އަޅުގަނޑުމެންގެ ހިތްތަކުގެ ޝުއޫރު ފާޅުކުރެއްވުމަށް ބޭއްވި ހަފްލާ މިއީ. ދިވެހި ފުލުހުންނާއި ސިފައިންގެ ޝަރަފުގައި އަޅުގަނޑު ބައިވެރިވެ އިނދެ އެއްޗެކޭ ނުދެންނެވުމަކީ ފަސޭހަކަމެއް ނޫން. ސިފައިންނާއި ފުލުހުންގެ އަމަލުތައް ސީދާ ނުވެއްޖެކަމަށްވާނަމަ ދިމާވެދާނެ ވާހަކަވެސް ދަންނަވައިފި. އެހާލަތަށް އައިމަ ނަގާނެ ޑިމޮކްރެޓިކް ވޯޓެއް ނޯންނާނެ. އޮޑި އެކަންޔެއް ނޫން ހަލާކުވާނީ އޯޑީގައި ތިބި ކައްޕި އާއި އެންމެން ހަލާކުވާނީ. އެ އުނދަގޫ ވަގުތުގައި ކައްޕިގެ ބޮލަށް އުނދަގޫކޮށްގެން ނޫން. ޤާނޫނު އަސާސީގައި ކައްޕި އަށް ދީފައި ހުންނަ ބާރުތަކަކީ އެހެން މީހަކަށް ޗެލެންޖް ކުރެވޭނެ ބާރެއް ނޫން. ކައްޕި ބުއްދި ގޯސްވެއްޖެ ކަމުގައިވާނަމަ ސުވާލު އުފެއްދޭނެ. ކައްޕި އަށް ކަމެއް ދިމާވީމައި ފަޅުވެރިން ސުވާލެއް ނުއުފައްދާނެ އަދި ގަދަ ކޮޅިގަނޑު އައިމަ ޑިމޮކްރޮސީއެއް ނޯންނާނެ. ރާއްޖޭގައިވެސް ދަތިކަމެއް ދިމާވެއްޖެނަމަ ހިޔާލަށް ގެންނަންވީ ވެރިކަމަށް ދަހިވެތިވާ ބަޔަކު އުޅޭނެކަން. ސިފައިންނާއި ފުލުހުން ކޮންފިއުޒްވާ ގޮތަކަށް ނޫން ކަންތައް ކުރަންވާނީ. މަގުމަތިންނެއް ނޫން އެކަންކުރާނީ. ސަލާމާތީ ބަރުތަކުން އަމިއްލަ ގޮތަށް ކަންތައް ކޮށްފިނަމަ ގައުމު އޮޔާ ދާނެ. ޝައްކެއްވެސް ނެތް ގޮތުގައި ގާނޫން މާބޮޑަށް އެގިވަޑައިގަންނަވާނެ ފަނޑިޔާރުންނަށް. އެކަމަކު ފުލުހުންނާއި ސިފައިންވެސް އެކަމާމެދު ވިސްނަން ޖެހޭ. އަމުރަކީ ގާނޫނާއި އެއްގޮތް އަމުރެއްތޯ ފުލުހުންނާއި ސިފައިން ބަލަންޖެހޭނެ. އެ އަމުރު ތަންފީޒް ކުރަން ދުއްވައިގަންނާނީކީ ނޫން. ފަނޑިޔާރަކު ވަގަށް ނަގައިގެން އެކާވިސް ދުވަސް މުޒާހަރާކޮށްގެން ރައީސް ނަޝީދު އިސްތިއުފާ ދެއްވީ. އިބިލީސް އަތުގައި ހިފަންވެއްޖެއްޔާ އެންމެވެސް އަތުގައި ހިފާނެ. އޮޑި އަލުން ބާލަން ޖެހޭނީ އަޅުގަނޑުމެންގެ ވިސްނުން ތަރުތީބު ކުރަން. ސަލާމާތީ ބާރުތަކުގެ ވިސްނުން ތަރުތީބު ކުރަން ޖެހޭ. ދިވެހި ދައުލަތުގެ ވެރިޔާގެ މަޝްވަރާ ހޯދަން ޖެހޭނެ އަމުރު ތަންފީޒް ކުރުމުގެ ކުރިން. ގައުމަށް ގައްދާރުވަނީކީ ބޭރުގެ އަސްކަރިއްޔާ ގެންނަން ބުނާ މީހާއެއް ނޫން. އެއްވެސް މީހަކަށް ގައުމުގެ ވެރިކަން ބަދަލުކުރުމުގެ ހައްގެއް ނޫން. މި މައްސަލަތައް ބަލާ ނިމުމުން ރިޝްވަތު ގޮސްފައިވާ ހިސާބު އެނގިގެންދާނެ. ގައްދާރުވާ އެންމެ ވަރުގަދަ ގިންތި އަކީ ބާރުގެ ތިބޭ މީހުން. ފެބްރުއަރީ އެއްވަނަ ދުވަހު އެންމެ ބޮޑަށް ބަޢާވަތް ކުރި މީހުންނަކީ މަގާމުގެ ބޭނުން ނާޖާއިޒް ގޮތުގައި ހިފި މީހުން. އަސްލުގައި ގައްދާރުންނަކީ އިސް ސިޔާސީ މީހުނެއް ނޫން. އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ ނުފޫޒާ ބާރު ލިބޭ މީހުން ނުހައްގުން ބާރާ ނުފޫޒުގެ ބޭނުންކުރާކަން. ގައްދާރުވީ ރައީސް މަގާމުން ބަދަލުކުރަން އުޅުނު މީހުން. އެކެއް ފެބްރުއަރީގައި ވި ކަންތައްތަކަކީ މިއީ. އަޅުގަނޑުމެންނަށް ފެނިގެންދިޔައީ ފުލުހުންގެ ތެރެއިން ފަސް މީހަކު ވަކިވެދިޔަ މީހުން، މި މީހުންނަކީ ފުލުހުންގެ ތެރެއިން ފުލުހުންގެ ވާޖިބަށް ހުރަސް އެޅި މީހުން. ބޭރު ގައުމުތަކުން ކީއްވެތޯ އަޅުގަނޑުމެން ގައުމުގައި ހިނގާކަންތައް މުހިންމު ވެގެން މިއުޅެނީ؟ އެއްވެސް ބަޔަކަށް ހައްގެން ނޯންނާނެ ރާއްޖެ މި ހާލަތަށް ގެނައުމަށް ރައީސް ޔާމީން ވިދާޅުވި
އަޅުގަނޑުމެން ދިވެހި ފުލުހުންނާއި ސިފައިންގެ ވާހަކަ މި ދައްކަނީ ފެބްރުއަރީ އެއްވަނަ ދުވަހު ނެރުނު އަމުރާއި ގުޅިގެނެއް ނޫން. ދިވެހިރާއްޖެއަށް ދިމާވާ ހަމަލާއެއް ވިޔަސް، އެތެރެއިން ރޭވިގެން އަންނަ ހަމަލާއެއްވިޔަސް ދިވެހި ސިފައިން ތިބެނީ ސާބިތުކަންމަތީ. ޝިޔާމް އަކީ އީވާން ނަސީމް މަރުވުމަށްފަހު ހިނގައިދިޔަ ކަންތައްތަކަށްފަހުވެސް ވަރަށް ކެތްތެރިކަމާއެކު މަސައްކަތް ކުރެއްވި. ފެބްރުއަރީ އެއްވަނަ ދުވަހު ސިފައިން ނިކުތީ ޕީޕީއެމްގެ ސަރުކާރު ނުވަތަ ރައީސް ޔާމީން ސަރުކާރު ދަމަހައްޓާކަށް ނޫން. އެބޭފުޅުން ނިކުތީ ގައުމީ ވާޖިބު އަދާކުރުމަށް. ދިވެހި ފުލުހުންނާއި ދިވެހި ފުލުހުން އަދާކުރައްވާ ހިތްވަރަށް ސާބަސް ދަންނަވަން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބް ލީޑަރ އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި
އަޅުގަނޑުމެން ބަޖެޓަށް އޭރު ބަދަލު ގެނައީ ޖީއެމްއާރް ބޭލުމަށްޓަކައި އެތަން އަމިއްލަ ކުުރުމަށްޓަކައި، އޭރު ޖީއެމްއާރް އަމިއްލަ ނުކުރިނަމަ ސުޕްރީމް ކޯޓުން އަމުރު ނެރުނު ރޭ އެތަނަށް ޖައްސާނީ ބޭރު ކޮންމެވެސް ބައެއް. އަޅުގަނޑުމެންގެ މިނިވަންކަން ނަގާލުމަށްޓަކައި އެއްވެސް އެއަރޕޯޓެއް އެއްވެސް ރަށެއް ދީގެން ނުވާނެ އެ ފުރުސަތު ދީފަކަމުގައިވާނަމަ އަޅުގަނޑުމެންގެ ގައުމު ހިސޯރުކުރާނެ، މި ހިނގައިދިޔަ ކަންކަމުގައި ރައީސް ޔާމީން ގޮތް ނުނިންމެވިނަމަ އަޅުގަނޑުމެން ތިބެންޖެހޭނީ ބައެއްގެ އަޅުވެތި ކަމުގައި. ރައީސް ނަޝީދުގެ ވެރިކަމުގައި ދިވެހި ފުލުހުންނާއި ސިފައިންނަށް ގިނަ ކަންތައްތަކެއް ދަތިކުރައްވާފައިވާކަން ރިޔާޒް ފާހަގަކުރެއްވި. އަޅުގަނޑުމެންގެ މިނިވަންކަމެއް ނޯންނާނެ ރައީސް ޔާމީން އެގޮތަށް ނުނިންމެވިނަމަ. ރައީސް ޔާމީން އާއި މެޑަމް ފާތުމަތު އިބްރާހީމް އާއި އެކު ކުރިއަށް ދިޔުމަކީ އަޅުގަނޑުމެންނަށް އެންމެ މަސްލަހަތު އޮތް ގޮތް. އަޅުގަނޑު ރައީސް ޔާމީން ކުރެއްވި މަސައްކަތަށް ސެލިއުޓް އަރުވައި ޝުކުރު ދަންނަވަން އަދި އަބަދުވެސް ރައީސް ޔާމީން އަށް ސެލިއުޓް ދަންނަވައި ޝުކުރު ދަންނަވަން ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވި