Raajje.mv

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް

ހަރުގެ ސަރަހައްދުގައި ގިނަ ބަޔަކު އެއްވެ

01 މާރިޗު 2018
13499
ހަރުގެ ސަރަހައްދުގައި ގިނަ ބަޔަކު އެއްވެ

ހަރުގެ ސަރަހައްދުގައި ގިނަ ބަޔަކު އެއްވެ

01 މާރިޗު 2018 | 17:34

މީހުން ދުރަށް ޖެއްސުމުގެ މަސައްކަތް ފުލުހުން ފަށައިފި

އެ ސަރަހައްދަށް އެއްވެފައިވާ މަޖިލީސް މެންބަރުންނާއި ހުރިހާ ފަރާތްތަކުން އެމްޑީޕީ ހަރުގެއިން ވަނީ ނެރެފައި. އެމްޑީޕީ ހަރުގެ ވަނީ ބަންދުކޮށްފައި

01 މާރިޗު 2018 | 17:32

ފުލުހުން ދަނީ އަޑުގަދަ ކުރާގެ އަޑު ކަނޑާލުމަށް އިންޒާރުދީފައި

01 މާރިޗު 2018 | 17:29

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން

އިދިކޮޅު ފަރާތްތަކުން މާދަމާ މަޖީދީ މަގަށް އެއްވުމަށް ވަނީ ހަމަޖެހިފައި. ހަވީރު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް ފެށިގެންދާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނޭ.

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވަނީ ރައްޔިތުންނަށް އަނިޔާ ނުކުރުމަށް ފުލުހުންނަށް އެދިފައި. އަދި ރައްޔިތުން ހިމާޔަތްކުރުމަކީ އެންމެ މުހިއްމު ކަން ކަމުގައި ފުލުހުން ދެކެންޖެހޭނެ ކަމަށް އޭނާ ވިދާޅުވި.

01 މާރިޗު 2018 | 17:26

އެއްވުމުގެ ބައިވެރިން ތިބީ އެމްޑީޕީ ހަރުގެ ސަރަހައްދާއި އަރޓިފިޝަލް ބީޗް ސަރަހައްދުގައި މަޑުކޮށްލައިގެން

އެމްޑީޕީ ހަރުގެ ސަރަހައްދު

01 މާރިޗު 2018 | 17:23

ފުލުހުން ދަނީ އެއްވުން ރޫޅާލުމުގެ މަސައްކަތް ފަށާފައި

އެއްވުމުގެ ބައިވެރިން

01 މާރިޗު 2018 | 17:14

އެމްޑީޕީ ހަރުގެ ސަރަހައްދަށް ގިނަ ބަޔަކު ވަނީ އެއްވެފައި

ގިނަ ބަޔަކު ދަނީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ނުކުރުމާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރަމުން