Raajje.mv

ފަލަ ސުރުޚީ

މިރޭގެ ފަލަ ސުރުޚީ ޕްރޮގްރާމްގެ މެހެމާނަކީ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ސަމީމް

15 މާރިޗު 2018
14411
ހުސައި ސަމީމް

ހުސައި ސަމީމް

15 މާރިޗު 2018 | 17:33

އެއްވާ މީހުން ވިސްނަން ޖެހޭނީ ކޮންކަމަކަށް

ސަމީމް: މާދަމާގެ އެއްވުމަކީ ޤާނޫނީ ގޮތުން އެއްވެވިދާނެ. އެއީ ރައީސް ޔާމީން ކުރައްވާ ކަންކަން ހުރިގޮތުން އެއްވަނީ. ރައީސް ޔާމީން ޤާނޫނީގޮތުން ޚިލާފް ކަންކަން ކުރައްވާ ކަންކަން އެބަހުރި. އެހެންވީމާ އެކަން ހުއްޓުވަން އެބަޖެހޭ. އަނިޔާކުރުން ހުއްޓުވަން ޖެހޭ. ދީނީގޮތުންވެސް އަނިޔާ ލިބޭ މީހާ އެކަން ހުއްޓުވަން ނުކުމެވޭނެ. ޝިފާން ސަރ ގެ ވާހަކަތައް ހުންނަނީ ޖަޒްބާތީ ގޮތެއްގައި. މާދަމާގެ އެއްވުން އަދި ޤާނޫނާ ޚިލާފެއް ނޫން.

ފުލުހުންނާ ސިފައިންނަށް ބުނެލާނީ ޤާނޫނާ ޚިލާފް ކަމެއް ކުރާ މީހެކޭ ޒިންމާ ނަގަން ޖެހެނީ. އެއަމުރު ކުރާ މީހާއެއް ޒިންމާއެއް ނުވޭ. ގުޅިފައިވާ ޕާޓީތަކުން އެބަބުނޭ ޤާނޫނާ ޚިލާފް އަމުރަކަށް ތަބާ ނުވެގެން ގެއްލޭ ވަޒީފާ ހޯދައިދޭނަމޭ. އެހެންވީމާ ޤާނޫނާ އެއްގޮަތައް އަމަލް ކުރަން ގޮވާލަން

15 މާރިޗު 2018 | 17:27

މާދަމާގެ އެއްވުން ޤާނޫނާ ޚިލާފް ކަމަކަށް އަދި ނުނިންމޭނެ

ސަމީމް: ޝިފާން ސަރ އަކީ އާދަޔާ ޚިލާފްވާ ބޭފުޅެއް. މާދަމާ ވާނެކަންކަންވެސް އެނގޭ. މުޒާހަރާ ނުފަށަނީސްވެސް އޭގައި ކަންވާނެގޮތް އެނގިވަދައިގަންނަވާ. ޝިފާން ސަރ ވަރަށް ތޫނުފިލި. ކުރިންވާނެކަން ކަން ބުނެދޭ.

15 މާރިޗު 2018 | 17:22

ސުްޕރީމް ކޯޓުން ކުރާ އަމުރު ތަންފީޒް ކުރަން ޖެހޭނެ

ސަމީމް: ސުޕްރީމް ކޮޓުން އަމުރެއް ކޮށްފިއްޔާ އެއަށް އަމަލު ކުރަން ޖެހޭނެ. ކިތައްމެ ނުރުހުނަސް ހިތްހަަމަ ނުޖެހުނަސް. 1 ފެބްރުއަރީގައި ކުރި ހުކުމް 5 ފެބްރުއަރީއާ ހަމަޢަށް ތަންފީޒް ނުކޮށްތިބި މީހުން ޒިންމާ ނަގަން ޖެހޭނެ. އެއަމުރު ތަންފީޒް ނުކޮށް އޭގެ ފަހުން 5 ގައި ކުރި އަމުރު ތަންފީޒް ކުރެވޭނީ. ސަރުކާރުން ނުބުނޭ އަމުރު ތަންފީޒް ނުކުރާނަމެކޭ. އޭރުވެސް ބުނަމަުން އައީ ތަންފީޒް ކުރުމުގެ މަސައްކަތް ކުރަމުންނޭ މިދަނީ. އޭގެފަހުން 5 ފެބްރުއަރީގައި އަމުރެއް ނެރުނީ. އެހެންވީމާ އެހިސާބަށް އެއަމުރު ތަންފީޒް ނުކުރި މީހުންނާމެދު ފިޔަވަޅު އަޅަން ޖެހޭނެ

