ގުޅިފައިވާ ޕާޓީތަކުން ބާއްވާ ސިލްސިލާ މުޒާހަރާ
މިއީ ހމުޅި ރާއްޖޭގައި ބާއްވާ މުޒާހަރާއެކެވެ. މާލޭގައި މައިގަނޑު އެއްވުމަށް ހަމަޖެހިފައި ވަނީ މަޖީދީ މަގަށެވެ.

މަޖީދީ މަގަށް އެއްވެފައިވާ މީހުން
ނިޒާރުގެ އިންޓަރވިއު
މިގޮތައް އަބަދު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްގެން އަނިޔާއެއް ނުކުރެވޭނެ. ރައްޔިތުން ތާއަބަދަކު ނުތިބޭނެ. އެމީހުން ނުކުމެ ރަނގަޅު ގޮތް ހޯދޭނެ. ރައީސް ޔާމީން ވެރިކަމުގައި ހުރިހާ ދުވަހަކު ނުކުމެ މިގޮތައް އިހުތިޖާޖް ކުރާނެ. މިއަނިޔާވެރިކަން ނުނިމެނީސް ގެއަށް ވަންނަން ޖެހޭ ސަބަބެއް ނެތް.
އަނާރާ އިންޓަރވިއު
ރައްޔިތުންނަށް އަޑު އިއްވުމުގެ ފުރުސަތު އޮންނަން ޖެހޭ. ޤާނޫން އަސާސީގައި އެފުރުސަތު ވަނީ ލިބިދީފައި. ސަރުކާރު ޤާނޫނީ އިމުގެ ތެރެއަށް ވެއްދުމަށް ރައްޔިތުން ޖެހޭނެ އަޑު އުފުލެން. އެކަމަކަށް ހުރަހެއް ނޭޅޭނެ
Caption
ރަށްރަށުގައިވެސް ގިނަ ބަޔަކު ނުކުމެއްޖެ
އަތޮޅު ތެރޭގައިވެސް މުޒާހަރާތަކަށް ގިނަ އަދަދެއްގެ ބަޔަކު ނުކުމެއްޖެ
Caption Caption
މުޒާހަރާ ހުއްޓުމެއްނެތި ކުރިއަށްދާނެ
މިހާރު ކުރިއަށްދާ މުޒާހަރާ ހުއްޓާނުލައި މިރޭވެސް ކުރިއަށް ގެންދާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުން ބުނެފި.
ޝާހިދުއާއި ރިޔާޒް ހައްޔަރުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދާއި ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް ހައްޔަރުކޮށްފި ކަމަށް މައުލޫމާތު ލިބިއްޖެ. އަދި އެދެބޭފުޅުން ވަނީ ފުލުހުންގެ ވެހިކަލަށް އަރުވާފައި.
Caption
އިމްތިޔާޒްގެ އިންޓަރވިއު
Caption
ވަރަށް ބޮޑަށް ޝުކުރު ދަންނަވަން މާލޭގައިތިބި ވަރަސް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވަމުންދާތީ. ގޭގައި ތިބި މީހުންވެސް އައިސް ބައިވެރިވުމަށް ގޮވާލަން. ފުލުހުންނަށް އިލްތިމާސް ކުރާނީ ޣައިރު ޤާނޫނީ އަމުރަށް ތަބާ ނުވާށޭ. ކިތައް ފުލުހުންތޯއޭ މިހާރު މަގުމަތިކޮށްފައިވަނީ. ރާއްޖޭގެ ތާރީޚުގައިވެސް ނެތް މިއަށްވުރެ ގިނައިން ފުލުހުން ހައްޔަރުކޮށްފައެއް. ރާއްޖޭގެ ބައިތުލް މާލަށް ހަދާލާފައި އޮތްގޮތް ނިކަން ބައްލަވާ. މިހެންނެއް ނުތިބެވޭނެ. ބޭރު ދުނިޔެއިން ފިޔަވަޅު އެޅުމަކީ އެކަމަށް އުފާކުރަން ޖެހޭވަރުގެ ފަޚުރެއް ނޫން. އަމިއްލަ އެކައުންޓެއް 1 މިލިއަން ޑޮލަރު ވަން އިރުވެސް އޭނާ އެހުރީ.
