ގުޅިފައިވާ ޕާޓީތަކުގެ ސިލްސިލާ މުޒާހަރާ
މިރޭ މުޒާހަރާ ކުރަނީ "ހުއްޓުވަން" މިނަމުގައި

މުޒާހަރާގެ ތެރެއިން
މަޖީދީމަގާއި ޗާންދަނީމަގު ހަތަރު އަނގޮޅި ކަންމައްޗަށް އެއްވެއްޖެ
މަޖީދީމަގާއި ހަތަރު އަނގޮޅި ކަންމަތިން ހުޅަނގަށް ކުނޫޒާ ދިމާލަށް މީހުން ވަނީ ގިނައަދަދކަށް މީހުން އެއްވެފައި
ގިނަބަޔަކު ނަލަހިޔާ ކައިރީގައި
މުޅި މަޖީދީމަގުގައި މުޒާހަރާކުރަމުންދާއިރު ނަލަހިޔާ ކަންމަތީ ގިނަ އަދަދެއްގެ އާއްމުން ދަނީ ހަރަކާތްތެރިވަމުން. އަދިވެސް ހަތަރު ފުރޮޅުލީ ވެހިކަލްއަކަށް މަޖީދީމަގަކަށް ނުވަދެވޭ
މުޒާހަރާ އަދިވެސް ދަނީ ކުރިއަށް
ފުލުހުން މުޒާހަރާގެ ބައިވެރިން ގޯޅިތަކަށް ދަނީ ވައްދަމުން. މުޒާހަރާ އަދިވެސް ދަނީ ކުރިއަށް. ގޯޅިތަކަށް ވެއްދުމާއެކު އަނެއްކާވެސް އެނބުރި މަޖީދީމަގަށް ނުކުމެ ދަނީ މުޒާހަރާ ކުރަމުން.
އިތުރު މެންބަރުންތަކެއް ހައްޔަރުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތަކެއް ކަމުގައިވާ އަމީތު، އަލީ ހުސައިން އަދި ފައިސަލް ނަސީމް ހައްޔަރުކޮށްފި. ގިނަ ބަޔަކު އަދިވެސް ދަނީ މަޖީދީމަގުގައި މުޒާހަރާ ކުރަމުން
މުޒާހަރާގެ ބައިވެރިން ކުރީގެ ސިޓީ ކައުންސިލް އިމާރާތް ދޮށުގައި
ކުރީގެ ސިޓީ ކައުންސިލް އިމާރާތް ކައިރީ މަޖީދީމަގުގައި ގިނަ އަދަދެއްގެ މީހުން މިހާރުވެސް ދަނީ އެއްވެ ޝުއޫރު ފާޅުކުރަމުން
މަޖިލިސް މެންބަރ މާރިޔާ އާއި ކުރީގެ ހައުސިންގ މިނިސްޓަރ ހައްޔަރުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ މެމްބަރ މާރިޔާ އަހުމަދު ދީދީ އާޢި ކުރީގެ ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ހައްޔަރުކުރިކަމުގެ މައުލޫމާތު ދަނީ ލިބެމުން
Caption
ޕެޕަރ ސްޕްރޭ ޖެހުމުން އަނިޔާވި ދެއަންހެނަކު ގެންގޮސްފި
މުޒާހަރާގެ ތެރެއިން ޕެޕަރސްޕރޭ ޖެހުމުން އަނިޔާވި ދެ އަންހެނަކު އޭޑީކޭ އެމްބިއުލާންސްގައި ގެންގޮސްފި
އާޒިމް
މިފެންނަނީ އަނިޔާވެރިކަން. ޤާނޫން އަސާސީން ލިބިދޭ ޙައޤެއްގެ ބޭނުންކުރާއިރު ޕެޕަރސްޕްރޭ ޖަހަމުން އެދަނީ. މުޒާހަރާގައި ވެއްޓޭ މީހުން ހޮސްޕިޓަލަށްވެސް ގެންދެވޭނެ ގޮތެއް ތަނަވަސްކޮށެއް ނުދޭ. ބަލި މީހާ އޮތް ހިސާބަށް އެމްބިއުލާސްވެސް ދިޔަކަ ނުދޭ
Caption
މަޖީދީމަގށް ހަތަރު ފުރޮޅުލީ ވެހިކަލެއް ނުވަދެވޭ
ގިނަ އަދަދެއްގެ ފުލުހުން ވަނީ މަޖީދީމަގަށް ޖަމާވެފައި. ޓްރެފިކް ބަލަހައްޓަމުންވެސް ދަނީ އެސްއޯ ފުލުހުން
މީހަކު ހައްޔަރުކޮށްފި
މުޒާހަރާގައި ގިނަ ބަޔަކު އެއްވެފައިވާއިރު މުޒާހަރާގެ ތެރެއިން މީހަކު ހައްޔަރުކޮށްފި. ހައްޔަރުކޮށްފައިވަނީ މާލޭ ސިޓީ ކައުންސިލްގެ މެންބަރު ނިޔާޒް
މުޒާހަރާގެ ތެރެއަށް ޕެޕަރސްޕްރޭ ޖަހައިފި
އެހެން ރޭރެއަށްވުރެ މިރޭ މުޒާހަރާގެ ބައިވެރިން ގިނަކަން ފާހަގަކޮށްލެވޭ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް މިރޭގެ މުޒާހަރާއިން ފެނޭ. މިހާރުވެސް ވަނީ މުޒާހަރާގެ ތެރެއަށް ޕެޕަރ ސްޕްރޭ ޖަހާފައި
މުޒާހަރާ ފެށިއްޖެ
ސިލްސިލާ މުޒާހަރާ ފެށިގެން ކުރިއަށް އެބަދެއެވެ. މުޒާހަރާ ކުރަމުންދަނީ މަޖީދީ މަގާއި ޗާންދަނީމަގު ކަންމަތިން ފެށިގެން. ވަރަށްގިނަ ޢަދަދެއްގެ ބަޔަކު ވަނީ އެއްވެފައި