Raajje.mv

ފަލަ ސުރުޚީ

01 މާރިޗު 2018
13801
ނިޒާރު ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި

ނިޒާރު ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި

01 މާރިޗު 2018 | 17:10

ހޮޅުއަށިގައި ތިބޭ މީހުން ޔާމީނަށްވުރެ ޤާނޫން އަސާސީ މާ ފަރިތަ

ޢަލީ ނަޒީރު: ރަށްރަށަށް ދާއިރު ހޮޅުއަށީގައި ތިބޭ މީހުންނަށް މާބޮޑަށް ޤާނޫން އަސާސީ އެނގޭ. ޔާމީނަށްވުރެ މާފަރިތަ

01 މާރިޗު 2018 | 17:08

ހުކުމް ތަންފީޒް ނުކުރީ އެހެން ފައިދާއެއް ކުރާތީ

ޢަލީ ނަޒީރު: ފުލުހުންނާ ސިފައިންގެ ތެރެއިން ބަޔަކު ހުކުމް ތަންފީޒް ނުކުރީ ރައީސް ޔާމީންގެ ފަރާތުން އެހެން ފައިދާއެއް ލިބޭތީ.

01 މާރިޗު 2018 | 17:05

ހުކުމަށް ތަބާ ނުވީމަވެސް އުއްމީދެއް ނުގެއްލޭ

ޢަލީ ނަޒީރު:އަޅުގަނޑުމެންނަކަށް ރަނގަޅު ހުކުމެއް ނާދޭ ކުރިއަކުން. މިހާރުވެސް މަސައްކަތް މިކުރަނީ ނޫންތޯ. އަދި ހުކުމް ތަންފީޒް ނުކުރިއަސް މި ދަނީ ނޫންތޯ ކުރިއަށް

01 މާރިޗު 2018 | 17:00

އެންމެ ފުރުސަތު ބޮޑީ ރައީސް ޔާމީން އަރިހުން ސަލާމަތްވުން

ޢަލީ ނަޒީރު: ރައީސް ޔާމީނަކަށް އަބަދަކު އެގޮތައް ފުލުހުންނާ ސިފައިންގެ ބާރާއެކު ނުހުރެވޭނެ. މީހުން އެބަ ޤަބޫލް ކުރޭ ޔާމީން ވެއްޓޭނެ ކަން. އިރާދަކުރެއްވިއްޔާ އިންތިޚާބަކަށް ދިއުމުގެ ރައީސް ޔާމީނެއް ނުހުންނާނެ

01 މާރިޗު 2018 | 16:57

އަބްދުއް ރަހީމަށް ނައިބު ރައީސްކަން ލިބުނީ ރައީސް މައުމޫން ދެއްވީތީ

ޢަލީ ނަޒީރު: އަބްދުއް ރަހީމްމެން އެއީ ކާކުތޯ މޮޅުވާހަކަ ދައްކަން. އެއްވެސް މީހެއް ނޫނޭ އެޢީ. ރައީސް މައުމޫނާހުރެ އެހާހިސާބަށް އެއާދެވުނީ

01 މާރިޗު 2018 | 16:55

ލިޔެފައިވާ އުސޫލަށް ވެރިކަން ކުރާ ވެރިއެއް ނެތް

ޢަލީ ނަޒީރު: އުސޫލުތައް ދޫކޮށްލާ މެންބަރުން ޖަލަށްލައި އަނިޔާކޮށްގެން އެކުރަނީ ވެރިކަމެއް ނޫން. އެތައް ބަޔަކަށް އެދަނީ ބޮޑެތި އަނިޔާ ކުރަމުން. އެސްއޯއީގެ ދަށުން މަހްލޫފް ކުރި ކުށަކީ ކޮބައިތޯ. ފާރިސް ކުރި ކުށެއް ނުދެއްކޭ. ސިނާންއާ އިލްހާމް ކުރި ކުށަކީ ރައީސް ޔާމީނާ ދެކޮޅަށް ބަސްބުނުން ކަމަށްވާނަމަ އެއީ ކުށަކީ

01 މާރިޗު 2018 | 16:53

މުޅި ރާއްޖޭގައި އިހުތިޖާޖް ކުރާނެ

ޢަލީ ނަޒީރު: ރާއްޖޭގެ ބޮޑެތި ހުރިހާ ހިސާބެއްގައި މާދަމާ މުޒާހަރާ ކުރާނެ. އަޅުގަނޑުމެންނަކީ އިހުތިޖާޖް ކުރަން ފަރިތަ ބައެއް. ބަސްނާހާ ފުލުހުންނާ ސިފައިން ލައްވާ އޮބިއަޅައިގެން އުޅެން އުޅޭތީ ހުރިހާ ކަމެއްވެސް ފެންނަމުން މިދަނީ