އަތޮޅު ތެރޭގައިވެސް މުޒާހަރާ ކުރަމުން އެބަދޭ
މުޅި ރާއްޖޭގައި ކަހަލަ ގޮތަކަށް ދަނީ މުޒާހަރާ ކުރަމުން. ބޮޑެތި ރަށްރަށުގައި ގިނަ ބަޔަކު ވަނީ މަގުތަކަށް ނުކުމެފައި
ހިސާންގެ އިންޓަރވިއު
އެސްއޯއި އޮތަސް އެއްވެ އުޅެވޭނެ ޤާނޫން އަސާސީގެ ދަށުން. ފުލުހުންގެ ޤާނޫނީ ޒިންމާއެއް އެކަމަށް ފުރުސަތު ދިނުން. އެނޫން ގޮތަކަށް ޢަމަލް ކުރާނަމަ އެވަނީ ޤާނޫނާ ޚިލާފަށް އެގޮތައް ޢަމަލެއް ނުކުރެވޭނެ
އަނިޔާވެ ބައެއް މީހުން ހޮސްޕިޓަލަށް
މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުން ބާރުގެ ބޭނުން ކުރުމުގެ ސަބަބުން ބައެއް މީހުންނަށް އަނިޔާވަމުން އެބަދޭ. ބައެއް މީހުން ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި
Caption
ޕެޕަރ ސްޕްރޭ ޖެހުމުންވެސް ފަހަތަކަށް ނުޖެހޭ
Caption
ފުލުހުން ޕެޕަރ ސްޕްރޭ ޖަހަމުން އެބަދޭ. އެކަމަކު މާ ބޮޑަކަށް ފަހަތަކަށް ނުޖެހޭ. ސަރަހައްދުތަކުން މީހުން ފޮނުވާލުމާއެކު އަނެއްކާ އެނބުރި އަނެއް ދިމާލަށް މީހުން ދަނީ އެއްވަމުން. މީހުން ދަނީ އިތުރުވަމުން ބައެއް ދިމަދިމާލުގައި މީހުން ގިނަކަމުން ކޮންޓްރޯލެއް ނުކުރެވޭ.
ދިއްދޫ ދާއިރާގެ މެންބަރު ލަތީފް ހައްޔަރުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު ލަތީފް ހައްޔަރުކޮށް ފުލުހުންގެ ވެހިކަލަށް އަރުވައިފި. ލަތީފް ހުރި ޗާންދަނީމަގާ މަޖީދީމަގު ގުޅުނު 4 އަނގޮޅި ކަންމަތީގައި ވަރަށް ގިނަ އަދަދެއްގެ ބަޔަކު ދަނީ މުޒާހަރާ ކުރަމުން
ޕެޕަރ ސްޕްރޭ ޖަހަން ފަށައިފި
ފުލުހުން ދަނީ ދޭތެރެ ދޭތެރެއިން ޕެޕަރ ސްޕްރޭ ޖަހަމުން. ބައެއް މީހުންނަށް އަނިޔާވަމުންވެސް އެބަދޭ. މީހަކު ހައްޔަރުވެސް ކޮށްފި
Caption
މާރިޔާގެ އިންޓަރވިއު
މުޒާހަރާއަކަށް ހުރަހެއް ނޭޅޭނެ. މިތިބީ މުޒާހަރާގެ ހައްގުގެ ބޭނުން ކުރަމުން މިދަނީ. ޓްރެފިކް ހައްގާ އެއްވަރަށް މުޒާހަރާގެ ހައްގު ލިބިދޭ. މިއަދު ފުލުހުންވެސް ތިބީ މައިތިރިކޮށް. ފުލުހުންނަށްވެސް ވިސްނެމުންދާކަމަށް ފެންނަނީ.
