މާރިޔާ: ދޫނިދޫއަކީ މިހާރު މަޖީދީ މަގު. ތަފާތަކީ ދޫނިދޫގައި ތިބިކަން. ހަމަ އެޝުއޫރު އެފާޅު ކުރަނީ. އެކަކަުވެސް ތިބީ ދޫދޭ ގޮތަކަށް ނޫން. އެންމެންވެސް ބުނަނީ ޤާނޫނީ އިމުގެ ތެރެއަށް ވަންނާށޭ.
ޤާނޫނާ ޚިލާފަށް ކަންކަން ނުކުރާށޭ އެބުނަނީ. ޤާނޫނާ ޚިލާފަ އަމުރު ނުކުރާށޭ އެބުނަނީ. ޣައިރު ޤާނޫނީ އަމުރަށް ތަބާ ނުވި މީހުން އެތިބީ ހައްޔަރުކޮށްފައި. އޭގެ ފުލުހުނއ ެތިބީ. އެމީހުންވެސް އެއެދެނީ ޤާނޫނީ އިމުގެ ތެރެއަށް ވަނުމަށް
މާރިޔާ: ހަމައެކަނި މީހުން ހައްޔަރު ކުރާ ޓޫލްއަކަށް އެސްއޯއީ އިއުލާން ކުރީ. ޤާނޫންތައް ސަސްޕެންޑްކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި މީހުން ހައްޔަރު ކުރަން އެކަން ކުރީ. އެކަމަށް އެސްއޯއީ އިއުލާން ކުރީމާ އެ ޣައިރު ޤާނޫނީ ވެވުނީ. ރައީސަކު ނެތިއްޔާ ކަންކުރާނެ ގޮތުގެ އިޖުރާއަތު އެބައޮތް. އެއާ ޚިލާފަށް ކަންކަމެއް ނުކުރެވޭނެ.
މިހާރު ޤާނޫން އަސާސީ މައްސަލައަކަށް ވެގެން އުޅޭކަމަށް ވިދާޅުވާއިރު ރައީސް ޔާމީން ކުރިން މަޖިލީހުގައި ވިދާޅުވި ޤާނޫން އަސާސީ ރަނގަޅޭ. މިއަށްވުރެ ރަނގަލޫ ޤާނޫން އަސާސީއެއް ނެތޭ ވިދާޅުވި. ޤާނޫން އަސާސީ ކަމުނުދަންޏާ އެންމެނާ ވާހަކަ ދައްކައިގެން ހައްލު ކުރޭ.
ހުކުމެއް އަންނަންދެން ވިދާޅުވީ ހުކުމެއް އަންނަ އިރަށް ތަންފީޒް ކުރާނަމޭ. އެކަމަކު ހުކުމެއް އައިމަ މިބުނީ ތިކަން ވާކަށް ނެތޭ
މާރިޔާ: މިހާރު ދައްކާނެ ވާހަކައެއް ނެތިގެން ގޮތް ހުސްވެގެން ދައްކަނީ ކުޑަކުދިންވެސް ނުދައްކާ ވާހަކަ. އަޅުގަނޑުމެން މިދައްކަނީ ޤާނޫން އަސާސީއަށް ތަބާވާށޭ. އެއަސާސީ އެއޮތީ އިސްލާމްދީނުގެ އުސޫލުތަކުގެ ތެރެއިން ހަދާފައި. އަނެއްކާ ރައީސް ޔާމީންވެސް ކުރިން ދައްކަވާފައިވަނީ ހަމަ މިވާހަކަތައް. ޤާނޫން އަސާސީއަށް ތަބާވާށޭ. ރައީސުލްޖުމްހޫރިއްޔާއަކީ މީހެއް ނޫނޭ، ޤާނޫން އަސާސީއޭ ހުރިހާވެސް އެއްޗަކީ. ޔުނީފޯމް ބާލާފައި ފުލުހުންނާ ސިފައިން އަންނާށޭ. މިއީ ރައީސް ޔާމީން ދެއްކެވި ވާހަކަތައް އަޅުގަނޑުމެން އެވަރަކަށް ނުދައްކަން.
މާރިޔާ: މިވާހަކަތައް ދައްކާ މީހުން އެވާހަކަތައް ދައްކާ ގޮތުން އަދި ދީނީ ކަންކަން ހުންނަގޮތާ އެމީހުން ދައްކާ ވާހަކައާ ގުޅުމެއް ނުހުންނާތީ އެދީނީ ވާހަކަ ދައްކާ މީހުންގެ ކްރެޑިބިލިޓީ ގެއްލެނީ. މިއަދު ކަންކަން ހުންނަ ގޮތާއި ވަމުންދާގޮތް އެންމެންނަށްވެސް އެނގޭ. ދެން އެމީހުން އެހެން ގޮތަކަށް އެކަންކަން ބަދަލު ކުރަން އުޅޭތީ ކުދިންނަށް ސުވާލު އުފެދޭ.
މާރިޔާ: ދީނީ ވާހަކަ ދައްކަނީ ޤާނޫނީ ގޮތުން ވާހަކަ ދެއްކެން ނެތިގެން. ދައްކާނެ ވާހަކައެއް ނެތިގެން ގޮތް ހުސްވެގެން.
މީގެ ކުރިން މަސްތުވާތަކެތީގެ ވާހަކަވެސް ދެއްކީ މާބޮޑަށް. އެވާހަކަ ދެއްކި ދެއްކީނުން އަޖުމަ ބަލަން އެކަން ބައެއް ކުދިން އެކަން ކުރަނީ. އެގޮތައް ދެން ޤައުމީ ޓީވީއަށް އަރައިގެން އެހެން ދީނަތަކަށް އުޅޭ ވާހަކައާއި އެއްޖިންސުން ގުޅުން ހިންގާ ވާހަކަ ދެއްކުމަކީ ގޯސް ކަމަކަށް ވެދާނެ. އެވާހަކަތައް ދައްކާއިރު ދީނީ ވާހަކައެއް ނުދައްކާ. މިއީ ވަރަށް ބިރުހުރި ވާހަކަ ތަކެއް.