Raajje.mv

ފަލަ ސުރުޚީ

މިރޭގެ މެހެމާނަކީ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން

25 މާރިޗު 2018
14322
ސައުދު ހުސައިން

ސައުދު ހުސައިން

25 މާރިޗު 2018 | 17:17

ޕީޖީ ނެގި ހިސާބުން ހިތް ނިޔަތް ގޯސްވެއްޖެ

ސައުދު: ޕްރޮސެކިއުޓަރ ޖެނެރަލަކު ނެގިއިރުވެސް ހިތުގައި އޮތް ހިތްއެދޭ މީހަކަށް ދައުވާ ކުރަން. ސިޔާސީ ވާދަވެރިން ޖަލަށް ލުމުގެ ވިސްނުން ހުރި. ކިތައް މީހުންނަށްތޯ އަނިޔާ ދިނީ. އަނިޔާ ނުލިބޭ ގޭބިސީއެއް ނެތް. އެހެންވީމާ ކިހިނެއްތޯ ދެވަނަ ދައުރެއް ޑޭނީ. ރައްޔިތުން ނުދޭނެ. މިހާރު އެއުޅެނީ ކުރިން އޮތް ކަހަލަ ރަސްކަމެއް ގެންނަން. އެސަޤާފަތް ގެންނަން އެއުޅެނީ

25 މާރިޗު 2018 | 17:12

މަސައްކަތް ކުރަނީ މާލެ ސަރަހައްދު ތަރައްޤީ ކުރަން

ސައުދު: ރަށްރަށުން މީހުން މާލެއައަުމަށް ގޮވާލަމުން އެދަނީ. އެސިޔާސަތެއް ނުހިނގާނެ. ރައްޔިތުންނަށް ބާރުފޯރުވަން އެއުޅެނީ. މިމީހުން ހިތައްހެރި ގޮތަކަށް އެކަން ކުރަނީ. ހަމަ ބޭނުންވީމާ ބުނެފާނެ މާލެއަށް ނޭރޭނެޔޭ

25 މާރިޗު 2018 | 17:05

މަސްވެރިންނަށްވީ ވައުދެއް ނުފުއްދާ

ސައުދު: މަސްވެރިންނަށް މަހުގެ ހަމަ އަގެއް ނުލިބޭ. މަސްވެރިންނަށް ކުރިން އުއްމީދުތަކެއް އޮތް. މަސްވެރިންނަށް އެމީހުްނ ބާނާ މަސްކޮޅުގެ އަގެއް ނުލިބޭ. ބޮޑެތި އަދަދުތަކުން ލާރި ނަގައިގެން ތަކުލީފްތައް ޖައްސަނީ. އަޅުގަނޑުމެން އޭރު އެވާހަކަ ދަެއްކީމާ ބުނީ ތިވާހަކަ ނުދައްކާށޭ.

25 މާރިޗު 2018 | 17:01

ޕީޕީއެމްގެ ކޮންގރެސް ބާއްވާކަށް ނުކެރޭނެ

ސައުދު: ޕީޕީއެމްގެ ކޮންގރެސްއެއް ނުބާއްވާނެ ކޯޓަށް ގޮސްގެން ބަދަލު ނުކޮށެއް. ކޮންގރެސް ބާއްވައިފިއްޔާ ކޮންގްރެސް ކާމިޔާބު ކުރާނަން. ހިތުން ރުހުމުން ޕާޓީގެ ފޯމް ފުރާފައެއް ނުހުންނާނެ. ވިލިނގިލީ ރައްޔިތުންގެ ތާއީދެއް ނެތް ސަރުކާރަކަށް.

ސިޔާސީ ކުލަވަރު ޖައްސައިގެން ކޮންމެކަމެއް ކުރަން އުޅެނީ. އެކަމެއް ނުވާނެ. ޓީޗަރުންވެސް ސިޔާސީ ކުރަމުން ދަނީ

25 މާރިޗު 2018 | 16:56

ހުވަދު އަތޮޅަށް ސަރުކާރުން އަނިޔާ ދެނީ

ސައުދު: ބައެއް މެންބަރުން ވިދާޅުވޭ މި ސަރުކާރުންނޭ ހުވަދު އަތޮޅަށް ހަމައެކަނި ތަރައްޤީ ގެނައީ. އެކަމަކު އެއީ ދޮގެއް. ކޫއްޑޫ އެއަރޕޯޓުން ފެށިގެންވެސް އެއީ ކުރީގެ ސަރުކާރުތަކުން ކޮށްފައިވާ ކަންކަން.