15 މާރިޗު 2018 | 17:19

ސަރުކާރުން ސަލާމަތްވާނެ

ސަމީމް: ސަރުކާރުން ބޯދަމައިގަންނާނެ. ވަކިވަކި ފަރުދުން އާޚިރުގައި ޒިންމާ ނަގަން ޖެހޭނީ. ސަރުކާރުން ބުނާނީ ތިމަންނާމެން ކުރިކަމެއް ނޫނޭ. އެއަމުރުކުރި މީހުން ކުރި ކަމެކޭ.

15 މާރިޗު 2018 | 17:17

އުއްތަމަ ފަނޑިޔާރު ނެތި މައްސަލައެއް ނުބޭއްވޭނެ

ސަމީމް: ޤާނޫނީ މިހާރު އޮތްގޮތުން އެސްއޯއީގެ މުއްދަތު ހަމަވުމުން ހައްޔަރުކޮށްފައިތިބި ފަނޑިޔާރުން މުއްދަތު ޖަހަން ގެންނަން ޖެހޭ. އެމީހުންނާމެދު ދައުވާ ކޮށްފައި ނެތީމާ ދެން ހާޒިރު ކުރަން ޖެހެނީ ސުޕްރީމް ކޯޓަށް. ސުޕްރީމް ކޯޓަށް ގެނައިމާ އުއްތަމަ ފަނޑިޔާރު އެބަޖެހޭ ރިޔާސަތުގައި އިންނަން. މިހާރު ބަންދުގައިތިބި މީހުން 30 ދުވަސްވަންދެން ހައްޔަރުގައި ބައިތިއްބާފައި ތިބިއްޔާ ދައުވާ ނުކޮށް އޮތްނަމަ އެމީހުން އޮޓޮމެޓިކުން މިނިވަންވާނެ. މިހާރު ޤާނޫން އޮތްގޮތުން މިހާރު ތިބި ފަނޑިޔާރުންނާމެދު ކަމެއްކުރަން ޖެހޭނެ

ދެން އެވިދާޅުވަނީ ސުޕްރީމް ކޯޓުގެ ފަސްފަނޑިޔާރުން ސޮއިކޮށް ނެރުނު އަމުރަކީ ބަޣާވާތެކޭ. އެހެންވިއްޔާ 5 ފަނޑިޔާރުން ބަޣާވާތް ކުރިއިރު 2 ފަނޑިޔާރުން ބަންދުކޮށްފައިތިބީ. އަނެއް ތިން ފަނޑިޔާރުންނަމެދު ދެންވާނީ ކިހިނެއްތޯ. އެހެންވީމާ ޤާނޫނީގޮތުން ވަރަށްގިނަ ދެކޮޅު ނުޖެހޭ ވަރަށްގިނަ ކަންކަން ވެގެން ދާނެ. މިއީ ވަރށް ވިސްނަންޖެހޭ ކަމެއް. އަނިޔާކޮށް ހަދާ ފުލުހުންވެސް މިކަންކަމާ ވިސްނަން ޖެހޭ. މާދަމާ ވެދާނެ ގޮތަކާމެދު

