވާލި : ޝާހިދު

ރައްޔިތުންގެ މަޖިލީހުގެ ޕާލަމެންޓްރީ ގްރޫޕްގެ ލީދަރ އިބްރާހިމް މުހައްމަދު ސޯލިހް ހައްޔަރުކުރުމަށް ފަހު ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ހާޒިރުކުރުމަށް ފަހު ބަންދު ޖަހާ ޖަލަށް ނުލާކަމަށް ބުނެ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން އެންމެ ފުރަތަމަ އޮޅުވާލީ، އެހެންނަމަވެސް ކަންހިނގާދިޔަ ގޮތް އަޅުގަނޑުމެން ކިޔާދިނިން، އެހެންމެ ފަހުން ސަރުކާރުން އެއްބަސްވީ

31 މާރިޗު 2018 | 16:41

12 މެމްބަރުންނަށް މަޖިލީހަށް ވަދެވެން ޖެހޭނެ: އައިޕީޔޫ

އައިޕީޔޫގެ ހިއުމަން ރައިޓްސް ކޮމިޓީ އިން ނިންމި ނިންމުންތަކާ އެކު ނެރުނު ގަރާރުގައި ވަނީ 12 މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް ރާއްޖޭގެ ސަރުކާރާއި އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ ގާނޫނުތަކާ ހިލާފަށް ކަމަށެވެ. ސަބަބެއްގެ ގޮތުގައި އައިޕީޔޫއިން ބުނެފައި ވަނީ ސުޕްރީމް ކޯޓުން 13 ޖުލައިގައި ނެރުނު އަމުރުގެ ކުރިން މެމްބަރުން ޕާޓީ އިން ވަކިވުމަށް ލިޔެކިޔުންތައް ހުށަހެޅި ކަމަށާއި ހަމައެހެންމެ އެންޓި ޑިފެކްޝަން ގާނޫނަކީ ކުރިން ހިނގާފައިވާ ކަންކަމަށް އޭގެ ސަބަބުން އަސަރުކުރާ ގާނޫނެއް ކަމަށެވެ. ހަމައެހެންމެ 12 މެމްބަރުންގެ ގޮނޑި ގެއްލުވާލީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފާސްވެދާނެތީ ކަމަށް ވެސް އައިޕީޔޫއިން ބުނެފައިވެއެވެ. އެހެންކަމުން 12 މެމްބަރުންނަށް މަޖިލީހަށް ވަދެވެން ޖެހޭނެ ކަމަށާއި އެ މެމްބަރުންނަށް މަޖިލީހުގެ މަސައްކަތް ކުރެވޭނެ ގޮތް ވީހާ ވެސް އަވަހަށް ފަހިކޮށްދިނުމަށް އައިޕީޔޫ އިން ވަނީ ގޮވާލާފައެވެ.

31 މާރިޗު 2018 | 16:40

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަން ތަފާތު ގޮންޖެހުންތަކާއި ވަނީ ކުރިމަތިވެފައި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން 49 މެމްބަރުންނަން ވަނީ ތަފާތު ގޮންޖެހުންތަކާއި ކުރިމަތިވެފައި، ދައުވާ އުފުލާ ނުވަތަ ޖަލުގައި، އިޕީޔޫ އިން ދަނީ މިކަންކަމާއި ކަންބޮޑުވުން ފާޅުކުރަމުން

31 މާރިޗު 2018 | 16:36

މިރޭގެ މެހެމާނަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެންބަރު ޢަބްދުﷲ ޝާހިދު

މިރޭގެ މެހެމާނަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެންބަރު ޢަބްދުﷲ ޝާހިދު