ގުޅިފައިވާ ޕާޓީތަކުގެ ބޮޑު އެއްވުން، "ހުއްޓުވާ"
މިއަދަކީ ސިލްސިލާ މުޒާހަރާތަކުގެ 44 ވަނަ ރޭ. ބޮޑު އެއްވުމެއްގެ ގޮތުގައި މި އެއްވުން ކުރިއަށް ގެންދަނީ "ހުއްޓުވާ" ނަމުގައި. މިރޭގެ މުޒާހަރާއަށް ނުކުތުމުގެ ކުރިން ޕާޓީތަކުން ބުނެފައި ވަނީ ސަރުކާރުން ކުރ

މުޒާހަރާ ފެށުމާއެކު، ރޫޅާލާނެ ކަމުގެ އިންޒާރު ވަނީ ދީފައި
މުޒާހަރާގައި ހަރަކާތްތެރިވި 7 މީހަކު ހައްޔަރު ކޮށްފި
މުޒާހަރާގެ ބައިވެރިންގެ ތެރެއިން 7 މީހަކު ފުލުހުން ހައްޔަރު ކޮށްފި ކަމަށް ރާއްޖެޓީވީގެ ރިޕޯޓަރ މައުލޫމާތު ދޭ. މުޒާހަރާގެ ބައިވެރިން އަދިވެސް ތިބީ އެމްއެމްއޭ ސަރަހައްދުގައި
ޖުމްހޫރީ މައިދާނާއި ދިމާލަށް މީހުން އެއްވާން އުޅުމުން ކަރުނަގޭސް ކެނިސްޓާ ޖަހައިފި
ޖުމްހޫރީ މައިދާނާއި ދިމާލަށް މީހުން އެއްވާން އުޅުމުން ކަރުނަގޭސް ކެނިސްޓާ ޖަހައިފި. ކެނިސްޓާ ޖަހާފައި ވަނީ ސިފައިން.
ރާއްޖެޓީވީގެ ތިން ނޫސްވެރިން އަދިވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި
ހައްޔަރު ކުރި ރާއްޖެޓީވީގެ ތިން ނޫސްވެރިން އަދިވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި. ތިން ނޫސްވެރިން ހައްޔަރު ކޮށްފައިވާ ސަބަބެއް ސާފެއް ނުވޭ. އާމިރާއި ވިސާމް ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން
ޖުމްހޫރީ މައިދާނަށް އެންމެން ދިއުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި
ކުރީގެ ރައީސް މުހައްމަދު ނަޝީދު ދާދި ދެންމެއަކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މޯލްޑިވްސް ޕޮލިސް އާއި އެމްއެންޑީއެފް ތިބީ ރައްޔިތުންނާއި އެކުގައިކަމަށެވެ. ވީހާވެސް ގިނަ ބަޔަކު ޖުމްހޫރީ މައިދާނަށް ދިއުމަށާއި އެންމެން ނިކުތުމަށް ވަނީ ގޮވާލައްވާފައި
ނަޝީދު މިރޭ ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ ފުލުހުން ޔުނީފޯމްގައި ގޭންގް ތަކުން 45 ކުދިން ނެރެއްޖެކަމަށާއި މި ކަމުގައި އިސްކޮށް ހުންނަނީ ކުރީގެ ކަމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު ކަމަށެވެ. އެމްއެންޑީއެފް އަދި ފުލުހުން ރައްޔިތުންގެ ދިފާއުގައި ނިކުމެ ވަޑައިގަތުމަށް ވަނީ ވިދާޅުވެފައި
ފުލުހަކު ރަހީނު ކޮށްފައިވާ ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި
ފުލުހަކު ރަހީނު ކޮށްފައިވާކަމަށް މީޑިއާ ތަކުގައި ދެކެވޭކަމަށް ބުނާ ވާހަކަ ފުލުހުން ދޮގުކޮށްފި. ފުލުހުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ފުލުހަކު ރަހީނުކޮށްފައިވާކަމަށް ބައެއް މީޑިއާ ތަކުގައި ރިޕޯޓްކޮށްފައިވާ ރިޕޯޓް ކުރުން އެއީ ދޮގެއްކަމަށް.
މުޒާހަރާގެ ބައިވެރިން ޖުމްހޫރީ މައިދާން ކައިރީގައި
މުޒާހަރާގެ ތެރެއިން. އެމްޑީޕީގެ ޗެއާޕާސަން
ފުލުހުންގެ ޓްވީޓް
ވީޑިއޯ ހަދައިގެން ފުލުހުންނަށް އިންޒާރުދިން މައްސަލައިގައި 3 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފި.
