Raajje.mv

"ހުއްޓުވާ" ނަމުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މ. ކުނޫޒުގައި ޖަލްސާއެއް ބާއްވަނީ ގިނަ ދުވަސްތަކަކަށްފަހު އެވެ. މި ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ 21:30 ގައެވެ.

29 މާރިޗު 2018
15229
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ "ހުއްޓުވާ" ޖަލްސާގެ ޕޯސްޓަރު

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ "ހުއްޓުވާ" ޖަލްސާގެ ޕޯސްޓަރު

29 މާރިޗު 2018 | 18:26

މިއީ އެންމެ ގިނައިން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރި ޤައުމު: އިމްތިޔާޒް

މިއީ ވެރިކަމުގެ ދައުރެއްގެ ތެރޭގައި އެންމެ ގިނައިން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރި ޤައުމު. މިއީ ޤައުމުތަކުގެ ތެރެއިން އެންމެ ގިނައިން މިލިޓަރީ ޔުނީފޯމް އެޅި މީހުން މަގުތައް މަތީގައި އުޅޭ ޤައުމު. ހުރިހާ ކަމަކުންވެސް މި ޤައުމު މިއތީ ކުރީގައި. ވައްކަމާއި ކޮރަޕްޝަންވެސް އިންތިހާއި، ވަގަށް ރައްޔިތުންގެ ހަޒާނާއިން ފައިސާތައް ނަގާ.

29 މާރިޗު 2018 | 18:09

އަބްދުއް ރަހީމް، ތިމަންނަ ޤާނޫނެއް ފާސްކުރި ކަމުގައިވިނަމަވެސް އެކަން ގަބޫލުކުރަން ދަތިވޭ: ދިޔާނާ

އެއްގޮތަކަށްވެސް ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ގެއްލިއްޖެކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރާނަން. އެ މެމްބަރުންގެ މެމްބަރުަކުގެ ގޮނޑިއެއް ނުގެއްލޭ. އެ މެމްބަރުންނަކީ އަދިވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން. އަޅުގަނޑުމެން އުއްމީދުކުރަން ސުޕްރީމް ކޯޓުން މި މައްސަލާގައި އިންސާފުވެރި ހުކުމެއް ކުރާނެކަމަށް.

29 މާރިޗު 2018 | 18:04

ވަކީ މީހެއްގެ މައްޗަށް ޤާނޫނެއް ނުހެދޭނެ: ދިޔާނާ ސައީދު

ވަކި މިހަކަށް އަމާޒުކޮށް ޤާނޫނެއް ނުހެދޭނެ. އެއީ ޤާނޫނު އަސާސީ ހުއްދަކުރާކަމެއް ނޫން. އެންމެފަހު އެންޓި ޑިފެކްޝަން ޤާނޫނު ފާސްކުރިއިރު އެ ޤާނޫނުން އެބަ އިސްތިސްނާވޭރީކޯ މޫސާ މަނިކު. އެ ޤާނޫނުން އެބަ އިސްތިސްނާވޭ ވެލިދޫ ޔާމީން. އެއީ ޤާނޫނުތައް ހެދޭނެ ގޮތެއް ނޫން.

29 މާރިޗު 2018 | 17:54

މި ޤާނޫނު އަސާސީން ބޭރުގައި ކަންތައްތައް ކޮށްފައި، އަޅުގަނޑުމެން އެއްޗެކޭ ނުބުނެ ތިބޭނެކަމަށް އުއްމީދުކޮށްގެން ނުވާނެ: ޑރ. ހުސެއިން ރަޝީދު

މި ޤާނޫނު އަސާސީން ބޭރުގައި ކަންތައް ކުރުމަށްފަހު، އަޅުގަނޑުމެން އެއްޗެކޭ ނުބުނެ ތިބޭނެކަމަށް އޭނާ އުއްމީދުކޮށްގެން ނުވާނެ. ޤާނޫނު އަސާސީން ބޭރު ވައްކަން ކުރާކަމުގައިވާނަމަ އަޅުގަނޑުމެން އެ ވާހަކަ ދައްކާނަން. އަޅުގަނޑުމެން އެ ވާހަކަދެއްކުން ހުއްޓައެއް ނުލާނަން. އެ ވާހަކަތައް ދެއްކުމުގައި އަޅުގަނޑުމެން ކުރިއަށްދާނަން.

މަނިކުފާނަށް މުޅި އުމުރުގައި ތިޔަގޮތަށް ކަންތައް ކުރުމަށް އާޅުގަނޑުމެން ފުރުސަތެއް ނުދޭނަން. އަޅުގަނޑުމެން މަނިކުފާނު ހުއްޓުވާނަން.