25 މާރިޗު 2018 | 16:53

އިންތިޚާބުގައި ޔާމީން ވާދައެއް ނުކުރާނެ

ސައުދު: ރައީސް ޔާމީން އަދިވެސް ވިދާޅެއް ނުވޭ ވާދަކުރާނެ ވާހަކައެއް. ބަޔަކު މީހުން އުޅެނީ ރައީސް ޔާމީން ކުރިމަތިލައްވާނެކަމަށް ކިޔައިގެން އުޅެނީ. އެއީ އެމީހުން ޕޕީއެމްތެރެއިން ލާރިކޮލެއް ހޯދަން ކުރާކަމެއް އެއީ

25 މާރިޗު 2018 | 16:49

ނެތް ތާއީދު އޮތްކަމަށް ދައްކަން އެއުޅެނީ

ސައުދު:ތާއީދު އޮތްކަމަށް ދައްކަން އެމަސައްކަތް ކުރަނީ. ސަރުކާރު މުވައްޒަފުންނަކީ އަޅުން ކަމަށް ހަދައިގެން ބިރު ދައްކައިގެން އެއުޅެނީ. ވަޒީފާގެ ބިރު ދައްކަނީ. އެތައް ބަޔަކު ވަޒީފާއިންވެސް ވަކިކޮށްފި.

ސަރުކާރަކަށް ވިލިނގިލި ހައްލެއް ނުކުރެވޭނެ. މިސަރުކާރުގައިވެސް ދެބައެއް ނުވަތަ 2 ސަރުކާރެއް އެބައުޅޭ. އެއްބަޔަކު އެބައުޅޭ ރަނގަޅަށް މަސައްކަތް ކުރާ. އަނެއް ބަޔަކު ނުގައިވައިދުން އަމިއްލަ ފައިދާއަށް ކަންކަން ކުރެވޭތޯ އެއުޅެނީ.

ވިލިނގިލީ ޖަލްސާއިން ފެނުނު މީހުންނަކީވެސް އެހެން ޕާޓީތަކުން އައިސްތިބި މީހުން. ވިލިނގިލީގައި ތިބީ ރަތްލާޖެހި ޕީޕީއެމް މީހުން. އެމީހުން ތިބީ މިސަރުކާރާ އެއްކޮށެއް ނޫން. ވިލިނގިޅިގައި ބޭއްވި ޖަލްސާއަކަށް އެމީހުންެއް ނުދޭ. އަޅުގަނޑުމެން ބޭނުންވިނަމަ ވިލިނގިލީގައި ބޭއްވި ޖަލްސާ ހުއްޓުވޭނެ. އެަކަމކު އަޅުގަނޑުމެން ބޭނުމެއް ނުވޭ އެހެން އެކަން ކުރާކަށް. އަޅުގަނޑުމެންނަކީ ރީތިގޮތް އިސްކުރާ ބައެއް.

25 މާރިޗު 2018 | 16:44

ކޮންމެ ދާއިރާއަކުން ވިއަސް ރައީސް ޔާމީން ވާދަކުރާނަން

ސައުދު: ވިލިނގިލީ ދާއިރާއެއް ނޫން ރާއްޖޭގެ ކޮންމެ ދާއިރާއަކުން ވިއަސް ރައީސް ޔާމީނާ ވާދަކޮށް ރައްޔިތުންގެ މަޖިލިސް ކާމިޔާބު ކުރާނަން. ގާތުގައި އެއުޅޭ އަބްދުއް ރަހީމް މެންނަކަށްވެސް ރައްޔިތުންގެ ތާއީދެއް ނެތް. އެހެންވެގެން ނޫންތޯ ބައި އިލެކްޝަން ބާއްވަން ނުކެރިގެން އެއުޅެނީ. 12 މެންބަރުންގެ ގޮނޑީގެ އިންތިޚާބެއް ބާއްވާލަބަލަ ނިކަން. މާދަމާ ބައި އިލެކްޝަނެއް ބޭއްވިއަސް ގުޅިފައިވާ ޕާޓީތަކުން ފޮޓޯ ބާއްވާފައި ރައީސް ޔާމީން ބަލިކުރާނަން

25 މާރިޗު 2018 | 16:41

ސަރުކާރަކަށް ވިލިނގިލިން ތާއީދެއް ނެތް

ސައުދު: އެއިންޒާރުދިން ޖަލްސާއަށްވެސް ދިޔައީ މަދު ބައެއް. ވޯޓަކަށް ގޮސްފިނަމަ ޕީޕީއެމަކަށް 200 ވޯޓްވެސް ނުލިބޭނެ. އެޖަލްސާއަކީ ޕީޕީއެމްގެ އަސްލު ސިފަ ފެނުނު ޖަލްސާއެއް. އެއިންޒާރުދިން މީހާއާ ފަހަތުގައި ތިބި މީހުންގެ ރެކޯޑްސް ބައްލަވާ ކުށުގެ ރެކޯޑް އޮންނާނެ

25 މާރިޗު 2018 | 16:39

ޕީޕީއެމް މީހުންވެސް ތިބީ ހިތްހަމަނުޖެހިފައި

ސަރުކާރުގައި ތިއްބެވި ޕީޕީއެމްގެ ބޭފުޅުންވެސް އެކަމާ ހިތްހަމަނުޖެހިގެން އަޅުގަނޑާ ގުޅައި އެވާހަކަ ދެއްކި. މިހާރު މިއޮތް ސަރުކާރަކީ އަޅުގަނޑުމެންގެ މަސައްކަތުން ގެނައި ސަރުކާރެއް.