ފަލަސުރުހީ
ފަލަސުރުހީ

އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހަންމާ)
ޗޮކްލެޓް ބަންދުކުރީމަ ފަަހަރެއްގައި ކުރިއެރުމެއް ލިބިދާނެ އެކަމަކު އެއީ މަޖިލީސް މެމްބަރުން ކުރައްވަން ޖެހޭ ކަމެއް ނޫން،
ޕެޕަރ ސްޕްރޭ މިހާރު ބޭނުން ކުރާ ގޮތަކަށް އަސްލު ބޭނުންނުކުރެވޭނެ
ޕެޕަރ ސްޕްރޭ މިހާރު ބޭނުން ކުރާ ގޮތަކަށް އަސްލު ބޭނުންނުކުރެވޭނެ. އެއްވެސް ރައްޔިތެއްގެ ލޮލަކަށް މިހާރު ޕެޕަރ ސްޕްރޭ ޖަހާ ގޮތަކަށް ނުޖެހޭނެ. މިކަމުގެ ސަބަބުން ލޮލަށް ވަރަށް ބޮޑަށް ގެއްލުން ލިބޭ. އެއްވެސް އުސޫލެއް ނެތި ޕެޕަރ ސްޕްރޭ ނެތި ބޭނުންކުރާ ބޭނުންކުރުން ހަރުކަށި އިބާރާތުން ކުށްވެރިކުރަން. މަގުމަތީގައި ފުލުހުން ބޭނުންނުވާ ގޮތަށް މީހަކު ހުއްޓަސް ޕެޕަރ ސްޕްރޭ ބޭނުންކުރަނީ. ވަރަށް ކަންބޮޑުވާކަމެއް މިއީ.
އިންތިހާބީ ވެރިއެއްގެ ކިބައިގައި ހުންނަ އެއްވެސް ސިފައެއް މި ރައީސްގެ ކިބަޔަކު ނެތް
އިންތިހާބީ ވެރިއެއްގެ ކިބައިގައި ހުންނަ އެއްވެސް ސިފައެއް ރައީސް ޔާމީންގެ ނެތް. އަދުލުވެރިކަމެއް ނެތް. އިންސާފެއް ނެތް.
ރައީސް ޔާމީން ކުރައްވަނީ ގޯސްކަންތައް
ރައީސް ޔާމީން ކުރައްވަނީ ގޯސްކަންތައް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރ އަހުމަދު މުބީން ގަބޫލުފުޅު ކުރައްވާ ކަމަށް މުހަންމާ ވިދާޅުވި
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ސަބަބު
ދިވެހި ރާއްޖޭގެ ގާނޫނާއި އުސޫލުތަކާ ހިލާފަށް ކޮންމެ މުއައްސަސާއަކުންވެސް ކަންތައް މިކުރަނީ އެއްގޮތަކަށް. ރޯމާ ދުވާލު މީހަކު ހައްޔަރުކުރަންވީމަ ކޮފީއެއްގައި އިނަސް ހަމަ ހައްޔަރުކުރަނީ. ރައީސް މައުމޫން އާއި އުއްތަމަ ފަނޑިޔާރު ހައްޔަރު ކުރަން ވެގެންނާއި އެހެން ފަނޑިޔާރުންނާއި ރައީސް ޔާމީންއާ ދެކޮޅަށް އަޑުއުފުލާ ކޮންމެ މީހަކު ހައްޔަރުކުރަން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނ ސަރުކާރުން.
އަަޅުގަނޑު އައިކީ ރިޝްވަތުގެ ފައިސާ ހިފައިގެނެއް ނޫން
އަަޅުގަނޑު އައިކީ ރިޝްވަތުގެ ފައިސާ ހިފައިގެނެއް ނޫން. އަނިޔާވެރިކަމާ ދެކޮޅަށް އަޑުއުފަލަން އަޅުގަނޑު އައީ. ގޯސްވާނީ ގޯހަށް، އަޅުގަނޑަށް ނުބުނެވޭނެ ގޯސްކަމެއް ރަނގަޅެއް ބުނާކަށް. އަޅުގަނޑު ފައިސާއަކަށް ސަރުކާރާއި ނުގުޅޭނަން. މިއަދު މި ކުރައްވަނީ ސައްހަ ވެރިކަމެއް ނޫން.
އަޅުގަނޑުމެންނަށް އަޅުގަނޑުމެން ދާއިރާގެ ރައްޔިތުންގެ އަޑު އުފެލޭކަށެއް ނެތް
އަޅުގަނޑުމެންނަށް އަޅުގަނޑުމެން ދާއިރާގެ ރައްޔިތުންގެ އަޑު އުފެލޭކަށެއް ނެތް. އެއްވެސް ގައުމެއްގެ ރައްޔިތުން މަޖިލީހަކުން ރާއްޖޭގެ ރައްޔިތުން މަޖިލީހުން ކަންތައް ކުރާ ގޮތަކަށް ނުކުރޭ. އުސޫލާއި ހަމައާއި އިންސާފާ އަދުލުވެރިކަން ވަނީ ބޮއްސުން ލާފައި. އެކަމާ ދެކޮޅަށް އަޑުއުފުލަން އަޅުގަނޑު ނިކުތީ
ރައްޔިތުން މަޖިލީހަށް ހޮވިފައިތިބީ ރައްޔިތުންގެ ހައްގުގައި އަޑުއުފުލަން
ރައްޔިތުން މަޖިލީހަށް ހޮވިފައިތިބީ ރައްޔިތުންގެ ހައްގުގައި އަޑުއުފުލަން، އަޅުގަނޑުމެން ރީތިވެގެނެއް ނޫން ރައްޔިތުން އަޅުގަނޑުމެން މަޖިލީސް ގޮނޑިއަށް ހޮވާފައިތިބީ
ފަލަސުރުހީ
މިރޭގެ މެހެމާނަކީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހަންމާ)