ފަލަސުރުޚީ ޕްރޮގްރާމް
މިރޭގެ މައުޟޫއަކީ ރާއްޖޭގެ ސިޔާސީ މަޝްރަހް. މިރޭގެ މެހެމާނަކީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް

މުހައްމަދު އަސްލަމް
ގުޅިފައިވާ އިއްތިހާދު އޮތީ ބަދަހިކަމާއެކު
އަސްލަމް: ގުޅިފައިވާ އިއްތިހާދު އޮތީ ވަރަށް ބަދަހި ކަމާއެކު ލީޑަރުން ތިބީ އެކަތިގަނޑެއްގެ ގޮތުގައި. މަޝްވަރާތައް ބަރާބަރަށް ކުރެވޭ. އަދި ވާހަކަ ދައްކަން ޖެހޭ އެހެން ފަރާތްތަކާވެސް ދަނީ ވާހަކަ ދައްކަމުން.
ޔާމީނަށް ވަނީ ސައިޒް އޮޅިފަ
އަސްލަމް: މުޅި ދުނިޔޭގެ ކުރިމަތީގައިވެސް ރާއްޖޭގެ ކުރިމަތީގައިވެސް ވަރަސް ބޮޑަށް އަގުވެއްޓިފަ. ވަރަށް ބޮޑަށް އިތުބާރު ގެއްލިފަ. އަދި އަނިޔާވެރިކަން ކަށީގައި ހިފާަފައި ހުރިކަން އެނގިގެން ހިނގައްޖެ ރައީސް މައުމޫނަށް އަނިޔާ ދޭން ފެށި ހިސާބުން
މަޖިލީހުގެ ރައީސްކަން ކުރައްވާ އެންމެ ނުލަފާ ރައީސަކީ މަސީހް
އަސްލަމް: މިހާތަނަށް މަޖިލީހުގެ ރައީސްކަން އެންމެ ނުލަފާކަން ކުރެއްވި މީހަކީ މަސީހް. ޤާނޫނެއް ޤަވާއިދަކަށް މަޖިލީހުގެ ޤަވާއިދަށް ޢަމަލެއް ނުކުރޭ. ހިތުހުރި ގޮތަކަށް އެކަން ކުރަނީ. މާ މާތްކޮށް ވާހަކަ ދެއްކިއަސް ކަންކުރަނީ ވަރަށް ގޯސްކޮށް.
ރައީސް ޔާމީނާ ޤާނޫން އަރާ ހަމަ ކުރާނެ
އަސްލަމް: ރައީސް ޔާމީނާ ޤާނޫން އަރާ ހަމަކުރާނެ. ޤާނޫނުގައިވާ ގޮތައް އަދި ކަންކަން ވެގެންދާނެ. ޤާނޫނަށްވުރެ މައްޗަކު ނުހުރެވޭނެ
ރައީސް ޔާމީނަކީ އެކަނި ހުންނެވި ބޭފުޅެއް
އަސްލަމް: އަބްދުއް ރަހީމްއާޢި ނިހާންމެންވެސް ތިބި ގޮތެއް ނޭނގޭ. ޔާމީން މިހާރުވެސް ބައްލަވާނީ ގިނިކަންޏާ އަމިއްލަ ސަލާމަތައް. މިހާބޮޑަށް އަމިއްލަ ވަންތަ ވީމާ ވާނީ މިހެން. އަމިއްލަ ސަލާމަތައް ކޮންމެ މީހަކާމެދު ކޮންމެ ކަމެއްވެސް ކުަރައްވަފާނެ
ވަކިހިސާބަކުން ރައްޔިތުން ކޮޅުން ލައިފާނެ.
