ފަލަ ސުރުޚީ
މިރޭގެ މެހެމާނަކީ މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ
މާރިޔާ އަހުމަދު ދީދީ ފަލަ ސުރުޚީ ޕްރޮގްރާމްގައި
ހަމަހަމަ ކަމާއެކު ފުލުހުން ކަންކުރަންވާނެ
މާރިޔާ: ރުމާލު 2 ޖަގަހައެކޭ އެމްޑީޕީ ހަރުގެއެކޭ ވާނީ އެއްވަރު. ފުލުހުން އަމަލު ކުރަން ޖެހޭނީ އެއްގޮތަކަށް. ވަކި މީހަކު ވާހަކަ ދެއްކީމާ ތަހުގީގްކޮށްފައި އަނެކަކު އެއަށްވުރެ ދަށު ދަރަޖައިގެ ވާހަކަ ދެއްކީމަވެސް އަޅާނުލުމަކީ ހުވަޔާ ޚިލާފް ކަމެއް
ނޫސްވެރިކަމުގެ ފުރުސަތު އޮންނަން ވާނެ
މާރިޔާ:ނޫސްވެރިން ދައްކާ ވާހަކައިން އެމީހުން ހައްޔަރުކޮށް ހަދައިގެން ނުވާނެ. އެމީހުން އެކުރަނީ ޤާނޫން އަސާސީން ލިބޭ ހައްޤެއް.
ވެރިކަމަށް އަންނަން ދެއްކިވާހަކަ އެއްކޮށް ހަނދާން ނެތިއްޖެ
މާރިޔާ: މިހާރު އޭރު ދެއްކި ވާހަކަތައް އެއްކޮށް ހަނދާން ނެތިއްޖެ. ރުކަށް އެރި މީހާގެ ނަދުރަށް ވެގެން އެދިޔައީ. މިހާރު އެކަކަށްވެސް ޔަޤީންކަމެއް ނެތް މާދަމާވެސް ބަންދުކުރަން ނާންނާނެ ކަމެއް. ޤާނޫންތައް ހެދިފައި ހުންނަނީ އެފަދަ ކަންކަން ކުރާތީ. އެކަމަކު އެކަމެއް ނުބަލާ
ދިފާއީ ވަކީލުންނަށް އެކަށީގެންވާ ފުރުސަތު ދޭން ޖެހޭނެ
މާރިޔާ: ޤާނޫން އަސާސީގައިބުނޭ ޤާނޫނީ ވަކީލުންނަށް އެކަށީގެންވާ ފުރުސަތު ދޭން ޖެހޭނެޔޭ. ވަކީލުން ގެންދާ ތަކެތި ބެލިދާނެ. އެކަމަކު މުވައްކިލާ ގުޅޭގޮތުން ތައްޔާރުކޮށްގެން ގެންދާ ލިޔެކިޔުމެއް ނުބެލޭނެ. އެއީ ޤާނޫނާ ޚިލާފް ކަމެއް. ފުލުހުން ކޮންމެވެސް ވަރެއްގެ ސުލޫކެއް ހުންނަން ޖެހޭނެ. އެހެން ގެންދާ ލިޔުންތަކެއް ނުބެލޭނެ. އެއީ ބައިނަލް އަޤްވާމީ މުއާހަދާތަކުގައިވެސ އޮވޭ
ހިތްހަމަ ނުޖެހުނީމާ ސެކިއުރިޓީއެއް ނުނެގޭނެ.
މާރިޔާ: ރައީސް ޔާމީން ހިތްހަމަ ނުޖެހުނީމާ ފަނޑިޔާރުންނަށް ސަލާމަތީ ޚިދުމަތްތަކުން ސެކިއުރީ ކަނޑައެއް ނުލެވޭނެ. މަޖިލިސް މެންބަރުންގެ ތެރެއިން ޕީޕީއެމް މެންބަރުންނަށް ސެކިއުރިޓީ ދޭ. ކުއްލި ނުރައްކަލުގެ ހާލަތު ނިމުނީމާ ޤާނޫނީ އިމުގެ ތެރެއަށް ފައްތަން ޖެހޭނެ. ފަނޑިޔާރުން ބަންދުގައެއް ނުބޭއްތިއްބޭނެ
ބަންދުގައި ތިބި ފަނޑިޔާރުންނަށް ރައްކާތެރިކަން ދޭން ޖެހޭ
މާރިޔާ: އުއްތަމަ ފަނޑިޔާރާއި ޢަލީ ހަމީދަކީ އަދިވެސް ފަނޑިޔާރުން. އެމީހުންނަށް ރައްކާތެރިކަން ދޭން ޖެހޭނެ. ބަންދުގައި ބެހެއްޓޭނީ ޕީޖީގެ ލަފަޔާއެއްގޮތައް ކޯޓުން. އެހެނެއް ނުބޭތިއްބޭނެ.