15 މާރިޗު 2018 | 17:09

ހައްޔރުކުރާ މީހުންނާ ބެހޭގޮތުން ހެއްކެތް ނުހުރޭ

ސަމީމް: އެސްއޯއީގެ ދަށުން ނެގި އެއްވެސް މީހަކާމެދު ޕީޖީން ދައުވާއެއް ނުކުރޭ. ފުލުހުންބުނި ދުވާލަކު 5 މައްސަލަ ފޮނުވަމޭ. އެކަމަކު އެއިން އެއްވެސް މައްސަލައެއް އަދި ފޮނުވިތަނެއް ނުފެނޭ. އެންމެ މައްސަލައެއް މީޑިއާގައި އުޅެނީ. އެމައްސަލަވެސް އަދި ފޮނުވި ކަމަކަށް ނުބުނޭ. އަޅުގަނޑުމެން މިދަންނަވަނީ ނިކަން ހެކި ހުރިއްޔާ ދައުވާކޮށްބަލާށޭ. އެހާބައިވަރު ހެކި ހުރިކަމަށް ބުނެ ދައުވާކުރަން ފޮނުވީވެސް ހެކިނައްތާލުމުގެ ކުށުގައި

15 މާރިޗު 2018 | 17:06

ޗޮއިސް ނެތިއްޔޭ ނުބުނެވޭނެ

ސަމީމް: ވަރަށްގިނަ ފުލުހުންނާއެކު މަސައްކަތް ކުރިން. ނޯޗޮއިސްއޭ ބުނެ ސަލާމަތެއް ނުވެވޭނެ. ޤާނޫނާ ޚިލާފް އަމުރުކުރީމާ އެކަން ނުކުރުމުގެ ބާރު އޮވޭ. އެކަމަށް ދެކޮޅު ހެދުމުގެ ބާރު އޮވޭ. އެފަދަ އަމުރެއް ކުރަންޏާ އެންމެފަހު ކަމަކަށް ލިޔުމުން ހޯދިދާނެ. އޭރުން އެމީހުން ޖެހޭނީ ޒިންމާ ނަގަން. ލިޔުމުން ލިބުނީމާ ކަންކަން ކުރެވިދާނެ.

މިހާރު ޕެޕަރ ސްޕްރޭ ޖަހައި އަނިޔާކުރުން އެއީ ޤާނޫނީ އަމުރެއް ނޫން. އެއީ ކުރިން އެންގުމަކާ ނުލައި އެއްވެ ޚިޔާލު ފާޅު ކުރެވިދާނެކަން ޤާނޫން އަސާސީގައި އެބައޮތް. އެއީ އެމީހުންނަށް ލިބިދޭ ހައްޤެއް. އިސްލާމް ދީނުގައިވެސް ބުނަނީ އަނިޔާ ލިބޭ މީހާ އެއަނިޔާގެ ވާހަކަ ދެއްކުމޭ އެންމެ ރަނގަޅީ. އެހެންވީމާ އެކަންކުރާ މީހުންނާ ދެކޮޅަށް ފުލުހުން ނުކުމެ އަނިޔާއެއް ނުކުރެވޭނެ.

މިހާރު ނުކުމެ މުޒާހަރާއެކުރަނީ ޤާނޫނާ ޚިލާފަކަށް ނޫން. އެއީ ޤާނޫން އަސާސީއާ ޚިލާފަށް ކުރާކަމެއް ނޫން. އެކަމާ ދެކޮޅަށް ފުލުހުންނަކަށް ކަމެއް ނުކުރެވޭނެ.

15 މާރިޗު 2018 | 17:00

އަނިޔާކުރި މީހުންނަށް ދައުވާ ކޮށްފައިވޭ

ސަމީމް: އަނިޔާ ކުރާ ފުލުހުންގެ ވަކިވަކި މީހުންނަށް ހުންނާނެ ދައުވާކޮށްފައި. އެކަންކަމަށް އަމުރުކުރާ ފަރާތްތަކާމެދުވެސް ދައުވާ ކުރެވިފައި ހުންނާނެ. އެހެންވީމާ ޤަބޫލު ކޮށްގެން ނުވާނެ އެމީހުންނާމެދު ދައުވާ ނުކުރެވޭނެ ކަމަކަށް.

