Raajje.mv

ފަލަސުރުހީ - އެމްޑީޕީގެ ޤައުމީ މަޖިލީސް

25 ފެބުރުއަރީ 2017
21241
އެމްޑީޕީ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން

އެމްޑީޕީ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން

25 ފެބުރުއަރީ 2017 | 22:47

މެމްބަރުން ފާހަގަކުރި ހިޔާލުތަކައެކު، ކޮމެޓީން ގޮތްތައް ނިންމާނެ: ހަސަން ލަތީފް

ހިޔާލުތަކަށް ބެލުމަށްފަހުގައި، އެކަންކަމާއި ގުޅޭގޮތުން ކަންކަން ނިންމާނެ. އަދި ކޮމެޓީންވެސް ހިޔާލުތަކަށް ބަލާނެ.

25 ފެބުރުއަރީ 2017 | 22:45

މިކަމުގައި ގަދަޔަށް އަޅުގަނޑުމެން މުޒާހަރާ ކުރަންޖެހޭ: ނާޒިމް

އަޅުގަނޑުމެން ގަދަޔަށް މުޒާހަރާކުރަންޖެހޭ. އަޅުގަނޑުމެން އެ އަތޮޅަށް ގޮސް އެ ބެފުޅުންނަށް ހިތްވަރުދޭންޖެހޭ. ހިތްވަރުދީގެން މިކަން ވަރަށް ބާރަށް ކުރިއަށްގެންދަންޖެހޭ.

25 ފެބުރުއަރީ 2017 | 22:32

ކޮމެޓީއަކީ ވަރަށް ގާބިލް ކޮމެޓީއެއް، ކޮމެތީގައި ފ. އަތޮޅު ބެފުޅެއް ނެތްކަން ފާހަގަވޭ: ވައްޑެ

25 ފެބުރުއަރީ 2017 | 22:31

ރާއްޖޭގެ ތާރީހުގައިވެސް އެއްވެސް ވެރިޔަކު ރާއްޖޭގެ ރަށެއް ވިއްކާލާފައެއް ނުވޭ: ވައްޑެ

25 ފެބުރުއަރީ 2017 | 22:30

މިއީ ފެށުމެއް، ނުރައްކާތެރި ފެށުމެއް: މަރިޔާ

މިއަދު އަޅުގަނޑުމެންނަށް މި އަޑު އިވެނީ ފ. އަތޮޅު ސައުދީއަށް ވިއްކާލާ ވާހަކަ. މިއީ ފެށުމެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ. މިއީ ވަރަށް ނުރައްކާތެރި ފެށުމެއް. އަދި ވަކިން ހާއްސަ ގޮތެއްގައި ސައުދީއަށް ކަމަށް ބުނެ އޮޅުވާލައިގެން ކުރާ ކަމެއް މިއީ. މިކަމަކަށް އަޅުގަނޑުމެން އަޅާނުލާ ތިބެއްޖެނަމަ ކުރިއަށް އޮތްތަނުގައި ވަރަށް ނުރައްކާތެރިކަމެއް ކުރިމަތިވާނެ.

25 ފެބުރުއަރީ 2017 | 22:25

މި ސަރުކާރުންކުރާ ކަމަކީ ހަމައެކަނި ވައްކަން ކުރުން، އިތުރު ކަމެއް ނުކުރޭ: އައްޑޫ ސިޓީ ދާއިރާގެ ރައީސް

25 ފެބުރުއަރީ 2017 | 22:24

ރައީސް މައުމޫނާއި، ރައީސް ނާޝީދުގެ ސަރުކާރުގައި ނޫނީ ރާއްޖެއަކަށް ފޮރިން އިންވެސްޓްމެންޓެއް ނާދޭ: އަމީރު

ރައީސް މައުމޫނާއި ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ނޫނީ އެއްވެސް ފޮރިންގ އިންވެސްޓްމެންޓެއް އައިސްފައެއް ނުވޭ. ރައީސް މައުމޫނުގެ ދައުރުގައި ދިރާގާއި އެމްއޭސީއެލް ފަދަ ތަންތަން އެބަހުރި. ރައީސް ނަޝީދުގެ ވެރިކަމުގައި ޖީއެމްއާރާއި، ޓާތަ ފްލެޓްސްތައް އެބަހުރި. މި ސަރުކާރުގައި އެއްވެސް އިންވެސްޓަރަކު ނާދޭ. މި ސަރުކަރުން އިންވެސްޓަރުން އަންނަ ކަމަށް ބުނެ ދައްކާފައިވަނީ މުޅި ދޮގު ވާހަކައެއް.

