Raajje.mv

ފަލަސުރުހީ

މިރޭގެ ޕްރޮގްރާމްގެ މެހެމާނަކީ މަޝްހޫރު ގާނޫނީ ވަކީލު ހިސާން ހުސައިން

11 މާރިޗު 2018
13345
ފަލަސުރުހީ ޕްރޮގްރާމްގައި ހިސާން ބައިވެރިވެވަޑައިގަންނަވަނީ

ފަލަސުރުހީ ޕްރޮގްރާމްގައި ހިސާން ބައިވެރިވެވަޑައިގަންނަވަނީ

11 މާރިޗު 2018 | 17:14

ހުކުމް ތަންފީޒުކުރުން

ހުކުމެއް ތަންފީޒުކުރަން އުޅުމުން ބަޔަކު ކުށްވެރިވުން މިއީ ދުނިޔޭގައި ފުރަތަމަ ފަހަރަށް ވި ކަމެއް. ސުޕްރީމް ކޯޓުގެ ހުކުމެއް ބަލަގަތުމާއި ނުގަތުން އެއީ އެއްވެސް މީހަކަށް ލިބިފައިވާ ހައްގެއް ނޫން. ރައީސް ޔާމީން ވެރިކަން އެ ކުރަށްވަނީ ފިރުއަނު ވެރިކަން ކުރެއްވި ނިޒާމަކުން ނޫން. ޗެކް އެންޑް ބެލެންސް ސިސްޓަމެއް އެބައޮތް

11 މާރިޗު 2018 | 17:11

މެމްބަރުންގެ ގޮނޑީގެ މައްސަލަ

މިހާރު އުފެދިފައިވާ މައްސަލައިގައި އަސްލަކީ ރައީސް ޔާމީންއަށް މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލުން. ސުޕްރީމް ކޯޓުން އޭރު ދެއްވީ ވަގުތީ ހައްލެއް. ރައީސް ޔާމީން އޭރު ސުޕްރީމް ކޯޓުން ދެއްވި ވަގުތީ ހައްލުގެ ނަޖާއިޒު ބޭނުން ހިއްޕެވި. ފަސް ފަނޑިޔާރުންގެ ނިންމެވުމަކަށް ތިން ފަނޑިޔާރުންނަށް ބާތިލު ނުކުރެވޭނެ. މިވަގުތު ރައްޔިތުންގެ މަޖިލީހުގައި މި 12 މެމްބަރުންގެ ގޮނޑިއާމެދު އެއްވެސް ބަހުސެއް ނުކުރެވޭނެ. އެ މެމްބަރުންނަށް ޖަލްސާތަކަށް ހާޒިރުވެވެން ޖެހޭނެ. ސަލާމަތީ ހިދުމަތްތަކަކީ ރައީސް ޔާމީންގެ ވެރިކަން ދެމެހެއްޓުމަށް ހުވާކޮށްގެން ތިއްބެވި ބައެއް ނޫން. ހުވާ އޮޅިވަޑައިގެން އުޅުއްވާ ބޭފުޅުން އަދި އެއްފަހަރު އެ ވިދާޅުވެލައްވާ. ދިވެހި ސިފައިންނަކަށް މަޖިލިސް މެމްބަރުންގެ ގެއިން އެ ބޭފުޅުން ނެރުމުގެ ހައްގެއް ނޯންނާނެ. އެއީ ސީދާ ގާނޫނާ ހިލާފު ކަމެއް

11 މާރިޗު 2018 | 17:03

ގާނޫނުއަސާސީގެ ހަމައިން ކަންކަން ކުރުން

ގާނޫނުއަސާސީއާ ހިލާފަށް ހިންގާ އެއްވެސް އަމަލަކަށް ރައްޔިތުން އެއްބާރުލުން ދެއްވަން ނުޖެހޭނެ. ގާނޫނާ ހިލާފު އަމުރުތަކަށް ތަބާ ނުވުމަށް ލާޒިމުކުރޭ. ސަލާމަތީ ހިދުމަތްތަކުގައި ތިއްބަވާ ބޭފުޅުން މިކަމާ މެދު ވިސްނަވަން ޖެހޭ. މިހާރު ހައްޔަރު ނުކޮށް ތިއްބެވި ބޭފުޅުންގެ ސަލަމާތާއި ރައްކާތެރިކަން ކަށަވަރުނުވޭ. ސަލާމަތީ ހިދުމަތްތަކުން މަސައްކަތްކުރައްވަން ޖެހޭނީ ގާނޫނު އަސާސީ ހިމާޔަތްކުރުމަށް.

11 މާރިޗު 2018 | 17:01

ހެއްކަށް ނުފޫޒު ފޯރުވުން

އެ ވިދާޅުވާ ކިތާބީ ހެއްކެއް ނެތް. ބައެއް މީހުން ބަންދުކޮށްފައި ތިބީ ވެސް ހެކި ބަސް ނުދީގެން. ފުލުހުން ބޭނުންވާ ގޮތަށް ހެކި ބަސް ދިނީމަ ބަންދުން ދޫކޮށްލާ. މި މައްސަލައިގެ ތަހުގީގު މިދަނީ ގާނޫނީ ގޮތުން އެއްވެސް ކަހަލަ ސައްހަކަމެއް ލިބޭ ގޮތަކަށް ނޫން.

11 މާރިޗު 2018 | 16:59

ކޯޓަށް ހުށަހަޅާ ހެކި

މިފަދަ މައްސަލަތުކުގައި ކީއްވެތޯ އަބަދު ސިއްރު ހެކިން ތިއްބަވަން ޖެހެނީ. އުސޫލެއްގެ ގޮތުން ކޯޓެއްގެ ހެކި ބަސް ދޭ މީހެއް ދައްކާ ވާހަކަތަކަކީ ތެދުވެރިޔަކަށް ވާން ޖެހޭ. ކޮރަޕްޝަންގެ ތުހުމަތު ކުރެވިފައިވާ މީހުންނަކީ ޝަރުއީ ގޮތުން ހެއްކެކަށް ވެސް ނުފެދޭ ބަޔެއް

11 މާރިޗު 2018 | 16:55

ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުން

ރައީސް ޔާމީންނަށް ސުޕްރީމް ކޯޓަށް އެއްވެސް އެއްޗެއް ނޭންގޭނެ. ވަކި ކަމެއް ވަކި ގޮތަކަށް ކުރުމަށް ސުޕްރީމް ކޯޓަށް ރައީސް ޔާމީނަކަށް ނޭންގޭނެ.