ފަލަ ސުރުޚީ
މިރޭގެ މެހެމާނަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެންބަރު ޢަބްދުﷲ ޝާހިދު

ޢަބްދުﷲ ޝާހިރު ރާއްޖެ ޓީވީގެ ފަލަ ސުރުޚީގައި
އިސްލާމީ އުސޫލޭ ވަހުދަތޭ ކިޔޭކަށް ޔާމީނަކަށް ނެތް
ޝާހިދު: ވައްކަން ކުރުމާ ފަސާދައާއި އަނިޔާއާ މިކަންކަމަކީ އިސްލާމް ދީނުގައި ކަންއޮންނަ ގޮތެއް ނޫން. ވަހުދަތޭ ސިލްމާ ސަލާމޭ ކިޔޭކަށް ނެތް. މުޅިން އެކުރައްވާ ކަންކަމަކީ އިސްލާމްދީނާ ޚިލާފް ކަންކަން. އިސްލާމީ އުސޫލުތަކާ މުޅިން ބޭރު ކަންކަން
މިހާރު އެޅެނީ މުޅިންވެސް ޅަ އެއްޗެހި
ޝާހިދު: މިހާރު ހަރު އެއްޗެހި ހުސްވެ މަތިވެރި ހުސްވެ މުޅިންވެސް ޅަ އެއްޗެހި އަޅަނީ. ދެން އޮޅުވާލައިގެން ކަންކަންމެއް ނުކުރެވޭނެ
ސައޫދީއަކާވެސް މާބޮޑު ގުޅުމެއް ނެތް
ޝާހިދު: ސައޫދީން އައި އެންމެ ކޯލަކުން ފޮރިން މިނިސްޓްރީއަށްވެސް ނޭނގެނީސް ޤަތަރާ ގުޅުން ކަނޑާލީ.މި ސައޫދީއާ އޮތް ގާތްގުޅުން މިހާރު ކެނޑިއްޖެ. 200 މިލިއަން ޑޮލަރުގެ އެހީދިންކަމަށް ބުނިނަމަވެސް އަދި ނުލިބޭ. ޝައިނީ ވަޑައިގެން ހުންނެވި ހޮޓަލުގައި އެއްވެސް ބޭފުޅަކާ ބައްދަލެއް ނުވޭ. ދެން ދޭން ބުނި 160 މިލިއަން ރުފިޔާއަކީ މާކުރިން ދޭން ބުނި އެއްޗެއް. އެކަމަކު އެވެސް އަދި ނުލިބޭ
ވިދާޅުވިއަސް ސާބިތެއް ނުވެވޭ
ޝާހިދު:ސާބިތު ކަމާއެކުއޭ ވިދާޅުވެ އެބަ ވިދާޅުވޭ މަޖްބޫރޭ، ބަދަލު ވާނެއޭ، ތިމަންމެން މިތިބީ ތިޔަބޭފުޅުންނާ އެކުގައޭ
އިދިކޮޅާ ކުރިމަތިލާން އުޅެނީ ބާތިލްކޮށް
ޝާހިދު: އަޅުގަނޑުމެންނާ ކުރިމަތިލާން މުޅިންވެސް އެކުރަނީ ބާތިލް ކަންކަން. އެކަންކަމުގެ ސަބަބުން އެޟިހްުނގެ މެދުގައި މައްސަލަތައް ކުރިމަތިވަމުން އެދަނީ. އަނބިމީހާއާ ފިރިމީހާއަށްވެސް އިތުބާރު ނުކުރެވޭ. ޕޯޑިއަމްގައި ދެއްކޭ ވާހަކަަކުންވެސް މައްސަލަ އެބަ ދިމާވޭ. ރޫޅިފައި އޮތީ. ކެބިނެޓް ތެރޭގައިވެސް ޕާޓީ ތެރޭގައިވެސް. އަޅުގަނޑު ދަންނަވާނީ ބައްލަވަން ނުތިބެ އަވަހަށް ފޭވާށޭ.