މިހާރު އަނިޔާ ލިބޭ މީހުން އެމީހުންނަށް އަނިޔާކުރި މީހުން އިންސާފްގެ ކުރިމައްޗަށް ނުގެނެހެއް ނުނިމޭނެ. ޤަވާއިދާ ޚިލާފަށް ކަންކުރާ މީހުންނަށް ފިޔަވަޅު ނޭޅި ކުރިއަކަށް ނުދެވޭނެ

15 މާރިޗު 2018 | 16:54

ޤާނޫނީ ވަކީލުން ސަސްޕެންޑް ކުރުން

ސަމީމް: ސަސްޕެންޑް ކުރީމާ އަޅުގަނޑުމެން ދެރައެއް ނުވޭ. ބިރެއްވެސް ނުގަނޭ. އެކަމަކު ދެރަވަނީ ވަކީލުން ބޭނުންވާ ފަރާތްތަކަށް އެ ޚިދުމަތް ނުދެވޭތީ. އެއީ އެމީހުންނަށް ގެއްލޭ ހައްޤެއް. މާ ގިނަ ދުވަހަކު މިގޮތައް ސަސްޕެންޑް ކޮށްފައެއް ނުތިބެވޭނެ.

ވަރަށް ބޮޑަށް ކަންބޮޑުވިކަމެއް މިއީ ލޯޔަރު ހިސާންގެ ގޮނޑިދަށުގައި ރެކޯޑަރެއް އޮތުން. ވަކީލުންނަށް އެހެން އެހަދަނީ އެމީހުންގެ މުހިއްމުކަން ނޭނގޭތީ. އަޅުގަނޑުމެންގެ ބޭނުމަކީ އަޅުގަނޑުމެންގެ މުވައްކިލުންނަށް ކަމެއް ކޮށްދެވޭތޯ. އެމީހުންގެ ޙައްޤުތައް ހޯދުން. ވަރަށް ދަށުދަރަޖައިގެ ކަމެއް އެއީ ވަކީލުންނަށް ދުއްތުރާކުރުން.

ފުލުހުންނަށް އެނގޭނެ ޤާނޫނާ ޚިލާފަށް ނަގާ ހެއްކެތްގެ ބޭނުމެއް ނުހިފޭނެކަން. އެހެންވީމަ ވަރަށް ދަށުދަރަޖައިގެ ކަމެއް އެއީ.

އެސްއޯއީގެ ދަށުން މިހާރު ވަރަށް ތަފާތު ލޯޔަރުން މުވައްކިލާ ބައްދަލު ކުރާއިރު.

15 މާރިޗު 2018 | 16:48

ބައިނަލްއަޤްވާމީ ކޯޓަކަށް ހުށަހަޅަން ޖެހޭ ހިސާބަށް ރާއްޖޭގެ ހާލަތު

ސަމީމް: ބައިނަލްއަޤްވާމީ ދުނިޔޭގެ އެއްވެސް ޤައުމަކުން ރާއްޖޭގެ މިހާލަތު ރަނގަޅު ކަމަކަށް ނުބުނޭ. ރާއްޖޭގެ ރައްޔިތުންގެ ތެރެއިންވެސް ޕީޕީއެމްގެ ހައެއްކަ މީހުން ނޫނީ މި އެސްއޯއީ ރަނގަޅު ކަމަކަށް ނުބުނޭ. ޕީޕީއެމްގެ ޤާނޫނީ ވަކީލުންވެސް ޤަބޫލެއް ނުކުރޭ މި އެސްއޯއީ ރަނގަޅު ނޫންކަމަށް. އަދި ސިޔާސީ ކަންކަމުގައި ހަރަކާތްތެރި ނުވާ ޤާނޫނީ ވަކީލުންވެސް އަމިއްލައަށް ބަޔާން ނެރެފައި އެބުނަނީ މި އެސްއޯއީ ރަނގަޅު ނޫން ކަމަށް