ބާރަކުން ޤާނޫން އަސާސީއާ ޚިލާފް ވެއްޖިއްޔާ ހަމަމަގަށް އަޅުވާނީ ސުޕްރީމް ކޯޓުން
މާރިޔާ: ދައުލަތުގެ ބާރަކުން ޤާނޫން އަސާސީއާ ޚިލާފްވެއްޖެއްޔާ އެކަމަށް ހައްލެއް ހޯދަދިނުމުގެ ޒިންމާ ނަގާ ފަރާތަކީ ސުޕްރީމް ކޯޓު. އެމީހުންގެ ބާރު ކަނޑުވައެއްނުލެވޭނެ. އެފަރާތްތަކަށް އެހެންވީމާ ޚާއްޞަ ރައްކާތެރިކަމެއް ދޭންވާނެ. ޤާނޫން އަސާސީގައި ބުނޭ އެކަން.
ފަނޑިޔާރުން ހައްޔަރު ކުރާކަށް ކުއްލިނުރައްކަލުގެ ހާލަތެއް ނުގެނެވޭނެ
މާރިޔާ: މިފެންނަނީ ރައީސް ޔާމީން ކަމެއް ބޭނުންފުޅުވީމާ ޤާނޫނެއް ޤަވާއިދަކަށް ނުބަލާތަން. އެސްއޯއީވެސް ގެނައީ ހަމަ އެހެންވެގެން. އެކަމާ ގުޅިގެން މުޅި ދުނިޔެ ބަލަމުންދަނީ. މި ސަރުކާރުގައި ދެފަހަރަށް އެސްއޯއީ އިއުލާން ކުރީ ޤާނޫނީ އިމުގެ ބޭރުން އެފަދަ އެސްއޯއީއަކުން ރަނގަޅެއް ނުވާނެ. އެއަމުރަކީ ރައީސް ޔާމީނަށް ޗެލެންޖެއް ވީމާ އެސްއޯއީ އިއުލާންކޮށް ފަނޑިޔާރުން ހައްޔަރުކުރަން އެސްއޯއީ އިއުލާން ކުރީ. އެހެން އެކަމެއް ނުކުރެވޭނެ. ދެން އެއަކުން ރަނގަޅެއް ނުނިކުންނާނެ.
އިދިކޮޅު މެންބަރުން މަޖިލީހަށް ނުވަންނަނީ 12 މެންބަރުންނަށް ނުވަދެވޭތީ
މާރިޔާ: އަޅުގަނޑުމެން މަޖިލީހުގެ ޖަލްސާތަކަށް ނުވަންނަނީ މަޤްބޫލު އުޛުރެއް އޮވެގެން. 12 މެންބަރަކު އެބަތިއްބެވި ނުހައްގުން ނުވަދެވޭގޮތް ހަދާފައި. އަނެއްކާ ބަންދުގައިވެސް އެބަތިބި ބަޔަކު. ބަންދުގައި ތިއްބަސްވެސް މަޖިލީހަށް ގެންނަން ޖެހޭނެ. އެކަމަކުވެސް އެކަމާވެސް އެދަނީ ޚިލާފްވަމުން.
މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ހުށަހެޅި ޤަރާރުވެސް ހުށަހެޅީ އެމެންބަރުން މެންބަރުން ކަމުގައި ތިއްބަވައިގެން ކުރެއްވި ސޮޔާއެކު. ދެން އެކަން ބަދަލެއް ނުކުރެވޭނެ. އެހެންވީމާ ގޯސްކޮށް ހިންގާފައި އެހެންކަމެއް ރަނގަޅެއް ނުކުރެވޭނެ. އެހެންވެ މަޖިލީހަށް ނުވަންނަނީ