އާޒިމް ހައްޔަރު ކޮށްފި
މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހައްޔަރު ކޮށްފި
އަލީ އާޒިމް
މުޒާހަރާގެ ބައިވެރިން ފައްސާލުމުގައި ފުލުހުން އަވަދިނެތި
މީހުން ފައްސާލުމުގައި އެސްއޯ ފުލުހުން އަވަދިނެތި
މުޒާހަރާގެ ބައިވެރިން ފައްސާލުމުގައި މަޖިދީމަގުގެ އެކި ސަރަހައްދުތަކުގައި ފުލުހުން އަވަދިނެތި މަސައްކަތް އެބަ ކުރޭ. ނަމަވެސް އެކިއެކި ސަރަހައްދުތަކުގައި މުޒާހަރާގެ ބައިވެރިން އެބަ ހަރަކާތްތެރިވޭ
ރާއްޖެޓީވީގެ ޕްރޮޑިއުސަރު އާމިރު ވެސް ހައްޔަރުކޮށްފި
ރާއްޖެޓީވީގެ ހެޑް އޮފް ޕްރޮގްރާމް އާމިރު ސަލީމް ހައްޔަރުކޮށްފި. އާމިރު ހައްޔަރުކޮށްގެން ގެންދިޔައީ ކޯޓު އަމުރެއް ވެސް ދެއްކުމަށްފަހު. އެ ކޯޓު އަމުރުގައި ބުނާ އެއްޗެއް އެހެން މުވައްޒަފުންނަށް ދައްކާފައެއް ވެސް ނުވޭ.
ރާއްޖެޓީވީގެ ނޫސްވެރިޔާ ވިސާމް ވެސް ހައްޔަރުކޮށްފި
ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމް ވެސް ހައްޔަރުކޮށްފި. އޭނާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން.
މާވެޔޮމަގު ސަރަހައްދުގައި މުޒާހަރާގެ ބައިވެރިން
ދޮށީ އުމުރުގެ މީހަކު ރަޔަޓް ފުލުހުންނާ ވާހަކަ ދެއްކުމުގައި
މުޒާހަރާގެ ބައިވެރިން، މާވެޔޮމަގު ސަރަހައްދުގައި ވެސް އެބަ ހަރަކާތްތެރިވޭ. މުޒާހަރާގެ ބައިވެރިންގެ ތެރެއަށް މީޑިއާ ނުވަދެވޭ ގޮތް ފުލުހުން ހަދާފައިވާތީ، އެ ސަރަހައްދުގައި ހިނގާ ކަންތައްތަކެއް ސާފެއް ނޫން.
ބާރުގެ ބޭނުންކުރަން ތަފާތު އާލާތްތަކެއް
ބާރުގެ ބޭނުން ކުރަން ތަފާތު އާލާތްތަކެއް ފުލުހުން މިރޭ އެބަ ގެންގުޅޭ،. އެގޮތުން ސްޓަން ގްރެނޭޑް ޖެހުމަށް ގެންގުޅޭ އާލާތެއް ފުލުހަކު ގެންގުޅޭ ފޮޓޯއެއް ރާއްޖެއެމްވިއަށް ވަނީ ލިބިފައި
ސްޓަން ގްރެނޭޑް ޖަހާ ބަޑިއެއް ފުލުހުން ގެންގުޅެނީ
ބާރުގެ ބޭނުންކޮށް، ޕެޕާ ސްޕްރޭ ވެސް ޖެހި
ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް، ޕެޕާ ސްޕްރޭ ވެސް ބޭނުންކޮށްފައި. އޭގެ އަސަރު ކުރި މީހުން ފަރުވާ ދިނުމުގައި ވޮލެންޓިއަރުން ހަރަކާތްތެރިވި.
ރާއްޖެޓީވީގެ ނޫސްވެރިޔާ ފަޒީން ހައްޔަރުކޮށްފި
.މުޒާހަރާ ކަވަރު ކުރުމަސް ގޮސް ހުރި، ރާއްޖެޓީވީގެ ނޫސްވެރިޔާ ފަޒީން ހައްޔަރުކޮށްފި. އޭނާ ހައްޔަރު ކުރީ ޓްރެފިކް ފުލުހުން.