ބައިނަލް އަޤްވާމީ ކޯޓަކަށްދާން ޖެހޭތޯ ބަލާއިރު މި ވޭތުވެ ދިޔަ 4 އަހަރުގެ ތެރޭގައި ރާއްޖޭގެ ކޯޓުތަކުން ޖިނާއީ އަދްލުގެ ތެރެއިންނިންމި އެއްވެސް ޝަރީޢަތެއް ރަނގަޅު ކަމަކަށް ނުބުނޭ. ރައީސް ނަޝީދުވިއަސް، އިމްރާން ވިއަސް، ނާޒިމް އަދި މަހްލޫފް ވިއަސް މިއިން ކޮންމެ ބޭފުޅެއްގެ ޝަރީޢަތާ ބެހޭގޮތުންވެސް އދ އިން އެބުނަނީ ރަނގަޅެއް ނޫނޭ. އެއީ ރާއްޖެއިން ބޭރުގެ ހާލަތު ހުރިގޮތް. ކޮންމެވެސް ދުވަހަކުން އެކަން ބެލޭނެ މެކޭނިޒަމްތައް އެބަހުރި.

ރާއްޖޭގައިވެސް އެކަންކަން ބެލޭނެ. މިއަދު ފުލުހުންވިއަސް ސިފައިންވިއަސް ވިސްނަން ޖެހޭނެ ބާރުގައި އޮތެކޭ ކިޔައިގެން ޤާނޫނީ އިމުގެ ބޭރުން އަނިޔާކޮށް ނުހެދޭނެ. އެކަންކަން ބެލޭނެ. ކުރިންވެސް ބާރުގައިތިބި ބަޔަކު މިހާރުވެސް އެތިބީ ޖަލުގައި. އެކަންކަން ވިސްނަން ޖެހޭ. ހަމައެކަނި އޮތްގޮތަކީ ޤާނޫނީ އިމުގެ ތެރެއަށް ރުޖޫއަވުން. މިހާރުވެސް އެންމެ އިސް ޕޮލިސް ބޭފުޅާ ފެނުން ދުރުވެއްޖެ. އެބައަޑުއިވޭ ކޮންމެވެސް ތަނެއްގައި ބަންދުގައި ހުންނެވި ވާހަކަ. މި ރޭގަނޑު ހަރަކާތްތައް ފެށުނު ފަހުން ނުފެނޭ.

15 މާރިޗު 2018 | 16:40

ހުއްޓުވުން

ސަމީމް: ހުއްޓުވުމަކީ ކޮންކަމެއްކަން ސީދާ ނޭނގުނަސް ހުއްޓުވަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި. އެގޮތުން ޤާނޫނީ ގޮތުން ބަލާއިރު މިއަދު ކުއްލި ނުރައްކަލުގެ ހާލަތެއް ނެތް. ޤާނޫނީ ކުއްލި ނުރައްކަލުގެ ހާލަތެއް ނެތި އެހާލަތު އެބައޮތޭ ބުނެގެން މިކުރާ ކަންކަން ހުއްޓުވަން ޖެހޭ. މިސާލަކަށް މިހާރު އެއްވެސް ހަމައެއް ލަމައެއް ނެތި މީހުން ހައްޔަރު ކުރަމުން މިދަނީ. އެކަން ހުއްޓުވަން ޖެހޭ. ރައްޔިތުން އެކަމަށް އަޑު އުފުލުމަކީ ކުރަންޖެހޭ ކަމެއް

15 މާރިޗު 2018 | 16:37

މިރޭގެ މައުޟޫޢަކީ ރާއްޖޭގެ ސިޔާސީ މަޝްރަހް

ޕްރޮގްރާމް ފެށިއްޖެ. ޕްރޮގްރާމް ކުރިއަށްދާއިރު މިރޭ ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާގެ ކަވަރޭޖްވެސް ކުރިއަށްދާނެ