ފަލަސުރުހީ
ފަލަސުރުހީ

ފަލަސުރުހީ
އެޗްއާރްސީއެމް އިން ޖަލަށް ދާން ފެށުމުން ގޮޅި ހާލަތު ދަނީ ރަގަޅު ކުރަމުން
އެޗްއާރްސީއެމް އިން ވަނީ އެެފެން ބޯންނުވާނެ ކަމަށް އަންގާފަ. އެޗްއާރްސީއެމް އިން ބުނި ނަމަވެސް ފުލުހުން ނިންމާ ގޮތަކަށް ކަމަށް އެކަން ނިންމާނެ ކަމަށް ފުލުހުން ބުނެފައިވޭ.
އެޗްއާރްސީއެމްގެ ކުދިން މަސައްކަތް ކުރޭ ހާލަތު ރަގަޅު ކުރުމަށް.
ފުލުހުން ދަނީ ލާއިންސާނީ އެތަށް ކަމެއް ކުރަމުން
ޖަލު ބަލަހައްޓާ ފުލުހުންގެ އެއްވެސް ޕްރޮފެޝަނަލް ކަމެއް ނެތް. ކިޔަވައިގެން ތިބި ފުލުހުން ތިބީ ދުރުކޮށްފައި. އަނިޔާ ކުރުމަކީ ޖަލުގައި ހަރަކާތްތެރިވާ ފުލުހުންނަށް ހިންހަމަޖެހޭ ކަމެއް. ގާނޫނެއް ކިޔާލާފައިވެސް ނޭންގޭ. ގަވައިދެއްވެސް އެކުދިންނަކަށް ނޭންގޭ
އާއިލާއަށް ގުޅުމަށް ދޭ ފުރުސަތުގެ އިންތިޒާމުތައް ވަރަށް ގޯސް
ޖެއްސުން ކުރުމުގެ ގޮތުންވެސް ބޮޑެތި މައްސަލަތަކެއް ހުރޭ. 33 ދުވަހުގެ ތެރޭ ލިބުނީ އާއިލާއަށް ގުޅުމަށް ދެ ފުރުސަތު. ލޯޔަރާއި ބައްދަލު ކުރުމަށްވެސް ކުރިން ނާންގާ. ނަފްސާނީ ގޮތުން ބޮޑެތި އަނިޔާތަކެއްދޭ. ޖިސްމާނީ ގޮތުންވެސް މިހާރު އަނިޔާ ދެމުންދަނީ.
ތިބޭ ގޮޅި އެހާ ހޫނު
ނަމާދު ކުރަން އެކަނި ޓީޝާޓް ލަނީ. ނަމާދުކޮށް ނިމޭ އިރު ޓީޝާޓް ހީވާނީ ފެންގަނޑަކަށް ލާފައި ނެގޭނެ.
ބަލިވެގެން ފަސް ދުވަސް ވާއިރުވެސް ޑޮކްޓަރަށް ނުދެއްކޭ
ޑޮކްޓަރަށް ދައްކާ އިރުވެސް ބޭސް ލިބޭނީ ދެތިން ދުވަސް ފަހުން. ނައިބު ރައީސް ޝިފާޒް އަދިވެސް އުޅެނީ ޑޮކްޓަރަށް ދެއްކޭ ގޮތް ނުވެފައި.
ޖަލުތަކައި ޕެރޯލް ގާނޫނަށްވުރެ މަތީގައި އުސޫލުތަކެއް އެބަހުރި
އެޗްއާރްސީއެމް އިން އައުމުގެ ދެ ގަޑި އިރު ކުރިން ފެންފުޅިތަކެއް ގެނެސް ބެހެއްޓި. ފުލުހުން ބޮނީ ފުޅީގައި ހުންނަ ފެން. ގޮޅީގެ އެކި ދިމަދިމާއިން ފަނިތަކެއް ނިކުމޭ. އެކަން ހައްލު ކުރަން ބުމުން އެކަމެއް ހައްލެއް ނުވޭ. ކަސްރަތު ކުރެވޭނެ ގޮތެއް ނުވޭ.
ބަލި ނޫން މީހާވެސް ގޮޅީގައި ބަލިވާނެ
ކާންދޭ އެއްޗެއްސަކީ އިންސާނުންނަށް ދޭން ހެޔޮވާވަރު އެއްޗެއް ނޫން. ސަޔަށް ވަރަށް ބައިވަރު ހަކުރު އަޅާފައި ހުރޭ.
ތުހުމަތު ކުރާ ކަން ފުލުހުންނަށްވެސް ނޭންގޭ
ދޫކޮށްލި އިރުވެސް ނޭންގޭ ދޫކޮށްލީ ކޮން ކަމަކާ ގުޅިގެން ކަމެއް.
މިރޭގެ މެހެމާނަކީ އެމްޑީޕިގެ ޕޮލިސީ ކޮމެޓީގެ މުޤައްރިރު ހުސެއިން އަމްރު
ހައްޔަރު ކުރި އިރު ހައްޔަރު ކުރީ ކީއްވެގެން ކަމެއް ނުބުނޭ. ގޮޅިއަށް ގެންގޮސް 10 ދުވަސް ފަހުން ނެރެފައިވަނީ. ތުހުމަތު ކުރެވުނު ކަން އެނގުނީ އެދުވަހު.