ވަރަށް އަވަހަށް ޖަވާބުދާރީވާން ޖެހިދާނެ
ޝާހިދު: އަޅުގަނޑުމެން މަޖިލީހުން ނެރުނު ސިފައިން މިހާރަކު އެމަޤާމަކު ނެތް. އަނިޔާކުރި ބައެއް މީހުން މިހާރު ތިބީ ޖަލުގޮޅީގައި. ހާލަތު ބަދަލުވާކަށް މާގިނަ ވަގުތެއް ނުނަގާ. ޤާނޫނު ނިގުޅައިގަނެ މިހާރު އަނިޔާކޮށް މިހަދާ މީހުންނާ ހަމައަށް ޤާނޫންއަރާ ހަމަ ކުރާނެ. އަޅުގަނޑަކަށް ނޭނގޭ ކޮން އިރަކުކަމެއް. އެކަމަކު އެމީހުން ޤާނޫނުގެ ކުރިމައްޗަށް ގެންނާނެ. ޤާނޫނުގެ ދިގު އަތް ފޯރާނެ. އަދލު އިންސާފް ޤާއިމް ކުރާނެ
މިހާރު މާލެއަށް ކުއްލި ނުރައްކަލުގެ ހާލަތެއް ނެތް
ޝާހިދު: މަޖިލީހުން ކުއްލި ނުރައްކަލުގެ ހާލަތުގެ ޤަރާރު ފާސްކުރީ މާލެއާ މާލެ ކައިރި ހިސާބުތަކަށް ކުއްލި ނުރައްކަލުގެ ހާލަތު އޮތްކަމަށް ބުނާ ބައި ވަނީ އުނިކޮށްފައި. ސުޕްރީމް ކޯޓުން އެނިންމުމާ ގުޅިގެން އެބުނަނީ ރައްޔިތުން އެމައްޗަށް ޢަމަލް ކުރަންޖެހޭނެ ކަމެއް ނެތޭ. އެހެންވީމާވެސް އަސާސީ ހައްޤުތަކެއް މިހާރަކު ނުހިފެހެއްޓޭނެ
ޖަލުގައި ތިބި މީހުން ނެތޭ ބުނުމަކީ ބިރުހުރިކަމެއް
ޝާހިދު: ގެންދާ މީހުން އެސްއޯއީގެ ދަށުން ނެތޭ ބުނަނީ ނުވަތަ އެއްޗެއް ނުބުނެ ބައިތިއްބުމަކީ ބިރުހުރި ކަމަކީ. ނިޒާމުން ގެއްލުވާލުމުގެ ބާރު އެކަކަށްވެސް އޮވެގެން ނުވާނެ. ހަމަ ވާނުވާ އަންގާނުލައި އެމީހުން އެ ބައިތިއްބަނީ. މިއަދު ނޫންތޯ އެޗްއާރުސީއެމުން އެބުނީ އަދުހަމް ޑޮކްޓަރަށް ދައްކާށޭ. ސަރުކާރުގެ ގޮނޑިކޮއްކޮ ކޮމިޝަނެއް އެއީ. އެކަމަކު އެމީހުންނަށްވެސް އެބުނެވުނީ
ތަޖްރިބާއަށް ބައްލަވާ
ޝާހިދު: ނިކަން ބައްލަވާ އޭރު ވަރަސް އިއްޒަތުގައި އެހާމެ އުފަލުގައި އުޅުނު މީހުންނަށް މިއަދު ވެފައިވާގޮތް ނިކަން ބައްލަވާ. ކޮންމެ މީހަކުވެސް އެކަމުން އިބްރަތް ހާސިލް ކުރައްވާ
ދޫނިދޫގައި 37 ދިވެހި ރައްޔިތުން
ޝާހިދު: ދޫނިދޫގައި އެބަތިބި 37 މީހުން ނިޒާމުން ގެއްލުވާލާފައި. ތުހުމަތެއް ނުކުރޭ. ސުވާލެއް ނުކުރޭ. ނަގައިގަނެގެން ގެންދިޔަ ގޮތައް ނިޒާމުން ގެއްލިފައި. ހަމަ އެމީހުންނަށް ލިބިދޭ ޙައްޤެއްގެ ބޭނުން ކުރީތީ. ޤާނޫން އަސާސީގައި ހުރި ހައްގުތައ ނިގުޅައިގަނެ ސަރުކާރުން ދެނެހުރިކަމަށްވެސް ނުހަދާ އެތިބެނީ
ޖަލުގޮޅީގެ ވާހަކަ
ޝާހިދު: އަޅުގަނޑު ކުޑަގޮޅިއަށް ލީމާ އެވާހަކަ ދައްކަން ޖެހޭހެނެއް ހީއެއް ނުވޭ. އެދުވަހު ޖަލަށްލީ މީހުންނަކީ ބަތޮލުންނަކީ. އަމިއްލަ ފަރުދީ ވާޖިބު އަދާކުރަނިކޮށް ގެންގޮސް ޖަލަށްލީ މީހުންނަކީ ބަތޮލުން. އެވެރިން ޤައުމަށްޓަކައި އެ ކުރެއްވީ މިންނަތް މަސައްކަތ. އަދި މާލޭގައިވެސް ކޮންމެ ރެއަކު އެކުރާ ހިތްވަރު ފާހަގަ ކުރަން.