25 ފެބުރުއަރީ 2017 | 22:22

މިއީ ވަރަށް ބޮޑަށް ލަދުގަންނަންޖެހޭ ކަމެއް: އަމީރު

ދުނިޔޭގެ މިއަދު އިލިރަސްގެފާނުވެސް ބޮޑުތަކުރުފާނުވެސް ހުންނެވި ނަމަ ވަރަށް ދެރަވާނެ. އެ ބޭފުޅުން އެ ބުރަ މަސައްކަތް ކުރެއްވިއިރު، މިއަދު މި ފެންނަނީ ދިވެހިރާއްޖޭގެ ބިންތައް ވިއްކަމުގެންދާ މަންޒަރު. މިއީ އަޅުގަނޑުމެން ވަރަށް ލަދު ގަންނަންޖެހޭ ކަމެއް. މިކަމަކި ލަދު ގަންނަ ކަމަކަށަވނީ ބޭރުގެ އެތަށް ޤައުމަކުން ބިންތައް ހޯދުމަށް ބޮޑެތި ހަނގުރާމަތައް ކުރަމުންގެންދާއިރު، އަޅުގަނޑުމެން ޤައުމުން މި ފެންނަނީ ބިންތައް ވިއްކަމުންގެންދާ މަންޒަރު.

25 ފެބުރުއަރީ 2017 | 22:09

އަޅުގަނޑުމެންނަށް ފެންނަނީ އަންނަން އޮތް ޖީލުތަކަށް އެއްވެސް އެއްޗެއް ނުބާއްވާތަން: އަލީ ޝިޔާމް

އަޅުގަނޑުމެންނަށް ފެންނަނީ ކުރިއަށް އޮތް ޖީލިތަކަށް އެއްވެސް އެއްޗެއް ސަރުކަރުން ނުބާއްވާތަން. ހުރިހާ އެއްޗެއް ވިއްކާލާތަން ފެންނަނީ. އެކަމުގައި ރައްޔިތުން ވަރަށް ކަންބޮޑުވޭ.

25 ފެބުރުއަރީ 2017 | 22:07

އެމްޑީޕީއަކީ ރައްޔިތުންގެ ވިންދާއެކުގައި ހިންގާ ޕާޓީއެއް: އަލީ ޝިޔާމް

އެމްޑީޕީއަކީ ރައްޔިތުންގެ ވިންދާއެކުގައި މަސައްކަތްކުރާ ޕާޓީއެއް. އެހެންކަމުން ރައްޔިތުންގެ ހުރި ކަންބޮޑވުންތަކާއެކުގައި، ރައްޔިތުނާއި ގާތުން އަޅުގަނޑުމެން މަސައްކަތްކުރަންޖެހޭ. އަޅުގަނޑާއި ދިމާވި ކޮންމެ މީހަކުވެސް މިކަމުގެ ކަންބޮޑުވުން އެބަ ފާހަގަކުރޭ. މިއަދުވެސް އަޅުގަނޑާއި ދިމާވި މީހަކު އެކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފަ. އަޅުގަނޑަށް ފެންނަގޮތަކީ ބޮޑު ކެމްޕޭނެއް ހިންގުން. އޭގެ ތެރޭގައި އިންޓަނޭޝަން މީޑިއާވެސް ހިމެނޭގޮތަށް.

25 ފެބުރުއަރީ 2017 | 22:04

މައްސަލަ ސުޕްރީމް ކޯޓަށް ހުށައަޅަން އަޅުގަނޑަށް ފެނޭ: އާދިލް

25 ފެބުރުއަރީ 2017 | 21:59

އެމްޑީޕީ ސަރުކާރެއްގައި ހުރިހަ ބިންތަކެއް ނަގަންޖެހޭނެ: ޝިހާބު

ޤާނޫނު އަސާސީއަށް ގެނެވުނު އިސްލާހުގައި ބުނެފައިވޭ އެކަމަށްޓަކައި ޤާނޫނެއް ފާސްކުރަންޖެހޭ ކަމަށް. މިހާރު ރައްޔިތުންގެ މަޖިލީހުގެ ކަންތައްތައް ހުރިގޮތަށް ބަލާއިރު، ކޮންމެ ފަދަ ގާނޫނެއްވެސް ފާސްކޮށްފާނެ. އެމްޑީޕީގެ ވެރިކަމެއްގައި މި ބިންތައް ނެގޭނެ ކަމަށް ކަނޑައަޅާ ގަރާރެއް ފަސްކުރަންޖެހޭ. އެމްޑީޕީގެ ސަރުކާރެއްގައި ނުވަތަ ވެރިކަމެއްގައި އެއްވެސް ބިމެއް ވިއްކުމަށް ފުރުސަތެއް ދިގެނެއް ނުވާނެ. އެކަމާއި ދެކޮޅަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރަންޖެހޭނެ. އެމްޑިޕީގެ ޤައުމީ މަޖިލީހުން ގަރާރެއް ފާސްކުރުން ނަމަވެސް އެކަންކުރަންޖެހޭނެ.

25 ފެބުރުއަރީ 2017 | 21:56

ބޮޑު އިންވެސްޓަރެއް އަންނަކަމުގައިވާނަމަ އެ މައުލޫމާތު ހިއްސާނުކުރެވެންޖެހެ ސަބަބެއް ނެތް: އަލީ ނިޔާޒް

އަޅުގަނޑުމެން ވަރަށް ބޮޑު ކަންބޮޑުވުމެއް އެބައޮތް. ހަމައެކަނި ބަޔާނެއް ނެރިފަ ނިންމާލެވޭކަށް ނެތް. އަޅުގަނޑުމެން ވަރަށް ފުޅާ ދާއިރާއެއްގައި މިކަމާއި ދެކޮޅަށް މަސައްކަތްކުރަންޖެހޭނެ. މަގުމަތީ ހަރަކާތްތައްވެސް ކުރިއަށްގެންދަންޖެހޭނެ. ފ. އަތޮޅުގެ ރައްޔިތުންނަށްވެސް ކުރެވޭނެ ވަރަށް ގިން ކަންތައްތައް އެބަހުރި. އެކަންތައްތައް ކުރުމަށް އިސްނަގަންޖެހޭ ބަޔަކީވެސް އެމްޑީޕީ. އެމަޑިޕީއަކީ ރައްޔިތުންގެ އުއްމީދާއި ގުޅިފައިވާ ޕާޓީއެއް.

25 ފެބުރުއަރީ 2017 | 21:50

ފ. އަތޮޅު ވިއްކާލުމާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސަރުކާރުން ހާމައެއް ނުކުރޭ: އަހުމަދު އީސަ

މިހަރު އަޅުގަނޑުމެންނަށް ފެންނަނީ، ސަރުކާރުން ފ. އަތޮޅު ވިއްކާލުމާއި ގުޅެގޮތުން އެއްވެސް މައުލޫމާތެއް ހިއްސާކުރަމުން ނުގެންދާ މަންޒަރު. ރައްޔިތުންނަނަށް ހުރިހާކަމެއް އޮޅުވާލުމަށް ސަރުކާރުން މަސައްކަތްކުރާ މަންޒަރު އަޅުގަނޑުމެންނަށް ފެންނަނީ. މިއީ ރާއްޖޭގެ ސިޔާދަތަށް ބޮޑެތި ގެއްލުންތަކެއްވާނެ ކަމެއް. މިކަމުގައި އެމްޑީޕީން މުހިންމު ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށްވެސް އަޅުގަނޑު ގަބުލުކުރަން.

25 ފެބުރުއަރީ 2017 | 21:47

ރާއްޖޭގެ ރަށްތައް ވިއްކާލުމަށް އެއްވެސް އިރެއްގައި އެމްޑީޕީން ތާއީދުކޮށްފައެއް ނުވާނެ: ޝިފާޒް

އެއްވެސް މިންވަރަކަށް، އެމްޑީޕީން ތާއީދުކުރިކަމެއް ނޫން، ރާއްޖޭގެ އެންމެ ވެލިފުކެއްވެސް ވިއްކާލުމަކީ. އެފަދަ ކަމަކަށް އެމްޑީޕީން ދުވަހަކުވެސް ތާއީދުކޮށްފައެއް ނުވާނެ. އެފަދަ ކަންކަމާއި ދެކޮޅަސް ކުރަންޖެހޭ ކަންތައްތައް ކުރަންޖެހޭ. އަޅުގަނޑުމެންނަށް ފެންނަނީ ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން ރާއްޖޭގެ ބިންތައް ވިއްކުމަށް މަސައްކަތްކުރުމަށް. ރައްޔިތުން ތިބީ ރާއްޖޭގެ ބިންތައް ވިއްކަން ބޭނުންވެގެންނެއް ނޫން. އެހެންކަމުން ރާއްޖޭގެ ރައްޔިތުންނާއިއެކުގައި އެމްޑީޕީ އަބަދުވެސް އޮންނަންޖެހޭނެ.