29 މާރިޗު 2018 | 17:39

މުޅި ދައުލަތް ވަނީ ހަރާބުވެފައި، ދައުލަތުގެ މުއައްސަސާތަކުގައި މިނިވަންކަމެއް ނެތް: އަމީތު

ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ އެ ކޮމިޝަންގެ ޒިންމާ އަދަކުރުމަށް ނުކުޅެދިފައި. އެ ފަރާތުން އެ ފާރާތުގެ ޒިންމާ އަދާކުރިކަމުގައިވާނަމަ މިއަދު އަޅުގަނޑުމެންގެ އެކިވެރިން އެހާލަތުގައި ތިބޭކަށް ނުޖެހޭނެ. އަޅުގަނޑު ޖަލުގައި އޮތްއިރުވެސް އެތަނުގައި ހުރި ކަންތައްތަކާއި ގުޅޭގޮތުން ޝަކުވާކުރިން. އެކން އެޗްއާރުސީއެމަށް ސީދާ ހުށއެޅިން. ނަމަވެސް ކަންކަން އިސްލާހްކޮށްފައި ނެތުމުން މިއަދު އެ އަނިޔާވެރިކަމާއި އަޅުގަނޑުމެންގެ އެކުވެރި ކުރިމަތިލާންޖެހިފައިވަނީ.

މުޅި ދައުލާތް ވަނީ ހަރާބުވެފައި، އޭޖީއާއި ޕީޖީ ވަނީ ޒިންމާ އަދާކުރުމަށް ނުކުޅެދިފައި. ފުލުހުންގެ މުއައްސަސާގެ އިސްވެރިންގެ ސަބަބުން މުޅި މުއައްސަސާ ވަނީ މުޑުދާރުވެފައި. އެކަންކަން ރަނގަޅުކުރަންޖެހޭ. އެ މަސައްކަތް އަޅުގަނޑުމެން މި ކުރަނީ.

29 މާރިޗު 2018 | 17:22

ގޮއްމުށުގެ ބާރުން ވެރިކަންކުރާ މީހާއި ދެކޮޅަށް ބޭނުންކުރެވޭނެ އެންމެ ވަރުގަދަ ހަތިޔާރަކީ އެއްވެ އުޅުމުގެ މިނިވަންކަން: އަލީ ހުސެއިން

ގޮއްމުށުގެ ބާރުން ވެރިކަން ކުރާ މީހަކާއި ދެކޮޅަށް ބޭނުންކުރެވޭނެ އެންމެ ވަރުގަދަ ހަތިޔާރެއްކަމަށް އާޅުގަނޑު ދެކެނީ ބަސްބުނުމުގެ ހައްޤާއި، އެއްވެސް އުޅުމުގެ މިނިވަންކަމުގެ ހައްޤު. މި ދެންނެވި ހައްޤުތަކަކީ އަބްދުﷲ ޔާމީން ވަރަށް ބިރުގަންނަ ހައްޤުތަކެއް. އަޅުގަނޑު ރައްޔިތުންނަށް ގޮވާލީ އެ ހައްޤުތަކުގެ ބޭނުން ހިފުމަށް. މެދުކެނޑުމެއް ނެތި އެ ހައްްުގެ ބޭނުން ހިފަމުން ގެންދިޔުމަށް.

29 މާރިޗު 2018 | 17:19

ކުރީގައި ހެދިފައިހުރި ގޯސްތައް ރަނގަޅުކުރުމަށް ޖުޑީޝަރީއިން މަސައްކަތްތަކެއް ކުރެއްވި: އަލީ ހުސެއިން

ސުޕްރީމް ކޯޓުން އެކެއް ފެބުރުއަރީގައި ނެރުނު އަމުރާއެކުގައި ކަންކަން އިސްލާހުކުރުމަށް ޖުޑީޝަރީންވެސް ބޭނުންވެފައިއޮތްކަން އެނގިގެން ގޮސްފައިވޭ. ޤާނޫނީ ވެރިކަން ދިފާއުކޮށް، އަދުލު އިންސާފު ޤާއިމްކުރުމަށް މަސައްކަތްކޮށްފި. އަޅުގަނޑަކީ އެންމެ ގިނައިން އަދުލު އިންސާފުގެ ނިޒާމްގައި ހުރި މައްސަލަތައް ފާހަގަކޮށް ވާހަކަދެއްކި އެކެއް. އެކަންކަން އިސްލާހކުރުމަށް ގޮވާލި އެކެއް. ޖުޑީޝަރީން އެ ވަނީ އެކަންތައް އިސްލާހުކޮށްފަ. ކަންކަން ރަނގަޅުކުރުމަށް މަސައްކަތްކޮސްފަ. ޖުޑީޝަރީއަށް ޝުކުރިއްޔާ.