އަސްލަމް: މިހާރު ރައްޔިތުން ބިރަކުން ނޫޅޭ. ޔާމީނަކީ މާ ބާރުގަދަ މީހެއް ނޫން. ފުލުހުންނާ ސިފައިންނަކީ ރައްޔިތުންގެ ފައިސާއިން ބައިތިއްބާ ބައެއް. ވަކިވަރެއް ވަންދެން އެމީހުން އޮބަހައްޓައިގެން އުޅެވޭނީ. އަބަދަކު އެމީހުންނެއްވެސް އެހެނެއް ނުތިބޭނެ. ރައްޔިތުންވެސް އަބަދަކު އެހެނެއް ނުތިބޭނެ
އިޤްތިސާދީ މާހިރެއް ނޫން މިހާރު މިހުރީ
އަސްލަމް: އިގްތިސާދީ މާހިރުން ކަންކުރާ ގޮތަކަށް ނޫން މިސަރުކާރުން ކަންކުރަނީ. މިސަރުކާރުގެ ސަބަބުން ފަތުރުވެރިކަމަށް ގެއްލުންވެ ވަޒީފާތައް ދަނީ މަދުވަމުން. ފޮރިން އިންވެސްޓްމަންޓަށް ބަރޯސާ ވެފައި އޮންނައިރު ބޭރަކުން ޝައުގުވެރިކަމެއް ނެތް. ސަރުކާރުން ކަންކުރާގޮތުން އެހެންވަނީ. މިހާރު ފަތުވެރިކަން ދަށްވެ ރިސޯޓްތަކަށް ގެއްލުންވެ މީހުން ކަނޑަން ފަށައިފި. މިހާލަތުގައި ރިސޯޓްތަކުގެ މުވައްޒަފުން އިހުތިޖާޖަށް ނުކުމެއްޖިއްޔާ ކިހިނެއްތޯ ވާނީ. އެއަރޕޯޓްގެ އެންމެން ވަޒީފާއަށް ނުކުމެ މަސައްކަތް ނުކޮށް ތިބިއްޔާ ކިހިނެއްތޯ ވާނީ. އެހާލަތައް ހިނގައިދާނެތީ އެބުނަނީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒް ކުރަން އެގޮވާލަނީ
މުއައްސަސާތަކުން މިނިވަން ކަމާއެކު ކަންކަން ކުރެވެން ޖެހޭނެ
އަސްލަމް: މަޖިލީހަށް ހުރަހެއް ނޭޅޭނެ. މަޖިލީހަށް ހުށަހަޅައިގެން ކަންކަން ކުރެވޭނީ. ހިއުމަން ރައިޓްސް ކޮމިޝަންފަދަ ތަންތަނުން އެއޮންނަ ގޮތައް އަމަލް ކުރަން ޖެހޭނީ. އެތަންތަނަށް އައްޔަން ކުރެވޭ ފަރާތްތަކަކީ ކޮންބައެއްކަން ވަރަށް ރަނގަޅަށް މަޖިލީހަށް އެނގެން ޖެހޭނެ. އެކަމަކު މިހާރު ފެންނަނީ އެމުއައްސަސާތަކަށް ލާ ޟިހުން ހަމަ ކޮމެޓީއަކުން ނިންމާލާފައި އައްޔަން ކުރަނީ
ފުލުހުންނަކަށްވެސް ހިތުހުރި ގޮތަކަށް އަމަލެއް ނުކުރެވޭނެ
އަސްލަމް: ބަޔަކު ހިތްހަމަ ޖެހުނަސް ނުޖެހުންސް ރައްޔިތުންނަށް ލިބިދޭ ހައްގެއްގެ ބޭނުން ކުރުމަށް ފުރުސަތު ހޯދައިދެވެން ޖެހޭނެ. ފުލުހުންނަށް ހިތަށް އެރިގޮތަކަށް ޤާނޫން މާނަކޮށް ކަންކަމެއް ނުކުރެވޭނެ. ފުލުހުންނަށްވެސް އަމަލު ކުރެވޭނީ ޤާނޫނުގައި އޮންނަ ގޮތައް. އެނޫން ގޮތަކަށް ކަމެއް ނުކުރެވޭނެ