ފަލަސުރުހީ
ފަލަސުރުހީ

ފަލަސުރުހީ
ހަރަކާތުގައި ދެމިތިބޭނަން
ވަރަށް އުފާވެރި މަންޒަރުތަކެއް އަޅުގަނޑުމެންނަށް ފެނިގެންދަނީ. މި ހަރަކާތްތަކަށް ނިކުންނަވާ ކޮންމެ މީހަކީ ލީޑަރެއް. އަޅުގަނޑުމެންގެ ލީޑަރޝިޕް ނެތޭ ބުނެ ފަތުރަނީ ދޮގު ޚަބަރެއް. އަޅުގަނޑުމެން މި އިހުތިޖާޖްގައި ފެބްރުއަރީ އެއްވަނަ ދުވަހުގެ ހުކުމް ތަންފީޒް ކުރަންދެން ދެމިތިބޭނަން.
ދައުލަތުގެ މަޤާމުތަކަށް މުސާރަ ދިނުން
ދައުލަތުގެ ހުރިހާ މަޤާމަކަށްވެސް މުސާރަ ދެނީ ދިވެހި ރައްޔިތުން. ބައެއް ފަރާތްތަކަށް ހީވޭ ތިމަންނަމެންނަށް މުސާރަ ދެނީ ރައީސުލް ޖުމްހޫރިއްޔާ ކަމަށް. ރާއްޖެއަށް ތަރައްޤީ ގެނައުމަށްޓަކައި ލޯނެއް ނެގިޔަސް ނަގަނީ ދިވެހި ރައްޔިތުން މޯގޭޖް ކުރުމަށްފަހު. ރައީސް އަމިއްލަފުޅަށް ގެ މޯޖޭގް ކުރައްވާފައެއް ނޫނޭ ލޯނު ނަގަނީކީ އެއީ ރައްޔިތުންގެ ފައިސާ. ރައްޔިތުން ދައްކާ ޓެކްސްތަކުގެ ފައިސާ އެއީ.
ވެރިކަން
ވެރިކަން ޤާނޫނާއި ހިލާފަށް ކުރާ ކަމުގައި ވާނަމަ ބަދަލުކުރެވޭނެ ބަދަލުކުރާނަން.
ކުށުގެ ވެށިން މީހުން ހައްޔަރު ކުރުން
ކުށުގެ ވެށިން މީހުން ހައްޔަރު ކުރަން ޖެހޭނީ ވަކި ހާލަތްތަކެއްގައި. އުސޫލުތަކާއި ހަމަތައް ކަނޑައެޅިފައިވޭ އެހެން ކަމުން އެ އުސޫލުތަކުގެ ބޭރުން މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމައް ނޫން.
ނޫސްވެރިން
ނޫސްވެރިން ކުރާ މަސައްކަތަކީ ގޯސްކޮށް ހިނގާ ކަންތައްތަކުގެ ހަޤީޤަތް ހާމަކުރަން. ސަރުކާރު ހިނގާ ގޮތް ގޯހޭ ބުނާ މީހަކުވެސް ވަނީ ޓެރަރިސްޓަކަށް ދެން ނޫސްވެރިންނަށް ވާނެ ގޮތް ދެން ވިސްނާލާ. ބިރު ދެއްކި ވަރަކަށް ނޫސްވެރިން ވަނީ އިތުރު. ދައްކާ ބިރަކަށް ފަސްނުޖެހޭނަމޭ ބުނެ ނޫސްވެރިން ނިކުންނާތީ އުފާވޭ. ސަރުކާރުން ނޫސްވެރިންނަށް ކުރާ ގޯނާ ހުއްޓާލަން ޖެހޭ.
މަސައްކަތް
އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ދިވެހި ފުލުހުންނާއި ސިފައިންގެ ހައްގުގައި އެ ފަރާތްތަކަށް ބާރުގެ ނުފޫޒު ބޭނުންކޮށްގެން އުޅެނީ. އެ އަމަރުތަކަށް ތަބާވަނީ މަޖުބޫރުވެގެން.
ސަރުކާރުގެ ހާލަތު
މި ސަރުކާރު ވަނީ ކުޑަކަކޫ މައްޗަށް ތިރިވެފައި. ގޮތް ދޫކުރަން ބޭނުންނުވަނީ މި ސަރުކާރުން.
ފަަލަސުރުހީ
މިރޭގެ މެހެމާނަކީ އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު މާލީ އަހުމަދު ޢަބްދުﷲ