29 މާރިޗު 2018 | 17:16

ވަގުތުން: ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާ

29 މާރިޗު 2018 | 17:14

ޖަލު އަޅުގަނޑަށް ސިފަވީ ކުނޫޒުގެ ގޮތުގައި، ނުވަތަ އެމްޑީޕީގެ ހަރުގެ ގޮތުގައި: އަލީ ހުސެއިން

އަޅުގަނޑުމެން ހުއްޓުވަން މި އުޅެނީ އަބްދުﷲ ޔާމީން. އަޅުގަނޑުމެން ހުއްޓުވަން މި އުޅެނީ ވައްކަމާއި ކޮރަޕްޝަން. އަޅުގަނޑުމެން ހުއްޓުވަން މި އުޅެނީ އަނިޔާވެރިކަން.

އަޅުގަނޑުމެންނަށް އަބްދުﷲ ޔާމީނާއެކު ކުރިއަށްދެވޭކަށް ނެތް. އަޅުގަނޑުމެންނަށް އަބްދުﷲ ޔާމީނާއެކު މިނިވަން އިންތިހާބެއްވެސް ނުލިބޭނެ. އިންތިހާބެއް މިނިވަންވާނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ކެމްޕޭން ކުރުމުގެ މިނިވަންކަމާއެކު. އެކަންކަން ނުކުރެވޭނަމަ އިންތިހާބަކަށް ދިޔުމުގެ ބޭނުމެއް ނެތް. އަޅުގަނޑުމެން އިންތިހާބަށްދާނީ އަބްދުﷲ ޔާމީން ހުއްތުވާފައި.

29 މާރިޗު 2018 | 17:10

މިހާރު ވާހަކަދައްކަވަމުންގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ ހުސެއިން

29 މާރިޗު 2018 | 17:07

ގިނަ ފުލުހުންތަކަކާއި އަޅުގަނޑާއި ބައްދަލުވި، 95% ފުލުހުން ބޭނުންވަނީ ވެރިކަން ބަދަލުކުރަން: އިބޫ

އަޅުގަނޑު ހައްޔަރުކޮށް، ޖަލުގައި ގެންގުޅުނު މުއްދަތުގައި ގިނަ އަދަދެއްގެ ފުލުހުންނާއި އަޅުގަނޑާއި ބައްދަލުވި. ގިނަ ފުލުހުންތަކަކާއި ވާހަކަދެކެވުނު. ކޮންމެ ފުލުހަކުވެސް އަޅުގަނދާ ހިއްސާކުރި ވާހަކަތަކުން އެނގޭ 95% ފުލުހުން މި ވެރިކަން ބަދަލުކުރަން ބޭނުންވާކަން.

29 މާރިޗު 2018 | 17:05

ޒުވާނުން މި މަސައްކަތަށް ނިކުންނަންޖެހޭ، ސިޔާދު ޤާސިމް އަދި މަހުލޫފްގެ ކިބައިން ހިތްވަރު ލިބެންޖެހޭ: އިބޫ

މި މަސައްކަތުގައި އިސްކޮށް ޒުވާނުން ނިކުމެ މަސައްކަތް ކުރަންޖެހޭ، ޤައުމު ސަލާމަތްކުރުމަށް ޒުވާނުންގެ ބައިވެރިވުން މުހިންމު. ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް އަދި ސިޔާދު ޤާސިމްގެ ކިބައިން ހިތްވަރު ލިބެންޖެހޭ. އަޅުގަނޑާއި ޖަލުން ބައްދަލުވި މީހުންގެ ތެރެއިން އެންމެ ހިތްވަރު ގަދަ ބޭފުޅަކަށްދިމާވީ ސިޔާދު ޤާސިމާއި. ވިދާޅުވީ ބައްޕަ އެ ކުރައްވަނީ ރަނގަޅު މަސައްކަތްކަމަށް ގަބޫލުކުރައްވާ ކަމަށް.