25 ފެބުރުއަރީ 2017 | 21:43

ޤާނޫނުތަކުގައި ރާއްޖޭގެ ރަށްތައް ވިއްކާލެވޭ ގޮތަކަށް ނެތް: ޝަރީފް

ޤާނޫނުތައް މިހާރުވާގޮތުން ރާއްޖޭގެ އެއްވެސް ސަރަހައްދެއް ވިއްކާލެވޭކަށެއް ނެތް. މިހާރު ޤާނޫނުތައް ހުރިގޮތުން އެކަން ނުކުރެވޭއިރު، އެކަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ޤާނޫނެއް ފާސްކޮށްގެން. ކިތަންމެ ބޮޑު އިންވެސްޓްމެންޓެއް އައިކަމުގައިވިނަމަވެސް އެކަން އެގޮތަކަށް ނުކުރެވޭނެ. އެކަން ކޮށްފިނަމަ އަޅުގަނޑުމެންނަށް ކޯޓަށްވެސް ދެވޭނެ. ރައްޔިތުން ހޭލުންތެރިވެސް ކުރެވޭނެ.

25 ފެބުރުއަރީ 2017 | 21:41

ޤަރާރު ހުށައަޅާފައިވާގޮތަށް ފާސްކޮށްފި

ޤަރާރަށް ތާއީދުކުރައްވާކަމަށް 39 މެމްބަރުން ވޯޓުދެއްވިއިރު، ތާއީދުނުކުރައްވާކަމަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެ އެވެ.

25 ފެބުރުއަރީ 2017 | 21:40

ގަރާރު ހުށައެޅިގޮތަށް ފާސްކުރުމަށް ޤައުމީ މަޖިލީހަށް ހުށައަޅައިފި

ޤަރާރައި ގުޅޭގޮތުން ވާހަކަދެއްކި ހުރިހާ މެމްބަރުންވެސް ޤަރާރަށް ތާއީދުކޮށްފައިވާއިރު، އިތުރު ބަހުސްއަކާއި ނުލާ ޤަރާރު ހުށައަޅާފައިވާގޮތަށް ފާސްކުރުމަށް އެމްޑީޕީގެ ޤައުމީ މަޖިލީހަސް ހުށައެޅުމުން، އެކަމަށް ވޯޓަށް އަހައިފި އެވެ. އަދި ކޮމެޓީގައި ހިމެނޭ މެމްބަރުންނަށްވެސް ވޯޓަށް އަހައިފި އެވެ.

25 ފެބުރުއަރީ 2017 | 21:37

ވެރިކަމުގެ ނިޒާމަށް ގެންނަންޖެހޭ ބަދަލުތަކެއް ހުރިތޯ ބެލުމަށް ހުށައެޅި ޤަރާރު

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާއަށް، އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް ޤަރާރެއް ހުށައަޅުއްވައިފި އެވެ. ޝިފާޒް ހުށައެޅުއްވި ޤަރާރުގައި ވަނީ ވެރިކަމުގެ ނިޒާމަށް ގެނެވޭނެ ބަދަލުތަކަކީ ކޮބައިތޯ ބެލުމަށާއި، އެކަމާއި ގުޅެގޮތުން މަޝްވަރާކުރުމަށެވެ. އަދި ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ޤާނޫނުތަކަށާއި، ޤާނޫނު އަސާސީއަށް ގެންނަންޖެހޭ ބަދަލުތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށެވެ. އޭގެއިތުރުން ފ. އަތޮޅު ވިއްކާލުމާއި ގުޅޭގޮތުންވެސް ނިންމުންތައް ނިންމުމަށް ކޮމެޓީއެއް ކަނޑައެޅުމަށް ޤަރާރުގައި ހުށައަޅައިފައިވެއެވެ. ޤަރާރަށް ތާއީދުކުރައްވާފައިވަނީ ނޮޅިވަރަމް ދާއިރާގެ ރައީސް އިބްރާހިމް ވަހީދު އެވެ.

25 ފެބުރުއަރީ 2017 | 21:27

ފަލަސުރުހީ - އެމްޑީޕީގެ ޤައުމީ މަޖިލީސް

މިރޭގެ ފަލަސުރުހީ ޕްރޮގްރާމްގައި ގެނެސްދިނުމަށް ހަމަޖެހިފައިވަނީ އެމްޑީޕީ ޤައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުން (ވަގުތުން) އެވެ.