ފަޒީން ހައްޔަރު ކުރީ ޓްރެފިކް ފުލުހުން
މުޒާހަރާގެ ބައިވެރިން ފައްސާލުމަށް، ކުއްލިއަކަށް ރަޔަޓް ފުލުހުން ދުއްވައި ގަންނަނީ
މުޒާހަރާގެ ބައިވެރިން ފައްސާލުމަށް ކުއްލި ގޮތަކަށް ދުއްވައިގަނެ، ރަޔަޓް ފުލުހުން ދަނީ ބާރުގެ ބޭނުން ކުރަނީ.
ރަޔަޓް ފުލުހުން
އިއްޔެ ހައްޔަރު ކުރި އީސަ ދޫކޮށްލައިފި
ގޭގައި ހުންނަވަނިކޮށް، ހައްޔަރު ކުރި ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އީސަ ދޫކޮށްލައިފި.
މުޒާހަރާގެ އިސް ސަފުގައި ޒުވާނުން
މުޒާހަރާގެ ބައިވެރިން މަޖީދީމަގުގައި
މުޒާހަރާއަށް އަތޮޅުތަކުން ވެސް، މީހުން މާލެ އައިސް އެބަތިބި. އެ މީހުން ވެސް ވަނީ މުޒާހަރާއާ ގުޅިފައި. މުޒާހަރާގެ އިސް ސަފުން،ގިނަ އަދަދެއްގެ ޒުވާނުން އެބަ ފެނޭ.
މުޒާހަރާގެ ބައިވެރިން މަޖީދީމަގުގެ އެކިއެކި ސަރަހައްދުތަކުގައި
މުޒާހަރާ ރޫޅާލަން ނުކުމެ ތިބި ފުލުހުން
މުޒާހަރާގެ ބައިވެރިން މަޖީދީމަގުގެ އެކިއެކި ސަރަހައްދުތަކުގައި އެބަ ހަރަކާތްތެރިވޭ. އެގޮތުން މުޒާހަރާގެ ބައިވެރިން މިވަގުތު މަޑުކޮށްލައިގެން ތިބީ ޑިލައިޓް ފިހާރަ ކައިރީގައި.
މުޒާހަރާ ރޫޅުވުމަށް ގިނަ އަދަދެއްގެ ފުލުހުން
މުޒާހަރާ ރޫޅާލުމަށް ގިނަ އަދަދެއްގެ ފުލުހުން އެބަ އުޅޭ. މުޒާހަރާ ރުޅާލަން ތިބި ފުލުހުންގެ ތެރޭގައި އެސްއޯ ފުލުހުންނާއި އޮޕަރޭޝަނަލް ޔުނީފޯމު އެޅި ފުލުހުން ހިމެނޭ.
ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގިނަ ބަޔަކު ހައްޔަރުކޮށްފި
ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގިނަ ބަޔަކު ފުލުހުން ވަނީ ހައްޔަރުކޮށްފައި. ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނާއި މުސްކުޅިން ހިމެނޭ. މުޒާހަރާ ފެށުމާއެކު، ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އެހާ ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކުރުމުން، ވެސް މުޒާހަރާގެ ބައިވެރިން އެ ސަރަހައްދުން ދުރަކަށް ނުދޭ.
އެސްއޯ ފުލުހުން ތިބީ މޫނު ނިވާކޮށްގެން
މާލޭ ގްރޭޑް ފެލެޓް ކުރިމަތީގައި މުޒަހަރާގެ ބައިވެރިން
އެސްއޯ ފުލުހުން ތިބީ މޫނު ނިވާކޮށްގެން. އެ ސަރަހައްދުގައި ހުރި ރާއްޖެއެމްވީގެ ރިޕޯޓަރު ނަސީރު ބުނީ މުޒާހަރާ ރޫޅާލަން ނެރެފައިވާ އެސްއޯ ފުލުހުންނަކީ މުޅިން އަލަށް ފިލްޑަށް ނެރުނު ފުލުހުންތަކެއް ކަމަށް.
ގުޅިފައިވާ ޕާޓީތަކުގެ ބޮޑު އެއްވުން، ހުއްޓުވާ ފަށައިފި
ގުޅިފައިވާ ޕާޓީތަކުގެ ބޮޑު އެއްވުން، 8:30ގައި ޗާންދަނީމަގާއި މަޖީދީމަގާ ގުޅޭ ހަތަރު އަނގޮޅި ކަންމަތީގައި ފަށާނެ ކަމަށް އިއުލާންކޮށްފައި ވަނިކޮށް، މާ ކުރިން ފުލުހުން ވަނީ އެތަން ބަންދުކޮށްފައި. ސުލްހަވެރިކަމާއެކު އަޑު އުފުލަމުން ދަނިކޮށް، ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ވަނީ ގިނަ ބަޔަކު ހައްޔަރުކޮށްފައި.