29 މާރިޗު 2018 | 17:00

އަޅުގަނޑުމެން މިއަދުވެސް މާދަމާވެސް ކުރަންވީ ކަމަކީ ރައީސް ޔާމީން ވެރިކަމުން ބޭލުމުގެ މަސައްކަތް: އިބޫ

އަޅުގަނޑުމެން މިއަދުވެސް މާދަމާވެސް ކުރަންޖެހޭކަމަކީ ރައީސް ޔާމީނޤ ވެރިކަމުން ބޭލުމުގެ މަސައްކަތް. ސަރުކަރުން ވައްކަންކުރާކަމުގައިވާނަމަ އެ ވާހަކަ އަޅުގަނޑުމެން ދައްކާނަން. ސަރުކާރުން އައިޖީއެމްއެޗްގެ އިމާރަތް އެޅުމުގައި ކޮރަޕްޝަން ގެންގުޅޭކަމުގައިވާނަމަ އެ ވާހަކަވެސް އަޅުގަނޑުމެން ދައްކާނަން.

ކަންތައްތައް އިސްލާހުކޮށް ރަނގަޅުކުރުމަށް ރައްޔިތުން ހަވާލުކޮށްފައިވަނީ އަޅުގަނޑުމެންނާއި، އެކަން އަޅުގަނޑުމެން މެދުކެނޑުމެއް ނެތި ކުރަންޖެހޭ. އަޅުގަނޑު މިއަދުވެސް މި ހުރީ ސާބިތުކަމާއެކުގައި.

29 މާރިޗު 2018 | 16:57

އެޗްއާރުސީއެމްއިން އަޅުގަނޑާއި ބައްދަލުކުރި، ކަންތައްތައް ރަނގަޅުކުރުމަށް މަސައްކަތްކުރާކަމަށް ވިދާޅުވި: އިބޫ

އެސްއާރުސީއެމްއިން އަޅުގަނޑާއި ބައްދަލުކުރުމަށް އައިސަ ގަމީސްލައި ފަޓުލޫނު ލުމަށް ބުނި. އެއާއެކު އަޅުގަނޑު ގަމީސްއާއި ފަޓުލޫންލިން. ދެން އެޗްއާރުސީއެމްގެ ބޭފުޅުން ވިދާޅުވީ ޖަލުގެ ހާލަތު ކިހިނެއްތޯ. އަޅުގަނޑު ބުނިން ތިޔަބޭފުޅުންނެއް ނޫންތޯއޭ ތިޔަ ވިދާޅުވީ ގަމީހާއި ފަޓުލޫނު ލުމަށް. އެއީ ޖަލުގައި ކަންތައްތައް އޮތް ގޮތަކީ. އިތުރަށް އެއްޗެކޭ ނުބުނަން. އެޗްއާރުސީއެމްގެ ބޭފުޅުން ވިދާޅުވީ ކަންތައްތައް ރަނގަޅުކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރާކަމަށް.

29 މާރިޗު 2018 | 16:53

ޖަލުގައި ހުންނެވިއިރު އިތުރު އުއްމީދެއް ލިބުނު، މި މަސައްކަތުގައި ކުރިއަށްދާން އިތުރު ހިތްވަރެއް ލިބުނު: އިބޫ

އަޅުގަނޑުމެން ކުރަން ފެށި މަސައްކަތް ނިންމަންވެއްޖެކަމުގެ އިތުރު ސިގްނަލެއް އަޅުގަނޑަށް ލިބުނު. އިތުރަށް މި މަސައްކަތުގައި ކުރިއަށް ދިއުމަށް ހިތްވަރު ލިބުނު. އަޅުގަނޑު އޮތީ 8 ނަމްބަރު ގޮޅީގައި. ދޫނިދޫގެ ގޮޅިތަކުން "ބާއްޖަވެރި ހެނދުނެއް" އެ މެސެޖު ހެނދުނު ވުމާއެކު ލިބެމުންދިޔަ. އެ މެސެޖު ދެމުންގެންދިޔައީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އިލްހާމް އަހުމަދު.

އަޅުގަނޑު ކުރިމަތީގައި އޮތް ގޮޅީގައި އޮތީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު. ދެންޖެހިގެން އޮތް ގޮޅީގައި އޮންނެވީ ކުރީގެ ޕޮލިސް ކޮމިޝަނަރ އަހުމަދު އަރީފް. ގޮޅިތަކުގައި ތިއްބެވި ބޭފުޅުން ދިން މެސެޖަކީ ހިތްވަރާއެކު ކުރިއަށްދިޔުމަށް ދިން މެސެޖް. އެބޭފުޅުން ތިބީ ސާބިތުކަމާއެކުގައި ކަމަށް ތަކުރާރުކޮށް އާޅުގަނޑަށް އެބޭފުޅުން ދަންނަވަމުންގެންދިޔަ.

29 މާރިޗު 2018 | 16:37

ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާގައި ގިނަ ބަޔަކު އަންނަނީ ބައިވެރިވަމުން

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖަލްސާގައި ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ބައިވެރިވަމުންނެވެ. މި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.