01 މާރިޗު 2018 | 16:51

އިންތިޚާބެއް ނުބާއްވަން އެއުޅެނީ

ޢަލީ ނަޒީރު: ޕީޕީއެމް މެންބަރުން އެބަ ވިދާޅުވޭ އިނތިޚާބަކަށް ދާކަށް ނޫޅެމޭ. މުޅިން އެހެން ފޯމިއުލާއެއް ހޯދަނިއްޔޭ. ރައްޔިތުންގެ ވޯޓަކުން އިންތިޚާބަކަށް ދާކަށް ނޫޅެޔޭ އެމެންބަރުން ތަކުރާރުކޮށް ދަނީ ވިދާޅުވަމުން

01 މާރިޗު 2018 | 16:50

މާލެއިންވެސް އެންމެ ގޮނޑިއެއް ނުލިބުނު

ޢަލީ ނަޒީރު: މާލެއިން އެންމެ ގޮނޑިއެއްވެސް ކައުންސިލް އިންތިޚާބުގައި ނުލިބުނު. ދެބުރަށްވެސް އައްޑޫއިން ހުރިހާ ގޮނޑިއެއް އެއޮތީ ނަގާފައި. އައްޑޫއަށް ދަނީ މީހުން ގިނަތަނެއްވީމާ މީހުން ތަކެއް ލިބޭނެ ކަމަށް އެކަމަކު ބޭޒާރު ވަނީ

01 މާރިޗު 2018 | 16:48

އައްޑޫއަށް ވަޑައިގަންނަވަނީ ބޭޒާރުވާން

ޢަލީ ނަޒީރު: މާލެއިން ނެތް ތާއީދެއް ކިހިނެއްތޯ އައްޑޫއިން ލިބޭނީ. މިފަހަރު މެޑަމް ވަޑައިގެންވެސް މަޖްބޫރުން މީހުން އެއްކޮށްގެންވެސް ވީ ބޭޒާރު

01 މާރިޗު 2018 | 16:44

މިހާރު ސައްޙަ ވެރިކަމެއް ނެތް

ޢަލީ ނިޒާރު: މިހާރު ރައީސް ޔާމީންގެ ސައްޙަ ވެރިކަމެއް ނެތް. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ގެއްލުނު ހިސާބުން ސައްޙަ ވެރިކަމެއް ނެތް. އަޅުގަނޑުމެން މަޖިލީހަށް ވަނީމާ އަޅުގަނޑުމެން ގޭޓް މަތިން ނަގާ އެއްލާލީ. މިހާރު އެއޮތީ ސުޕްރީމް ކޯޓު ހިސޯރުކޮށްފައި. އެފަދަ ވެރިއަކާ ދައްކަން ޖެހޭ ވާހަކައެއް ނޯންނާނެ. މިންޖުވުމުގެ މަސައްކަތް ކުރަންވީ

01 މާރިޗު 2018 | 16:36

އިހުތިޖާޖް ކުރުމަކީ އަޅުގަނޑުމެންނަށް އާކަމެއް ނޫން

ޢަލީ ނަޒީރު: އިހުތިޖާޖް ކުރުމަކީ އަޅުގަނޑުމެންނަށް އާ ކަމެއް ނޫން. ޚާއްޞަކޮށް ރައީސް ޔާމީންގެ ކަންކަން ހުރިގޮތުން މިހާރު މިވަނީ އަބަދު އިހުތިޖާޖް ކުރަން ޖެހިފައި. އަޅުގަނޑުމެން ފޫއްސެއް ނުވާނެ. ޔާމީނަށް ހީވަނީ ކަންނޭނގެ ގަޑި ކިޔައިގެން އިހުތިޖާޖް ހުއްޓުވިދާނެ ކަމަށް. އެކަމަކު އެކަމެއް ނުވާނެ

01 މާރިޗު 2018 | 16:34

އަޅުގަނޑުމެން އަބަދުވެސް އައީ ޖުޑިޝަރީ އިސްލާހް ކުރުމުގެ ވާހަކަ ދައްކަމުން

ޢަލީ ނަޒީރު: ޖުޑިޝަރީ ވާހަކަ ދައްކަނީ ދައްކަން ވެގެން. 2013 ވަނަ އަހަރުވެސް ކެމްޕޭނުގައި އަޅުގަނޑުމެން ދައްކަމުން ދިޔައީ ޖުޑިޝަރީ އިސްލާހް ކުރަން ޖެހެއޭ. އަޅުގަނޑުމެން އޭރު އެވާހަކަ ދެއްކީމާ ބަޔަކު ފާޑުކީ. އެކަމަކު ކޮންމެ ކަމަކީވެސް އިސްލާހް ކުރަން ޖެހޭނެ ކަންކަން. އެހެންވެ ޖުޑިޝަރީ އިސްލާހް ކުރަން ޖެހޭ ވާހަކަ ދައްކަމުން އައީ.

01 މާރިޗު 2018 | 16:32

ފަލަ ސުރުޚީ ޕްރޮގްރާމް

ޕްރޮގްރާމް ފަށައިފި

01 މާރިޗު 2018 | 16:14

ފަލަ ސުރުޚީ ޕްރޮގްރާމް

ޕްރޮގްރާމް ފެށޭނީ 9:30 ގައި