Raajje.mv

ފަލަސުރުޚީ

މިރޭގެ ފަލަ ސުރުޚީގައި ބައިވެރިވަޑައިގަންނަވަނީ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު

13 މާރިޗު 2018
8865
މެންބަރު މުހައްމަދު އަމީތު

މެންބަރު މުހައްމަދު އަމީތު

13 މާރިޗު 2018 | 17:25

ވަޒީފާތައް އިޔާދަ ކޮށްދޭނަން

ޣައިރު ގާނޫނީ އަމުރުތަކަށް ތަބާ ނުވުމުގެ ސަބަބުން ވަޒީފާތައް ގެއްލޭ ފަރާތްތަކަށް އަޅުގަނޑުމެން ވަޒީފާ އިޔާދަކޮށްދޭނަން

13 މާރިޗު 2018 | 17:22

ދަރިންނަށް ތަރުބިއްޔަތު ނުދެވުނު

ކެމްޕެއިންގެ ވައުދެއް މުސާރައިގެ ދެ ބައިކުޅަ އެއްބައި ނެގުން. ނަމަވެސް ދައުރު ނުނިމެނީސް ފުލް މުސާރަ މި ނެންގެވީ ބޮޑުވެފައި ތިބި ދަރިންގެ ގޭގެ ކުލި ދައްކަންށޭ ވިދާޅުވެ. މި ނޫނިއްޔާ ނޫޅޭނެ ދަރިން ތަރުބިއްޔަތު ނުކުރެވުނު ރައީސެއް

13 މާރިޗު 2018 | 17:17

މި މަހުގެ 16 ވަނަ ދުވަހު މާލެ އަރަންވީ

ކުރިއަށް އޮތް ހަތަރު ރޭ ވެސް ރައްޔިތުން އަޅުގަނޑުމެން ބުނާ ސަރަހައްދުތަކަށް އެއްވާންވީ. މިރޭ ވެސް އެ ދަނީ ހަތަރު ސަރަހައްދެއްގައި އެއްވަމުން. އަދި 16 ވަނަ ދުވަހު އަޅުގަނޑުމެން އަޑު އިއްވާނަން. އިވޭ ވަރަށް އަޅުގަނޑުމެން އަޑު އިއްވާނަން. އެ ދުވަހު ރައްޔިތުން މާލެ އެރުމަށް އަޅުގަނޑުމެން މި ގޮވާލަނީ. މިހާރު ވެސް އެބަ ރައްޔިތުން ޖަމާވޭ

13 މާރިޗު 2018 | 17:14

ގާނޫނުން ބޭރުން ވެރިކަން ކުރަނީ

ވެރިކަން ފެށުނު އިރު ޔާމީނު އަތުގައި ހުރިހާ ބާރުތަކެއް އޮތް. ނަމަވެސް އެ ބާރުތައް ގެއްލިގެން ދިޔައީ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ބޭރުން ވެރިކަން ކުރަން ފެށުމުން

13 މާރިޗު 2018 | 17:13

ރައްޔިތުންގެ ތާއީދު ނެތި ވެރިކަމުގައި ނުހުރެވޭނެ

ރައްޔިތުންގެ ތާއީދު ނެތްކަން އެބަ އެނގޭ. ރައްޔިތުންގެ ތާއީދު ނެތި ވެރިކަމަކު ނުހުރެވޭނެ. ވެރިކަން ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން. އެހެން ވީމާ އަޅުގަނޑު މި ގޮވާލަނީ ރައްޔިތުންނަށް ރައްޔިތުން ނުރުހޭކަން އެބަ ދައްކަންޖެހެއޭ

13 މާރިޗު 2018 | 17:10

ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅާނީ ސުޕްރީމް ކޯޓުން

އަޅުގަނޑު ވެސް ގަބޫލުކުރަން މެންބަރެއްގެ ގޮނޑިއާ މެދު ސުވާލު އުފެދޭ ކަމެއް މެދުވެރިވެދާނެ. އެކަމަކު އެފަދަ ހާލަތެއްގައި އެކަން ނިންމާނީ ސުޕްރީމް ކޯޓުން ކަމަށް ގާނޫނުއަސާސީގައި އެބަ އޮތް. އެހެން އެ ގޮތުގައި އޮއްވައި އިލެކްޝަންސް ކޮމިޝަނަކަށް ކަނޑައެޅުމުގެ ފުރުސަތެއް ނޯންނާނެ. އެއްވެސް މެންބަރެއްގެ ގޮނޑިއެއް ނުގެއްލޭނެ. 1 ފެބްރުއަރީގެ ހުކުމުން ވެސް އެކަން ވަރަށް ސާފު

13 މާރިޗު 2018 | 17:08

މެންބަރުންގެ މައްސަލަ ކޯޓަކުން ނުނިމޭ

މެންބަރުން ހުށަހަޅާފައިވާ މައްސަލަތައް އަދިވެސް އެހުރީ ސުޕްރީމް ކޯޓުގައި. އެ މައްސަލަތަކާ މެދު ގޮތެއް ކަނޑައެއް ނާޅާ. ސުޕްރީމް ކޯޓުގައި މައްސަލައެއް އޮއްވައި، އެ މައްސަލައާ މެދު ފައިސަލާ ނުކޮށް އުޅެނިކޮށް މަޖިލީހަކަށް ހުކުމެއް ކަނޑައެއް ނޭޅޭނެ

13 މާރިޗު 2018 | 17:06

މާޒީއަކަށް ގާނޫނެއް ނުފެއްތޭނެ

ވަރަށް ޞަރީހަ އިބާރާތުން އޮވޭ ގާނޫނެއް ނުހެދޭނެކަން ކުރިން ހިނގާފައިވާ ކަމެއްގެ މައްޗަށް އަމަލުކުރެވޭ ގޮތަށް. އަދަބެއް ނުދެވޭނެ ކުރިން ކޮށްފައިވާ ކުށަކަށް ފަހުން ހަދާ ގާނޫނަކުން. އަޅުގަނޑުމެން ކުށެއް ކޮށްފައެއް ނުވޭ. ކުށަކަށް ވާ ނަމަ އެއީ މަޖިލީހުގެ ރައީސް ކަމުން އަބްދުﷲ މަސީހް ވަކިކުރަން ހުށަހެޅުން. އެކަން އަޅުގަނޑުމެން ކުރީ އެ ބުނާ ތާރީހުގެ ފަހުން. އެ ގޮތަށް ވަކިކުރާ ނަމަ ވާނީ ރީކޯ މޫސަ. މޫސަ ޕީޕީއެމް އަށް ސޮއިކުރީ އެ ތާރީހުގެ ފަހުން

13 މާރިޗު 2018 | 17:03

ސަލާމަތްވުމުގެ ފުރުސަތު އަދި އެބަ އޮތް

މިއަދު އެ ފާސްކުރި ބިލްގައި އޮތް ގޮތުން ވެސް މެންބަރުން ނަށް އަދިވެސް ސަލާމަތް ވެގެން އާދެވިދާނެ. އެ ބިލްގައި އޮތީ 13 ފެބްރުއަރީ ގެ ފަހުން ހިނގާ ކަންކަން ކަމަށް ބަލާނީ. ގާނޫނުއަސާސީއާ ހިލާފަށް ފާސްކޮށްފައި އޮތް ގާނޫނަށް ބަލާއިރު ވެސް އަޅުގަނޑުމެންގެ ގޮނޑިއެއް ނުގެއްލޭ. އަޅުގަނޑުމެންގެ 12 މެންބަރުންނަކީ އެ ތާރީހުގެ ކުރިން ޕާޓީތަކުން ވަކިކޮށްފައި އަދި އަނެއްބައި މެންބަރުން އަމިއްލަ އަށް ވަކިވެފައި. ޕީޕިއެމްގެ އަސާސީ ގަވާއިދުގައި އޮވޭ މެންބަރަކު މެންބަރު ކަމުން ވަކިވާން އެދި ސިޓީލުމުން ވަކިވީ ކަމަށް

13 މާރިޗު 2018 | 16:59

ފަހުން ބަލައި ގަންނާނެ ކަމަށް ހީކޮށްގެން ނުވާނެ

ނިހާނުމެއް ހީކޮށްފާނެ މިއަދު މިގޮތަށް ކަންތައް ކުރިޔަސް މާދަމާ އެހެން ވެރިއަކު އައުމުން ކޮޅު ބަދަލުކޮށްލުމުން ކުރިން ވެސް ކަން ވެފައިވާ ގޮތަށް ހިމާޔަތް ލިބިދާނެ ކަމަށް. ނޫން އެހެނެއް ނުވާނެ. މިއަދު އެ ގޮތަށް ކަންކުރާ ފަރާތްތަކަށް މާދަމާ ހިމާޔަތެއް ނުލިބޭނެ

13 މާރިޗު 2018 | 16:57

މެންބަރުން އެ ދިނީ އަނިޔާ

މެންބަރުން އެބަ ވިދާޅުވޭ ތިމަންނަމެން ބޭނުމެއް ނޫނޭ އަމީތުމެންނަށް އަނިޔާއެއް ދޭކަށް. ނަމަވެސް އެ ދެއްވީ އަނިޔާ. ބަޔަކަށް އަނިޔާ ދޭކަށް މަޖިލިސް މެންބަރުންނަށް މަޖުބޫރެއް ނުކުރެވޭނެ. އެ ކުރައްވާ ކަމެއް އެ ކުރައްވަނީ އަމިއްލަ އިހްތިޔާރުގައި

13 މާރިޗު 2018 | 16:55

ފާރިސް ދޫކޮށްލަންޖެހޭ

ފާރިސްއާ ދެކޮޅަށް ހެކި ބަސް ދޭން ދައުލަތުން ހުށަހެޅި ފަރާތަށް ނުކެރުނު ހުވާކުރައްވައި ދޮގު ހައްދަވާކަށް. އެ ހިސާބުން ފާރިސް އެބަޖެހޭ މިނިވަން ކުރަން.