Caption
މަޖީދީމަގަށްވަރަށް ގިނަ ބަޔަކު ނުކުމެއްޖެ
ވަރަށްގިނަ ައަދަެއްގެ ބަޔަކު މަޖީދީމަގަށް ނުކުމެއްޖެ. އެއްބަޔަކު ތިބީ މަޖީދީމަގުގައި އިށީނދެގެން. ބައެއް ސަރަހައްދުތަކަށް އެސްއޯފުލުހުން ޝީލްޑްތަކާއެކު އަތުވެއްޖެ. އިށީނދެ ތިބި މީހުން ގަދަކަމުން ދަނީ ނަގަމުން
އަމީތުގެ އިންޓަރވިއު
Caption
ޣައިރު ޤާނޫނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވިފަހުން ރައްޔިތުން ދަނީ އެކަމާ ދެކޮޅަށް އަޑު އުފުލަމުން. މިއަދުން މިއަދަށްވެސް ސަރުކާރުން މިކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް ގޮވާލަން.
ސައިކަލް ތަކުގައިވެސް ގިނަބަޔަކު ހަރަކާތްތެރިވޭ
ގިނައަދަދެއްގެ ބަޔަކު މިހާރުވެސް ވަނީ މުޒާހަރާގައި ބައިވެރިވެފައި. އިތުރު މީހުން ދަނީ ގުޅެމުން. ސައިކަލް ތަކުގައިވެސް މުޒާހަރާކުރަމުން އެބަދޭ. އެމީހުންގެ އަތުގައިވެސް ޤައުމީ ދިދަ އަދި ރަތާއި ފެއްސާއި ހުދުގެ ރިބަން އައްސާފައި
ފުލުހުން ދަނީ ބެނާތައް އަތުލަމުން
Caption
މުޒާހަރާގެ ބައިވެރިން ގެންގުޅޭ ބެނާތައް ފުލުހުން ދަނީ އަތުލަމުން. އަތުލަން އުޅުމުގެ ތެރޭގައި ބައެއް ފުލުހުން އަނިޔާވެރިވާކަމަށް އާއްމުން ދަނީ ބުނަމުން. މުޒާހަރާގެ ބައިވެރިއެއްގެ ކަރުގައި ފުލުހަކު ހިފި މަންޒަރު ވަނީ ފެނިފައި
ނާދިރާގެ އިންޓަރވިއު
ރައްޔިތުން މިވަނީ ކެތްތެރިކަން ކޮޅުން ލައިގެން ގޮސްފައި. އަނިޔާވެރިކަން އިންތިހާއަށް ހިނގައްޖެ. ޤާނޫން އަސާސީއާ ޤާނޫންތަކާ ސަރުކާރުން ވަނީ ޚިލާފް ވެފައި. ރައްޔިތުން ނުކުންނާނެ.
ފެއްސާ ރަތާއި ހުދުގެ ނިޝާން
މުޒާހަރާގެ ބައިވެރިންގެ އަތުގައި ފެއްސާ ރަތުގެ ހުދުގެ ރިބަންކޮޅެއް އައްސާފައިވޭ. ގިނަ ބައެއްގެ އަތުގައި ދިވެހި ދިދަ އެބައޮތް. މީހުން ދަނީ ގިނަވަމުން.
މެންބަރު ލަތީފްގެ އިންޓަރވިއު
މިއީ ފެށުމެއް. މިގޮތައް ކުރިއަށް އޮތްތަނުގައި ނުކުންނާނެ. ރައްޔިތުން ވަނީ ސަރުކާރުގެ ސަބަބުން އުތުރި އަރާފައި. ޤާނޫނީ ހަމަތަކުގެ މަތިން މިވެރިކަން ބަދަލު ކުރާނަން. މި މުޒާހަރާ ދިގުދެމިގެން ދާނެ
މަޖީދީ މަގުގައި 4 ފުރޮޅުލީ އުޅަނދު ދުއްވުން މަނާ ކޮށްފައި
މަޖީދީމަގަށް ގިނަ ބަޔަކު އެއްވެއްޖެ. ހަތަރު ފުރޮޅުލީ ވެހިކަލް މަޖީދީމަގުގައި ދުއްވުން ވަނީ މަނާކޮށްފައި.
މަޖީދީ މަގަށް އެއްވުން
މުޒާހަރާ ކުރުމަށްޓަކައި މިހާރު މަޖީދީ މަގަށް މީހުން ދަނީ އެއްވަމުންނެވެ. މަޖީދީމަގަށް ނުކުމެވެން އޮންނަ ހުރިހާ މަގެއްގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.